ނަޒާކީ އޮންލައިން ވިޔަފާރި ކުރާ ވެބްސަިއޓް--
02 ސެޕްޓެމްބަރ 2021 - 07:06
ނަޒާކީ އޮންލައިންއިނުން ޕްރީއޯޑަރަށް ތަކެތި ގެނެސްދޭން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު މުދާ ވެސް އަދި ފައިސާ ވެސް ނުދޭ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން 7.6 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ ކުންފުނިން ދައުވާކޮށްފި އެވެ.
ނަޒާކީ އޮންލައިންއިން މެދުވެރިކޮށް ޕްރީ-އޯޑާކޮށް، ފައިސާ ދައްކާފައި އެތައް ދުވަހެއް ވީ އިރު ވެސް ތަކެތި ނުލިބޭ ކަމަށާއި އަދި ރީފަންޑް ވެސް ނުދޭ ކަމަށް ބުނެ ބައެއް ކަސްޓަމަރުން ސޯޝަލް މީޑިއާގައި ޝަކުވާކުރަން ފެށީ މިދިޔަ އަހަރުގެ ފަހު ކޮޅު އެވެ. އެ މައްސަލަ ބައެއް މީހުން ފުލުހަށް ވެސް ހުށަހެޅި އެވެ. މީހުން ޕްރީއޯޑާ ކުރި ސާމާނުގެ ތެރޭގައި ފަރުނީޗަރާއި އިލެކްޓްރޯނިކްސްގެ އެކި ބާވަތްތައް ހިމެނެ އެވެ.
އެ މައްސަލާ ގުޅިގެން ޓްވިޓާ އަދި ފޭސްބުކްގައި ނަޒާކީއާ ދެކޮޅަށް ޕޯސްޓު ކުރި ހ. ފޭރުވާދީ، އައިޝަތު މާވީ އަތުން ބަދަލުގެ ގޮތުގައި 7،667،100ރ. ހޯދަން ނަޒާކީ ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.
އެ މައްސަލައިގައި ނަޒާކީގެ ފަރާތުން ބުނެފައި ވަނީ، މާވީ މަސައްކަތްކުރީ ނަޒާކީއަށް އާންމުން ކުރާ އިތުބާރު ގެއްލުވާލައި އެ ކުންފުނީގެ އޮންލައިން ވިޔަފާރި ހުއްޓުވާލަން ކަމަށެވެ. އަދި އޭނާ މަސައްކަތްކުރީ ކުންފުނީގެ ހިއްސާދާރުންގެ އަބުރާއި ޝަރަފު ގެއްލުވާލަން ކަމަށެވެ.
މާވީގެ ޕޯސްޓުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ އަގު އާންމުންގެ ކުރިމަތީގައި ވެއްޓި، ކުންފުނިން ޕްރީއޯޑާކޮށްފައިވާ ފަރާތްތަކުން މުއާމަލާތްތައް ބާތިލުކޮށް ރިފަންޑަށް އެދުނު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
Dear Nazaki Online,
— Aishath Maavi (@AishathMaavi) December 13, 2020
If you can’t deliver, stop advertising your products and taking pre-orders. Stop taking full payments when you can’t deliver it in months. Stop scamming your customers during a global pandemic and stop continuously lying! REFUND now.
ނަޒާކީއާ ބެހޭގޮތުން އައިޝަތު މާވީ މިދިޔަ އަހަރު ކުރި ޓްވީޓެއް --
މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި މާވީގެ ފަރާތުން ވަނީ، އޭނާ ދައްކާފައި ވަނީ "ނަޒާކީ އޮންލައިން" ކިޔާ ބައެއްގެ ވާހަކަ ކަމަށާއި އެއީ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ނޫން ކަމަށެވެ. އެހެންވެ ނަޒާކީ ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް އެ މައްސަލާގައި ދައުވާކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނެގި އެވެ.
ނަމަވެސް، ނަޒާކީ އޮންލައިނަކީ ނަޒާކީ ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ވިޔަފާރިއެއް ކަމަށް އެ ކުންފުނިން ބުނެފައިވާތީ، މިދިޔަ ހޯމަ ދުވަހު ގާޒީ އަލީ ނަސީރު ނިންމެވީ އެ އިޖުރާއީ ނުކުތާ އަކީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ވަރުގެ ސަބަބެއް ނޫން ކަމަށެވެ.
ނަޒާކީން މީގެ ކުރިން "މިހާރު" އަށް ބުނެފައިވާ ގޮތުން ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ ޕްރީއޯޑާކުރި ތަކެތި ގަޑިއަށް ފޯރުކޮށްނުދެވުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ ހެދި އެވެ.
އެގޮތުން، ރާއްޖެއަށް ތަކެތި ގެނައުމުގައި ދިމާވި ދަތިތަކާއި ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ގޮސް ޑޮލަރު ލިބުމަށް ދަތިވުމަކީ އެ ތަކެތި ގެނެސްނުދެވުނު ސަބަބު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ރިފަންޑަށް އެދޭ ކަސްޓަމަރުންނަށް ރިފަންޑު ދޭނެ ކަމުގެ ޔަގީންކަން އޭރު ނަޒާކީން ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
03 September 2021
މިހާރު ކޯޓަށްދިޔައަސް ތިގޮތަށް ބަދަލު ނަގައިނުދޭނެ. ބަދަލު ހައްގުވައްޏާ ލިބޭނީވެސް 100000 ރުފިޔާ. ވަރަށް ވެދުން ނަޒާކީ ޒަކީއަށް.
ނިކަމެތިރައްޔިތުމީހާ
03 September 2021
1) އޮންލައިން ވިޔަފާރި ރެޖިސްޓަރ ނުކޮށް ކުރުމަކީ ގާނޫނީ ކުށެއް 2) މާވީގެ ޓުވީޓުގަ ބުނެފަ އެވަނީ ‘އިފް’ މީގެ މާނައަކީ ކަމެއް ބުނި ގޮތަށް ނުކުރެވޭ ނަމަ! ނަޒާކީ އޮންލައިން އިން ޑެލިވަރ ނުކޮށް ދެވޭ ނަމަ އިޝްތިހާރު ނުކުރާށޭ! މިއީ ނަސޭހަތެއް! ކަސްޓަމަރެއް އޭނަ ފައިސާ ދެއްކި އެއްޗެއް ނުލިބިގެން ނަޒާކީއަށް ނަސޭހަތެއް ދިނީމަ 7 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ދިޔުމުން މި މީހުންގެ ފެންވަރު އެނގިއްޖެ!
ބަރުބާދު
02 September 2021
މިދާރޭޓުންދަންޏާ ދުވަސްކޮޅަކުން ގެޔައްވަދެ ވައްކަންކުރާވަގުވެސް ގޭގެ ވެރިފަރާތާދައުވާކުރާނެތާ؟. ހައްޔަރުކުރުމުގެ ސަބަބުން އޭނަގެ އަގުވެއްޓިގެން.
ކައުންސެލަރު
02 September 2021
ނަޒާކީން ކުރިޔަސް އެހެން ބަޔަކު ކުރިޔަސް ތީކީ މާތާހިރު ކަމެއްނޫން. ވާނެހާވެސް ކަމަކީ އިތުރު ކަސްޓަމަރުންގެ ރުޅިއާ ނަފްރަތާ ކުރިމަތިވުން. ވިޔަފާރި ކުރެވޭނީ ކަސްޓަމަރުންގެ ލޯބިހޯދައިގެން. ގަދަފައި ވިއްދާ އޮބިއަޅައިގެނެއްނޫން. ވަރަށްވެދުން
ދެކޮޅުވެރިޔާ
02 September 2021
ޕްރީ އޯޑަރ ކުރި އެއްޗެއްސަށް އަދިވެސް މުދާ ނުލިބޭ. ފޯނު ކަނޑާލާފައި. ފޭސް ބުކު ޕޭޖަށް މެސެޖެއް ކުރިޔަސް ރިޕްލައި ނުކުރޭ. ކިތައް މީހުންގެ އަތުން ކިހައި ފައިސާއެއް ނަގައިގެން ތިޔަ އުޅެނީ. ކޮބާތޯ ތިޔަ ބޭފުޅުންގެ ލަދު ހަޔާތް
ރައްޔިތު ސޭޓު
02 September 2021
އަދި މިހާތަނަށް ނަޒާކީގެ އެއްވެސް ވިޔަފާރިއެއް (ޑައިރެކްޓް ކޮށް) ނުކުރަން. އަހުރެންނާއި އަހުރެންގެ ބަސްއަހާ އެކަކުވެސް ނަޒާކީގެ ވިޔަފާރިއަށް ބޮޑުތަނުން ސަލާމް.
އަމައްޔާއި ދެން އުޅޭ ފާޑެއް
02 September 2021
ނަޒާކީން ތިއުޅެނީ ނުފޯރާ ފޮތިން ފޫގަޅަން. ކޮވިޑާ ހެދީ ތަކެތި ފޯރުކޮށް ނުދެވެންޏާ ރީފަންޑް ނުދެނީ ކީއްވެ؟ އެވެސް ކޮވިޑާ ހެދީ؟
މަޒާކީ
02 September 2021
ނަޒާކީ އެވެ. ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދިޔަކަމަށް ރަސްމީ އެއްވެސް އިދާރާއަކުްނ އަންގާފައިނުވޭ. އެހެންވީމާ ޑޮލަރުގެ އަގުމައްޗަށް ދިޔަ ކަމަށް ބުނެވޭނެ އެއްވެސް ހަމައެއްނެތް. ދެން ސަޕްލައިގަ ދިމާވާނެ ދަތިތަކާއި ފައިނޭންސް ކުރާނެ ގޮތަކީ ކަސްޓަމަރު ބަލަންޖެހޭ ކަމެއްނޫން. އެއީ ވިޔަފާރީގެ ރިސްކެއް. އެރިސްކް ނަގަންޖެހެނީ ވިޔަފާރިވެރިޔާ.. ކަސްޓަމަރ އެއްބަސްވާ މުއްދަތުގައި މުދާ ލިބެންޖެހޭނެ. ނުލިބެންޏާ އެވާހަކަ ދައްކާނެ..
lol hހ
02 September 2021
މާވި އަތުން 7 މިލިއަން ހޯދާފަ ދަރާފަ ތިބި އެހެން ކަސްޓަމަރުންނަށް ލާރި ދޭންކަންނޭގެ.
ފާރިހަތު ޖަލީލު
02 September 2021
ފާރި ހަމަ ކޮސްވެއްޖެ. ނަޒާކީއިން މިކަހަލަ ފޭކްޖައްސާތީ. ކުރީގަ ވަރަށް ކްރެޑިބަލްބައެއް އެއީ! ކީކޭ ބުނާނީދޯ؟