އެމްބިއުލަންސްއެއް--. ފޮޓޯ: ނިޝާން އަލީ/މިހާރު
07 އޮކްޓޯބަރ 2021 - 20:58
މި އަހަރު ނިމުމުގެ ކުރިން 60 ރަށަކަށް އެމްބިއުލާންސް ފޮނުވޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ 20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އިތުރު 40 އެމްބިއުލާންސްއާ އެކު، މި އަހަރު ނިމުމުގެ ކުރިން ރަށްރަށަށް 60 އެމްބިއުލާންސް ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ، ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން އެސްޓީއޯއާއެކު ޖޫން 10، 2021 ގައި ހެލްތު މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނައި ތަކެއްޗެެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން 180 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެނެސް ހަވާލުކުރަން ޖެހެ އެވެ. ނަމަވެސް އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރި އަގެއް ހާމައެއް ނުކުރެ އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިދިޔަ މާޗު މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވީ، މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރެވޭނެ ކަމަށެވެ.
އޭރު އޭނާ ވިދާޅުވީ، ރަށްރަށަށް އެމްބިއުލާންސް ގެންދަނީ ތިން ގޮތަކުންނެވެ. އެއީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގައި އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެކަމަކު އެ ޕްރޮގްރާމާ ބެހޭ ތަފްސީލެއް ނަސީމް ނުދެެއްވަ އެެވެ.
ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ދޭތެރެދޭތެރެއިން ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީންއެމްބިއުލަންސް
08 October 2021
2019 ގަ އަމީންވެސް ހަމަކުރި ހުރިހާ ރަށަކަށް އެމްބިއުލަންސް. ބޮޑު ރަސްމިއްޔާތެއް ބާއްވާފަ އެކަން ކުރީ. އަނެއްކާ ނަސީމު ބުނި މިދިޔަ ޖޫނަށް ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަވާނެއޭ. މިއަހަރު ނިމޭއިރު 60 ރަށަކަށް އެމްބިއުލަންސް ފޮނުވޭނެ ކަމަށް އަނެއްކާ މި ލިއުމުގަ މިހާރު މިއޮތީ. މިގައުމުގެ ރަށްތަކުގެ އަދަދު ގިނަވަމުން އަންނާތީތަ އަދިވެސް ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަނުވެގެން އުޅެނީ؟
ހަޑިގިއްލާ
09 October 2021
ތަނެއްދޮރެއް ނޭންގުނަސް ކޮމެންޓް ކުރާތި. ބަލަ މިސަރުކާރު އައިއިރުވެސް ރާއްޖޭގައި ހުރީ އިލްޔާސް އިބްރާހީމްގެ ވަޒީރުކަމުގަ ހޯދި ތަކެތި ބާވެ ކަފާސްވެފައޭ... ދޭތެރަކުން ހުއްޓިފަ ހިނގާފަ މިފަދަ ހަލެއްގައޭ... މިސަރުކާރުން އެއްގޮތަކަށްވެސް އެންބިއުލަންސް ނުލިބިހުރި ތަންތަނަށް ހަމަކޮށްފަ މިހާރު ބާ ތަކެތި އާ ކުރަނީއޭ... މިވަރުން ސާފުވާނެ ކަމަށް ދެކެނެ
އަމީންއެމްބިއުލަންސް
09 October 2021
މެއި 2019ގަ އިންޑިއާއިން 11 އެމްބިއުލަންސް ގެންނަން 7.7މިލް ހަމަޖައްސައި ސޮއިކުރި. އެ11 ވީދިމާއެއް ނޭނގޭ. ޖޫން2019ގަ ބުނަނީ 50 ރަށުގައޭ ހަލާކުވެފަ ހުރީ 4 ރަށުގައޭ އެއްގޮތަކަށްވެސް ނެތީ. އޮކްޓޯބަރު2019ގަ 25 އެތި ހަވާލުކޮށްފަ ބުނީ ހުރިހާ ރަށެއްގަ އެމްބިއުލަންސް އެހަމަވީކަމަށް އަދި އިތުރު 25 ގެނައުމުގެ މަގުމަތީގަ ވާ ކަމަށް. 7 އޮކްޓޯބަރު2021ގަ މިބުނަނީ 20 ގެނެސްފައިވާކަމަށާ މިއަހަރު ނިމުމުގެ ކުރިން 60 ރަށަކަށް ފޮނުވޭނެކަމަށް. ވާނުވާ ކިހާ ސާފު.
އޮނަރަބްލް އަފީފު ދީދީ
08 October 2021
ޕެސެންޖަރ ނުވަތަ ކާރގޯ ވޭނެއްކަށް ބަލިމީހާ ބާއްވާނެ Stretcher ލުމުން އެއީ އެމްބިއުލާންސް އެއްތޯ؟؟ ބާދަގަނޑަށް ކިރާލަންވެފައިހުންނަ މިފަދަ ތަކެތި ރަށްރަށަށް ފޮނުވުމުން 3 މަސްފަހުން ތިޔަ ހަދިހާކުރާ ވެހިކަލް ޖެހޭނީ ގޮނޑަށް އުކާލަން.
ރާއްޖެގޯލް
07 October 2021
އެންބިއުލާންސް ވެސް ރައީސް އޮފީހުންތޯ ބަހަނީ ތިވަރު ކަމެއްގައި ވެސް އެހެން މީހަކު ބަސް ކިޔައިގެނރއް ނުވޭ
ކިހާދުވަހެއް
07 October 2021
މިގައުމަށް ކިހާދުވަހެއް ވެއްޖެތަ؟