އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ފޮތްތަކެއް، ނޮވެލްޓީ ބުކް ފެއާގައި ހުރެގެން، ކަސްޓަމްސްގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެތަނުން މިއަދު ބުނެފި އެވެ.
ކަސްޓަމްސްއިން ބުނީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު 109 ފޮތެއް އަތުލި ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަތުލި ފޮތްތަކުގެ ތެރޭގައި ހިމެނެނީ ހިންދޫ ދީނުގެ ބައެއް މައުލޫމާތުތައް ހިމެނޭ ފޮތްތަކަކާއި ނަސާރާ ދީނާ ބެހޭ ފޮތްތަކެކެވެ.
އެހެން ދީންތަކަށް އަޅުކަން ކުރުމާއި އެ ދީންތަކަށް ގޮވާލުމަކީ ރާއްޖޭގައި މަނާ ކަމެކެވެ.