ޑޮލަރުގެ ނޫޓްތަކެއް: އެއާޕޯޓުގައި ވަޅިން ބިރުދައްކައި ފޭރިގަތަކީ 100،000 އަށް ވުރެ ގިނަ ޑޮލަރުކަން ވަނީ އެނގިފައި.-- ފޮޓޯ: މިހާރު
27 އޮކްޓޯބަރ 2025 - 12:47
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް ސޫޓް ކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރު ހުރިކަން އެނގިއްޖެ އެވެ.
"މިހާރު" އަށް ޔަގީން ވެފައިވާ ގޮތުގައި، އެ ދަބަހުގައި 130،000 އާ ގާތްކުރާ އަދަދަކަށް ޑޮލަރު ހުއްޓެވެ.
އެކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، ބީއެމްއެލްގެ ދެ މުވައްޒަފަކު ހިފައިގެން ދިޔަ އެ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިން ކަމަށް އެ މީހާ ބުންޏެވެ.
"ވަޅިން ބިރު ދައްކާފައި ސޫޓް ކޭސް ޖަހައިގަނެގެން ދުއްވައިގަތީ،" އޭނާ ބުންޏެވެ.
އެ ވަގުތު އެ ތަނުގައި ތިބި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މޫނަށް ވެސް ވަގުންތައް ސްޕްރޭ ޖަހައި، ވަޅިން ބިރު ދައްކައި ސޫޓް ކޭސްއާ އެކު ދުއްވައިގަތީ ކަމަށް އެ ކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެ ފައިސާ ފޭރިގަނެގެން އެމީހުން އެރީ ވީއައިއޭގެ ޖެޓީ ކައިރި އަަށް އެ ވަގުތު ކައިރި ކޮށްފައި އޮތް ލޯންޗަކަށް ކަމަށް ވެސް މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ބީއެމްއެލުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަލިބެއްޔާގެ ދީދީ
27 October 2025
ޕެޕަރ ސްޕްރޭ ހޯދީ ކިހިނެތް؟
މިންކުލާސް
27 October 2025
ރާއްޖޭގެ ފުލުހުންނާ ސިފައިންނަކީ ހުޅުލޭ ފަޅުތެރެއަށް އެއްލާލާ ސިމްކާޑު ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާ ބައެއް، ވީމާ ތިޔަ ލޯންޗެއް ހޯދާކަށް މާ އުދަގޫ ވާނެހެނެއް ހިއެއްނުވޭ، އަނެއްކާ ސިގިރެޓް ގެއްލުމުންވެސް ކުޑަ ހިނދުކޮޅަކުން އެކަމަށް ފަންޑް ކުރި މީހުން ހޯދައިފި، މި ފަހަރު އަނެއްކާ ހަމަ އެމީހުންބާ ފަންޑު ކޮށްގެން މިއުޅެނީ،
ގޮނުއަނގަ
27 October 2025
ތިޔައީ މަޖާ ކަމެއްތާ. މީގެ ހައެއްކަނމަސްކުރިން ހަމަ ތިޔަތަނުން ފައިސާ ފޭރިގަންނަންނކުރި މަސައްކަތް ބަޔަކު ފުލުހުން އަތުލާގަތް. ބޭންކްތަކުން ފައިސާ އުލާއިރު އެމުވައްޒަފުންގެ ފަހަތުގައި ފުލުހުން ފޮނުވަމުން ގެންދޭ. މިހާވަރުގެ ސިކިއުރިޓީ ހުއްޓަ ތިޔަކުރާ ކަމަކީ ޑްރާމާ ކުޅުން. ހިންދީ ފިލްމްތަކުން ތިކަހަލަ ޑްރާމާތައް ކުޅެފަހުރޭ. ބޮސް އިންނާނެ ގޭންގްތެރޭ.
ދސދސފސ
27 October 2025
ދެން އެލޯންޗުން އޮންނާނީ ކެމެރާއަށް އަރާފައި... ހޯދެން ޖެހޭނެ.
ަހަތިޔާރު އެޅި ފުލުހުން
27 October 2025
ހަތިޔާރު އެޅި ފުލުހުން ތިތަންތާގަ ނުތިބެ ވާކަށް ނެތް . އެންމެ ފަހަރަކުވެސް ތިކަހަލަ މަގު ފޭރޭ މުޖުރިމުންގެ ގަޔަށް ބަަޑިޖަހާބަލަ ވާގޮތް ބަލަން .ދީނުގަ ވެސް ތިކަމަށް ބޮޑެތި ހުކުން ތަށް އޮންނަނީ ކަމެއްވެގެން ނެއްނު
އުދުހޭ
27 October 2025
މިހާރުވެސް މީހަކު ބެނަރއެއް ހިފައިގެން ސިޔާސީ ކަމެއްގަ ނިކުމެބަލަ ވާގޮތް ބަލަން. އޭރުން ބާރު ފެންނާނެ.
އޮނަރަބްލް އަފީފު ދީދީ
27 October 2025
ޤައުމުގެ ސަލާމަތީ ރައްކާތެރިކަން މިހިސާބަށް ވެއްޓިފަައި އޮތް އިރުވެސް ޤާނޫނީގޮތުން ފުލުހުންގެ މުއައްސަސާގެ މައްޗަށް އަމުރު ހިންގާ އަދި ފުލުހުންގެ ކަންކަން ބަލަހައްޓާ ހަރުދަނާ ކުރާން ޖެހޭ ކަންކަށް ދެނެގަނެ އެކަންކަން ކުރާން ހުންނެވި މުއައްސަސާގެ މައްޗަށަ ހުރި ވަޒީރު ވެސް އަވަދިނެތި އޭނާގެ ބައްޕަ އާއި އެކު އައްޑޫސިޓީ ރޫޅާލާ ވޯޓްގެ ކެމްޕޭނުގައި އުޅޭއިރު ރައްޔިތުންގެ ޓެކްސް ފައިސާއިން މިމީހުން ނަންގަވާ ބޮޑު މުސާރަ މިމީހުނަށް ޙަލާލު ވާނީ ކިހިނަކުންތޯ؟
ދާލު
27 October 2025
ވަޒީރަށް އެންގީ އެމީހުން ހޯދި ވާހަކަ، ދެން ވަޒީރު ފުލުހުންގެ ގާބިލް ކަމުގެ ބޮޑުކަމުން އަވަހަށް ޓުއިޓް ކުރަނީ. ފައިސާ ނުފެނުނަސް.
ހަސަންބޭ..
29 October 2025
އޮނަރަބްލް ވެގެން ތިޔަ ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫން.. ލޯންޗުވެސް ހޯދައިފި، މީޙުންވެސް ހޯދައިފި. ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ އުފުލީ ފުލުހުންގެ އެހީތެރިކަމާ ނުލާ. އެސްކޮޓް ނުކޮށް. އެއަރޕޯރޓަކީ ހަ؛ލަބޮލި ތަނެއް.. ފުލުހުން ތިއްބަސް ކަމެއް ކޮށްފާނެ.. އެތަނުގައި މިނިސްޓްރެއް ނުހުންނާނެ ފުލުހުންގެ ފުލުގައެއް. ތިވާހަކަ ތިއަށްވުރެ ރީތިކޮށް، ފުލުހުން ކުރިއެރުންތަކެއް ހޯދާތޯ ބަލާލާފަ ކޮމެންޓްކުރޭ..
ރަދީފްއޮފިޝަލް /
27 October 2025
ފައިސާ ގެންދާ ގަޑި ވެސް އެނގި ދަތުރުފަތުރު ކުރާނެ އިންތިޒާމް ހަމަޖައްސައިގެން މިއަމަލު ހިންގާނީ އާދައިގެ ބައެއް ނޫން.ކަޅު ބާޒާރުގަ ވިއްކައިގެން އެމީހުންނަށް 2.4 މިލިއަން ރުފިޔާ ލިބޭނެ.
ހާނޖީ
27 October 2025
އެންމެ ފަހަރަކު އަތްކަނޑަން ޖެހޭނީ ... މައިިތިރިވާނެ. ޖެހިލުމެއްނެތި ޓަނުޓަނުގެ ތެލާއި ހަކުރު އެތެރެކުރަނީވެސް ރާއްޖޭގެ ޖަލުގައި އަހަރަކު އޮވެލާފަ ޑިޕޯޓް ކުރާކަން އެނގޭތިވެ.
ކުރުނބާ
27 October 2025
ހަނދާންވަނީ ޖީޓީއޭ ވައިސް ސިޓީ