ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ނަޝީދަށް ދިން ހަމަލާގެ ބޮޑެއް ހަރުކަށި ފިކުރުގެ މީހުން ތެރޭ

މި މީހާ ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރުގެ މީހުން ހޯދަން ހިންގި އޮޕަރޭޝަންގެ ތެރޭ. އެ މީހާއާ ބެހޭ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އޮޕަރޭޝަނެއް ހިންގަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

06 ޖޫން 2021 - 21:07

16 comments

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު، ހަރުކަށި ފިކުރުގެ މީހުން ހޯދައި ހައްޔަރުކުރަން ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިބި މީހުންގެ ތެރޭގައި ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ނަޝީދަށް ދިން ހަމަލާއަށް މިއަދު މަސް ދުވަސްވުމާ ދިމާކޮށް ފުލުހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެ މީހާ އަކީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން މީހެއް ކަމަށެވެ.

"ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ހަރަކާތްތަކަށް ވާގިވެރިވާ ފަރާތްތައް ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަންގައި އަޅުގަނޑުމެންނަށް ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި، ރައީސް ނަޝީދުގެ ބޮމުގެ ހަމަލާއާ ގުޅޭ އެއް ފަރާތެއް ހިމެނި އަޅުގަނޑުމެން އެ މައްސަލަ އަޅުގަނޑުމެން މިހާރު މި ތަހުގީގުތަކުގެ ތެރެއިން ކުރަމުންދާ ވާހަކަ ދަންނަވާލަން،" އެއީ ހަމަލާއާ ސީދާ ގޮތުން ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މީހެއްކަން ހާމަކުރެއްވުން ފިޔަވައި އިތުރު ތަފްސީލެއް ނުދެއްވައި ބަޝީރު ވިދާޅުވި އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މީހަކީ ހަމަލާގައި ވަރަށް އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވިގެން މީގެ ކުރިް ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު، ހަރުކަށި ފިކުރުގެ އޮޕަރޭޝަނުން ހައްޔަރުކުރި މީހާއާ އެކު މިހާރު ވަނީ ހަމަލާގެ ތުހުމަތު ފަސް މީހަކަށް ކޮށްފަ އެވެ.

ފުލުހުން ކުރިން ވެސް ބުނަމުން އައި ގޮތަށް މިއަދުވެސް ބުނީ ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކޮށް ހިންގަމުންދާ ތަހުގީގުގައި، ހަމަލާއާ ގުޅުން ހުރި މީހުން ތިބިތޯ ބަލަމުންދާނެ ކަމަށެވެ. މިއަދުވެސް ބުނީ ތަހުގީގަށް ފަހު އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ހަމަލާގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުން: މަތީގައި (ކ-ވ) އަދުހަމް އަހްމަދު އާއި މުޖާޒް އަހްމަދު އަދި ތިރީގައި (ކ-ވ) އަހްމަދު ފާތިހު އާއި ތަހްމީން އަހްމަދު

ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ.

ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ ގޮތުން ލިބެމުންދާ ހެއްކާއި ތަހުގީގާ ގުޅޭ ތަފްސީލް އެއްވެސް މައުލޫމާތެއް މީޑިއާގައި ހާމަ ނުކުރަން ފުލުހުން ވަނީ ނިންމާފައި ވާތީ މިއަދުގެ ޕްރެސްގައި ވެސް ދީފައިވަނީ ވަރަށް އާންމު މައުލޫމާތެވެ. ފުލުހުން ބުނި ގޮތުގައި މިގޮތަށް އަމަލުކުރަން ނިންމާފައި ތަހުގީގުގައި އަދިވެސް ބަލަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން އެ ކަންކަމަށް ހުރަސްއެޅިދާނެ ކަމަށް ބަލައި ތަހުގީގަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުންނެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކުރި މީހުންނާ ގުޅުން ހުރި ތަންތަނާއި ތަކެތި ފާސްކޮށް ފޮރެންސިކް މުހިންމު ހެކިތަކެއް ހޯދާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މި ތަހުގީގުގެ މައިގަނޑު މަގުސަދަކީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ހަމަލާ ރޭވުމުގައި އުޅުނު މީހުންނަށް އެއްވެސް ގޮތަކުން މާލީ އެހީތެރިކަން ބަޔަކު ފޯރުކޮށްދީފައިވާ ނަމަ އެ ބަޔަކު ހޯދުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ހަމަލާ އަށް ބަޔަކު ފަންޑު ކޮށްފައި ވޭތޯ ބެލުމަށް ކުރާ ތަހުގީގުގައި އެމެރިކާގެ ފަންނީ މާހިރެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. އަދި ހަމަލާއާ ބަޔަކު ފަންޑުކޮށްފައިވާ ނަމަ އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

16 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 18%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިސާރިކަމެއް

07 June 2021

ބަޔަކު ސުކޫލަށްވެސް ހަމަލާދޭން އުޅެފި ތ އަތޮޅުގަ. މިކަމާވެސް ބަޔަކު ކަންބޮޑެއް ނުވޭތަ؟ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިއެއް މައެއް ބަފައަކަށް ގޮތެއްވީމަ އަނގަ ހުޅުވާ ހޭރިގަންނަނީ. އެހެންނޫނީ ހަމަ އޯކޭ.

The name is already taken The name is available. Register?

ގޮބު

07 June 2021

ތިޔައީ ވަރަށް ރޭވިގެން މިޤައުމުގައި ހިންގާ ޖަރީމާއެއް! އެއްބަޔަކު ޓެގުކުރަނީ. އަނެއް ބަޔަކު މީހުންނަށް ހަމަލާދެނީ! ދީން ހަތިޔާރަކަށް. މީވަރަށް ވާހަކަ.

The name is already taken The name is available. Register?

ޢަލީޅީ

07 June 2021

ހަރުކަށި ފިކުރުގެ މީހުންނަށް "ހަރުކަށި' ލޭބަލް ކުރެވޭ ގޮތަށް، "ލާދީނީ" ފިކުރުގެ ބޭފުޅުން ނަށް "ލާދިނީ" ލޭބަލުކުރަން މީޑިއާ އަށް ކެރޭނެބާ

The name is already taken The name is available. Register?

މޮހިތު

07 June 2021

މާދަން ޑީލް އެއް ހަދާފަ ދޫކޮށްލާ..!

The name is already taken The name is available. Register?

މޭޔަރ 2023

07 June 2021

މިގައުމު އަފްޣަނިސްތާނު ކަހަލަ ތަނަކައް ހެދުމައް ބަޔަކު މަސައްކަތް އެބަކުރޭ.

The name is already taken The name is available. Register?

ހައިތަމްސް

07 June 2021

5 ވަރަކަށް ސުވާލުގެ ޖަވާބުން މިކަމުގެ އަސްލު ހޯދިދާނެ. ގުރުއާންގަ އެބައޮތްތަ އެއާޔަތެއް ކިޔަވައިގެން ނަފްރަތު ހިތަށް ވަންނަ އާޔަތެއް؟ މީހުން ނަރަކައަށް ފޮނުވަން ރަސޫލާ އުފާ ކުރެއްވިތަ؟ މީހުން އިސްލާހުވުމަށް އެދޭ މީހާ އަބަދު ކާފަރުންގެ ވާހަކަ ދައްކާނެތަ؟ ނަފްރަތު ނެތި ހައްގު ބަަސް ނުބުނެވޭތަ؟ މުރުތައްދު މީހުންނަށް އަދަބު ދޭންޖެހޭ ބީދައިން އެހެން މީހުންގެ ފާފަ ފުއްސެވުމަށް ސުންނަތުގަ އޮވޭ ނޫންތޯ

The name is already taken The name is available. Register?

ތިންވަން ދުނިޔޭގެ ރައްޔިތެއް

07 June 2021

މި ޒަމާނުގަ ކުރިއެރުން ލިބޭނީ އެންމެން އެކުލަވައިގެން. ދުނިޔޭގައި ކަންކަން ހިނގާ ގޮތް ބަލާ ދަސްކޮއްގެން. ހަގީގަތް އޮޅުން ފިލުވައިގެން. ހަމަ މީހަކު އެ އެއްޗެކޭ މިއެއްޗެކޭ ބުންޏަސް، ބުނެފަ އޮތަސް، އޭގެ އެއްވެސް ތެދެއް ހަގީގަތެއް އެބައޮތްތޯ ނޫންތޯ އޮޅުން ފިލުވައިގެން. އެކަންކަން ކުރެވޭނެ ގޮތްގޮތް ވެސް ބައިވަރު. އިންޓަނެޓް، ޙަބަރު ވަސީލަތް ތަކާ، ސޯޝަލް މީޑިއާ، ކުޅިވަރު… އެންމެން އެކުގަ އުޅެން ދަސްކުރަންވީ! “މަ-މާމޮޅު، ކަލޭ-ފީކަޅާ” ހިޔާލު ދޫކޮއްލާ!

The name is already taken The name is available. Register?

ކަމީލާ

06 June 2021

“ހަރުކަށި ފިކުރުގެ މީހުން“ ނަކީ ކޮބާތޯ؟ ޑްރަގްސް އަދި ބަނގުރާ ބޯ މީހުން ނަކީ ކޮބާތޯ؟ މާތް ﷲ އަށް އަދި ކީރެތި ރަސޫލާއަށް ނިސްބަތް ކޮށް ޓުވިޓާރގަ އަދި ވީލާތުގަ ފޯރަމް ތަކުގަ ބަދުބަސް ބުނާ މީހުންނަކީ ކޮބާތޯ؟ މި ތަފާތު ސުވާލުތަކުގައި ޝާމިލް ވާ މީހުންގެ ދެމެދުވާ ގުޅުމަކީ ކޮބާތޯ؟ ދައުލަތުން މި ފަރާތްތަކަށް ހަރުކަށި އަދަބު ނުދީ ދައުލަތުގެ މަތީ މަގާމްތަށް ދީފަ ބައިތިއްބަނީ ކޯޗެއް ހާސިލް ކުރަންތޯ؟ ބޮޑު އެޖެންޑާއަކީ ކޮބާތޯ؟ ވިސްނާލުން ބޭނުންތެރި!

The name is already taken The name is available. Register?

ްައަހުމަދުވަގާރު

07 June 2021

އެމީހުން މީހުން މަރާބާ

The name is already taken The name is available. Register?

ބާލައާދަނު

07 June 2021

@އަހުމަދުވަގާރު އެ މީހުންނަށް ވެސް އެހެން މީހުން ރުޅި ނާރުވައި އުޅެވިދާނެ ދޯ.

The name is already taken The name is available. Register?

ގަރުކަށިފިކުރު

07 June 2021

ޑްރަގްސް އަދި ބަނގުރާ ބޯ މީހުން، މީހުން މަރަމުން ގައުމު ފަސާދަ ނުކުރޭ..! ހަރުކަށިފިކުރުގެ މީހުން މާނުރައްކާ!

The name is already taken The name is available. Register?

މުރާކި

07 June 2021

ތިބޭފުޅާގެ ފިކުރަކީ ކޮބާ؟ ފިކުރު ހިފައިގެން ގޭގަ އޮވެބަލަ. އެހެންމީހުން އުޅެންވީގޮތްް ކިޔާނުދީ..!

The name is already taken The name is available. Register?

ހުސެންް

06 June 2021

އެމްޑީޕީގެ ފިކުރަކީ މަގުމަތީގެ ޢުސޫލެވެ. ނޫންނަމަ ޖަންގަލީގެ ގާނޫނެވެ. ނުވަތަ ބާޒާރުމަތީ އުސޫލެވެ. ފުރިހަމަ އާރާއިބާރުގަ 3 ބާރުއެކީ ވެރިކަންކުރަން ލިބުމުންވެސް ވެރިކަން ކުރާނެ ގޮތެއް ނޭނގުނެވެ. ޕާޓީ ތެރޭގައި ދެފެކްޝަނެއް އުފެދި ތަޅާ ބުރުއްސަނީ އެވެ. އެކަކު ފަޔަށް ހިނިއަރައިގެން އުޅޭހެން ތެޅިބާލަނީއެވެ. އެއްބަޔަކު ރުޅިއަރުވާފަ އަނެއްބަަކު ރުޅިއަރުވަނީއެވެ. ގައުމު އެއްބައިވަންތަ ކުރާކަށް ނޭނގުނެވެ. އިސްކުރަނީ ޑިވައިޑް އެންޑ ރޫލްގެ އުސޫލެވެ.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

06 June 2021

ތިޔަކަހަލަ ކިތަންމެބޮޑެއް ހައްޔަރުކުރާނެ.ނ އަދި ދުވެސްކުރާނެ. މީ އިއްޔެއަކުމިއަދަކު ލައިގަނެގެންއުޅޭކަމެއްނޫން. ތިމީހުންގެ ތުރާ ދިވެހިންނަށްޖެހޭތާ ކިތަންމެދުވަހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454