ޚަބަރު / ރާއްޖެ-އިންޑިއާ

އައްޑޫ ޕޮލިސް އެކަޑެމީއަކީ އިންޑިއާގެ އެސެޓެއް ނޫން، އެ ތަން ހިންގާނީ ދިވެހި ފުލުހުން: ސަފީރު

video icon

އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީ އަކީ ދިވެހި ފުލުހުންގެ ތަނެއް ކަމަށާއި އެތަން ހިންގާނެ ގޮތް ނިންމާނީ ވެސް ދިވެހި ފުލުހުން ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރު ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު "މިހާާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، އެއީ އިންޑިއާގެ ސިފައިން ބައިތިއްބަން އަޅާ ތަނެކޭ ކިޔައިގެން ބައެއް މީހުން ވާހަކަ ދެއްކި ކަމަށާއި ނަމަވެސް މިހާރު އެ ވާހަކަ ހުއްޓިއްޖެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ ޓީމްތައް އެތަނަށް ޒިޔާރަތް ކުރައްވައި އާއްމުންނަށް ވެސް ޕޮލިސް އެކަޑެމީ ފެންނަން ފެށުުމުންނެވެ.

ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއާ އިންޑިއާ ދެމެދު މިހާރު އޮތް ގުޅުން ކުރިއަށް ވުރެެ މާ ވަރުގަދަވެ، އެ ދާއިރާއިން އިންޑިއާއިން ދޭ އެހީތެރިކަން އިތުރުވުމަކީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ގަދަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ އެއް ސަބަބެވެ. އެ ކަމަށް އިންޑިއާއިން ދޭނެ ޖަވާބަކީ ކޮބައިތޯ ސުވާލުކުރުމުން ސަފީރު ވިދާޅުވީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ މިހާރު އެއްވެސް ގައުމަކުން އަމިއްލައަށް ކުރާ ކަމެއް ނޫން ކަމަށެވެ.

"އެއީ [ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ ސަރަހައްދީ މަފްހޫމެއް، ކޮންމެ ގައުމަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލަކަށް އޭނާ ދެއްކެވީ އިންޑޯ ޕެސިފިކް ސެކިއުރިޓީ ފޯރަމްގެ ނަމުގައި ދާދި ފަހުން ރާއްޖޭގައި ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުން، މާދުރުގައިވާ އެމެރިކާ އާއި ރާއްޖޭން ކޯ ހޮސްޓް ކުރި ކުރުމަކީ ސަފީރު ވިދާޅުވި ގޮތުގައި ސަލާމަތީ ކަންކަމުގައި ގައުމުތަކުން އެއްބާރުލުންދޭ ގޮތުގެ މިސާލެކެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އެ ދާއިރާ އިން އޮންނަނީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ ގުޅުމެކެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އެމްއެންޑީއެފަށް ވުރެ ވެސް ގިނަ މީހުން ތިބި މުއައްސަސާއެއް ކަމަށާއި އަމިއްލަ އެކަޑެމީއެއް ހުންނަން ޖެހޭ ކަމަށް އެ އިދާރާ އިން ނިންމީ އެހެންވެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"އެތަން ވާނީ އެމްޕީއެސް އަށް ވަރަށް އަގުހުރި އެސެޓަކަށް. އެއީ އިންޑިއާގެ އެސެޓެއް ނޫން. އެއީ ހިލޭ އެހީން ބިނާކުރި ތަނެއް އަދި މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެތަން [އެމްޕީއެސް] އާ ހަވާލުކުރާނެ،" ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ވާހަކަ ދައްކަވަނީ.

އައްޑޫ ހިތަދޫ މާމެންދޫ ސަރަހައްދުގައި އިމާރާތް ކުރާ ޕޮލިސް އެކަޑެމީ އަކީ އިންޑިއާގެ ސަރުކާރުގެ 33 މިލިޔަން ޑޮލަރުގެ ހިލޭ އެހީއަކުން ބިނާކުރާ ތަނެކެވެ. އެތަން އިމާރާތްކުރުުގެ މަސައްކަތް ކުރީ ވެސް އިންޑިއާގެ ކުންފުންޏަކުންނެވެ. ސަރުކާރަށާއި އިންޑިއާ އާއި ރައްޖެއާ ދެމެދު އޮންނަ ގުޅުމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެތަން އިމާރާތް ކުރުމުގެ ބޭނުމަކީ އިންޑިއާގެ ސިފައިން އައްޑޫގައި ގާއިމުވެ ތިބުމެވެ.

އެކަމަކު އިންޑިއާގެ ސަފީރު ވިދާޅުވިގޮތުގައި، ޕޮލިސް އެކަޑެމީ ދިވެހި ސަރުކާރާ ހަވާލުކުރުމަށް ފަހު، އެތަން ހިންގާނެ ގޮތް ނިންމާނީ ރާއްޖޭން ކަމަށެވެ.

"އިންޑިއާ އަދި ރާއްޖޭގެ ސިޔާސީ އިސްވެރިން ސަމާލުކަންދޭ އެއް ކަމަކީ ދެ ގައުމު އެކީގައި ދެ ގައުމުގެ ގުޅިފައިވާ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން. ދިވެހި ސިފައިންނާއި ފުލުހުން ބާރުވެރިކުރުވައި ތަމްރީނު ކުރަން ސަމާލުކަން ދޭ. މީގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންވޭ،" އޭނާ ވިދާޅުވި އެވެ.

"އެތަން ވާނީ އެމްޕީއެސް އަށް ވަރަށް އަގުހުރި އެސެޓަކަށް. އެއީ އިންޑިއާގެ އެސެޓެއް ނޫން. އެއީ ހިލޭ އެހީން ބިނާކުރި ތަނެއް އަދި މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެތަން [އެމްޕީއެސް] އާ ހަވާލުކުރާނެ،" ---ސަފީރު

ސަފީރު ވިދާޅުވީ، އިންޑިއާ އިން ދިވެހި ސިފައިންނާއި ފުލުހުން ތަމްރީނުކޮށް ސިފައިން އަދި ފުލުހުންގެ އިދާރާތަކުގެ އުމްރާނީ ތަރައްގީ އެހީވެދެނީ ރާއްޖެ އަދި މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ ނުރައްކާތަކުން ސަލާމަތް ވުމަށް ކަމަށެވެ.

އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑަމީ އަކީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ އަށް އެހީތެެރިވުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫ އެވެ. އެފަދަ އަނެއް މަޝްރޫއަކީ ޅ. މާފިލާފުށީގައި ހެދި ކޮމްޕޮސިޓް ޓްރޭނިން ސެންޓަރެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބިންގާ އެޅި އެ ސެންޓަރުގެ މަަސައްކަތް ނިންމީ 2016 ވަނަ އަހަރު އެވެ.

ސަފީރު ވިދާޅުވީީ މާފިލާފުށީ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ ޖާގަ އިތުރުކުރަން ވެސް އިންޑިއާ އިން ހަތް މިލިޔަން ޑޮލަރުގެ އެހީއެއް ދީފައިވާ ކަަމަށެވެ.

37 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

23 September 2021

ވަކިނުވެވޭވަރުގާތްކަމެއް އިންޑިޔާއާއިއެކުގައި ބާއްވައިގެންވިޔަސް އައްޑޫ ރައްޔިތުނަށް ކުރިމަތިކުރުވާފައިވާ މަޖުބޫރީހާލަތު ބަދަލުކުރުމަށްޓަކާ ގޭންއެއަރޕޯޓް އެވިއޭޝަން ހަބަކަށްހެދުމަށް IndiGo އާއި އެއަރ އިންޑިޔާގެދަތުރުތައް ބޮމްބޭގެއިތުރުން ދިއްލީ އިން އައްޑުއަށް އަދި ގޭންއެއަރޕޯޓުން ސައުތުއެފްރިކާގެ ޑާރބަންއަށާއި ރުވާންޑާގެ Kigali އަދި އޮސްޓްރޭލިއާގެ ޕާރތު އަށް ހަމަޖެއްސޭތޯ އެމްބެސެޑަރ އާއި މަޝްވަރާކޮށް ވާހަކަދައްކަން މޭޔަރ ވަޑައިގަންނަވަންޖެހޭ.

The name is already taken The name is available. Register?

ޑިރާސާ

23 September 2021

ފަޅު ސަރަހައްދެއްގައި ޕޮލިސް އެކަޑަމީ އަޅައި އިންޑިޔާ މީހުން ބޭނުންވީމައި އައިސް މީހުންނަށް ނޭނގޭ ގޮތަށް ބަނދަރުކުރެވޭގޮތަށް ބަނދަރުހަދައި އަސްކަރީ ބޭސްއެއް އެއީ.. ކޮންމެ އެއްޗެއް ކޮންމެ ގޮތަކަށް ކިޔަސް އިންޑިޔައިން ތައްޔާރުވަނީ ޕާކިސްތާނާއި ވަރުގަދަ ހަނގުރާމައެއްކުރަން ރާއްޖޭގައި ތިބެގެން ހަމަލަދޭން. އެއީ އިންޑިޔާ ރައްޔިތުންގެ ސަލާމަތަށް އެމީހުން ކުރަން އުޅޭކަމެއް . ސަރަހައްދުގެ އެހެން ކުޑަ ގައުމުތަކުގައިވެސް އިންޑިޔާއިން ދަނީ މި ޖަރީމާ ހިންގާ.

The name is already taken The name is available. Register?

ނަމެއްނެތި

23 September 2021

ސަލާމަތީ ކަންކަމަކީ ސަރަޙައްދީ މަފްހޫމެކޭ ކިޔައިގެން ރާއްޖޭގައި އިންޑިޔާގެ ސިފައިން ނުބޭތިއްބޭނެ. ރާއްޖޭގެ ސަލާމަތީކަންކަން ބަލަހައްޓާނީ ރާއްޖެ އިން. ރާއްޖޭގެ ސިފައިން. އޮޅިގެން ނޫޅުއްވާ. އިންޑިޔާގެ ވާދަވެރިންނާ އިންޑިޔާއާއި އޮންނަ ދުޝްމިނުކަމަށް ރާއްޖެ ވަންނާކަށް ނުޖެހޭ. ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ ސިފައިން ތިބެގެން ނުވާނެ. އަދި ރާއްޖޭގެ ފަސްގަނޑުން އެހެން ގައުމަކަށް ހަމަލާދިނުމަކީ ރާއްޖެ އިން އެދޭނެގޮތެއް ނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 September 2021

އެމްބެސެޑަރގެ ކިބައިން މިވަގުތު ރައްޔިތުން އެންމެބޮޑަށް އެދޭއެދުމަކީ އިންޑިޔާގެ އެންމެބޮޑު ޕްރައިވެޓް އަދި ލޯކޮސްޓް އެއަރލައިން IndiGo އާއި އިންޑިޔާސަރުކާރު އެއަރލައިން ބޭނުންކޮށްގެން އިންޑިޔާގެ ސިޓީތަކުގެ އިތުރުން އައްޑޫސިޓީއާއި ސައުތުއެފުރިކާގެ ޑާރބަން އަދި އޮސްޓްރޭލިއާގެ ޕާރތު ގުޅާލަދީ ވީކްލީ ޝެޑިއުލް ފްލައިޓްތަކެއް ނަމަވެސް ހަމަޖައްސާދިނުން. # މިކަންކޮށްދެއްވައިފިނަމަ އަހަރުމެންގެ ތަރައްޤީއަށްޓަކާ އަހަރުމެން އިންޑިޔާއާއި އެކުގައި ތިބޭނަން.

The name is already taken The name is available. Register?

ޑީޑީނުޑީ

23 September 2021

ތިވަރަށް އާދޭސްކުރާއިރު މިސަރުކާރުން އެބަ ހޭވެސް އަހާލާތަ؟

The name is already taken The name is available. Register?

މުޑަހަންޖާ

22 September 2021

33 މިލިއަން ޑޮލަރަށް އައްޑޫގައި ބޮޑު ފަޅުރަށެއް ތަރައްގީކޮށް ނިމޭތީ މާލޭބަޔަކު ޕުރޮޕެގެންޑާ ފަތުރައިގެން މިކަމެއް ބޮޑުކޮށްގެން އުޅެނީ، މިއިރު ހުޅުމާލޭ އަލަށް ހިއްކާފައޮތްތާގަ އެއްގަމުގަ 4 ބުރިޖު އަޅައިގެން ދަށުން އެކޮންނަނީ 80 މިލިއަން ޑޮލަރަށް، އެވާހަކަ މާބޮޑަކަށް ނުދައްކާ އެއްވެސް ބަޔަކު.

The name is already taken The name is available. Register?

ކައްކާ

22 September 2021

ރަށުތެރޭ އެބަކިޔާ ތިތަނަށް ކިޔަންއުޅެނީ އަމްރިޝްޕޫރީ މެމޯރިއަލް ސްކޫލެކޭވެސް.

The name is already taken The name is available. Register?

ބުރެކެޓު

22 September 2021

"ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ މިހާރު އެއްވެސް ގައުމަކުން އަމިއްލައަށް ކުރާ ކަމެއް ނޫން ކަމަށެވެ" މިހެން މިކަންއޮތްއިރު އިންޑިއާގެ ސިފައިންގެ ބޯޓުފަހަރާ މަނަވަރުފަހަަރު ދުއްވަން ޕާކިސްތާނު ބަންގާޅު ޗައިނާފަދަ އަވައްޓެރި ގައުމުތަކާ ހަވާލުކޮށްބަލަ.

The name is already taken The name is available. Register?

އުސްތީ

22 September 2021

އިންޑިޔާ އައުޓް

The name is already taken The name is available. Register?

ހުދަންބަރު

22 September 2021

ތަފާތު. ރަނގަޅު ސަފީރެއް.

The name is already taken The name is available. Register?

ސުބޫތު

23 September 2021

ޢެއީ ހެލިކޮޕްޓަރ ދިވެހިންނަށް ދީފަ އޮތް ގޮތަށްބާ

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

22 September 2021

ސަފީރު ބޭޅާ... ތިގޮތަށް އިންދިރާ ގާނދީ ފޮޓޯއެއް ޖައްސަވާފަ މީގެ 30 އަހަރުކުރިން އަހަރުމެނަށް ހޮސްޕިޓަލެއް ހުޅުވައިދީގެން އަހަރުމެން މިތިބެނީ މިއަދުވެސް ބޭސްފަރުވާ ޔަށް ތިޔާ އެމްބަސީ ކުރިމަތީގައި ވިސާ އަށް ސަލާމް ޖަހަން.. ތިޔާ ހޮސްޕިޓަލް ގައި ތިބޭ ޑޮކްޓަރުން އެއްއަހަރު ކޮށްފަ ވަޒީފާ ޔަށް ދަނީ ޔޫކޭއަށް މިއަދުވެސް އެކަކު ފުރައިގެން އެދިޔައީ ... އަޅޭ ތީޔާ ފަހެ ޓްރެއިނިން ސެންޓަރެއްތޯ ؟ ނިކަން ޖަވާބުދެއްވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454