އޮޕަރޭޝަންގައި ކޮމިޝަނަ އޮފް ޕްރިޒަންސް ވެސް ބައިވެރިވެވަޑައިގަނޭ. އޮޕަރޭޝަން ފެށީ ރޭ ފަތިހު
މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ޖަލު ބަލަހައްޓަނީ. -- ފައިލް ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
12 ޖޫން 2021 - 09:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި އެ ހަމަލާގެ ފަހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން ޖަލުތަކުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ސިފައިންނާއި ފުލުހުންގެ 300 ވަރަކަށް މީހުން ބައިވެރިވާ ކަމަށާއި މިއީ ޖަލުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މިފަދަ އޮޕަރޭޝަންކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި 300 އާ ގާތްކުރާ އަދަދެއްގެ ސިފައިންނާއި ފުލުހުންގެ ފައުޖު ރޭ ފަތިހު ޖަލަށް ދިޔައިރު އެ އޮޕަރޭޝަންގައި ކޮމިޝަނަ އޮފް ޕްރިޒަންސް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަނެ އެވެ. ކޮމިޝަނަ އޮފް ޕްރިޒަންސް ވެސް މިފަދަ އޮޕަރޭޝަނެއްގައި ކުރިން ބައިވެރިވެ ވަޑައިގަތްކަމެއް އެނގިފައެއް ނުވެ އެވެ.
ބޮޑު ފައުޖެއް ހަތިޔާރާ އެކު ޖަލަށް ގޮސް ތަންތަނާއި މީހުން ފާސްކުރަމުން ގެންދާއިރު ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވެ އެވެ. އަދި ޖަލަކީ ހަރުކަށި ފިކުރު ފަތުރާ އަދި އެ ފިކުރުގެ މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތައް ރޭވިގެން އައި ތަނުގެ ގޮތުގައި ވެސް ބެލެވިފައިވެ އެވެ.
މި އޮޕަރޭޝަން މާފުށި ޖަލުގެ އިތުރުން މާލޭ ޖަލުގައި ވެސް ކުރިއަށްދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި މިއީ ސިފައިންނާއި ފުލުހުންނާއި ކަރެކްޝަންސް ބައިވެރިވެގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޖަލު އޮޕަރޭޝަން ކުރިއަށްދާކަން ހާމަކުރީ ކަރެކްޝަންސް އިން ކުރި ޓްވީޓެއްގަ އެވެ. ނަމަވެސް އެކަމާ ބެހޭ މާބޮޑު ތަފްސީލެއް ނުދެ އެވެ. މިކަމާ ބެހޭ ގޮތުން ސިފައިންނާއި ފުލުހުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ.
"މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މިސާވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި 3 މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަނެއް ހިނގަމުންނެވެ." ކަރެކްޝަންސް އިން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
ޖަލު ފާސްކުރުމުގެ އޮޕަރޭޝަންތައް ފުލުހުންނާއި ޕްރިޒަންސްގެ އޮފިސަރުން ކުރިން ވެސް ހިންގަ އެވެ. ކުރިން ހިންގާފައިވާ އޮޕަރޭޝަންތަކުގައި، ޖަލަށް ވެއްދުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ ފޯނާއި އެކި އާލަތްތައް ގިނަ އަދަދަކަށް ހޯދަ އެވެ. ނަމަވެސް އެކި ގޮތްގޮތުން އަނެއްކާވެސް އެފަދަ ތަކެތި ޖަލަށް ވައްދައި ކުށް ކުރުމުގައި ބޭނުންކުރެ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތުހުމަތު މިހާތަނަށް ފަސް މީހަކަށް ކޮށްފައި ވާއިރު އޭގެ ތެރެއިން އެންމެ ފަހުން އަތުލަގަނެވުނު މީހާ ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގަ އެވެ. އެނގިފައިވާ ގޮތުގައި އެއީ ހަމަލާގައި ވަރަށް އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ތުހުމަތުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
13 June 2021
އެތެރޭގެ މައްސަލައެއްގައި އެއްޗެއް ގޮއްވާލީމަ، އެއީ މަޒްހަބީ މައްސަލައަކަށް ހަދަން ތިއުޅެނީ ކީއްވެބާ؟ މަޒުހަބީ ތަޅާފޮޅުން މިގައުމުގައ ފެއްޓޭތޯ ކުރާ ކަމެއްތަ ތިއީ؟
ޝައުސީ
13 June 2021
ތީ ދެންވަރައް ހިނި އަންނަ ޒާތުގެވާހަކައެއް.. ޖަލުގަ ހައްޔަރުކޮއްފަ ތިބޭ ބަޔަކު ފާސްކުރަން 300 މިލިޓަރީ މީހުން ހަތިޔާރުއަޅައިގެން ދާންޖެހެނީ އެއީ ޖަކުގައި ހަތިޔާރު ގައިދީން ގެންގުޅޭތީތަ.؟ ތި އަމަލު މުޅިން އަދި ހަމައެއްނުޖެހޭ. ގައިދީންނައް ހަތިޔާރުތަކެއް ދޭންވެގެންތަ ތިޔަރާވަނީ.؟
ކޮޜޯނާ
12 June 2021
ޙުސް ގޭސް
ފަލަސުރުޚީ
12 June 2021
ފޭކު ؟؟؟؟؟؟؟؟؟؟؟؟؟.
އެއްކަލަ މީހާ ދޯ
12 June 2021
ގައުމުގައި ހިނގައި ދިޔަ ޓެރަރިޒަމް ގެ އަމަލުގެ ތަހުގީގަށް "ދައުލަތުގެ ބެލުމުގެ" ދަށު ހުރި ޖަލެއް ފާސްކުރާ ހިސާބަށް ދިޔައީމަ ލައްކަގިނަ ކަންކަން ރައްޔިތުން ވިސްނަންވީ އެވެ!
ޙަސަން އަޙްމަދު
12 June 2021
ބިޒިނަސްއަކާ ބޮޑަށް ވައްތަރީ. އޮޕަރޭޝަނެއް ހިންގާނެ. ފޯނާއި ތަކެތި އަތުލާނެ. އަނެއްކާ އެތަކެތި އެމީހުން ގަންނާނެ.
ދޮންއަމާ
12 June 2021
މިގައުމުގެ ރައްވެއްސަކު އިސްލާމް ދީން ދޫކޮށްލައިފިނަމަ ރައްވެހިކަން ގެއްލޭގޮތަށް އޮންނަނީ ހަމަ އެގޮތަށް ހަރުކަށި ފިކުރު ފަތުރާ ޓެރެރިސްޓު އެއްވެސް އަމަލެއްގައި ބައިވެރިވެއްޖެނަމަ ރައްވެހިކަން އަތުލަން ފެނޭ
އެމްސް
12 June 2021
ކަ ރެކްޝަނާއި ފުލުހުންނާއި ސިފައިންނަށް ފާ ރަވެ ރިވާނެ މުވައްސަސާއެއް އުފެދިގެން މެނުވީ، ފޯނާއި އެނޫނަސް މަނާތަކެތި ޖަލަށް ވެއްދުން ނުހުއްޓުވޭނެ!
ވަހީދު
12 June 2021
ނަންވާނީ މައުމޫނު. މިހިރީ ކަންކަން ކުރާ ގޮތް.
ރިޔާޒް
12 June 2021
ހަރުކަށި މީހުނާ ދެކޮޅަށް ކަމަށްބުނެ އިންސާނީ ކަރާމާތަށް ބެލުމެއްނެތި ހިތުހުރިގޮތަކަށް ބާރުގެ ބޭނުމެއް ނުކުރެވޭނެ. ސަލާމަތީ ބާރުތަކުގެ 300 މީހުން ހަތިޔާރާއެކު ޖަލަށް ވަނުމަކީ ބޮޑުވަރު. ހިއުމަން ރައިޓްސް ކޮބައިތޯ
އެމްސް
12 June 2021
ހިއުމަން ރައިޓްސް އަންނާނެ، އެއީ ކުށްވެ ރިންނަށް ޚާއްސަތަނެއް ތާ!