މޯލްޑިވިއަންގެ ފްލައިޓެއް އުދުހެނީ: ތަފާތު ވައްތަރުގެ ވައިގެ ހިދުމަތްތައް ރާއްޖޭގައި ތައާރަފް ކުރަން ވަނީ ނިންމާފައި-- ފޮޓޯ: މޯލްޑިވިއަން
07 ޑިސެމްބަރ 2016 - 14:51
ވައިގެ ދަތުުރުފަތުރާ ގުޅޭ ތަފާތު ވައްތަރުގެ ހިދުމަތްތައް ވަރަށް އަވަހަށް ރާއްޖޭގައި ދޭން ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ އަދި މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބެއްގައި ޒަމީރު ވިދާޅުވީ، ވައިގެ ދަތުރުފަތުރާ ގުޅޭ ދާއިރާގައި މިދުވަސްވަރު ހިންގާ އެންމެ ބޮޑު ކަމަކީ ތަފާތު ވައްތަރުގެ ވައިގެ ދަތުރުތައް ރާއްޖޭގައި ފެށުމަށް، ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މަންފާ އިތުރު ކުރުމަށް ރެކްރިއޭޝަނަލް ހަރަކާތްތައް ފަދަ، ޖެނެރަލް އޭވިއޭޝަން އޮޕަރޭޝަންތަކާއި "ރޮޓަރީވިންގް" އެއާކްރާފްޓްތަކަށް ހުއްދަ ދެވޭނެ ގޮތަށް އޮޕަރޭޝަންސް ގަވައިދުތައް މިހާރު އެކުލަވާލާފައިވާ ކަމަށާއި ވަރަށް އަވަހަށް އާ ވައްތަރުގެ ވައިގެ ހިދުމަތްތައް ރާއްޖޭގައި ދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ފްލައިޓް އޮޕަރޭޝަންސްއާ ބެހޭ ގަވައިދުތަކާއި މަތިންދާބޯޓުގެ ފަޅުވެރިންނަށް ލައިސަންސް ދިނުމާ ބެހޭ ހުރިހާ ގަވައިދުތައް މުޅިން އޯވަހޯލްކޮށް، ހުރިހާ ހަރަކާތްތަކެއް ހިމެނޭ ގޮތަށް "ރެގިއުލޭޝަން ސެޓެއް" ތައާރަފް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ކުރިމަގު އޮތް، މަންފާ ބޮޑު އިގްތިސާދީ މަސައްކަތެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 10.3 ޕަސެންޓް ހިއްސާ ކުރަނީ މި ދާއިރާ ކަމަށެވެ. އަދި ރާއްޖެ އަކީ އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން ޖީޑީޕީގައި އެންމެ ބޮޑު ހިއްސާއެއް އެކުލެވޭ ގައުމު ކަމަށާއި މިއީ އިންވެސްޓް ކުރުމުގެ ފުރުސަތުތައް ގިނަ އަދި ތަނަވަސް ސިނާއަތެއް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"މި ދާއިރާއިން ރާއްޖޭގައި އޮޕަރޭޝަންތައް ހިންގާ ހުރިހާ ފަރާތްތަކުން ވެސް ދަނީ ހަރަކާތްތައް ގިނަކޮށް އިތުރަށް ފުޅާ ކުރުމުގެ ޕްލޭންތައް އެކުލަވާލައި ތަންފީޒު ކުރަމުންނެވެ. ރާއްޖޭގެ އޭވިއޭޝަން ދާއިރާ މި ދަނީ ކޮންމެ އަހަރަކު ވެސް ކުރިއަރަމުންނެވެ." ހިތޯބުގައި ޒަމީރު ވިދާޅުވެފައި ވެ އެވެ.
ވައިގެ ދަތުރުފަތުރުގައި ރާއްޖޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި ބައިނަލްއަގްވަމީ ހަތަރު އެއާޕޯޓާއި ޑޮމެސްޓިކް ހަތް އެއާޕޯޓު އޮތް ކަމަށެވެ. އަދި ހަތަރު އޮޕަރޭޓަރަކާ އެކު، ފްލައިން ސްކޫލްގައި 83 މަތިންދާބޯޓު އޮތް ކަމަށާއި، ވައިގެ މަގުން ދަތުރުކުރާ މީހުންގެ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަބަކައްލޫ
08 December 2016
އަޅެ 4 އިންތަރނޭޗަނަލް އެއަރޕޯރޓް އޮތީ ބޮކުހަމުންތާކިހާ ފަހާފަ ޖުހާ ގެއްލިގައްގޮތައް ގެއްލިގެންތޯ؟ މިއިން އިންތަރނޭޝަނަލް އެއަރޕޯރޓެއް އޮތް ފަސްގަނޑެއް އަޅެ ބުނެލަދީބަލަ އެނގޭ ކުއްޖަކު ،
ހަމަ ފިސާރި ތެދެއް
08 December 2016
އަޅެ މިފަދަ ވާހަކައެއް ދައްކާ މީހަކުވެސް މިއިން ނޫހެއްގައި ރަނގަޅު ކޮމެންޓެއް ލިޔެލާނެނަމަ ދޯ!!
ހާމަ333
08 December 2016
ފްލައިން ސްކޫލްގައި 83 މަތިންދާ ބޯޓޭ؟؟؟ ފްލައިން ސްކޫލް ހުރީ އައްޑޫ ގަމުގައި....އެތާކު ޔަގީނުންވެސް 10 ވަރަކަށް މަތިންދާ ބޯޓުވެސް ނެތް....ތިއީ ކޮންތާކު ހުރި ފްލައިން ސްކޫލެއްބާ؟ ދުބާއީގަތޯ؟؟؟
ރާބޮޑޭ
07 December 2016
މޫސާ ތަފާތު ވައްތަރުގެ ވަޔޭ ވިދާޅުވީ ކިތައްވައްތަރުގެ ވާހަކަތޯ ؟ 1- އަނގައިންލާވައި 2- ފޫކޮޅުންނިކުންނަވައި 3- ގަދަތޫފާނާއެކު އަންނަބާރުވައި 4- ނަލަނަލަ ވައިރޯޅީގެވައި 5- ނަގޫރޯޅީގެވައި 6- އިރުމަތިންޖެހޭވައި 7- ހުޅަގުންޖެހޭވައި 8 އުތުރންޖެހޭވައި 9 ދެކުނުންޖެހޭވައި 10- އިރުއުތުރުންޖެހެވައި 11- އިރުދެކުނުންޖެހޭވައި 12- ހުޅަގުއުތުރުންޖެހޭވައި 13- ހުޅަގުދެކުނުންޖެހޭވައި 14- ދިލަހޫނުވައި 15- ސީދާކަނޑުން އަންނަބަހާރުގެވައި އަދިވެސް އަދިވެސް...... ދެއްތޯ ؟
ހަބީބު
07 December 2016
ރައްޔިތުންގެ ޝުއޫރުތައް ފެނިފަ ހީހީ ބަނޑައް ގޮއްއަރައިފި ޒަމީރުމެން އަނގަމަޑުން ލައިގެން ތިބެބަލަ
ޢަލީ
07 December 2016
އެބުނާހެން ކުޅުދުއްފުށި ލޮލައްނުފެންނަ 2 އަހަރުން އެޅިއެއާޕޯޓައް ޖައްސަނީ މޫސުމީ އިރުވާހުދާ ރާބޮނދި ހޭނަކަތާ ފާޑުގެ އާވައްތަރުގެ އުޅަނދު ޒަމީރައް ސަލާންބުނި ލަދުހަޔާތް ކުޑަޔަސް ތަންކޮޅެއްބޮޑުވަރުމީ
ާއަލީ
07 December 2016
ނަމުން އިންޓަރނޭޝަނަލް ހަނިމާދޫ އެއަރޕޯޓް ލިސްޓްކުރީތީ ހިނިއަންނަނީ.
ޒަމީރު
07 December 2016
ކިޔާނެ އެއްޗެއް ނެތިއްޔާ އަގަމަޑުން ލައިގެން ހުރެބަލަ
ހެލިކޮޕްޓަރ
07 December 2016
ޒަމީރި ކުރިން ބުނި ހެލިކޮޕްޓަރ ހިދުމަތް ދޭ މީހުން ކޮބާތަ؟!