ރައީސް އޮފީހުން ބުނީ އައްބާސްއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި އިންސާނީ ހައްގު ކުރިއެރުވުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއް ކަމަށް.
އައްބާސް ފާއިޒު.
19 މެއި 2021 - 18:37
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުން، އެމްނެސްޓީ އިންޓަނޭޝަނަލްގައި މަސައްކަތްކުރެއްވި އިނގިރޭސިވިލާތުގެ އައްބާސް ފާއިޒު މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖުތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސަކުރެއްވި މާހިރު، އައްބާސް މަސައްކަތްކުރައްވާނީ އެ އޮފީހުގައި ކަމަށެވެ. އަދި މިހާރުން ފެށިގެން ހަމަލާއާ ގުޅޭ ހުރިހާ ތަހުގީގެއް ނިމި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްކޮށް ހުކުމާ ހަމައަށް ވާސިލްވަންދެން އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ބުންޏެވެ.
ނަޝީދު، އެ މަނިކުފާނުގެ ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށްފަަހު މިިދިޔަ ބުރާސްފަތި ދުވަހު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެ އެވެ. ތަހުގީގަށް ކުރިއެރުން ލިބޭ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް މި ފަހުން ހާމަކޮށްފައެއް ނުވެ އެވެ.
ތަހުގީގުތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި ރިޕޯޓެއް ތައްޔާރުކުރަން ޖެހިއްޖެނަމަ އެ ކަން ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އައްބާސްއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި އެކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއް ކަމަށެވެ. އޭނާ ގެންދަވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާއިން ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަވް
20 May 2021
ތަޖުރިބާ ހުރި ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މައްސަލައެއް ބަލަން ތިޔަ ގެންނަނީ އެއްވެސް ވަރަކަށް ކަމާ ނުގުޅޭ މީހެއް.
ބޮސްބޮސް
20 May 2021
އެމްޑީއެން ގެ ބޮސް. އޮޅުވައެއް ނުލެވޭނެ.
އަލީ
20 May 2021
ތިކަމުގަ ކަންކަން ތިލަވެފަތިއޮތީ މީޑިއާތަކުގަވެސް. މައްސަލައަކީ ފިޔަވަޅުއަޅަންޖެހޭ ބަޔަކައް ނޭޅުން ޒިންމާ އަދާނުކުރެވި ފެއިލްވެފަ ތިބިބަޔަކު އެންމެނައް އެގޭ. ކޮންމެތާކުން ބަޔަކު ގެނަޔަސް ތިކަންވެސް ދާންވާވަރައް ނުގެންގޮސްއޮއްބާލާނެ
ބޮޑުމީހާ
20 May 2021
މިރައީސް ރާއްޖެތެރެއަށް ނިސްބަތްވީމަ އުއްމީދުކުރިން ތަންކޮޅެއް ދިވެހިވާނެޔޭ! ބޮޑެތި މަގާމާއި ބޮޑު މުސާރަ އިގިރޭސިންނަށް. ރައީސަށް ދިވެއްސަކު އެއާޕޯޓަށް އަދި ތިތަނަށް ނުލިބުނީތީ ހިތާމަކުރަން. ލަދުންބޯހަލާކު
ހަސަނު
20 May 2021
ޓެރަރިޒަމްގެ ތަޖުރިބާ ހުރި ހެނެއް ހިއެއްނުވޭ.. ހަމަ އެކަނި އިންސާނީ ހައްގުގެ ސައިޑުން ޖައްސައިގެން ޓެރަރިޒަމުގެ މައްޗަށް މޮލެއް ނުވެވެނެ.. ކުޑައިކޮށް އިންސާނީ ހައްގު އެއްކިބާވެގެން ޓެރެރިޒަމާ ކުޅެވޭނީ...
ކަކުނިބޯ
20 May 2021
ޤައުމްން ބޭރަށް ފައިސާގަޑެއް ބޭރުކޮށްލަނީ މިދަނޑިވަޅުގަވެސް. ޓިކަން އޮސްޓްރޭލިޔާއިން އައި ބައިގަޑަށްވެސް ނުވަނީތާ
ހެޔޮވެރިކަމަކީ
19 May 2021
ރައީސް ނަޝީދު ބުނެގެން އެމްއޭސީއެލްގެ މަތީ މަގާމް ތަކުގައި ތިބި ހުރިހާ ދިވެހިން ތައް ކަނޑާ ބުރުވާލާ އެމަގާމް ތަކަށް ބޮޑެތި މުސާރައިގައި ގެނައީ ރާއްޖޭން ބޭރު ދޮން މީހުންނާއި އަދި އިންޑިއާ މީހުންނާއި އޭ މިއިން ވެސް އެގިގެންދާ އެއްޗަކީ މިރާއްޖޭގެ ސަރުކާރަށް ލިބޭހާ ފައިސާ އެއް ރައީސް ނަޝީދާއި އަދި އެމްޑީޕީގެ ބޮޑުންނާއި އަދި އެމެންގެ ގާތް ދޮން މީހުންނާއި އިންޑިއާ މީހުންނަށް ދީފައި ނިކަމެތި ދިވެހިރައްޔިތަކަށް ދޭނެ ވަޒީފާ އެއް ސަރުކާރުގައި ނެތޭ މީތޯ
އަލީ1
19 May 2021
ކޮމެންޓްކުރައްވާ ބޭކަލުން ހިތްހަމަ ނުޖެހުނަސް އެއީ ނުކޮށްދޫކޮށްލާވާރުކަމެއްނޫން. މާދަމާ އެފަދައެއްޗެއް ގޮއްވާލާނީ ތިޔާގެން ބޭފުޅަކު ހުރިހިސާބެއްގަކަމަށްވެސް ވުންއެކަށީގެންވޭ. އެހާވެސް ނުރައްކާ ފައްތަރެއްގަ ރާއްޖެމިއޮތީ.
ގެދާނޯމޮސް
19 May 2021
މީތާ މިގަންނަ ގަނޑަކީ ! އޭޑީ ކައިރިން ސޯލިހުގެ އިސްތިޢުފާ އަށް ގޮވީމާ ބިރުން މަތިއޮމާން ކޮށްލަން ލާރި ގަނޑެއް އޮށްސާލައިގެން ފަރުދާގައި ނިވާވަނީއެވެ.
އަރުތަ
20 May 2021
ދެން އެގޮތްވެސް އޯކޭނު، އެބައެއްގެ ވެރިކަމުގަ ކަންތައް ކުރާނެ ގޮތް އެނގޭނީ އެބަޔަކަށް، އަހަރުމެން ކޮންމެ ފޮނެއް އެރުވިއަސް، ޔާމީނުވެސް އޭނަގެ ވެރިކަމުގަ ކަންކަން ކުރީ ހަމަ އެއުސޫލުން، ދެން އަންނަ ބަޔަކުވެސް ހަމަ ޖެހޭނި އެއްތާކު.
ސަލާމަތްކުރާށޭ
19 May 2021
މިގައުމަށް ލިބޭހާ ފައިސާ އެއް މިދަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ބޮޑުންގެ އަމިއްލަ ބޭނުން ތަކަށޭ އެއިން ރާއްޖޭގެ ރައްޔިތަކަށް ކުރާ އެއްވެސް ފައިދާ އެއް ނެތޭ ފަގީރުވެ ނިކަމެތިވާ މީހާ ދަނީ ނިކަމެތި ވަމުންނޭ ރާއްޖޭގައި ވިޔަފާރި ކުރަމުން އައި ދިވެހި މަހުޖަނުން ވެސް ބަނގުރޫޓްވެ ދަރަނި ވެރި ވެއްޖެއޭ އަދި ވެސް ދިވެހިން ހޭއަރަން ނުވޭތޯ މީ ވަކި އާއިލާ އެއްގެ ގައުމެއް ނޫނޭ މީއެންމެހާ ދިވެހިންގެ ގައުމޭ މިގައުމު ވެއްޓޭ ވަޅުގަނޑުން މިގައުމު ސަލާމަތް
އަރުތަ
20 May 2021
ޕޕމ އެއް މޑޕ އެއް ޖޕ އެއް ކިޔާނެ ކަމެއް ނެތް، ރާއްޖެއަށް ވަންނަ ހުރިހާ ފައިސާއެއްދަނީ ބޮޑުންގެ އަމިއްލަ ބޭނުން ތަކަށް، އެއީ އަބަދުވެސް އެކަން އޮންނަ ގޮތް، އެކަން ބަދަލުކުރެވޭވަރުގެ ވެރިއަކު އަދިނާދެ، ނާންނާނެތާ ކޮންމެ މީހެއްވެސް ވެރިކަމަށް އަންނަ މައިގަނޑު މަޤްސަދަކީ އެއީވިއްޔަ.