އިލާ މޯލްޑިވްސްގެ ހެޑް އޮފީސް: އެ ކުންފުޏިގެ ޕްރޮމޯޝަންގެ ދަށުން މާލޭގެ ލިފާން އިންވެސް ޓޯޓަލް ބްރޭންޑުގެ އަޑީ ތެޔޮ ލިބޭނެ-- ފޮޓޯ: އިލާ މޯލްޑިވްސް
06 ނޮވެމްބަރ 2019 - 13:56
އިލާ މޯލްޑިވްސް އިން އަޑީ ތެޔޮ ފުޅިއެއް ގަތުމުން ހިލޭ ހެލްމެޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މާދަމާގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އިލާގެ ޓޯޓަލް ބްރޭންޑުގެ އަޑީތެޔޮ ގަންނަ ކޮންމެ ސައިކަލަކަށް ވައުޗާއެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ހުޅުމާލޭގެ އިލާ މޯލްޑިވްސް އާއި މާލޭގެ ލިފާންގައި ވެސް ކުރިއަށްދާނެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ވައުޗާ ލިބޭ މީހުންނަށް ހެލްމެޓް ހަވާލު ކުރާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލޭ ރުއްގަނޑުގައި ބާއްވާ ހަރަކާތެއްގަ އެވެ. މި އިވެންޓްގައި، އަޑީތެޔި ގަތް މީހުން ވައުޗާ ދައްކާލުމުން ހެލްމެޓް ދޭނެ އެވެ. އަދި ސައިކަލްގެ އަޑީތެޔޮ ހިލޭ ބަދަލުކޮށްދޭނެ އެވެ.
ޓްރެފިކް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އިލާ އިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮމޯޝަންގެ ދަށުން ވިއްކާ އަޑީތެލުގެ ފައިސާ ރާއްޖޭގެ އެންޖީއޯއަކަށް ހަދިޔާކުރަން ވަނީ ހަމަޖެހިފަ އެވެ.
އިލާ މޯލްޑިވްސް އަކީ 1991 ވަނަ އަަހަރުން ފެށިގެން ރާއްޖެގައި ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ ކަނޑާއި އެއްގަމުގެ އުޅަނދުތަކާއި މެޝިނަރީސްތަކަށް ބޭނުންވާ ކޮލިޓީ ބްރޭންޑުތަކުގެ އުފެއްދުންތައް ފޯރުކޮށްދެމުންނެވެ. އިލާ އަކީ ޓޯޓަލް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy