ފުލުހުން އާންމު ކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް ---
06 ސެޕްޓެމްބަރ 2021 - 14:05
އެކައުންޓުގެ ވެރި ފަރާތަށް ނޭނގި އެ މީހާގެ އެކައުންޓުން އެހެން މީހެއްގެ އެކައުންޓަށް 180،000ރ. ޓްރާންސްފާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ އަންހެނެކެވެ. ވީޑިއޯ އިން ފެންނަނީ އެ މީހާ ރެސްޓޯރަންޓެއްގެ ތެރެއިން ހިނގާފައި އަންނަނިކޮށެވެ.
ފުލުހުން ބުނީ ފައިސާ ޓްރާންސްފާކުރި ގޮތާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެވެން ނެތް ކަމަށެވެ.
އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން ފަރާތެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީhttps://t.co/RaW39nuN7I pic.twitter.com/AvK2wfqAcI
— Maldives Police (@PoliceMv) September 6, 2021
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިހާރު ބަލަމުން އަންނަ ކަމަށެވެ.
މި ވީޑިއޯގައިވާ ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީހާ ވެސް އަވަހަކަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މަކަރާއި ހީލަތުގެ އެކި އަމަލުތައް ހިންގައިގެން މީހުންގެ އަތުން ފައިސާ އަތުލުން އާންމުވެފައި ވާތީ ފުލުހުންނާއި ބޭންކުތަކުން ގެންނަނީ އެކަމަށް އާންމުން ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބާއްތަ
07 December 2022
ކިހިނެތް ހޯދޭނީ މިހާރު ތިމީހާ އުޅޭނީ މޫނުބުރުގާ އަޅައިގެން ކަންނޭނގެ. މިދޭތެރެއަކުން މަގޭ ރައްޓެއްސަކު އޭނާގެ ފިހާރައިން މޫނުބުރުގާ އަޅައިގެން ހުރިއަންހެނަކަށް ޖޮބްދިނީ. ދެތިން ދުވަހު އައިސް ވަތްގަނޑުގަހުރި ލާރިގަނޑު ހިފައިގެން ބަޗައިފި. މޫނުބުރުގާއަކީ ދީނީގޮތުން ވ ރަނގަޅު ކަމެއް. އެކަމަކު ނުބައިމީހުން އެމީހުންކުރާފާފަތަކުގެ އައްޑަނައަކަށް މޫނުބުރުގާއެބަ ބޭނުންކުރޭ.
ހުސެން
07 September 2021
އިތުރަށް މައުލޫމާތު ދެވެން ނެތިއްޔާ ކީއްކުރަން އާންމުކުރި ވީޑިއޯއެއްތަ؟ ތިޔަ ވީޑިއޯވެސް ބަލާކަށް އަހަރެމެންނޫޅެން، އިތުރުމައުލޫމާތެއް ނޭންގޭތީ ހާމަކުރެވެންނެތިއްޔޭބުނިނަމަ ތަންފުކެއްރީތިވީސްދޯ!
ރެހެންދިޔެ
07 September 2021
ދިވެހި ބައެއް އަންހެން ކަނބަލުން މިއުޅޭނީ ވަރަށް ކުރީގައި
މިތުން ޗަކްރަބޮޓީ
07 September 2021
ރަގަޅުވާނެ. ހާސްނުވޭ މާބޮޑު އަދަބެއް ނުލިބޭނެ. ހަމައެކަނި މިސަރުކާރުގަ ބޮޑު އަދަބު އޮތީ ދީނީ ހަރުކަށިފިކުރުގެ މީހުންނަށް.
އަ ފޫ
07 September 2021
ރެހެންދި އެވޯޑް އަށް ނޮމިނޭޓް ވީ ، ސާބަސް
އޮނަރަބްލް އަފީފު ދީދީ
06 September 2021
ކިހިނެއްވެގެންތޯ "އޮޅުވާލައިގެން" ކަމަށް ތިޔަ ބުނަނީ؟! އެއްވެސް ޙާލެއްގައި މިގޮތަށް ހިންގާ މުއާމަލާތަކީ އޮޅުވާލައިގެން ކުރިކަމެއްކަމަކަށް ނުވާނެ. # މިކަން ހުއްޓުވާން އަޅާންޖެހޭ އެންމެ މުހިންމު ފިޔަވަޅު އެޅޭނީ ދިވެހިރާއްޖޭގެ މަރުކަޒީ ބެންކަށް ނޫންތޯ؟! މިފަދަ އެތައް އެތައް ވަގު މުއާމަލާތް ބެންކް އޮފް މޯލްޑިވްސްގައި އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށް ދިމާވާތާ ކޮން ޒަމާނެއްތޯ؟! ކޮބައިތޯ ބީއެމްއެލްގެ ޒިންމާ މިކަން ހުއްޓުވާން ކުރި މަސައްކަތް.
ރަދީފްއޮފިޝިއަލް
06 September 2021
ބްރޯ.ބްރޯގެ ފޯން ވަގަށް ނަގައިގެން މީހަކު އޯޓީޕީ ޖަހައިގެނ ފައިސާކޮޅު ނަގައިފިނަމަ ބޭންކް ޒިންމާ ނަގަނ ޖެހޭނެ ބާ؟
އަފުރާސިޔާބު
07 September 2021
ވަރަށް ރަނގަޅުވާ ހަކައެއް. ބޭންކް އޮފް މޯލްޑިވްސްގައި އަޅުގަނޑު ފައިސާ ޖަމާކޮށްފައިވާ ޑޮލަރު އެކައުންޓެއްވެސް ވީނުވީއެއް ނޭނގި ފައިސާއާއެކު ގެއްލިއްޖެ. ބޭންކަށް އެތައް ފަހަރަކު ލިޔެފިން އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް ނުދިން. ޑޯމަންޓް އެކައުންޓަކަށް ހެދިތޯ ބެލިއިރު އެކަންވެސް ކޮށްފައެއް ނެތް. އަޅުގަނޑަކީ މަހުން މަހަށް ޑޮލަރު ނަގާ މީހެއްނޫން. އެންމެ ފަހުން ދޫކުރި ޑޮލަރޗެކްގެ ފޮޓޯއަކާއެކު މެއިލް ކުރީމާވެސް ޑޮލަރ އެކައުންޓްގެ އެއްވެސް ޚަބަރެއްނުވި
ރަދީފްއޮފިޝިއަލް
06 September 2021
ކަނބަލުން މިއުޅެނީ ވަރަށް ކުރީގަ.
ކުނބު
07 September 2021
ލައްބަ މީއެބުނާކަހަލަ ފިސާރި ކަނބަލެއް
ގުދުގުދާބެއްޔާ
07 September 2021
މިކަހަލަ ދިވެހިންއަންހެނުންނާ ކައިވެނި ކޮއްގެން އުޅޭ ފިރިހެން މިހާ އަށް ހަދާލާނެ ގޮތް ދެން ވިސްނާބަލަ!
ކެޗްޕީއޭ
06 September 2021
މާސްކްވެސް ނާޅާ ހުރި ކަނބަލެއް. ގައިޑްލައިނާ ޚިލާފްވީ އަދަބުވެސް ލިބެންޖެހޭ.
ފޮނިފޮނިޓައްޕު ކުމާރު
06 September 2021
އިއްޔެ އަންހެނުންތަކެއް ތަޅައިގަތީ. މިއަދު މިއޮތީ އަނެއްކާ ބޭކަނބަލެއް ނުބައިހަދާފައިއޮއްވާ. ކިހިނެއްތބާ މިވަނީ؟