ލޮޓައިސް ބައިކްޝޮޕުން ޖީއެން 125 އެޗްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"މިޑް އިޔާ ސޭލް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، އެ ފިހާރައިން ވިއްކާ ޖީއެން 125 އެޗް ސައިކަލުތަކުން 7،500ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މިއާ އެކު ކުރިން 55،000ރ. އަށް ލިބެން ހުރި ޖީއެން މިހާރު ލިބެން ހުންނާނީ 47،500ރ. އަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލޮޓަސް ބައިކް ޝޮޕުން މި ވަގުތު ޖީއެން 25 އެޗްގެ ތިން ކުލައެއް ލިބެން ހުންނާނެ އެވެ. އެއީ ރަތް، ކަޅު ކުލަ އަދި ނޫ ކުލަ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ސައިކަލު ގަންނަން ބޭނުންވާ މީހުންނަށް ލޮޓަސް ބައިކްޝޮޕަށް ޒިޔާރަތްކޮށްގެން ނުވަތަ އެ ފިހާރައިގެ ނަންބަރު 7425552 ނުވަތަ 9598535 އަށް ގުޅައިގެން ވިޔަފާރި ކުރެވޭނެ އެވެ. އަދި އެ ފިހާރައިގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ހޯދޭނެ އެވެ.

ލޮޓަސް ބައިކްޝޮޕް ހުންނާނީ ބުރުޒުމަގުގައި، ލޭބާ އޮތޯރިޓީ ކައިރީގަ އެވެ.