އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު އޮއްވައި ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަށް ގޮސްފައި އޮތުން.
ީޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަދައްކަވަނީ؛-- ފޮޓޯ: އިދިކޮޅު ކޯލިޝަން
22 ޖެނުއަރީ 2021 - 10:58
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޝަރުއީ މަރުހަލާތަކުގެ ތެރެއިން އިންސާފު ލިބޭ ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށާއި ހައި ކޯޓުގެ އިއްޔެގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ބުނެފި އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019 ގައި އިއްވި ފަސް އަހަރުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް އިއްޔެ ވަނީ ދަށުގެ ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރެއްވި ގޮތުގައި، އެއީ މި ސަރުކާރުން ނުފޫޒު ފޯރުވައިގެން ސިޔާސީ ގޮތުން ޔާމީނަށް އަނިޔާކުރަން އިއްވާފައިވާ ހުކުމެކެވެ. ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަށް ގޮސްފައި އޮތްކަން ރައްޔިތުންނަށް އެ ހުކުމުން އެނގިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ މައްޗަށް އިއްވާފައިވަނީ "ބާތިލް" ހުކުމެއް ކަމަށެވެ. މި ސަރުކާރު އޮއްވައި އިންސާފު ލިބިދާނެ ކަމާ މެދު އެއްވެސް އުއްމީދެއް ނެތް ކަމަށާއި ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ވެސް މައްސަލަ ހުށަހެޅިތާ އެތައް ދުވަހެއް ފަހުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭގެ ފަހުން އޭނާ ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ.
"އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. ނަމަވެސް މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައި ގޮސް ހުރީމާ އިންސާފު ލިބުމުގައި ދަތިތަކެއް އެބަހުރި،" އިދިކޮޅު ކޯލިޝަންގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޔާމީން މިނިވަންކުރުމުގެ ހަރަކާތްތައް ވަރުގަދަކުރާނެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މި ސަރުކާރު ޒިންމާދާރުކުރެވޭނީ މަގުމަތީގެ ހަރަކާތްތައް އިތުރުކޮށްގެންނެވެ. މި ސަރުކާރަށް ޖެހޭނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޔާމީނަށް އިންސާފު ދޭށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވައިލީ ކަމަށް ޔާމީންގެ މައްޗަށް ކުރި ދައުވާގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޖާ
22 January 2021
ޔާމީނަށް ލިބޭނެ އިންސާފަކީ އުމުރު ދުވަހު ޖަލުގައި ހޭދަކުރުމެވެ. އެނޫން އަދަބެއް ލިބޭނަމަ ޔާމީނަށް އިންސާފު ނުލިބުނީއެވެ. ޔާމީނު ހިންގާފައިވާ ޖަރީމާތަކުގެ ގިނަކަމާއި ނުރައްކާތެރިކަމާއި ވަކިވަކި ފަރުދުންނަށާއި އާންމުކޮށް ގިނަ ރައްޔިތުންނަށް ލިބުނު ހިތާމައާއި ގެއްލުމާއި ދެރައާއި ނިކަމެތިކަމާއި މާލިއްޔަތަށް ވަންނަންޖެހޭ އެތައް މިލިޔަން ރުފިޔާއެއް އަމިއްލަ އެކައުންޓަށް ޖަމާކޮށް އެއިން މަންފާ ހޯދާފައިވާތީއެވެ.
އަރުތަ
22 January 2021
އަދުރޭ އެބުނާ އިންސާފަކީ، މަކަރާ ހީލަތުން އޮޅުވާލައިގެން ޔާމީނު ހިންގި ފައިސާގެ މުއާމަލާތަކީ ހެޔޮނިޔަތުގަ ކުރިކަމެއްކަމަށް ނިންމާ ޔާމީނު މިނިވަންކުރުންބާ!، މީހަކު އަޅެވާތާ ވެދާނެނު، ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށް އެފައިސާ ރައީސްކަމުގަ ހުރިމީހެއްގެ އެކައުންޓަށް ޖަމާކުރީމަ އެވާނެތަ ހެޔޮ ނިޔަތުގަ ދީނާ ޤައުމަށްޓަކާ ހިންގި ޖަރީމާއަކަށް!
ހަސަދު
22 January 2021
ދިވެހިން މުދަލަށް ކިޔާނާތްތެރި ވެގެން ހުކުމެއް އައީމާ އެވަނީ އަނިޔާވެރި. އަމިއްލަ އެދުން އޮވެގެން ވާހަކަ ދެއްކެވިއަސް ތިޔަވަރު ބޮޑު.
އޮނަރަބްލް އަފީފު ދީދީ
22 January 2021
ދިވެހި ދައުލަތަށާއި، ރައްޔަތުންނަށް އަދި ޔާމީނަށްވެސް އިންސާފު ލިބި އަދި ގެއްލި ނުވަތަ ވަގަށްނަގާފައިވާ އެފަރާތް ތަކުގެ ޙައްޤުވެސް އޭގެ އަހުލުވެރިފަރާތަށް އިޢާދަ ކޮށްދޭންވާނެ. # ހޯދި ގޮތަކަށް 2013 ގަ ވެރިކަން ލިބުމާއިހަމައަށް ޔާމީން ދިރިއުޅުނު ގޮތާއި އޭނާގެ މާލީ ތަނަވަސްކަން ހުރިގޮތް ގިނަދިވެހިންނަށް އިގޭ. # ބައި މުސާރަ ނަގަމުން އައިމީހާ ފަހުންދެއްކި ވާހަކަ ރަހީމްބެވެސް ވާނީ އަޑުއަހާފަ. އެކަމަު 25 ބުރީގެ ގެއާއި އެކައުންޓުގައި މިލިޔަނުން ޑޮލަރު؟!
ަސަޅިދޯދީ
22 January 2021
ވެރިކަން ލިބުމާހަމައަށް އޭނާގެ ތަނަވަސްކަން ކިޔައިދީބަލަ. އޭރުން އެބައިމީހުންނަށް ކިރިޔާ ރޭކާއެއްވެސް ލާނީ.
ޢަދުރޭޓް
22 January 2021
އިންސާފު މިކިޔާނީ ކޯންޗަކަށްބާ؟ ނުވެސްދަންނަ ކުންފުންޏަކުން 1 މިލިޔަން ޔާމީން އެކައުންޓަށް ޖަމާކުރި. އޮޑިޓް އޮފީހުންނާއި އޭސީސީން އެފައިސާމެދު ޝައްކުކޮށް ޔާމީނަށް އެންގި. ވަގުތުން އެފައިސާ އެހެން އެކައުންޓަކަށް ބަދަލުކޮށް ފޮރުވި. ދެން މިބުނަނީ އެސްކުރޯ އެކައުންޓެއް ހުޅުވާށޭ. ކިޔާފަ ގެނައީ ދަރަންޏަށް މީހަކު އަތުންނަގައިގެން ގެނަ 1 މިލިޔަން. ވަގުފައިސާ ހުރީ ފައިދާ ލިބޭގޮތަށް އިންވެސްކޮށްފަ. އެސްކުރޯއަށްލީ ދަރަންޏަށްނެގި ފައިސާ. މުޅިން އޮޅުވާލީ.
ބަނީއަބްރަކަހަމް
22 January 2021
ރާޢްޖޭގެ ސިޔާސީ ލީޑައުން ވަރަށް ބޯބޮޑު. ކޮންމެ ޕާޓީއެއްގައިވެސް ލީޑަރުގެ ވަށައިގެން ގެންގުޅޭނީ މޮޔަ ނޫނީ ވަރަށް ބަލިކަށި ބައެއް. ކިރިޔާވެސް ގާބިލު މީހެއްވިއްޔާ ބަހައްޓާނީ ލީޑަޝިޕާ 100 މޭލު ދުރުގައި، ދެން ވައްކަންކޮށްގެން ލީޑަރު ޖަލަށް ލިޔަސް، ލީޑަރަށް އިންތިހާބުގައި ވާދަ ކުނުރެވުނަސް، އިތުރު މީހަކަށް ފުރުސަތެއް ނޯންނާނެ. އެންމެން ދުވަންޖެހޭނީ ލީޑާރު ސަލާމަތް ކުރަން، ދެން ޕާޓީގެ އެންމެން ތިބޭނީ އަތްޖަހަން.
ސަރފް ބޯއީ
22 January 2021
ރަނގަޅު. ތިއީ އެންމެންވެސް އެދޭގޮތަކީ. އެހެނީ އިންސާފަކީ ޙައްޤު ލިބުން. އެއީ ވެދާނެ ޖަލަށްލުން ކަމަށްވެސް. ސާބިތު ނުވަންޏާ ދޫކޮށްލުން ކަމަށްވެސް.
ނަސޫ
22 January 2021
ކޮބާތަ ނުލިބިގެން އުޅޭ އިންސާފަކީ އެކައުންޓުގަ ހުރި ލާރި އޭ ނެތް އެއްޗެކަށް ހަދަންތަ. ނޫނީ އޭނަ ކުށެއްނުކުރާ މައުސޫމް ވަގަކަށްތަ ނުވެގެން ތިޔަ އުޅެނީ.
އިބްރާ1
22 January 2021
އަދުރޭ އިންސާފޭ ތިކިޔަނީ ބޭ އިންސާފަށް ތަ؟ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި ހިސާބުން އެއޮތީ ކުށްކޮއްފަ. ހަމަބުއްދި ހުރި ކޮންމެ މީހަކަށް އެކަން ވަރަށް ސާފުކޮށް އެގޭނެ. އަދުރޭ އަށް ނޭގޭ ނަމަ ބުއްދި ސަލާމަތުން ހުރިތޯ ކަށަވަރު ކުރަން އެބަޖެހޭ.
ރަށްއިތުމީހާ
22 January 2021
ހުރިހާ ކޯޓަކަށް މައްސަލަ ވައްދައިގެން ލޯޔަރު ފީގެ ގޮތުގައި ބޮޑު އެއްޗެއް ނަގަމުންދާތީ ޕީ.ޕީ.އެމް ހިންގަން ހުރި ފައިސާކޮޅުވެސް ހުއްވެއްޖެ ކަމަށް ޕާރޓީތެރޭ އެބަ ކިޔާ. ޖަމީލު ބޭނުންވަނީ 2023 ރިޔާސީ ޓިކެޓާ ފައިސާ.