މިނިސްޓަރު ޝައުނާ ސްޕެއިންގެ ނައިބު ރައީސް އާ އެކު--- ފޮޓޯ/މަބްރޫކް އަޒީޒް
09 ނޮވެމްބަރ 2021 - 19:32
ސްކޮޓްލެންޑުގެ ގްލާޒްގޯގައި މިހާރު ކުރިއަށްދާ އދ. ގެ ތިމާވެށީގެ ކޮންފަރެންސް "ކޮޕް26" ގައި އެއްބަސްވީ ކަންކަން ތަންފީޒުކުރުމާބެހޭ މިނިސްޓީރިއަލް ލެވެލް މަޝްވަރާތައް ވިލަރެސްކުރަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައުނާ އެ މަގާމަށް އައްޔަންކުރެއްވީ ކޮޕް26 ގެ ރައީސް އަލޯކް ޝަރްމާ ކަމަށެވެ.
އެ މަސައްކަތުގެ ތެރޭގައި ޕެރިސް އެގްރީމަންޓްގެ ދަށުން އެޑަޕްޓޭޝަނަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އަމާޒުތައް ހާސިލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލައި އެއްބަސްވުމަކަށް އައުން ހިމެނެ އެވެ. އަދި އެކަމަށް ފައިނޭންސް ކުރާނެ ގޮތްތައް ދެނެގަތުން ހިމެނެ އެވެ.
Aminath Shauna, Minister of Environment, Climate Change and Technology, has been appointed by Mr Alok Sharma, the President of the COP 26, to facilitate ministerial negotiations on adaptation under the COP agenda. pic.twitter.com/P9Anb1A1r6
— Mabrook Azeez (@MvSpokesperson) November 9, 2021
އެ މަސައްކަތުގައި މިނިސްޓަރު ޝައުނާއާ އެކު ސްޕެއިންގެ ނައިބު ރައީސް އަދި މިނިސްޓާ ފޯ ދަ އިކޮލޮޖިކަލް ޓްރާންސިޝަން، ޓެރެސާ ރިބެރާ މަސައްކަތް ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ތިމާވެށީގެ ކޮންފަރެންސް، ކޮޕް26 ކުރިއަށް ގެންދާނީ މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
10 November 2021
ތިމާވެއްޓޭ ކިއައިގެން މިފަދަ މަގާތަކުގަ ތިބޭމީހުން ވާހަކަ ދެއްކީމަ ފާޑަކައް ރުޅި ގަދަވާގޮތްވޭ ސަބަކީ ރައްތަކުގަ500 އަރުވެފަ ހުންނަ ބޮޑެތި ނިކަގަސް ކަނޑާ ތިރިކުރަނީ މާލޭގަ ހުންނަމީހަކު ދީފައޮންނަ ލޭންޑުޔޫސް ފުލޭނެގެ ދަށުން މަގުތައް ތެދުކުރަން! މަގުކޮންމެހެން ތެދައް ހުރުންނަން ލަޒިމުތޯ މިފަދަ ބިޔަގަސްތައް ކަނޑާފަ
ފެއިލް
10 November 2021
ކޮޕް26 ފެއިލްވުން ތިއައީ. ރާއްޖޭގެ ތިމާވެށީގެ ކަންކަން ވިލަރެސް ނުކުރެވިގެން އުޅޭއިރު ތިކަން ކުރެވޭނެތަ؟
މަހުމޫދު
10 November 2021
މިއީ ހަމަ ކޮލިޓީ ވެގެން ގަޓު ހުރެގެން ކެޕޭސިޓީ ހުރެގެން ލިބޭނެ މަގާމުތަކެއް. ހަސަދަވެރި ނުވެ ފަޙުރުވެރިވެ ހެޔޮބަހެއް ބުނެލަން ދަސްކުރަންވީ.
އަބްޑޫޅް
10 November 2021
އެސްޕޭންޏާ އަކު ނުހުންނާނެ ރައީސަކުވެސް އަދި ނައިބު ރައީސަކުވެސް. އެސްޕޭންޏާ އަކީ، ވިރާސީ ރަސްކަމެއް. ޖުމްހޫރިއްޔަތެއް ނޫން. އެސްޕޭންޏާގެ އެންމެ މަތީ ވެރިޔާ އަކީ ހަވަނަ ފެލީއްޕޭ ރަސްގެފާނު. ޓެރެއްސާ ރިވެރާ އަކީ އެސްޕެންޏާގެ ބޮޑުވަޒީރު، ޕޭޛްރޯ ސަންޗެޘް ގެ ތިންވަނަ ނައިބު. ބޮޑުވަޒީރުުގެ އަނެއް ދެ ނައިބުންނަކީ ނާދިޔާ ކަލްވީންޏޯ އާއި ޔޮލާންދާ ޛިޔާޘް.
ތީދެން ކަމެއްތަ
10 November 2021
ތީ ދެން ކަމެއްތަ. ތަނެއްގެ ބައްދަލުވުމެއް ޗެއާކޮށްލުމަކީ ދެން ބޮޑު މޮޅުކަމަކަށް ހަދައިގެން. ތިކަހަލަ ކަންތައް ހުންނާނެ އަހަރުންވެސް ކޮށްފައި ބައިވަރު ތަންތަނުގައި. ޤައުމުގައި ކުަރަންހުރި ކަންކަން ބަހައްޓާފަ ގޮސް ތި ކުރަނީ ކޮންކަމެއްތަ.
ބޮޑުމީހާ
10 November 2021
ދެން ފޮރިންމިނިސްޓަރ ގޮތަށް އެކޮޅަށް ބަދަލުވޭ.
ހުސެން މަނިކުހާނު
10 November 2021
އިންޑިއާގެ ކޮްނމެސް އަލޯކް ށަރުމާއެކޯ މަސައްކަތް ދިނީ!! ދެން ތިކަހަލަ ހުސް އަނގަތަޅާ އަމަލީ ކަމެއްނުވާ ސަމިޓް / ސެމިނާރ އެއްޗެހީގެ ވިލަރެސް ކުރުމުގެ މަސައްކަތެއް ހަވާލުކުރުމަކީ އެއްގޮތަކަށް ވެސް އެމީހާ އަށް ލިބޭ މޮޅުކަމެއްނޫން.
މަނިކޭ
10 November 2021
އިންޑިއާ މީހަކު ރާއްޖެ މީހަކަށް މަގާމެއް ދިނުމަކީ މިހާރު މާ މޮޅުކަމެއް ކަމަށް މިވަނީ.
ބައްސާރު
09 November 2021
ތިޔަ މޝްވަރާތައް ޗޮކުން ދާނީ. ދިވެހިރާއްޖެ އަކީ މަުސުމީ ބަދަލުތަކާއި ތިމާވެށީގެ ކަންކަމުގައި ދެފުއް ދެގޮތް ސިޔާސަތުތަކެއް ގެންގުޅޭ ގައުމެއް.
އޮނަރަބްލް އަފީފު ދީދީ
09 November 2021
މަރުޙަބާ ވަޒީރު ޝައުނާ. ފުރަތަމަ ކަމަކަށް ފަޅު ހިއްކައިގެން ރާއްޖޭގައި ރިސޯޓް ހެދުން މަނާ ކުރައްވަން މަސައްކަތް ކޮށްދެއްވާ.
އަތްޖަހާ
09 November 2021
ގޯހެއްނުން. ސްކޮޓްލެންޑްގަ ސަރުކާރު ޚަރަދުގަ ދުވަސްކޮޅެއް ހޭދަ ކޮށްލެވުނީތާ.