ޚަބަރު / ވައްކަމާއި ފޭރުން

އެއާޕޯޓުން ފޭރުނު "އެންމެ ޑޮލަރެއް" ވެސް އަދި ނުފެނޭ!

ވީއައިއޭގެ އާ ޓާމިނަލްގައި ހުންނަ ބީއެމްއެލްގެ ކައުންޓަރު: ފޭރުނު އެންމެ ޑޮލަރެއް ވެސް މިހާތަނަށް ފެނިފައި ނުވޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފޭރުނު ސްޓޫ ކޭހުގައި ހުރި އެންމެ ޑޮލަރެއް ވެސް މިހާތަނަށް ފެނިފައި ނުވާކަން އެނގިއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، މިދިޔަ މަހު 27 ގައި ހިންގި ފޭރުމާ ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އައި ނަމަވެސް ވަގަށް ގެންދިޔަ އެއްވެސް ފައިސާއެއް މިހާތަނަށް ނުފެންނަ ކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓް ކޭހުގައި 130،000 ޑޮލަރު ހުއްޓެވެ.

އެ ސޫޓް ކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓްކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުން އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ އެންމެން ވެސް އިއްޔެ އިން ފެށިގެން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ހަތަރު މީހުން ވެސް ހައްޔަރުކުރީ ކ. ހުރާއިންނެވެ.

ނަމަވެސް އެ މީހުން ހުރައަށް އެރި ވަގުތު އެ މީހުންގެ އަތުން ސުޓްކޭހެއް ނުފެންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވެ އެވެ. ފޭރުނު މީހުން އެ ދުވަހުގެ ހެނދުނު 8:45 ހާއިރު ކަމަށް ވާއިރު އޭގެ ކުރިން އެ މީހުންގެ ހަރަކާތްތަކުގެ އެއްވެސް ތަފުސީލެއް މިހާތަނަކަށް ނޭނގެ އެވެ.

އެ މީހުން ފޭރުނު ކަމަށް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށެވެ.

ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން

1. މާޒިން މޫސާ، 25، / ރޭޝަމް، ލ. މާވަށް

2. އަހުމަދު ރައިހާން ނައީމް، 20، / މ. ކޯރަސް، މާލެ

3. އިބްރާހިމް އަނޫފް، 24، / އަޅިވިލާގޭ، ކ. ގުރައިދޫ

4. ހުސައިން ޝަހުދު، 30، / އަޅިވިލާގޭ، ކ. ގުރައިދޫ

ޑޮލަރުގެ ފޭރުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް

މޫނު ނިވާކޮށްގެން ތިބެ، ވަޅިން ބިރު ދައްކައި ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ފޭރިގަތް އެމީހުން ދަތުރުކުރި 12 މީހުންގެ ޖާގައިގެ ލޯންޗު ހުރައަށް ދިޔައީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ޑޮލަރު ފޭރިގަތް ވަގުން ޓާމިނަލަށް ފޭބީ ކާރަކުން ކަމަށްވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައިވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ކުރިން ކިޔައިދީފައިވެ އެވެ.

28 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 7%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވީކޭ ބޯއީ

03 November 2025

މާޒިން މެން "ފަޅާލިޔަސް" ނުބުނާނެ އެ ގެންދިޔަ ތަނެއް.. އެ މީހުންނަށް އެނގޭނެ އޭރުން ދޫކޮށްލާނެ ކަން..

The name is already taken The name is available. Register?

ޒަންޖަބީލު

03 November 2025

އޮގަނައިޒްޑު ކުރައިމްގައި ވާނީ ތިހެން. ގަބޫލު ކުރިޔަސް ނުކުރިޔަސް ނޫސްތަކުގެ ހެޑުލައިން ފެނުނީމާ މިރާއްޖޭގެ ފުލުސް އޮފީސް މީހުންގެ ކުރައިމް ރޭޓު ސާފުވާނެ. ގާނޫނު ތަންފީޒު ކުރަންތިބި ގިނަ ބަޔަކު ކުރިމިނަލް މައިންޑުވެ، އެކި ބާވަތުގެ ޖަރީމާ ހިންގާ، ކުރައިމްތަކުގައި ބައިވެރިވާން ފެށީމަ ރޭވިގެން ހިންގާ ފައިސާގެ ޖަރީމާތައްވެސް އެގައުމެއްގައި އިތުރުވާނެ. ފުރަތަމަ ދޮވެ ސާފުކުރަންވީ ފުލުސް އޮފީސް! އެތާ އޮތީ ޖަރީމާގެ ފުޅައަޅާފަ ރަގަޅަށް ތިބީ މަދު ބައެއް!

The name is already taken The name is available. Register?

ސަޖަރޯ

03 November 2025

ދެން ބަލާ މުއަސްނދިވާ މީހުން

The name is already taken The name is available. Register?

ތަގޭ

03 November 2025

މހނއ ކިޔާބަލަ. ރާވައިގެން ކޮށްލި ރީތި ވައްކަމެއް. މިނޫންކަމެއް މި ސަރުކާރު އައިފަހުން އެބަހިނގާތަ? ޙާދަ އުއްމީދަކާއެކުގައޭ ވޯޓުދިނީ.

The name is already taken The name is available. Register?

ޙ. ޙުސައިން

03 November 2025

އަނެއްކާ ފުލުހުން ޗައްކަރެއް ޖެހީ ނޫންބާ. ކަންކަން ހިނގާގޮތަށް ބަލާއިރު ނުވެނުދާނެ ގޮތެއް ކަަމަށް ބެލެވެނީ.

The name is already taken The name is available. Register?

ޑްރާމާއެއް

03 November 2025

ޑޮލަރު ނުފެންނާނެ. އެކަން ވެނިމުނު ފަހުން އެހައްޔަރު ކުރީ. އެކުދިން އެކުޅުނީ ސީދާ ބަޔަކު އަޑީގަ ތިބެހެން ބޮޑު ޑުރާމާއެއް. އޭގެން އެނގެނީ އެހެން ގޭސްގަނޑެއް. މިކަމުގެ އަޑީގައި ދިބީ ކޮންބައެއްކަން ހާމަ ވާނެއެކޭ ބުނެވޭކަށް ނެތް.

The name is already taken The name is available. Register?

ޏަނާ

03 November 2025

ފެންނާނެ ހެން ހިޔެއްނުވޭ! ފެނުނީމަ ފުލުހުންކޮޅު ބައިއަޅާލައިގެން ގެންދިޔައީ ނޫންކަމެއްވެސް ނޭނގެ. މިދާކަށްދުވަހު 30000 ޑޮލަރު ފުލުސް އޮފީހުގެ ތިޖޫރީން ގެއްލުނު ވާހަކަ ސުރުޙީގަ އޮތް ހަނދާނެއްވޭ. އެއިން ފުލުހެއް ހޯދުނުކަމެއް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނެތް.

The name is already taken The name is available. Register?

ޑރ ވާންޗޯ

03 November 2025

ތީވަރަށްބޮޑަށް ޕޮލިހުންގެ ކެޕޭސިޓީއާމެދު ސުވާލުއުފެދޭފަދަވާހަކައެެއް. ވަގަށްނެގިމީހުން ހައްޔަރުގަތިބޭތާ 7 ދުވަސްވީއިރުވެސް އެމީހުން އެފައިސާލީތަނެއްނޭގިއެއްނުވާނެ. %100 ގެރެންޓީއާއެކު ތިޔަމީހުންގެ ދުލުން ހުރިހާމައުލޫމާތެއް ހޯދޭނެހާދުވަސްތީ. ތީގަ ޕޮލިހުންގެ އިންވޯލްވުމެއް ނުވާނަމަ.

The name is already taken The name is available. Register?

އައްލޮ

03 November 2025

އެކަމަކު ބޭންކުން ތިޓާމިނަލްގަ ބަހައްޓާފަ ތިޔަހުރި ފޮށިގަނޑެއްދޯ. ތަނަކާ އެއްވެސް ގުޅުމެއް ނެތް.

The name is already taken The name is available. Register?

ޑިޒައިން

03 November 2025

ރަނގަަޅަށް ތިބުނީ. ލަދުވެތި ޑިޒައިން އެއް.

The name is already taken The name is available. Register?

އަަލަނާސި

03 November 2025

ތީގާ އެންމެ ރަނގަޅުގޮތަކީ އެހޯދިމީހަކަށް %50 އަދި ދައުލަތަށް %50 މިގޮތަށް ބައިލިބޭގޮތަށް ބަހާލުމަށް އިއުލާނުކުރުން. އޭރުން ރާއްޖޭގެ ރައްޔިތުން އެއްފަހަރާނުކުމެ މުޅިރަށް ކޮނެގެން ތިޔަ ހޯދާފާނެ. މިދެކެވެނީ 2 މިލިޔަން ދިވެހި ރުފިޔާގެ ވާހަކަވިއްޔަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454