ޚަބަރު / އަހުމަދު އަބްދުﷲ އަފީފް

ދައުލަތުން ބަދަލު ދޭން ޖެހޭނީ ޝަރުއީ ތިން މަރުހަލާ ނިންމައިގެނެއް ނޫން: ރައީސް އޮފީސް

ރޭގެ މީޑިއާ ބްރީފިންގައި އަހުމަދު ބައިވެރިވެވަަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެކި ފަރާތްތަކާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ސަރުކާރުން އިސްވެ އުވައިލުމުން އެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލު ކުރަން ޖެހޭނީ ޝަރުއީ ތިން މަރުހަލާ ނިންމައިގެން ނޫން ކަމަށާއި އެ ތިން މަރުހަލާ އަށް ދާން ބާރު ލިބޭ ގޮތަށް ވާހަކަތައް ދެއްކުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ރައީސް އޮފީހުން ރޭ ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އުވައިލުމުން، އެ ފަރާތްތަކަށް ދައުލަތުން ބަދަލު ދިނުމާ ގުޅޭ ކަންކަންކަމުގައި އަމަލުކުރާ ގޮތުގެ ތަފުސީލް ދެއްވަމުން ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، ކޯޓުން ބޭރުން އެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ވަގުތު ސަލާމަތްކޮށް، ދެ ފަރާތަށް ވެސް ލިބޭ ގެއްލުން ކުޑަކުރުމަށް ކަމަށެވެ.

އެ ބޭނުމުގައި ޖެނުއަރީ 27، 2019 ގައި ހާއްސަ ކޮމިޓީ [ސެޓްލްމަންޓް ކޮމިޓީ] އެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސް ނެންގެވުމަކަށް އެކުލަވާލައްވައި، އެ ކޮމިޓީން މަސައްކަތްތަކެއް ކުރަމުން އައި ކަމަށް އަހުމަދު ވިދާޅުވި އެވެ.

އެކަމަކު އެ ކޮމިޓީ އުފެއްދުމާއެކު، ބަދަލު ދިނުމުގެ ތެރޭގައި ސަރުކާރަށް އަމާޒުކޮށް ކޮރަޕްޝަންގެ ތުހުމަތު ކުރެވެން ފެށި ކަމަށް ވިދާޅުވި އެވެ.

"ޚާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެމްބަރުންނާއި މުޅި މަޖިލީހުގައި ވެސް މި ވާހަކަ ދެއްކެވެމުން ދިޔަ. ހަމައެކަނި ވާހަކަ ދެއްކެވުނީކީއެއް ނޫން. ބައެއް މަޖިލީހުގެ ކޮމިޓީތަކުން ނިންމަވާފައި ވެސް އެބަހުރި ކޯޓުގެ ހުކުމެއް ނެތި، ކޯޓުގެ ތިން މަރުހަލާ ނިމުމަކާ ނުލައި ބަދަލު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް،" ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އަހުމަދު ވިދާޅުވި އެވެ.

ރޭގެ ބްރީފިންގައި އަހުމަދު (ކ) ވާހަކަ ދައްކަވާއިރު މަބްރޫކް އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މިކަން މިހެން ކުރިމަތިވުމުގެ ސަބަބުން އެއީ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް، ލުއި ގޮތަކަށް ދައުލަތަށް ވެސް ބުރަ ނުވާނެ ގޮތަކަށް މި ބާވަތުގެ މައްސަލަތައް ނިންމުމަށް."

ކޯޓުން ބޭރުން ވާހަކަ ދައްކައި، ބައެއް ފަރާތްތަކަށް ބަދަލު ދިނުމަށް ސަރުކާރުން ނިންމުމުން ބައެއް މައްސަލަތައް މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ނިންމާފައި ވެ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލު ދިނުމާ ގުޅޭ ކަންކަމެވެ.

ބައެއް ދެކޮޅު ވާހަކަތައް ހުއްޓަސް ސަރުކާރުގެ މިހާރުގެ ވެސް ވިސްނުމަކީ މީހަކަށް އިންސާފު ލިބެން ޖެހޭނީ ކޯޓުގެ ތިން މަރުހަލާ ނިންމައިގެނެއް ނޫން ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ކޯޓަކަށް މީހަކު ފުރަތަމަ ދާން ވެސް ޖެހޭނީ ދެ ފަރާތް ދެބަސް ވާ މައްސަލަތަކުގައި. ކަނޑައެޅިގެން ރައްޔިތުންނަށް ގެއްލުން ދީފައި، ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކޮށްފައި ހުންނަ ކަމެއް ކަމަށް ވަންޏާ އަޅުގަނޑުމެން އެ މީހެއްގެ ގާތުގައި ކޯޓަށް ދާށޭ ބުނުމަކީ އިންސާފުވެރި ގޮތެއް ނޫން އެ މީހާ އަށް ވެސް އަދި ދައުލަތަށް ވެސް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާނޫނީ ކަންކަމުގައި ލަފާ ދެއްވާ އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމުން ދައުލަތަށް ވެސް މިހާތަނަށް ފައިދާވެފައިވާ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް މައްސަލަތަކުގައި ދައުލަތަށް ބޮޑު ބުރައަކަށް ނުވާ ގޮތަށް ބަދަލު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގެއްލުމުގެ ބަދަލު ދިނުން ލަސްވާ ކޮންމެ ދުވަހަކީ ވެސް ގެއްލުން ވާނެ ދުވަހަކަށް ވާތީ ދައުލަތަށާއި ގެއްލުން ލިބުނު މީހާ އަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުން ކަމަށެވެ.

އަހުމަދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަމައެއްލަމައެއް ނެތި ބާތިލް ކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން އެކި ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ވައުދާއެެކު ކަމަށާއި އެކަން ކުރަން ޖެހެނީ ދައުލަތުން ބަޔަކަށް ގެއްލުން ދީފައި އޮތުމުން ކަމަށެވެ.

ކަނޑައެޅިގެން ރައްޔިތުންނަށް ގެއްލުން ދީފައި، ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކޮށްފައި ހުންނަ ކަމެއް ކަމަށް ވަންޏާ އަޅުގަނޑުމެން އެ މީހެއްގެ ގާތުގައި ކޯޓަށް ދާށޭ ބުނުމަކީ އިންސާފުވެރި ގޮތެއް ނޫން އެ މީހާ އަށް ވެސް އަދި ދައުލަތަށް ވެސް.---އަހުމަދު

"އެހެންވީމާ އަޅުގަނޑު ހިތުން އަޅުގަނޑުމެން ފާހަގަކޮށްލަން އެބަޖެހޭ ގެއްލުން ލިބުނު މީހާ އަށް އިންސާފު ހޯދައި ދިނުމަށް ކުރެވޭ މަސައްކަތް، އެ ވާހަކަ ދައްކާއިރުގައި އެ އަށް ވުރެ ކުރިން ދައްކަންޖެހޭ ވާހަކައަކީ އެ ގެއްލުން ދިން މީހުންގެ ވާހަކަ. އެހެން ނަމަވެސް އެހެނެއް ނޫން ކަންކަން ވެގެން މިދަނީ. އެގޮތަށް އެކަން ނުހިނގާތީވެ، ސަރުކާރުން ގެއްލުން ދިނުމުގެ ބަދަލު ދިނުމުގައި އެންމެ އަވަސް ގޮތެއްގައި، ގެއްލުންވީ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް ހުރަސް އެޅިގެން މިދަނީ،" އަހުމަދު ވިދާޅުވި އެވެ.

ދައުލަތުން ބަދަލު ދިނުން ލަސްވާ އަދި އިންސާފު ހޯދުން ލަސްވާ އެއް ސަބަބަކީ އޭނާ ވިދާޅުވިގޮތުގައި، ސިވިލް ޕްރޮސީޖާ ކޯޑް ނުވަތަ މަދަނީ އިޖުރާއަތުގެ ބިލް ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމެވެ.

ފެބްރުއަރީ 2020 ގައި ސަރުކާރުން މަޖިލީހަށް ފޮނުވި ބިލް އަދިވެސް އޮތީ ޖުޑިޝަރީ ކޮމިޓީގައި ކަމަށް އަހުމަދު ވިދާޅުވި އެވެ.

އެހެންވީމާ މިހާ ގިނަ ދުވަސްވެގެންދާއިރު، މި ބިލް ގާނޫނަކަށް ވެފައި ނުވާތީ އަނެއްކާ ވެސް އެއީ މި ކަހަލަ ކަންތައްތަކަށް، އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ގާނޫނީ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާދެއްވާ އަހުމަދު ވިދާޅުވި އެވެ.

ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމަށް މިހާތަނަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ މި ސަރުކާރުގެ މި މުއްދަތުގެ ތެރޭގައި ހޭދަކޮށްފައިވާއިރު، އޭނާ ވިދާޅުވީ މިހާތަނަށް ބަދަލު ދީފައި ވާނީ ތިން މައްސަ،ލައެއްގައި ކަމަށެވެ. ނަމަވެސް 50 އަށް ވުރެ ގިނަ މައްސަލަތަކުގައި ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހޭ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ގެއްލުން ދިން މީހުންނަށް ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެ

ގެއްލުމުގެ ބަދަލު ދިނުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ސަރުކާރުގައި ތިބެގެން އެކަން އެ ގޮތަށް ކުރުމަށް މެދުވެރި މީހުންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް އެޑްވައިޒަރު ވިދާޅުވީ، އެ ފިޔަވަޅުތައް އަޅަން ފަސްނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިފަދަ ކަންކަން ސަރުކާރުގެ ތެރެއިން ހުއްޓުވޭނީ ވެސް ޒިންމާވާން ޖެހޭ މީހުންނަށް ފިޔަވަޅު އަޅައިގެންނެވެ.

"މިހާރު ވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ބައެއް ފަރާތްތަކާ މެދު ތަހުގީގު ހިންގުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅިފައިވޭ. އަދި ބައެއް ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ވެސް ދައުވާ ކުރެވިފައިވޭ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒިންމާވާން ޖެހޭ މީހުންނަށް ޖިނާއީ ދައުވާތައް ކުރުމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަކު އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.

"މި ސަރުކާރުން އެކަން ކުރާނެ ވެސް މެ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ދައުލަތުގައި ކޮންމެ ބަޔަކު ތިބެގެން ވިޔަސް ރައްޔިތުންނަށް ގެއްލުންތަކެއް ދީފައި ވާ ނަމަ ދައުލަތުން އެ ބުރަ ނަގަން ޖެހޭނެ އެވެ.

39 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައުފަލު

03 May 2021

ބަދަލުދޭން ޖެހެނީ ވަކިބައެއްވީމައި އަނބިކަމާނާގެ ކޮޓަރި ކޮޅުގައި ޅިޔަން މަނިކުފާނު ހިފަހައްޓަވައިގެން ނުވެއްދީމައޭ ވިދާޅުވީއްޔާ އަހަރުމެން ރައްޔިތުންނަށް ވިސްނިދާނެ ތޯއްޗެއް؟ މިކަންކަމަކީ ރިޔާސީ ނިޒާމުގެ ސިފަ އެހެންނޫންތޯ؟

The name is already taken The name is available. Register?

ޢިބޫ

03 May 2021

ހަމަ ހުސް ކޮރަޕްޝަން ހިންގަނީ. އަވަސް ގޮތަކުން ޔާމީން ވެރިކަމަށް ގެންނަންވީ އޭރަށް މިމީހުންގެ މައްސަލަތަށް ރަނގަޅަށް ބެލޭނީ.

The name is already taken The name is available. Register?

ސަިލީމް

03 May 2021

ދައުލަތުގެ ބިމެއްގައި ދައުލަތުން ހަރަދުގައި އަޅާފައި ހުރި ބިލްޑިންގ އެއްގައި ދައުލަތުން ސްކޫލް އެއްް ހިންގަން ދިނުމުން ސްކޫލް ނުހިންގައި ކޮލެެޖެއް ރަޖިސްޓްރީކޮށްގެން ކުދިންއަތުން އެތައް ފައިސާ އެއްނަގައިގެން ވާރޓުއަލްކޮށް( ކުދިން ކްލާސްތަކަށް ޙާސިރުވާން ނުޖެހޭ) ކްލާސް ހިންގައިގެން އެތަނުން އިބްރާ ބޭރު ކުރުމުން ދައުލަތުން އިބްރާ އަށް 16 މިލިއަން ދޭން ތިޖެހުނީ ކޮންކަހަލަ ހިސާބެއް ހަދއިގެން.

The name is already taken The name is available. Register?

ޢަސޫނަސިމް

03 May 2021

އަހުމަދު އަބުދުﷲ އަށް ދުވަަހަކު އޮފީހަށް އާދެވެނީކީ ނޫން. އޮފީސްތެެެރެން ކަންކަން ނުނިމިގެން މި ތިބެންޖެހެނީ

The name is already taken The name is available. Register?

ކައްދަ

03 May 2021

މިކަހަލަ ރޯނުއެދުރުން މޮޑެތި މަގާމްތަކުގައި ތިބެގެން މޮޔަގޮވަނީ. އަވަހަށް ބޭރުކުރޭ ތި އަހައްމަދު ޅިޔަނު.

The name is already taken The name is available. Register?

އަހުމަދުބޭ

03 May 2021

މޮޅެތިވާހަކަ ނުދައްކާ ބަދަލް ދެވެންޖެހޭނީ ކޯޓުގެ މަރުހަލައި ވެސް އަދި ތިޔަބޯޑުންވެސް ނިމި އަދި މަޖްލީހުންވެސް ނިންމާގެން މިދައްކާ މިލިއަން ޑޮލަރުގެ ވާހަކައޭ، ބިލިއަނުން ރުފިޔާ ގެއްލުމުގެ ބަދަލޭ ކިޔައިފާ ނުކުރާ އަދި ނުދޭ ސާރވިސް އަކަށް އަދި ނުވާގެއްލުމަކަށް، ލިބެން އޮތްވަރޭ އެއްޗެކޭ ކިޔައި ތިހެން ރައްޔިތުންގެ ފައިސާއެއް ނުބެހޭނެ ރައީސުލްޖުމް ހޫރިއްޔާ ހަދާ ކޮމެޓިއަކަށް

The name is already taken The name is available. Register?

ނޫސަންގު

03 May 2021

އޭގެ ކުރިން ދައްކަން ޖެހޭ ވާހަކަ އަކީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ހަމަ ހިތަށް އަރާހާ މީހުންނާ ސަރުކާރުން ހަދާ އެއްބަސްވުން. ކަން ކުރެވޭނެތޯ ނުވަތަ ނޫންތޯވެސް ނުބަލާ ހަދާ ވަގު އެގްރީމަންޓް. ދީބާޖާ އަކީ އެފަދަ އެއްބަސްވުމެއް. އެއީ ހަމަ ކަރުދާސް ކުންފުންޏެއް. އެއްވެސް މުދަލެއް ފައިސާ އެއް ގާބިލް ކަމެއް ހުރި ބައެއް ނޫން. ރީނދޫ ކުދިންގެ ގާތް ކުދިން ކޮޅެއް ގުޅިގެން ކުރަން އުޅުނު ބޮޑު ވައްކަމެއް

The name is already taken The name is available. Register?

މޭޖަ ރ މަޖީދު

03 May 2021

ކޮބާހޭ ބޮމޭކިޔާފަ ސިފާންގޭން ބޭ ރުކު ރި މީހުންގެ ހައްގާ ބަދަލު؟؟؟؟؟؟؟؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 May 2021

ދައުލަތުގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ދައުލަތުން މަޤާމްތަކަށް އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލް އަދި ބަންޑާރ ނައިބްގެމައްޗަށްބަސްބުނެ ގޮތްކިއުމަކީ ރައީސްގެ ޤާނޫނީލަފާދާރަށް އެއްވެސްޙައިސީއްޔަތަކުން ކުރެވޭނެކަމެއްނޫން. # ސްޕްރީމްކޯޓްގެ ޤަޒީއްޔާ ނަމްބަރު (2021) SC 50 ގެމައްޗަށް އެކޯޓުންކުރައްވާފައިވާ ޙުކުމާއި ފަނޑިޔާރުންގެރައުޔަތް ބެލުމެއްނެތި ތިޔަ ފައިސާދޫކޮށްފިނަމަ ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރ އާއި މާލީ ވަޒީރުގެ މައްޗަށް ދައުވާ ކުރެވޭނެ.

The name is already taken The name is available. Register?

ނޫސްވެރިޔާާ

03 May 2021

ތިޔަތަނުގައި (ނޫސްވެރިންގެ ބައްދަލުވުމުގައ) ނެތްތަ، އަހުމަދު އެދައްކާ ވާހަކަތަކާއި އޭނާއާއި ކިހާވަރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް ސާފު ކުރަން ސުވާލުކޮށްލަން އެނގުނު ނޫސްވެރިއެވެ. އަހުމަދު އަކީ އިބްރާއާއި އެކު އަބަދުހެން އުޅޭ އިބްރާގެ ދަރިއެއްހެން ގެންގުޅުނު އޭނާގެ ޅިއަނެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454