ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ. މި ސަރުކާރުގެ ޖުމްލަ ދަަރަނި ހުރީ 34 ބިލިއަން ރުފިޔާގައި ކަމަށް އޭނާ ވިދާޅުވި--
10 ނޮވެމްބަރ 2021 - 11:56
މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ގޮތުގައި ނަގާފައިވަނީ 34 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ، ދަރަނީގެ މައުލޫމާތު ރެކޯޑު ކުރަނީ، އެ ދަރަނީގެ އަދަދުތައް ލިބޭ ހިސާބުން ކަމަށެވެ. ބައެއް ލޯނުތައް މާލީ އިދާރާތަކުން ދޫކުރަނީ އެކި ބައިތަކަށް ބަހާލައިގެން، އެ މަޝްރޫއަކަށް ބޭނުންވާ ވަރަކުންނެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ނެގި ދަރަނި ކުރީގެ ސަރުކާރަށް ވުރެ އިތުރު ނުވާ ކަމަށެވެ.
މި ސަރުކާރުން ނެގި ދަރަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މަދުވާނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް އައި ސަރުކާރުތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ނެގީ ވެސް ޔާމީން ސަރުކާރުން ކަމަށެވެ. އެ ސަރުކާރުން ނެގި ދަރަނީގެ އަދަދު 39 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
"ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ޖުމުލަ ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައި. ރައީސް ނަޝީދުގެ ވެރިކަމުގައި ގާތްގަނޑަކަށް 11.3 ބިލިއަން ރުފިޔާ. ރައީސް ވަހީދުގެ ސަރުކާރުގައި 6.2 ބިލިއަން ރުފިޔާ. ރައީސް ޔާމީންގެ ސަރުކާރުގައި ޖުމުލަކޮށް ރެކޯޑް ކުރެވިފައި އެބައޮތް 39.6 ބިލިއަން ރުފިޔާގެ ދަރަނި. އެއީ ސަރުކާރުގެ ދަރަންޏާއި ސޮވެރިން ގެރެންޓީ ޑެޓް،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވިގޮތުގައި، މުޅި ދުނިޔެ އަށް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ކާރިސާއާއެކު ވެސް ދަރަނި ހުރީ 34 ބިލިއަން ރުފިޔާގަ އެވެ. މި އަަަދަދުގެ ތެރެއިން ސަރުކާރުން ގެރެންޓީ ދީގެން އިންޑިޔާގެ ރިޒާވް ބޭންކުން ނަގާފައިވާ ކަރެންސީ ސްވޮޕް ފެސިލިޓީ އަށް 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އެމްއެމްއޭ އިން ދެއްކުމުން ދަރަނި 30 ބިލިއަނަށް ކުޑަ ވާނެ މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ޖުމުލަ ދަރަނި ހުރީ 6.2 ބިލިއަން ރުފިޔާގައި. ރައީސް ނަޝީދުގެ ވެރިކަމުގައި ގާތްގަނޑަކަށް 11.3 ބިލިއަން ރުފިޔާ. ރައީސް ވަހީދުގެ ސަރުކާރުގައި 6.2 ބިލިއަން ރުފިޔާ. ރައީސް ޔާމީންގެ ސަރުކާރުގައި ޖުމުލަކޮށް ރެކޯޑް ކުރެވިފައި އެބައޮތް 39.6 ބިލިއަން ރުފިޔާގެ ދަރަނި. އެއީ ސަރުކާރުގެ ދަރަންޏާއި ސޮވެރިން ގެރެންޓީ ޑެޓް،" ---އަމީރު
ޔާމީންގެ ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކަށް ބަލާއިރު، އެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ އަށް ދަރަނި އަރާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. މި ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ އަދަދު އުޅެނީ 51.1 ބިލިއަން ރުފިޔާގަ އެވެ.
ޔާމިންގެ ސަރުކާރު ނިމުނު އިރު 2018 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 59 ޕަސެންޓެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން ދައުލަތުގެ ދަރަނި 79.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 103.5 ޕަސެންޓެވެ. އަންނަ އަހަރަށް ދައުލަތުގެ ދަރަނި 91.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
10 November 2021
ޔާމީން ސަރުކާރުން އަހަރަކު 7ބ ދަރަނި، އިބޫ ސަރުކާރުން އަހަރަކު 11ބ ދަރަނި . އަމީރު ޖެހި ހިސާބުން މިތަނުން ބޮޑުވީ 7ބ އަނޯލަ.
ދަންތުރޭބޮޑޭ
10 November 2021
އެހެންވީމާ ކަމެއްނުކޮށް އަހަރަކު 11 ބިލިޔަނުން ގައުމު ދަރުވަމުންތާ މިއަންނަނީ. ދަރަނި ދަންތުރައިގައި ރައްޔިތުން ޖެއްސީ ކޮންސަރުކާރަކުންކަން މިއޮތީ ޔަގީންވެފައި.
އެނަލިސިސް
10 November 2021
ފިނޭންސް މިނިސްޓަރއަކީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައި ހުރި ފަރާތެއްކަމަށް ކިޔާތީ އަޑުއިވޭ! ދާއިރާއިން ނުކިޔަވާ ތިބި އަޅުގަނޑުމެން ނަށް ވެސް ތީ ވަރަށް ބޮޑު އޮޅުވާލުމެއް ނުވަތަ ތިޔަ ހެއްދެވީ ބޮޑު އިތުރުފުޅެއް ކަން އެގެއެވެ. އެއީ، ޔާމީނު ސަރުކާރުން ނެގިކަމަށް ތިޔަ ވިދާޅުވަނީ 5 އަހަރުން 39.6 ބިލިއަން ރ ކަމަށެވެ. އެއީ، އަހަރަކަށް އެވްރެޖްކޮށް 7.92 ބިލިއަން ރ އެވެ. އެކަމަކު މި ސަރުކާރުން ނެގީ 3 އަހަރުން 34 ބިލިއަން ރ އެވެ. އެއީ އެވްރެޖްކޮށް އަހަރަކަށް 11.33 ބިލިއަން ރ އެވެ. މީގެ މާނައަކީ 5 އަހަރުން މި ސަރުކާރު 56.67 ބިލިއަން ރ ގައުމު ދަރުވާލާނެ ކަމެވެ. އަދިވެސް ކޯލިޝަން ސަރުކާރުން، ރަށެއްގެ އޮފީހުގައި މަސައްކަތްކޮށް ފައި ހުރި ފަރާތެއްގެ ހިތު ހިސާބެއްގައި ކުށެއް ކިޔުނީތީ، އަދުރަމެޓިކުސް އޭ ކިޔައިގެން ޖޯކުޖެހޭތޯ ބަލާށެވެ!
މަމޮޅު
10 November 2021
އެހެންވީމާ އަހަރެއްގެ މައްޗަށް ޖެހުނު ވަރާ ކުރެވުނު މަސައްކަތާ އަޅާކިޔާބަލަ. 3 އަހަރުން 11 ބިލިޔަން ދަރަނިކުރި މީހަކުވެސްއެބަހުރި. ނޫނޭވާ އަމީރު މޮޅު ފިނޭންސް މިނިސްޓަރުކަމަށް.
ބޮަޑުމީހާ
10 November 2021
39 ބިލިއަނުން އެއާޕޯޓް، ބްރިޖް، ފްލެޓް، ހުޅުމާލެ 2 ވަނަ ފޭސް. މިސަރުކާރުން 34 ބިލިއަނުން އައިޖީއެމްއެޗް ޓެކްސީ ސްޓޭންޑް، ސަލްޓަންޕާކް ނަން ބަދަލުކުރުން، ދެން ބަދަލުދިނުން އެވެސް 3 އަހަރުން
ޙަބީބު.
10 November 2021
ހުސްދޮގު އަހަރަކު 15 ބިލިޔަން ދަރަމުން އަންނަ ނަމަ މިހަމަވާ ތިން އަހަރައް 45 ބިލިޔަން ހަމަވޭ ހުރިހާ ފަހަރަކުވެސް ދޮގުހެދުން
ރާއްޖެ
10 November 2021
މިއީ އަދި އިންޑިއާ އިން ފިޔާ އަލުވި ގެންނަން ނެގި ލޯނުގެ އަދަދު. އަދި އެބަ ޖެހޭ 500 މިލިޔަނަށް ބްރިޖްއަކާއި އަނެއް 500 މިލިޔަނަށް ޕޯޓަކާއި، ކްރިކެޓް ސްޓޭޑިއަމްއެއް އަޅަން. 5 އަހަރު ނިމޭ އިރު ކިހާ ވަރަކުން ދާނެބާ؟! ގައުމު ހިންގަން އެނގޭ ބަޔަކާއި ހަވާލު ކުރަން ވީތޯ ނޫންތޯ؟ މަގާމުން ވަކި ވިޔަސް އަހަރެމެން މުސާރަވެސް ދީފާނަމޭ. މި ގައުމު ހަލާކު ނުކުރޭ.
މަންނާނު
10 November 2021
މައުމޫނު އިރުމާސަޅިއެއް ނުން ގައުމު ދަރުވައިނުލާ ތަރައްގީ ކުރި މިސަރުކާރުން 3 އަހަރުން ޔާމީން 5 އަހަރުން ނެގިވަރަށް ލޯނުނަގައިގެން ގެނައި ތަރައްގީއެއް ލޮލައްފެންނާކަންނެތް ޔާމީން ބުރިޖް ފުލެޓް އެއާޕޯޓް ފެންނަން އެބައޮތް
ހރތރ
11 November 2021
މާ ސިންގާ ހޮސްޕިޓަލެއް ވެސް
އަދުރެމެޓިކްސް
10 November 2021
ޔާމީން 5 އަހަރުުން 39.6 ބިލިއަން ނަމަ އެއީ އަހަރަކަށް 8 ބިލިއަން. ކަލޭމެން 3 އަހަރުން 34 ވީމަ އެއީ އަހަރަކަށް 11 ބިލިއަން. ބާކީ އަދި 2 އަހަރު އެބައޮތް. އެހެންވީމާ ބަލަމާ 5 އަހަރުން 56 ބިލިއަން ވާނެކަމަށް. ދެން ކޮން ހިސާބެއް ޖަހައިގެންތޯ ފިނޭންސް މިނިސްޓަރ "ދަރަނި ރެކޯރޑް" ކުރީ ސަރުކާރަށް ތި ދެނީ. ހިސާބު އިލްމުގެ އަސާސްތައް މިނިސްޓަރަށް އެނގިނުލައްވަނީތޯ؟ އެހެންނޫނަސް 39 ބިލިއަން "ކައިގެންވެސް" ތަރައްގީ ގެނައި. ފެންނަން އެބަހުރި.
ބިލިއަން
10 November 2021
ޔާމިން ސަރުކާރުން ނެގި ދަރަނި 5 އަހަރުން 39 ބިލިއަން، މި ސަރުކާރުން 3 އަހަރުން 34 ބިލިއަންވީމަ މަދޭ ތިޔަ ކިޔަނީ އަހަރާ އަދަދާ އަޅުވައި ބަލާ މިގައުމުގަ ހިސާބު އަކުރު ނޭނގޭ މީހުން ގިނަ ކަމަށް ހީކޮށްތަ؟ ލޯނު އެއްބަސްވުންތަކަށް 5 އަހަރުން 58.9 ބިލިއަން އެ ސަރުކާރުން އެރިއިރު މިސަރުކާރުން 3 އަހަރު ތެރޭ 51.1 ބިލިއަން އަރުވައިގެން ކުރީ ކޮން މޮޅު ކަމެއް؟