ކޮމަންވެލްތު ޕާލަމެންޓްްރީ އެސޯސިއޭޝަންގެ މެމްްބަރުންނާއި ރާއްޖޭގެ މަޖިލީހުގެ މެމްބަރުން ބައްދަލުކުރެއްވުމަށް ފަހު ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގަންނަވަނީ. ކުރީގެ ރައީސް ޔާމީނު ބަންދުގައި ހުންނެވުމުގެ ޝަކުވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެ މެމްބަރުންނަށް ހުށަހެޅުއްވި.
08 ނޮވެމްބަރ 2021 - 18:48
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމުގެ ޝަކުވާ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދު، ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން ޔޫކޭ ގޮފީގެ މެމްބަރުންގެ ވަފުދަށް މިއަދު ހުށަހަޅުއްްވައިފި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ ޔާމީން ބަންދު ކޮށްފައި ހުންނަތާ 700 ދުވަސް ވެފައި ވާތީ، އެކަމުގެ ކަންބޮޑުވުން، މިހާރު ރާއްޖެ އައިސް އުޅޭ އެ ވަފުދާ ހިއްސާ ކުރެއްވުމުން، އެކަންބޮޑުވުންތައް އެ ވަފުދުން އަޑު އަހައި ނޯޓް ކުރި ކަމަށެވެ.
ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީން ބަންދު ކޮށްފައި ވަނީ ގާނޫނާ ހިލާފަށެވެ.
"ސަރުކާރުން ދަނީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން. އިބްރާހިމް މުހައްމަދު ސޯލިިހުގެ ސަރުކާރުން މި އަނިޔާ ހުއްޓުމަކަށް ގެންނަން ޖެހޭ. ބާރުތައް ވަކިވެ އޮތުމަށް އިހުތިރާމް ކުރަން ޖެހޭ،" ކޮމަންވެލްތު މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.
އެ ވާހަކަ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވި އެވެ.
In this discussion w/CW Parliamentary Association UK,I shared our concern on the unlawful detention of PYameen for 700+ days & gov’s meddling into judiciary. @ibusolih gov must end this torture & separation of power must be respected @CPA_UK@mvpeoplesmajlis #Maldives pic.twitter.com/WuJMtN2Pjv
— Mohamed Saeed (@em_saeed) November 8, 2021
ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އިންސާނީ ހައްގުތަކުގެ ވާހަކަ އާއި ޑިމޮކްރަސީ ފަދަ ބަސްތައް ބޭނުންކޮށްގެން އެމްޑީޕީން ވާހަކަ ދައްކަނީ ބޭރު ދުނިޔެ އަށް އޮޅުވައިލުމަށެވެ. އެކަމަކު އަމަލުތައް ހުރީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރު ދުނިޔެ އަށް އޮޅުވައިލުމަށް އެމްޑީޕީން ބޭނުންކުރާ އުކުޅަކީ އެ މީހުން އަޑުއަހަން ބޭނުންވާ ކަހަލަ ވާހަކަ ދެއްކުން. ޑިމޮކްރަސީ، ރިލިޖަސް އެކްސްޓްރީމިޒަމް، ކްލައިމެޓް ޗޭންޖް، ހިއުމަން ރައިޓްސް ފަދަ ބަސްތައް ބޭނުންކޮށްގެން،" ސައީދު ވިދާޅުވި އެވެ.
"ޔޫކޭ މޯލްޑިވްސް ފްރެންޑްޝިޕް" ގްރޫޕްގައި ސައީދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ފިޔަވައި ދެން ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ.
އިނގިރޭސިންގެ ދަށަށްް ދިއުމަށް ފަހު މިނިވަންވި ގައުމުތައް ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރުކަމުން، ޔާާމީންގެ ވެރިކަމުގައި ރާއްޖެ ވަކިވި އެވެ. އޭރު އެ ޖަމާއަތުން ރާއްޖެ ވަކިވީ ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހޭ ކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ. އެ ޖަމާއަތުގައި ރާާއްޖެ އަލުން ބައިވެރިވީ ވެރިކަން ބަދަލުވި ފަހުން މި ސަރުކާރުންނެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންް
09 November 2021
ކޮމަންވެލްތަކުން ނުވަތަ އެހެން ތަނަކުން ނުވަތަ ގައުމަކުންވެސް ތިވާހަކަ އަޑެއްނާހާނެ.
ބަންދުމޭން
09 November 2021
އަސްލު ތެދެއް ތިޔަބުނީ. ސިޔާސީ މީހަކަށްވެގެނޭ ކިޔާފަ ނުޖެހޭ ޖަލުން ނެރި ގޭ ބަންދުގަ ބަހައްޓަދޭކަށް. ޖަލަށް ހުކުމު ކުރިއްޔާ ގެންދަންޖެހޭނީ ޖަލަށް. ތިޔަ މައްސަލަ ވީހާވެސް ގިނަ ތަންނަނުގަ ޖެއްސިއްޔާ ރަނގަޅީ
މަކީނާ
09 November 2021
ސައިއްޓޭ އުޅޭގޮތުން ލަދުން ބޯހަލާކު. ތި ކޮމްނަވެލްތް ޕާލެމެންޓް މެންބަރުންއަރިހުގައި ކޯޗެކޭ ކިޔާފައި އަގަހުޅުވާނީ. ރާއްޖޭގެ ރައީސްކަމުގައި ހުންނެވިއިރު އެކައުންޓަށް ފައިސާވަންގޮތާއި ގެއްލުނު ފައިސާ އާއި ނުގެއްލޭފައިސާ އާއި ފަޑިޔާރުން ޖަލަށްލައިގެން އުޅުނުގޮތާއި ކޯޓުތަކުން ހުކުމްކުރާގޮތާއި މަޖްލިސްމެމްބަރުން ޖަލައްލައިގެން އުޅުނުގޮތާއި ގޭގައި ލިފްޓްހަރުކުރަން ދައުލަތުގެ ފައިސާބޭނުންކުރުމާއި ކަދުރު ބެހިގޮތާއި ފްލެޓް ބަހާލިގޮތާ މިހިރަވާހަކަ ދޮއްތޮ.
މަޒް
09 November 2021
ކޮމަންވެލްތް އިން ކުރާ ފައިދާއެއް ނެތޭ ކިޔާފަ ވަކިވި މީހާ ގެ ވައްކަމުގެ ޖަލު ހުކުމް ގޮހޭ ކިޔާފަ ކޮމަންވެލްތް ކައިރިއަށް މިއޮއް ދިޔައީ..
އައްޔަ ބޮޑޭ
08 November 2021
އަމައްޔާތް! ކޮމަންވެލްތުން ވަކިވެގަތީ އިހައްދުވަހަކުނުން އެހާއަވަހައް ގޮސްްފައިބުޑައް ވެއްޓިގަތީ! ލަދެއްހަޔާތެއް ކުޑަކޮއް ވެސްނެތީދޯ ސައީދޫ! ބަލަ އެއީމޮޔައިންނެއްނޫން ސައީދޫ!
ޙައްޑިހަތ1
08 November 2021
މިއީ ޔާމީނުގެ އެގުމާއި ފެނުމުގެ ތެރެއިން ކުރާކަމެއްނޫން. ޔާމީނަށް ކޮމަންވެލްތަކީ ކޮބާކަން ރަގަޅަށް އެނގޭނެ. އެމީހުންގެ ވަކިތަކުން ބޭރުގެ ނުފޫޒުތަކުން ފެޔަށްޖެހޭންވެގެން ކޮމަންވެލްތުން ވަކިވެ އަމިއްލަ ފައިމައްޗަށް ގައުމު ނަގައި އަތްމައްޗަށް ދައުލަތުގެ ތިޖޫރީ ހުސްކޮށްލީ. ކޮމަންވެލްތު ގައުމުތަކުގަ މަނީލޯންޑަރ ކުރިގޮތުގެ ތަފްސީލުތައް ހުންނާނެ.
ނަރެލް
08 November 2021
ޖަދަލުފެށީތޯ އަމަލުފިލީތޯ ވީފަހެ ކީއްތޯ؟
ހުސްނުހީނާ
08 November 2021
މި ސައީދު މެންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނުހުރޭދޯ؟ ރައްޔިތުން ރޮއެ ހޭރިހޭރި ތިއްބަ ނޫންތަ މިމީހުން ކޮމަންވެލްތުން ވަކިވެގަތީ.
ޜެއްކަބޭ
08 November 2021
ބަންދު ކުރީމާ ކޮމަންވެލްތް ލީޑަރުންގެ ފައިބުޑަށް. ޥެރިކަމުގައި ހުރިއިރު ހުދުދުމުހުތާރު ކަމުން ދުނިޔޭގެ އެއްވެސް ލީޑަރަކު ބައްދަލެއްނުކުރި. ޗައިނާގެ ލީޑަރާ ބައްދަލުކުރޭ އޭރުން މިނިވަންވެދާނެ. ދުނިޔޭގެ ލީޑަރުންގެ މުހިންމުކަން އަދިކިރިޔާ މިވިސްނުނީ. ޢުތުރުކޮރެޔާގެ ލީޑަރާވެސް ބައްދަލުކުރަން ވަރަށް ބޮޑަށް އެދެން.
ސޮލިުއ
08 November 2021
ލަދު ހަމަ ނެތީދޯ