އާ ޓަމިނަލުން ފުރާމީހުން ވަންނަން ހާއްސަ ގޭޓްތަކަށް ވަންނަ ސަރަހައްދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ޑިސެމްބަރ 2025 - 14:08
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފޭރުނު ސްޓޫ ކޭހުގައި ހުރި ޑޮލަރުތައް ގެއްލުނުތާ ދެ މަސް ވާން ކައިރިވެފައިވާއިރު އަދިވެސް އެންމެ ޑޮލަރެއް ވެސް ނުފެންނަކަން އެނގިއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓް ކޭހުގައި 130،000 ޑޮލަރު ހުއްޓެވެ.
އެ ސޫޓް ކޭހުގައި ހުރީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހުން ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދައްކައި އެ ސޫޓްކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.
"މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަދި އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ. އެކަމަކު، މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި ތުހުމަތަށް ހައްޔަރުކުރި މީހުންގެ އަތުން އެންމެ ޑޮލަރެއް ވެސް ނުފެނެ އެވެ.
ޑޮލަރުގެ ފޭރުމާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް
ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށްވާ ޑޮލަރު ފޭރުނު މައްސަލައިގައި، އެ ހާދިސާ ހިނގި ދުވަހު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ މަހު އިތުރު ތިން މީހުން ހައްޔަރު ކުރި އެވެ.
1. މާޒިން މޫސާ، 25، / ރޭޝަމް، ލ. މާވަށް
2. އަހުމަދު ރައިހާން ނައީމް، 20، / މ. ކޯރަސް، މާލެ
3. އިބްރާހިމް އަނޫފް، 24، / އަޅިވިލާގޭ، ކ. ގުރައިދޫ
4. ހުސައިން ޝަހުދު، 30، / އަޅިވިލާގޭ، ކ. ގުރައިދޫ
5. އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ
6. އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ
7. އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ
ޑޮލަރު ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރި މީހުން.-- ފޮޓޯ: ޕޮލިސް
އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ބަންދުކުރި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ ވައްކަމުގައި ބޭނުންކުރި ލޯންޗު ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުރުން ވެސް މަނާކޮށްފައިވާ ކަމަށެވެ. ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ވެސް ވަނީ ބަލާފައި ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާޑިޔާގެ ބާބާ
11 December 2025
ޑޮލަރެއް ހޯދަން ކާކުބާ އުޅެނީ؟ ރިހާކުރު ފުޅި އާއިގެން މި އުޅެނީ
ޑެބީ
11 December 2025
ފެނުނަސް ނުފެނެއޭ ކިޔާފަ ފުލުހުން ތިޑޮލަރުކޮޅުވެސް ކާލީކީނޫންބާ
އަބުދުލް ޤާދިރު
11 December 2025
ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ނުފެންނާނެތާ
ހުސަ
11 December 2025
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ތަހްގީގުކުރާ އުސޫލުން ތަހްގީގުކުރީމާ ފެންނާނެ! ކަނޑައެޅިގެން ޑޮލަރު ފޭރުނީ/ވައްކަން ކުރީ/މީހަކު މަރާލީ/މާރާމާރީ ހިންގީ ކޮންބައެއްކަން މުޠުލަގަށް އެނގޭ ޙާލަތުގައި އެކަމެއް/އެއްޗެއް ހޯދަން އެމީހަކަށް ބަޔަކަށް "ޑޯޒް" ދޭންޖެހޭ! ދެން ތަހްގީގުގައި އޯޑިއޯ/ވީޑިއޯ ރިކޯޑިންގް އާއެކު އެއްވެސް މަޖުބޫރުކަމެއްނެތި ކަމަށް އެއްބަސްވެ އެބަޔާނާއެކު ކޯޓަށް ފޮނުވީމާ ކޯޓްގައި އެއަށް އިންކާރުކުރާ ހިސާބުން ނިމޭނަމަ މިހެންވާނީ!
އަދާލަތު
11 December 2025
މިހާރު ރާއްޖޭގައިއުޅޭމީދަލަކީ، ޑްރަގާއި، ސިނގިރޭޓް، އަދި ޑޮލަށްހޭބަލިވާމީދާތަކެއް. ފުލުސްއޮފީގެ ބެލުމުގެދަށުގައިހުރި ޑްރަގާއި ސިނގިރޭޓްބޮއެހުސްކުރިހެން އެތަނުގެތިޖޫރީގައިހުރި ޑޮލަރާއި، ތިޔަޑޮލަރުތައްވެސްވާނީ މީދާބާޒާރުކޮށް ހުސްކޮށްލާފައި.
ލޮސްޓު
10 December 2025
ދެން ފަހެ، އެ އެއްޗެހިތަކަކީ ގެއްލުމަށްފަހު ނުފެންނަ ގޮތަށް ގެއްލޭ އެއްޗިއްސެވެ؟ އަލިފު ހ
ވަންޗޫ
10 December 2025
ތިކަހަލަ ކުއްކުރާ މީހުން ސަލާމަތް ނުވާ ގޮތް ހަދަންވީ! ދެން ދުވަސްކޮޅަކު ޖަލުގަޔާ ކޯޓްތަކުގަ ތަޅުވާއިފަ އެއްބަޔަކު ހެކިނުފެނިގެން ދޫކޮށްލީމަ އޮންނާނި ވެފަ!
އިހްސާސް
10 December 2025
ސެކިއުރިޓީ ބޮޑުތަނުން ފެއިލް. ބީއެމްއެލްގެ ބައެއްގެ އަތެއް ތިޔަކަމުގައި ނެތްބާ؟އެއާޕޯޓުގެ ސެކިއުރިޓީ ދޯހަޅިކަން ތިހުރީ.
ހަމަދު ސަލީމް
10 December 2025
ތިކަމުގެ އަޑީގަވެސް ތިބޭނީ ސަރުކާރުގެ ބޮޑުން، ދެން ކިހިނެއް ފެންނާނީ. ޖެހުނުތަނަކުން ދައުލަތް ކައި ހުސްކޮއްފި.
އަހަންމާ.
11 December 2025
ރަގަޅު، ރޭވިގެން ހިގާކަންކަން ތިއީ، ކަންކަން އެގޭނެ ދުވަހަށް އިންތިޒާރު ކުރުން ނޫންގޮތެއް އަދި ނެތް.
ޑޮކްޓާރ. ބަނާނާ
10 December 2025
އެއަރޕޯޓަކީ ހައިސެކިއުރިޓީ އޮންނަތަނެއް! އެއަރޕޯޓްގައި ފުލުހުން ، ސިފައިން. އެވިއޭޝަން ސެކިއުރިޓީ ގެ ބޭފުޅުން ތިބޭ.. އަދި އެތައް ކެމެރާއެއް ހަރުކޮށްފަވޭ. ޢަދި ކޮބާ މާލޭކައިރީ ކަނޑުމަތީ ކޯސްޓް ގާރޑް މެރިންޕޮލިސް ހަރަކާތް ތެރިވޭ. ބޭންކުން ފައިސާ ގެންދަން އަދި އުސޫލެއް އޮވޭ. މިހެން މިކަން އޮތް ވާ ފޭރިގެން ރަށަކަށް ގެންދިޔަ ފައިސާ ދެން ހޯދާނެ ގޮތެއް އަޅެ މަށަށް ބުނެދީބަލަ؟