ޚަބަރު / މަނީ ލޯންޑްރިން

"ޔާމީންގެ މައްސަލާގައި ފެންނަން އޮތީ މަންޒަރުން ކުޑަކުޑަ ތަންކޮޅެއް"

"ހުރިހާ މައުލޫމާތެއް ދައުލަތުން ނެތް ހިއްސާކުރައްވައިފައެއް. އެހެންވެ ދައުލަތަށް މިހާރު ވެސް ތި އެނގިވަޑައިގަންނަވާ މައުލޫމާތެއް އަޅުގަނޑުމެންކަށް ނެތް އެނގޭކަށް. އެކަން ހަނދުފުޅުބަހައްޓަވާތި"

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު އެ މައްސަލާގައި ޝަރީއަތަށް ފެންނަން އޮތީ ކަން ހިނގި މަންޒަރުން ކުޑަކުޑަ ތަންކޮޅެއް ކަމަށް، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާ މިހެން ވިދާޅުވީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު ސުވާލުކުރުމުގެ މަރުހަލާގައި ދައުލަތާ ސުވާލުކުރައްވަމުންނެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވި މައްސަލައާ ގުޅުން ހުރި ޚިޔާނާތުގެ މައްސަލާގައި އަދިވެސް އިތުރަށް އާ ހެކިތައް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ދައުލަތުން ބުނެފައި ވާތީ ފަނޑިޔާރު ވަނީ އެހެންކަމަށްވާ ނަމަ މި މައްސަލާގައި ދައުލަތުން ދެކޭ ގޮތް ނުވަތަ ސްޓޭންޑް ބަދަލުވެދާތޯ އައްސަވައިފަ އެވެ.

"ދައުލަތުން މިހާރު ތި ވިދާޅުވާ ގޮތުން ނަމަ މި މައްސަލާގައި އިހްތިމާލު އެބަ އޮތްތޯ މުސްތަގުބަލްގައި ތި ބޭފުޅުން މިހާރު ތި ނަންގަވާ ސްޓޭންޑް ބަދަލުކުރެއްވުމުގެ،" ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އާ ހެއްކާއި ގަރީނާ ލިބުނަސް މި މައްސަލަ އަށް ބަދަލެއް އަންނާނެ ކަމަކަށް ނުދެކޭ ކަމަށެވެ.

ފަނޑިޔާރުގެ ފުރަތަމަ ސުވާލަކަށްވީ، ކުށް އުފަންވި ގޮތުގެ ތަރުތީބަކީ ކޮބައިތޯ އެވެ. ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ޖަވާބުގައި ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް އުފަންވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ އެކަން ސަމާލުކަމަށް ގެންނަ ހިސާބުން ކަމަށާއި އެ ހިސާބުން އެ އުފެދެނީ ގާނޫނުގައި ބުނާ "ޝައްކު ކުރެވޭ ހާލަތު" ކަމަށެވެ. ޔާމީންގެ އެކައުންޓަށް ފައިސާ ޖަވާމުވުގެ ކުރިން އެސްއޯއެފަށް ފައިސާ ޖަމާވުމަކީ ޔާމީނަށް ސާބިތުވި ކުށް އުފަންވާ ހިސާބު ނޫން ކަމަށާއި އޭގެ ކުރިން ހިނގަނީ އެހެން ކުށްތަކެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުން އެހެން ބުނުމުން ފަނޑިޔާރު ވަނީ އެ ކުށްތަކާ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށާ ގުޅުމެއް ނެތްތޯ ސުވާލުކުރައްވައިފަ އެވެ.

"ފަހުން ކުރެވޭ ކުށް ކިހިނެއްތޯއޭ ސާބިތުކުރެވެނީ ކުރިން ކުރި ކުށް ސާބިތުކުރުމެއްނެތި. ދެން އަޅުގަނޑަކަށް ނޭނގެ ކުރިން ކުރި ކުށާ ބެހޭ ގޮތުން ތިޔަ ބޭފުޅުން އަޅުއްވާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިކަމެއް. އެ މައުލޫމާތެއް ނެތް މި މައްސަލާގައި ހިއްސާކުރައްވައިފައެއް،" ކުރީގެ ކުށްތަކާއި ޔާމީނަށް ސާބިތުކުށާ ގުޅޭ ގޮތަކީ ކޮބައިތޯ ސާފުކުރުމަށް ފަނޑިޔާރު އެއްސެވި އެވެ.

އާންމު ގޮތެއްގައި އެތައް ފަރާތެއް ޝާމިލްވާ މައްސަލަތަކުގައި ދެން ކޯޓުތަކުން ހުކުމް ކުރެއްވުމަށް ފަހު، ތި ބޭފުޅުންގެ ހިސްޓްރީއެއް އޮވޭ ދެއްތޯ ސްޓޭންޑް ބަދަލުވުމުގެ: ފަނޑިޔާރު ޑރ. އަޒްމިރަލްދާ

ދައުލަތުން މި ސުވާލާ ގުޅިގެން ތަކުރާރުކުރީ، ޔާމީނަށް ޖަމާވި ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކުރުމަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބުނާ ވާހަކަ އެވެ. އެއީ ޖަމާވި ފައިސާއާ މެދު ޝައްކެއް އުފެދި އެކަން ޔާމީނަށް އަންގާފައި ވަނިކޮށް އެ ފައިސާ ދައުލަތާ ހަވާލު ނުކޮށް އެއިން މަންފާ ހޯދުމަށް އިންވެސްޓްކުރިކަން ސާބިތުވާ ނަމަ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާނެ ކަމަށް ބުނާ ވާހަކަ އެވެ.

މިކަމާ ގުޅިގެން ދެއްކި ވާހަކަތަކަށް ފަހު ފަނޑިޔާރު އެއްސެވީ ޔާމީނަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވި އިރު ކުށާ ގުޅޭ ގޮތުން ހުރި ވާގިއާތައް ނުވަތަ ކަންކަމަށް ބަދަލެއް އައިސްފައި ވޭތޯ އެވެ. އެއީ ކުށުގައި ހިމެނޭ މީހުން ދައުލަތާ އެކު އިއުތިރާފް އެއްބަސްވުންތައް ވެސް ހަދައި އިތުރު އެތައް ކަމެއް އޭގެ ފަހުން ހިނގާފައިވާތީ އެވެ. މައްސަލާގައި ދައުވާކުރީ ތަހުގީގު ފުރިހަމަކޮށްފައިތޯ ވެސް ސުވާލުކުރެއްވި އެވެ. ދައުލަތުން ބުނީ ތަހުގީގު ނުނިމުނަސް އެކަށީގެންވާ ވަރަށް ތަހުގީގުކުރެވި ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ނަމަ ދައުވާކުރަން ގާނޫނުން ހުރަހެއް ނެތް ކަމަށެވެ.

މިއީ ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި އަލަށް ލިބުނު ހެކި ދަށު ކޯޓަށް ހުށަހެޅުމުން ބަލައިނުގަތް ކަމަށް ދައުލަތުން ބުންޏެވެ.

އެހެންވެ ފަނޑިޔާރު އަޒްމިރަލްދާ ސުވާލުކުރެއްވީ އިތުރު ހެކި ލިބި މުސްތަގުބަލުގައި ތަހުގީގު ކުރިއަށްދާ ގޮތަކުން ދައުލަތުގެ ސްޓޭންޑް މި މައްސަލާގައި ބަދަލުވެދާނެތޯ އެވެ.

"އާންމު ގޮތެއްގައި އެތައް ފަރާތެއް ޝާމިލްވާ މައްސަލަތަކުގައި ދެން ކޯޓުތަކުން ހުކުމް ކުރެއްވުމަށް ފަހު، ތި ބޭފުޅުންގެ ހިސްޓްރީއެއް އޮވޭ ދެއްތޯ ސްޓޭންޑް ބަދަލުވުމުގެ،" ކުރިން އެކި މައްސަލަތަކުގައި ދައުލަތުން ދަށު ކޯޓުތަކުގައި ދައްކާ ވާހަކައާ ދިމާ އިދިކޮޅަށް އިސްތިއުނާފް މަރުހަލާގައި ވާހަކަ ދައްކާފައި ވާތީ އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުގެ ސުވާލަކީ މި މައްސަލާގައި އެފަދަ އިހްތިމާލެއް އޮންނާނެ ބާވައޭ މުސްތަގުބަލުގައި. މިހާރު ތި ވިދާޅުވަނީ މީގެ ކުރިއަށް އައިސް ހުރި ކުށްތައް ތަހުގީގު ނުކުރިޔަސް ނުވަތަ ތަހުގީގު ފުރިހަމަ ނުކުރިޔަސް މި މައްސަލާގައި ދައުވާކުރެވޭ މިންވަރަށް ހެކި ހުށަހެޅިފަ ހުރި ކަމަށް. އަދި މިއީ މަނީ ލޯންޑަރިން ގާނޫނުގައި އޮތް ގޮތް ކަމަށް. އަޅުގަނޑުގެ ސުވާލަކީ މުސްތަގުބަލުގައި ތަހުގީގު ކުރިއަށްދާ ގޮތަކުން އިހްތިމާލު އޮންނާނެތޯއޭ ތި ބޭފުޅުންގެ ސްޓޭންޑް ބަދަލުވުމުގެ."

ފަނޑިޔާރު ވިދާޅުވީ މި ދައްކަނީ ވަރަށް ބޮޑު މުއާމަލާތެއް ވާހަކަ ކަމަށެވެ.

"މީގެ ... މަންޒަރުގެ ކުޑަކުޑަ ތަންކޮޅެއް ހަގީގަތުގައި އަޅުގަނޑުމެންނަށް މި ފެންނަނީ. އަޅުގަނޑުމެންނަށް އެ ހުރިހާ މައުލޫމާތެއް ދައުލަތުން ނެތް ހިއްސާކުރައްވައިފައެއް. އެހެންވެ ދައުލަތަށް މިހާރު ވެސް ތި އެނގިވަޑައިގަންނަވާ މައުލޫމާތެއް އަޅުގަނޑުމެންކަށް ނެތް އެނގޭކަށް. އެކަން ހަނދުފުޅުބަހައްޓަވާތި،" ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ތަކުރާރުކުރެއްވި އެވެ.

ފަނޑިޔާރުން މިއަދު ވަނީ ޔާމީނަށް ވެސް ބޮޑެތި ސުވާލުތަކެއް ކުރައްވައިފަ އެވެ. އެގޮތުން، ޔާމީނަށް ޖަމާވީ ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ ކަމަށް ބުނާއިރު އޮކްޓޫބަރު 6، 2015 ގައި އެކައުންޓް ހުޅުވާފައި ވަނީ ވޮޑަމުލާއިގެ އެއްބަސްވުމުގައި ސޮއިކުރި އޮކްޓޫބަރު 8 ގެ ތާރީހު މެދަށް އަންނަ ގޮތަށް ކަމަށް ވާތީ އެކަމާ ސުވާލުކުރެއްވި އެވެ. އަދި ފައިސާ ޖަމާކުރި އެކައުންޓްގެ ނަންބަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ލިބުނު ގޮތާއި ޖަމާކުރި ފައިސާއާ މެދު ޝައްކުވާ ކަންތައްތަކެއް ހުރިކަން އޭސީސީން އެންގުމުން ވެސް އެކަމާ ގުޅިގެން ކުރެއްވީ ކޮން ކަމެއްތޯ ވެސް އެއްސެވި އެވެ. މީގެ އިތުރުން، ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާކަން ނޭނގޭ ކަމަށް ޔާމީން ވިދާޅުވާއިރު ޔާމީންގެ މާލީ ބަޔާނުގައި، އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަދީބު ބުނާ ފައިސާ ކަމަށް ލިޔެފައި އޮތީ ކީއްވެތޯ ވެސް ސުވާލުކުރެއްވި އެވެ.

30 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަނާ

28 September 2021

މަމެންނަށް މައްސަލައަކަށްވަނީ މި ކަމުގަ ހަމައެކަނި ޔާމީނު ގަނަ ތަޅުވާތީ . ކަމުގެ އެހެން ބައިވެރިންނަށް ޗުއްޓީ ދަތުރު ދީފަ . އެސްއޯއެފް ވެސ ކުށްވެރިއެއްނުވޭ ދައުވާއެއް ނުއކުރޭ. ބަލަ ސަރުކާރަށް އެބާރުލުން ދިނަސް އެމީހުންގެ މައްޗަށްވެސް ދައުވާ ކުރެވެންވާނެ . އަދަބުވެސް ލިބެންވާނެ . އަދަބު ކުޑަކުރެވޭނީ. މީ ދުނިޔޭގެ ހުރިހާ ތަނެއްގަވެސް ކަން ހިންގާ އުސޫލު.

The name is already taken The name is available. Register?

ޢުންސުރު

28 September 2021

ދައުލަތާ ހަވާލުވާ ވެރިންގެ ވެރިކަމުގެ 5 އަހަރު ދައްކާ ހުރިހާވަހަކަ ރިކޯޑު ކުރެވޭނެ ނިޒާމެއް ގައިމު ކުރަންވެއްޖެ އަދިފައިގަ ޓެގްހަރުކޮއްފަ ހުރިހާވަޒީރުންނާ ނައިބުންވެސް ބައިތިއްބަންވީ އަދި ވެރިކަމުގެ މުއްދަތުގަ ހިނގާ ހުރިހާފައިސާގެ ުުުުުުުުުުުުުުުުުުުުު މުއާމަލާތްތަކައް ވަކި ބަޔަކު ހަމަޖައްސަންވީ އެއިރެއްގަ އޮންނަ އިދިކިޅު ފަރާތަކުން

The name is already taken The name is available. Register?

ބޮޑުމީހާ

27 September 2021

އިތްޒަތްތެރި ގާޒީ ފެންނަނީކީ ނޫން...ދައްކަނީ ވަރަށް ކުޑަ މަންޒަރެއް. ހަގީގަތުގައި ތި ފައިސާގަ ނުޖެހޭ މީހަކު ދެޕާޓީގަވެސް މަދު. ދައުލަތުން ވަކިމީހަކަށް އަދަބުދީ އަނެއް ބަޔަކު ހުދު ފޮތިކޮޅަކަށް ހަދާތަން މިފެންނަނީ

The name is already taken The name is available. Register?

އަސްލު އަސްލު

27 September 2021

ތިމައްސަލާ ގައި މުޅި މަންޒަރު ފެންމަތި ކުރަން ދައުލަތަށް ކުޅަދާނައެއް ނުވާނެ.

The name is already taken The name is available. Register?

ނޯ ލޯނޑަރ

27 September 2021

މީހެއްގެ އެކައުންޓަށް އެހެންމީހަކު ފައިސާ ތަކެއް ޖަމާކުރީމާ އެކަން ކުރިމީހާ ކައިރިން ހޭވެސް އަހާ ނުލައި އެކައުންޓްގެ ވެރި ފަރާތް މަނީ ލޯންޑާކުރީ ކަމަށް ބެލުން އަޅުގަނޑަށް ވަނީ ވަރަށް ހެއްވާ ޖޯކަކަށް.

The name is already taken The name is available. Register?

ލަދުވެތި އިބްރާހިމް

27 September 2021

މި މައްސަލަގައި ދައުލަތުން ދައްކާ ވާހަކަ ތަކާމެދު އަޅުގަނޑު ލަދުވެތި ވެފައިވާ މިހުންނަނީ ބުނަން އެއްޗެއް ނޭނގިފައެވެ. ކޮންމެމީހަކަށްވެސް މިކަމުގައި ދައުލަތުން ވަރަށް ނުބައި މަޤްޞަދެއް ގެންގުޅޭކަން ރަނގަޅަށް އެނގޭނެ އެވެ.

The name is already taken The name is available. Register?

ޓޯލަރެންސް

27 September 2021

ތިޔަ މައްސަލައިގެ ބޮޑު މަންޒަރު މިހާރު އޮތީ އަނދިރި ސާލެއްގައި ފޮރުވާފައެވެ. ފަނޑިޔާރުން ގެ ކުރިމައްޗަށް އަސްލު މަންވަރު ހާމަކުރަން ދައުލަތަށް ކުޅަދާނައެއް ނުވާނެނެވެ.

The name is already taken The name is available. Register?

މިއަދު

27 September 2021

ނަޝިދު ބުނި އަފްރާސީމު ޢަލީ ޝަހީދުކޮއްލިމީހާ ރާއްޖެއިން ފުރައިގެން ހިގައްޖެޔޭ އެކަމު މަރުކޮމިޝަނަށް ހާޟިރުކޮށް ސުވާލެއްވެސް ކޮށްލަން ނުކެރުނު

The name is already taken The name is available. Register?

މިއަދު

27 September 2021

އެތައްސަތޭކަ މީހެއްގެ ތެރެއިން އެއްމެ މީހެއްފެނުނީމަ އެފެންނަ އެތި ކުޑަވާނެ އެއީ ސަރުކާރުން ދައްކަންވެސް ބޭނުންވާވަރު

The name is already taken The name is available. Register?

އިބްރު

27 September 2021

ސްޓޭންޑް ބަދަލުކުރުމުގެ ހިސްޓްރީއެއް އޮތީ ސްޕުރީމް ކޯޓުގައި. ޔާމީނުގެ މައްޗަށް މި މައްސަލަ ސާބިތުވޭ. އިސްތިއުނާފީ ނުކުތާތަކަށް ވިސްނާލީމާ ފާހަގަ ވެގެންދަނީ "ކޮށްގެން އުޅެނީ ހުއްދަ ވައްކަމެއް" ކަމަށް ދައްކަން އުޅޭކަން. އެކައުންޓުގައި 400 މިލިއަން ރުފިޔާގެ ތެރެއިން މިއުޅެނީ 01 މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ)ގެ އެތިކޮޅެއް ޝަރިއަތަށް ފޮނުވިގެން

The name is already taken The name is available. Register?

އިސްބަސް

27 September 2021

ޝަރުޢީ ހަމަ ތަކަށް ރިޢާޔަތްކުރަން އެނގޭ މީހަކަށް ޔާމީނު އެކައުންޓަށް ޖަމާވީ އޮޑަމުލާގެ ފައިސާކަން ސާބިތެއް ނުވެއެވެ. އަދި އެއީ މަނީ ލައުނޑަރިން ކަމުގައި ޝަރުޢީ ގޮތުން ޤަބޫލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454