މިދިޔަ އަހަރު ލޮޓަސް ބައިކް ޝޮޕުން އެންމެ ގިނައިން ވިކުނު މެނުއަލް ސައިކަލު "ބެނެލީ މޮޓޯބީ 152"ގެ ހުދު ކުލަ ރާއްޖޭގެ ބާޒާރަށް ނެރެން އެ ފިހާރައިން ތައްޔާރުވެއްޖެ އެވެ.
މި ސައިކަލުގެ މިހާރު ރާއްޖޭން ލިބެން ހުންނާނީ ކަޅު ކުލަ އާއި ރަތް ކުލަ އަދި ނޫކުލަ އެވެ. މި ކުލަތަކަކީ ވެސް ދިވެހިންގެ މެދުގައި މަގުބޫލު ކުލަތަކަށްވާއިރު ހުދު ކުލަ ތައާރަފު ކުރަން ނިންމީ އެ ކުލައަށް އޮންނަ ޑިމާންޑް އިތުރުވަމުގެ ސަބަބުންނެވެ.
ބެނެލީ މޮޓޯބީއަކީ ކެފޭ ރޭސާއެއްގެ ގޮތަށް ޑިޒައިންކޮށްފައިވާ ދުނިޔޭގެ އެތައް ގައުމެއްގައި މަގުބޫލުކަން ހޯދާފައިވާ ސައިކަލެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ބެނެލީ މޮޓޯބީގެ 204 ސައިކަލު ވަނީ ވިކިފަ އެވެ. މިއީ ސައިކަލު ވިއްކާ ބޮޑެތި ކުންފުނިތައް ކަމަށްވާ "ޑުކާޓީ" ފަދަ ކުންފުނިތަކަށް ވުރެ ގިނަ އަދަދެކެވެ.
ބެނެލީ މޮޓޯބީ 152ގެ ބައެއް ސިފަތައް
- ފިއުލް ކެޕޭސިޓީ: 12.1 ލީޓަރު
- ޑިސްޕްލޭމަންޓު: 150 ސީސީ
- ގިއާ ބޮކްސް: 5 ސްޕީޑް
- ކޫލިން ސިސްޓަމް: އެއާ ކޫލްޑް ސިސްޓަމް
- ބަރުދަން: 124 ކިލޯ
- ފިޔުލް ސިސްޓަމް: ކާބުރޭޓާ
ބެނެލީ މޮޓޯބީއަކީ އިޓަލީގެ ހައި ޕަފޯމެންސް ސައިކަލު އުފައްދާ މަޝްހޫެރު ބެނެލީ ކުންފުނީގެ އުފެއްދުމެކެވެ. ލޮޓަސް ބައިކް ޝޮޕަކީ ރާއްޖޭގެ މި ބްރޭންޑުގެ އޮތޮރައިޒްް ޑިސްޓްރިބިއުޓާ އެވެ.