އާއިލާ އިން ބުނީ އެ ޒުވާނާގެ ކަންކަން އާއިލާ އިން އަބަދުވެސް ރަނގަޅަށް ބަލަހައްޓާ ކަމަށާއި ބިދޭސީ އެހީތެރިޔާގެ ފަރާތުން ކުރިން އަނިޔާއެއް ލިބުނުކަން އެނގެން ނެތް ކަމަށް
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަނިޔާކުރި ވީޑިއޯގެ ސްކްރީންޝޮޓެއް--
28 މެއި 2021 - 17:04
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެހީތެރިޔާގެ ފަރާތުން އަނިޔާ ލިބުނު ބަލި މީހާ އަކީ ބަލި މަންމައެއްގެ، ނުކުޅެދުންތެރިކަން ހުންނަ ޒުވާން ދަރިއެއް ކަމަށާއި އާއިލާ އިން އެ ޒުވާނާގެ ކަންކަން އަބަދުވެސް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ބަލި މީހާ އަށް އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ، ބަލިމީހާއާ ހަވާލުވެ ހުރި ބަންގްލާދޭޝް މީހާ ހައްޔަރުކޮށްފައި ވާއިރު ސޯޝަލް މީޑިއާގައި އާންމުން ފާޑު ކިޔަމުން ދަނީ މިއީ މައިންބަފައިންނަށް އަޅާނުލުމުގެ މައްސަލައެއް ކަމަށް ބަލައިގެންނެވެ. ބަލި މީހާ އަކީ ކޮންމެވެސް މީހެއްގެ ބައްޕައެއް ކަމަށާއި އެ މީހެއްގެ ދަރިން އަޅާނުލައި، ބިދޭސީއަކާ ހަވާލުކުރީ ކީއްވެތޯ ސުވާލުކޮށް އެ ބަޔަކަށް އަދަބު ދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
އެކަމަކު އަނިޔާގެ ޝިކާރައަކަށްވީ މީހާ އަކީ ދަރިއަކު ހުރި މީހެއް ނޫނެވެ. އުމުރުން ގާތްގަނޑަކަށް 36 އަހަރުގެ އެ މީހާ އަކީ އުފަންވި އިރު ވެސް ނުކުޅެދިންތެރިކަން ހުރި މީހެކެވެ. ހިނގާބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި ވެސް ދަތިތަކެއް ހުރި މީހެކެވެ. މި ޒުވާނާ އުފަންވުމުގެ ކުރިން ބައްޕަ ނިއާވެެފައި ވާއިރު މަންމަ އަންނަނީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.
އަނިޔާ ލިބުނު މީހާގެ މަންމަގެ ދެބެއިންގެ ދެ ދަރި، މުހައްމަދު ފަޔާޒު "މިހާރު" އަށް ކިޔައިދިން ގޮތުގައި ނުކުޅެދުންތެރިކަން ހުރި ޒުވާނާ ދިރިއުޅެމުން އައީ ވެސް އެ މީހުންގެ ރަށް ކަމަށްވާ ތ. ގާދިއްފުށީގަ އެވެ. އެކަމަކު ކިޑްނީ އާއި ލިވާގައި އިންފެކްޝަނެއް އުފެދި އަދި ފައިގައި އިން ފާރުގަނޑެއް ރަނގަޅު ނުވެ ގިނަ ދުވަސްވުމުން ރަށުން ދެވޭނެ ފަރުވާއެއް ނެތިގެން އާއިލާ އިން އޭނާ މާލެ ގެނައީ އެވެ. އައިޖީއެމްއެޗްގައި ފަރުވާދީ ވަރަށް ބޮޑަށް ރަނގަޅުވުމުން ވޯޑަށް ބަދަލުކުރުމުން، މި ދުވަސްވަރު ރައްކާތެރިކަމުގެ ގޮތުން އާއިލާ އިން ވަނީ އޭނާ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފަ އެވެ. އަބަދުވެސް ބަލިކޮށް އުޅޭ ޒުވާނާގެ ކަންކަން ބަލަހައްޓަން މީހެ އަހަރެއްހާ ދުވަސް ކުރިން ގެނައި ބިދޭސީ މީހާ އޭރު ވެސް އެހީތެރިއެއްގެ ގޮތުގައި އުޅެ އެވެ.
ފަޔާޒް ބުނީ ހޮސްޕިޓަލުގައި ބާއްވާފައި އޮއްވައި މާލޭގައި ތިބި އާއިލާގެ މީހުންގެ ތެރެއިން ފަޔާޒް ނޫން އެންމެން ކޮވިޑަށް ޕޮޒިޓިވްވީ އެވެ. އެ އާއިލާގެ ބަޔަކު ކޮވިޑަށް ޕޮޒީޓިވި ފަހުން، ދެން ޕޮޒިޓިވްވީ މި ބަލި މީހާ އެވެ. އޭނާ ކޮވިޑް ފެސިލިޓީއަށް ގެންދަން ޖެހޭކަން އެނގުމުން އާއިލާ އިން ނިންމީ އޭނާއާ އެކު ބިދޭސީ މީހާ ވެސް އެތަނަށް ފޮނުވާށެވެެ.
"އަމިއްލައަށް ތެދުވަން މަސައްކަތް ކުރަނިކޮށް ވެއްޓި އަނިޔާވެފައި ވެސް ވޭ. މި ފަހުން ފައިގައި ފާރުގަނޑެއް ހެދިގެން ކަށިގަނޑު ވެސް ފެންނަ ވަރުގަ އިނީ. އެހެންވެ އަބަދުވެސް މީހަކު އޭނާގެ ގާތުގަ ބަލަން ހުންނަން ޖެހޭތީ މީހަކު ގެނައި،" ފަޔާޒް ކިޔައިދިނެވެ.
ފަޔާޒް ބުނި ގޮތުގައި، އަނިޔާ ލިބުނު މީހާ އުޅެމުން އައީ ރަށުގައި އާއިލާއާ އެކީގަ އެވެ. އެކަމަކު ހާއްސަ އަޅާލުމެއް ދޭން ބޭނުންވާތީ ބޭރު މީހަކު ގެނެސްގެން އޭނާގެ ކަންކަން ބަލަހައްޓަމުން އަންނަނީ ކަމަށް ބުންޏެވެ.
"ކޮވިޑް ފެސިލިޓީގެ ހާލަތު ގޯސްވެފައިވާތީ، އަނެއްކާ ނަރުހުންްނަށް ވެސް އޭނާއަށް އަޅާލަން ހުސްވެގެން ނުތިބެވޭނެތީ އެހީތެރިޔަކު ވެސް ފޮނުވީ. އިންޑިވިޖުއަލީ ރަނގަޅަށް އޭނާ ބެލޭނެ ގޮތެއް ހޯދަން އެމީހާ ފޮނުވީ، އެ މީހުންގެ ހުއްދައާ އެކު،" ފަޔާޒް ބުންޏެވެ.
ފަޔާޒް ބުނީ އެ ބިދޭސީ މީހާގެ ފަރާތުން މިވީހާ ތަނަށް، އެ ޒުވާނާއަށް އަނިޔާއެއް ކުރިކަން ފެނިފައި އަދި އެނގިފައި ވެސް ނެތް ކަމަށެވެ. އެހެންވެ، އާންމުވި ވީޑިއޯއާ އެކު އާއިލާއަށް ވެސް ލިބުނީ ޝޮކެއް ކަމަށް ބުންޏެވެ. އޭނާ ބުނީ އާއިލާއިން މިހާރު އަންނަނީ އެ މީހާ ކުރިން ވެސް އަނިޔާކޮށްފައި ވޭތޯ ބަލަމުން ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ބަލަމުން މިހާރު މި މީހާގެ ފަރާތުން މީގެ ކުރިން މިކަހަލަ ކަމެއް ދިމާވިތޯ ވެސް. އެއީ ވީޑިއޯ އާންމުކުރި މީހާ ވެސް ބުނަފަ އޮތް، ފާހާނާއަށް ގެންގޮސް އަނިޔާކުރާ އަޑު މީގެ ކުރިން ވެސް އިވުނު ކަމަށް. އޭގެ ތެދެއް އަޅުގަނޑުމެންނަށް ވެސް ނޭނގޭތީ އެކަން ބަލަމުން މިދަނީ،" ފަޔާޒް ބުންޏެވެ.
ފަޔާޒު ބުނި ގޮތުގައި ބަލި މީހާ ކުރިން ބަލަމުން އައީ މާމަ އެވެ. ބިދޭސީއަކު ގެނައީ މިދިޔަ އަހަރު ކޮވިޑްގެ ތެރޭގައި މާމަ މަރުވުމުންނެވެ.
"އެންމެން ވެސް އޭނާއަށް އަޅާލައި ލޯބި ދެމުން އައީ. ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިގެންދިޔައީ އާއިލާ ބްލޭމްވާ ގޮތަށް،"
ކޮވިޑް ފެސިލިޓީގައި އޮއްވައި އަނިޔާކުރި މައްސަލާގައި ބިދޭސީ އެހީތެރިޔާ ހައްޔަރުކުރުމުން ބަލި މީހާގެ ހުރިހާ ކަމެއް މިހާރު ބަލަހައްޓަމުން އަންނަނީ އެތަނުގެ ނަރުހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައައިލާމީހާ
30 May 2021
ދެން ހުރިހާ ކަމެއް ބަންގްލަދޭޟް މީހާގެ ބޮލަށްޖަހާ
ވަހީދު
29 May 2021
ކުރިން ނުޖަހާ މީހަކަށް ނުކުރޭނެ މީހުންގެ ކުރިމަތީގައި ޖަހާކަށް. ނޫނީ ފަހަރެއްގައި އާއިލާގެ މީހުން އޭނާ ގައިގައި ޖަހާތަން ފެންނާޓި ވެސް ޖަހަން ކެރިދާނެ. އެހެން ނޫނީ ނުކެރޭނެ. އަނބިމީހާއަށް ނުބަވާ ނުތަޅާ މީހަކަށް ނުކުރޭނެ އޭނަގެ އެއްބަނޑު މީހުންގެ ކުރިމަތީގައި ބަވާކަށް، ޖަހާކަށް. މީ މިކަން އޮންނަގޮތް
ށަލީމާ
29 May 2021
ދެން ޓުވިޓަރުގެ މާއެނގޭ މީހުން މާގިނައީ. ޑރ ނަމުގެ ކުރިއަށް ލާ ފަހަތައް ޕީއެޗްޑީ ޖަހައި، މޮޅު ބަޔޯއެއްލައި ނަމަށް ފުއްޕާހަމަކާ ސުވާލުމާކެއް ލައިގެން މާގަދަބަޔަކަށް ވެގެން ދޮބޮއޮޑުވުމާ، ފިތުނަ ފަސާދައާއި، ބޮޑާވެރިކަން ނޫން ކަމެއް ނުކުރޭ. އިންސާފޭކިޔަގެން ހަޅޭލަވައި އެމީހުންގެ އެދުން ފުދުނީމަ ނަމުން ހުރިހާ ސާމާނެއް ނަގައި. ބަޔޯރ މަތީ ސިޔާސީ މަޤާމެއްގެ ނަން ޖަހާލީމަ އިންސާފު ޤާއިމްވީ
އެޑްމުންޑޯ ސްޓޯރީ
29 May 2021
މަރުވި ފަހުން ކޮންކަމެއް އެނގުނީ. ބުނެބަލަ ޕްލީޒް
ކުއިން
29 May 2021
މި އާރޓިކަލް ކިޔާފަ ހައިރާންވެއްޖެ. ކުރީގައި އަނިޔާކުރިތޯ އާއިލާއިން ތަހުގީގް ކުރަނީޔޯ. ފެސިލިޓީގަ އެންމެ ކުރިމަތީ އަނިޔާކުރި މީހަކު ގޭގެ ކޮޓަރީގައި އަނިޔާނުކޮށް ހުންނާނެކަމަކަށް ސިކުނޑި ގަބޫލެއް ނުކުރޭ. ލާއިހުރީމަ އެކަމަށް ޚާއްޞަ މީހަކު ބަހައްޓަައިގެން ބެލީމޭ ބުނީމާ އެނިމުނީ.
އެޑްމުންޑޯ
29 May 2021
10 ދަރިންގެ ބައްޕައެއް ، ކާފަދަރިންނާއިއެކު 30 އަށްވުރެ ގިނަވާނެ އެއާއިލާގެ މިންބަރުން ، ބައްޕަ އުޅެނީ އަމިއްލަގޭގައި އެކަނި އަނބިމީހާ ނިއާވެފައި ، ދަރިން ވަކިދިރިއުޅުމެއްގައި ، ބައްޕަ ބަލިވި ، ދެން ބަންގާޅީ އެއްގެނެސް ބަލަން ހަވާލުކުރީ ، ރޭގަނޑު އެބައްޕަ ހަޅޭލަވާ ރޮއިހަދާ އަޑު އިވޭ ، އަވައްޓެރިން ބުނަނީ ބަންގާޅި މީހާ އަނިޔާކުރާކަމަށް ، އެވަރުންވެސް ބައްޕަ ބޭނުންނުވޭ ދަރިންގެ ކައިރިއަށް ދާން ، ކީއްވެގެންކަން އެގުނީ މަރުވިފަހުން ، .........
ބުނެބަލަ
29 May 2021
ކިހިނެތްވެ
ޙަސަން އަޙްމަދު
29 May 2021
ހަގީގަތް އެނގުނީމާ ވެސް ހަމަ އާއިލާ ކުށްވެރިކުރުން ނޫންގޮތެއް އަދިވެސް ބައެއް މީހުންނަކަށް ނެތް. އަޖައިބެއް ކަހަލަ ޖަދަލުކުރުން ގިނަ ކިބުރުވެރި ގަމާރުން މިއުޅެނީ.
ޙަބީބު
29 May 2021
މީހަކު ހަބަރަކައިގެން އަތުވެއްޖެނަމަ އެކަމުގެ ހަގީގަތް ބަލާފަނޫނީ ގަބޫލުކުރުމީ ތިމާޔައްވެސް ކުރެވޭ ވަރައްބޮޑު ފާފަޔަކައްވެސް ވާފަހަރު އާދޭ ވީމާ މިގެ ކުރިން ލިޔެވުނު ހުރިހާ ކޮމަންޓަކައް މަފައް އެދެން އެމްއެމްޕީއާރުސީ މައްސަލައިގަ ޔާމިނޭ ކިޔައިގެންވެސް ވަރައް ދޮގުހެދިފަ މަށައް އެބަހުރި އަސްލުގަ އަދީބު އެކަންވެސްކުރީ އެމްޑީޕީ އެޅުވި ފަންޏެއް ކަމައް ނަޝީދު ބުނަންވެސް ބުނި އެކަމުގެ ހަދިޔާ އަކައް ގޭގަ ބަހައްޓާފަ ހުރީ ވީމާ ޔާމިނު ކިބައިންވެސް މާފައް އެދ
ދިދަ ދަނޑި
29 May 2021
އަޅާ ލެވޭނަމަ ކީއްކުރަން ބިދޭސީއަކު ގެންނަން ޖެހުނީ.. އަޅާލައި ލޯބި ދޭނަމަ ކީއްވެ މުސްކުޅި މާމަ އަށް ނުކުޅެދޭ މީހަކު ބަލަން ޖެހުނީ..
އަރުތަ
28 May 2021
ބަލި މީހާގެ މަންމައާ އެއްބަނޑު އެހެން ހުރިހާ ކުދިން ދިރިއުޅެނީ މާލޭގަ ބޮޑުގަނޑުވަރުގަ، ރަށުގަ ހުއްޓާ ބަލިވެގެން މާލެ ގެނެސް އައިޖީއެމްއެޗްގަ ފަރުވާދިނުމަށްފަހު ދޫކޮށްލުމުންވެސް ގެންގޮސް ވައްދާނެ ތަނެއް ނެތިގެން ރަށަށް ގެންދެވެންދެން އެތާ އޮއްވާ ކޮވިޑްއަށް ޕޮޒިޓިވް ވެގެން ފެސިލިޓީ އަށް ބަދަލުކުރި ވާހަކަވެސް ބުނެލިނަމަ..........