ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފިންގަޕްރިންޓުން ހުރިހާ މައުލޫމާތެއް ލިބޭ ޑާޓާ ބޭހެއް ހަދަން އެކޮމިޓީން ލަފާދިން. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
07 ނޮވެމްބަރ 2021 - 11:49
މީހުންގެ ސިފަ އާއި ފިންގަޕްރިންޓުން އެ މީހުންނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދައިލެވޭ ގޮތަށް ޑާޓާ ބޭހެއް ހަދަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާދޭން ނިންމައިފި އެވެ.
ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިންސް އަދި ކޮމިއުނިކޭޝަން ދާއިރާގެ ހާލަތު ދެނެގަންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހެދި އެސެސްމަންޓަކަށް ފަހު މި މަހުގެ އެކެއްގައި އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިހާރު ނުކުރެވި ހުރި ގިނަ ކަންތައްތަކެއް ކުރަން މަޖިލީހުން ސަރުކާރަށް ލަފާ ދޭނެ އެވެ.
އައިޓީ ދާއިރާ އޮޮތް ގޮތް ބަލަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެސެސްމެންޓެއް ހެދީ އެ ކޮމިޓީގެ މެމްބަރު އަދި ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް އެކަަމަށް އެދިވަޑައިގެން ހުށަހެޅުއްވުމުންނެވެ. އެ ދާއިރާގެ ހާލަތު ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާ މަޝްވަަރާ ކުރުމަށް ފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި އޮތީ ތަފާތު ތިން ކެޓަގަރީއަކުން މަސައްކަތްތަކެއް ކުރަން ސަރުކާރަށް ލަފާދޭން މަޖިލީހުން ފާސްކުރަން އެދޭށެވެ.
އެއީ ޓެކްނޮލޮޖީގެ ދާއިރާ އާއި ކޮމިއުނިކޭޝަންގެ ދާއިރާ އާއި ޕްލޭނިންް ދާއިރާ އެވެ.
- ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ސޮފްޓްވެއާތައް ޑިޒައިންކުރުމަށާއި ތަރައްގީކުރުމަށް، މުޅި ނިޒާމު އެއް ނެޓްވޯކަކުން ގުޅާލާފައިވާ ޑިޖިޓަލް އެޖެންސީއެއް ގާއިމްކުރުން.
- ދައުލަތުގެ އިދާރާތަކުގެ އައިޓީ މުވައްޒަފުން، ޑިޖިޓަލް އެޖެންސީގެ ދަށަށް ގެނެސް، (ވާޗުއަލްކޮށް) އެއް ތަނެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- މީހާގެ ސިފަ އާއި ފިންގަޕްރިންޓުން، އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ، އަދި މީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް، އެމީހަކު އަމިއްލައަށް އަޕްޑޭޓްކުރެވޭ ގޮތަަށް ސެންޓްރަލް ޑާޓާބޭހެއް ގާއިމްކުރުން.
- އައިޓީ ދާއިރާގެ މުވައްޒަފުން ވަޒީފާތަކުގައި ހިފެހެއްޓުމަށް ޓަކައި އެކަށީގެންވާ މުސާރައެއް ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑު ހެދުން.
ރާއްޖޭގެ އައިޓީ ދާއިރާގެ ހާލަތު ދެނެގަތުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިދިޔަ އަހަރު އޮކްޓޯބަރުމަހުން ފެށިގެން ކުރިއަށް ގެންދިޔަ އެސެސްމެންޓްގައި ދައުލަތުގެ ގިނަ އިދާރާތަކެއްގެ ކަމާ ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްފައި ވެ އެވެ. ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އިންފޮމޭޝަން ޓެކްނޮލޮޖީއަށް ހަރަދުކުރާ ވަރު ވެސް ކޮމިޓީން ބެލި އެވެ. ކޮމިޓީގެ އެސެސްމެންޓްގައި ފާހަގަކުރެވުނު ގިނަ މައްސަލަތަކެއް ވެސް ރިޕޯޓްގައި ހިމަނާފައި ވެ އެވެ.
ކޮމިޓީއަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިންސްގެ ދާއިރާއިން މަސައްކަތްކުރަމުން އަންނަނީ އެންމެ ފައިދާހުރި ގޮތަކަށް ނޫނެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަން އަދި ސައިންސަށް ހާއްސަ މިނިސްޓްރީއަކާއި ނެޝަނަލް ސެންޓަފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ހުރުމާއި އެކުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރެއް ވެސް ހުރުމުން މަސައްކަތުގެ ދާއިރާ ފުށު އަރާ ކަން ފާހަގަކުރެވުނު ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ރިޕޯޓް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ފޮނުވާާނީ މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް ބަހުސްކޮށް ފާސްކުރުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށސ232
08 November 2021
ތިއުޅެނީ ސޯށަލް ކްރެޑިޓް ސްކޯ ސިސްޓަމް ހަދަނއތަ. ތިކަންތައް ކުރުމާ ދެކޮޅު!
ސަންގޯރުގެ
07 November 2021
އަނެއްކާވެސް ޚަރަދު ބޮޑު ކަންތައްގަޑެއް. ތީގަ އައިޓީގަ އުޅޭ ބަޔަކު ތިޑާޓާބޭސް ވެސް ވަލުދޮރުން ނެރެ ވިއްކާނެ. މިއުޅެނީ މީހާ ނުއެނގިގެނެއް ނޫން. ގާނޫނުތައް ދޯހަޅީ. ލައިގެން ހުންނަ ބޮކްސާއާ ވެސް ޒިންމާނުކުރުވޭ. އަމިްލަ ގާނޫނީ ފާމުހިންގަން ބަޔަކު ހެދި ގާނޫނު.
ތަހުޒީ
07 November 2021
ކޮމްމެ ކަހަލަ ބޭހެއް ހެދިޔަސް ހަރުދަނާ ބެލެހެއްޓުނެތެރިކަމެއް ނެތީވިއްޔާ ދާނީ ޗޮކުންނެވެ. ބަލައިލި ކޮނއމެ ދިމަާޔަކަުން މިކަން ނުފެންނަނަމަ ތިހުރީ ހަމަ ހެޔަކު ނޫންކަމުގައި ބެލެވިދާނެ.
ބިންބި
07 November 2021
ނުދޭނަން ފިންގާޕުރިންޓެއް، އޮވޭލިއަން ސްޓޭޓަކަށް ހަދަން ނޫޅެބަލަ.
ޓޮމްޓޮމް
07 November 2021
ދެން ތިބުނާ އެއް ވިއުގަ އަކުން ގުޅަލާ އެޖސީ އެއޮތީ މައުމޫނު ދައުރުން ފެށިގެންވެސް ހަދާފަ. ޢެމީހުންބއެޚެޕްރަިވްޓް ކުންފުނި އެކޭ ތަފާތެއް ނެތް. ށަރުކާރު ބަޖެޓް ދިނީނމަ ހުރިހާ ސާރވިސް އެއަ ހަމަ އަބުތމރާބސަރުކާ ެަށް ވިއްކަނީ.އެހެންނއެޖެސީ އަކިން ސޮފަޓް ވެއައެއް ހަދަން ވިޔަސް ޕަރައިވެޓް ކުން ފުނި އަކަށް ދޭން ޖެޙެ ވަރަށް ވުރެ ގިނަ ލާރި ދެޏް ޖެހޭ.ސަރުކާރު ބަޖެޓް ދީފަ އަދި ސަރުކާރު ޕޭވެސް ކުރަން މިޖެހެނީ
ޓޮމްޓޮމް
07 November 2021
ތި ފިންގޕްރިނޓް ކަނތަކަށް ވުރެ ކުރިން ޑޭޓާ ޕޮޓެކްސަނ ޤާނޫނައި ޤަވއިދު ބެނޫން.ހމނއެކަނި މައުލޫމަތު ހޮދުމުގެ ހައްގު ރައްކަަ ކުރަް ބިލެއް ހދާފ ދެން ހުރި ކަންތައް ނުކޮށް ތިޔަވަރުގެ ކމެއް ކުރާކަށް މިޤައހމުގަ ހެޔޮނުވަނެ.
ވާނުވާވެރިކަމޭ
07 November 2021
ފިންގަރޕްރިންޓް ޑޭޓާ ބޭސް ހަދައިގެން ތިޔާ ކަން ވެސް ދާނީ ތޮއްދޮށުންނޭ މިސަރުކާރު އައި ދުވަހުން ފެށިގެން އޮންލައިން އެކްސްޕެޓް ސިސްޓަމް ކުރީގައި ހުރި ސިސްޓަމް ބާތިލް ކޮށް މިސަރުކާރުން އާ ސިސްޓަމް މަސައްކަތް ކުރާތާ 3 އަހަރުވީ އޭގައި ވާނުވާ އެއް ނޭގޭ ދެން ގަވް ޑޮޓް އެމްވީ އަށް ސަރުކާރުގެ ރެގިއުލޭޝަންސް ތައް ލުމުން އޭގައިވެސް ވާނުވާ ނޭގޭ ސާރޗް ފެސިލިޓީން ސާރޗްވެސް ނުކޮށްދޭ މީ އަމާބުނީތީ ފަރަށްދާ އުސޫލުން ކުރާ ކަންކަމޭ ތަމެންގެ ވެރިކަމަކީ އެއީ ވާނުވާ
އަލިކޮއި
07 November 2021
އަބަދުވެސް ނަންވާނީ ޗައިނާއާއި ނޯތް ކޮރެއާ. ފިންގާޕްރިންޓް އަދި މީހާގެ ސިފަ ބޭނުންކޮށްގެން ތިކަހަލަ ޑޭޓާބޭސްއެއްހެދުމަކީ ޑިކްޓޭޓާޝިޕްގެ ސިފައެއް. ޒާތީ މައުލޫމާތު ތިހެން ހޯދައިގެން ނުވާނެ.
މުނައްވަރާ
07 November 2021
މިހާރު ޤައުމު ހިންގަނީ ރައްޔިތުންގެ މަޖިލީހުންތަ؟
ކައްކާ
07 November 2021
ނޯތުކޮރެއާގެ ކިމްޖޮން އުން ކުރާކަހަލަ ކަރާޓީ ކަންކަމާ މުޅިންވެސް އުޅެނީ. މިހާރުވެސް ހިޔާފުލެޓަށް 40-30 ހާސް ރައްޔިތުން ވައްދާފަ މުޅިތަނުގަ ކެމެރާ ޖަހައިގެން އެމީިހުން އުޅޭނޫޅޭގޮތް 24 ގަޑިއިރު ބަލާގޮތަށް ރާވާފަ އޮތީ.