މިސްކިތަށް އަރައި މީހަކު ހަތިމަކަށް ކުޅު ޖަހާފައި-
08 ނޮވެމްބަރ 2021 - 09:43
މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމު ގޮސް، މިސްކިތެއްގައި އޮތް ހަތިމަކަށް ކުޅު ޖެހި މީހާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މީހުން ނަމާދަށް ތިއްބައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، އެވެ.
އެކަމަކު އެ މައްސަލައިގައި އޭނާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ އިއްޔެ ހަވީރު މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ، ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މީހާގެ މައްސަލައިގައި ޖެންޑާއިން އެޓެންޑްކޮށް ބެލިބެލުމުން އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއްކަން ފާހަގަކުރެވިފައި ނުވާތީ ފުލުހުންނާއި އެންޑީއޭއަށް މައްސަލަ ރެފާކޮށްފައިވާ ކަމަށެވެ.
"މި މައްސަލަ ދަނީ ގާތުން މޮނިޓާކުރަމުން،" ޖެންޑާއިން ބުންޏެވެ.
މި މީހާގެ މައްސަލާގައި ގިނަ ބައެއްގެ ރުޅި އާއި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭނާގެ ނަފްސާނީ މައްސަލައެއް ހުރި ނަމަ، ފަރުވާއަށް ފޮނުވުމަށާއި އުޅޭނެހާ ގޮތަކަށް އުޅުމަށް މަގުމައްޗަށް ދޫނުކޮށްލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެ މީހާ އެންމެ ފުރަތަމަ ހައްޔަރުކޮށް ދޫކޮށްލި ފަހުން، މަގުމަތީގައި މީހުންނަށް ފޮށި އުޅުނު ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
08 November 2021
ނަފްސާނީ މައްސަލަ ހުއްޓަސް މުޖުތަމައަށް ގެއްލުންދެންޏާ ބަހައްޓަން ޖެހޭނީ ބަންދުކޮށްފަ. އެއީ އޭނަގެ ރައްކާތެރިކަން ވެސް އޮތް ގޮތަކީ. ނަސީބެއް ބަޔަކު އޭނާ ބަނދެފައި ނަޖިސް ވަޅަކަށް އެއްލައި ނުލިކަން.
މީ މަބުނާ ވާހަކަޔަކީ.....
08 November 2021
އެއުޅޭ މީހުން ކޮބައިހޭ؟ ފަސޭހައިން އަތުޖެހޭނެ މިފަދަ މީހުން މައިތިރި ކުރަން ނޫޅެ، ވަށައިގެން ބޮޑީގާރޑުން ލައިގެން އުޅޭ އަންނި ފަހަތުން ދުވަނީ ކީއްވެގެންހޭ؟
އަދިއެނގޭނެ
08 November 2021
މާތްﷲ އަށް ބިރުވެތިވުމެއް ތައުބާވުމެއް ނެތްނަމަ ތިޔަ މީހާއަށް ފަހުން ލިބޭނެ ނިކަމެތިކަމާ ދެރަކަން ވަރަށް ބޮޑުވާނެ. މިސްކިތްތަކުގެ ހުރުމަތް ކަނޑާ ޚަތިމަށް ކުޅުތަޅާ ހަދައިގެން ބަޔަކަށް ދައްކަން ބޭނުންވާ މަންޒަރު މިވަގުތު ދެއްކިދާނެ. އެކަމު ތިމާއަށް ބޮޑުމަންޒަރު ދައްކަވާ ދުވަހު ހިތަށް އަރާނެ އެކަންކަން ނުކުރެވުނުނަމައޭ.
ފޮނިޓައްސޕު ހަސަނު
08 November 2021
ތި މީހާ އަށް ހަދަން ވީގޮތަކީ ކޯޓަށް ގެންގޮސް ގެން 15 ދުވަހުން 15 ދުވަހުން މުއްދަތު ޖަހާފައި ޖަލުގައި ބަންދު ކުރާނީ އަދި ދޫކުރަން ވާނީ ދުވަހަކުވެސް އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމަށް އެއްބަސް ވުމުން.
އެލެކޮސް އޮބި
08 November 2021
ފާޅުގަ އިސްލާމްދީނުގެ ކަރާމަތައް އިހުތިރާމެއްނެތި މިސްކިއްތަކަށާއި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމީ ކުޑަކަމެއްނޫން. އިސްލާމްދީން ހިމާޔަތް ކުރަން ހޮވާފައިވާ ތިބި ވެރިން ކޮބައިތޯއެވެ؟ ބިރެއް ލަދެއްނެތި އިސްލާމީ ގައުމެއްގައި މުސްލިމުން ރުޅިއަރުވަން މިވަރު ކަމެއް ކުރަންކެރޭނީ މީނަގެ ހިމާޔަތުގައި ހާދަވަރުހުރި ބަޔަކު ތިބީމަތާއެވެ. މީ ނުބަލާ ދޫކޮށްލެވޭނެ ގައުމީ މައްސަލައެއް ނޫނެވެ. އަޅުގަނޑުމެންގެ ލެޔޭ މިފަދަ މުނާފިގުން ކުޅުނަ ނުދެއްވާށެވެ.
ހަސަނު
08 November 2021
މައްސަލަ އެއް ނެތް މީހަކު މި ޒާތު ކަމެއް ނުކުރާނެ.. ކުށެއް ކޮށް އެ ކުށް ތަކުރާރު ކުރާނަމަ އަދަބެއް ދެވެންދެންވެސް ބަންދުގައި ބަހައްޓަން ޖެހޭ..
ސަސޖ
08 November 2021
ނަފުސާނީ މައްސަލަ ނެތްކަން އަހަރުންނަށް އެނގެއޭ، ތިޔައީ ދިވެހިން ކަށި މަޑުވެފަ ތިބިވަރު ބަލަން ކުރާ ޓެސްޓެއްނު
ދިރާސާތު
08 November 2021
އެމީހާ ކ.ގުރައިދޫ މަރުކަޒަށް ބަދަލުކުރަން ފެނޭ
އިސްމާލި
08 November 2021
ހަގީގަތް ވަރަށް ސާފު. ތަކުރާރުކޮށް އެތައް ފަހަރަކު މިކަން ކުރަމުން ދާ އިރުވެސް މަތިފަޑީގައި ތިބި އެންމެން ހަނު ތިބެ މުއްސަސާ ތަކުގެ ބިއުރޯކްރަސީގައި މިކަން ތާށިކޮށްލައިގެން ތިބެނީ ކީއްވެކަން ވެސް ވަރަށް ސާފު. ސަރުކާރުގެ ހުރިހައި ފަންތިއެއްގައިވެސް ތިބި މީހުންގެ ދީނީ ވިސްނުން ހުރި މިންވަރު ވެސް ވަރަށް ސާފު.
ޑޮކްޓާރ. ބަނާނާ
08 November 2021
އިސްލާމް ދީނަށް ނިކަމެތިކޮށް ހިތާ ހަޖޫޖަހާ ލޮބުވެތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަ ކޮށް މި މުޑުދާރު އަމަލު ހިންގާ މީހުނަށް މިގައުމުގައި ފިޔަޅެއް ނާޅަ ދާކަމީ ވަރަށް ދެރަ ހިތާމަ ހުރިކަމެއް މިކަމުގެ ނަތީޖާއަކީ މިގައުމުގައި އޮންނަ އެއްބައިވަންތަ ކަމާއި އަމާންކަމަށް ލޮޅުން އެރުން! ރައީސް މުހައްމަދު ސާލިހު އާދޭހާ އެކު ދަންނަވަން އެބޭފުޅާ އެބަޖެހޭ "ނިދިންހޭލާ " މިކަމާއި ދޭތެރޭ ވިސްނަވާ މިކަމަށް އަވަހަށް ފިޔަވަޅު އަޅުއްވަން !
މެންގޯ
08 November 2021
ރާއްޖެ އިސްލާމްވި ދުވަހުވެސް ދެއްކީ ހަރުކަށި ފިކުރުގެ މީހުން ދީނާ ކުޅޭ ވާހަކަ. މަޑުކަށި ފިކުރުގެ މީހުންގެ އަމަލުތަކާމެދު އެކައްޗެކޭވެސް ނުބުނޭ.