ދުނިޔެ / ސޫދާން

ސޫދާންގެ ސިޔާސީ ގައިދީން ދެ ދުވަސްތެރޭ މިނިވަންކުރަނީ

17 ނޮވެމްބަރ 2021 - 10:23

2 comments

ސޫދާނުގައި އޮތް މަދަނީ އިންތިގާލީ ސަރުކާރު އުވާލައި، ވެރިކަމުގެ ހުރިހާ ބާރުތަކެއް ސިފައިން އަތުލުމަށް ފަހު، ހައްޔަރުކޮށްފައިވާ ސިޔާސީ ހުރިހާ ގައިދީން، ދެ ދުވަހެއްގެ ތެރޭގައި މިނިވަން ކުރާނެ ކަމަށް، މިހާރު ވެރިކަން ކުރާ ސިޔާދަތީ މަޖިލީހުން ބުނެފި އެވެ.

އެ މަޖިލީހުގައި ހިމެނޭ މަދަނީ ބޭފުޅެއް ކަމަށްވާ މާލިކު އައްގާރު، އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި މިނިވަންކުރާ ބޭފުޅުންގެ ތެރޭގައި، މަގާމުން ދުރުކޮށް ގޭގައި ބަންދުކޮށްފައި ހުންނެވި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު ވެސް ހިމެނެ އެވެ.

މާލިކު އައްގާރު ވިދާޅުވި ގޮތުގައި އޭނާ ވަނީ އަބްދުﷲ ހަމްދޫކުއާ އިއްޔެ ބައްދަލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމްދޫކު ހުންނެވީ، ގައުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ރައްޔިތުން ބޭނުންވާ ކޮންމެ ގޮތަކަށް ރުހިވަޑައިގެންނެވެ.

މަގާމުން ދުރުކޮށް ގޭގައި ބަންދުކޮށްފައި ހުންނެވި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު

ސޫދާނުގެ ސިޔާސީ ހަމަނުޖެހުން ހައްލު ކުރެއްވުމުގެ ގޮތުން، މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ މަންދޫބު މޯލީ ވީ، އިއްޔެ ވަނީ ސޫދާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ފަރާތުން ޖެނެރަލް ބުރުހާނަށް ހުށަހަޅާފައިވަނީ ހުރިހާ ސިޔާސީ ގައިދީން މިނިވަންކުރުމާއެކު، މަގާމުން ދުރުކޮށްފައި ހުންނެވި އަބްދުﷲ ހަމްދޫކުގެ ބޮޑުވަޒީރުކަމުގެ ދަށުން، މަދަނީ ސަރުކާރެއް އަވަހަށް އެކުލަވައިލުމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޖެނެރަލް ބުރުހާން، އެމެރިކާގެ މަންދޫބަށް ދެންނެވި ކަމަށްވަނީ، ސޫދާންގެ ވެރިކަމުގެ ބާރުތައް ހިފަހައްޓައިގެން ތިބެން ސިފައިން ބޭނުން ނުވާ ކަމަށެވެ. އަދި ސިފައިން ތިބީ ގާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެގެން ކަމަށާއި، ހުރިހާ ސިޔާސީ ފަރާތްތަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށެވެ.

އަދި މިހާރު ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ ތެރެއިން، ޖިނާއީ އެއްވެސް ތުހުމަތެއް ސާބިތުނުވާ އެންމެން ވަރަށް އަވަހަށް މިނިވަން ކުރައްވާނެ ކަމަށް ވެސް ޖެނެރަލް ބުރުހާން ވިދާޅުވި އެވެ. މަގާމުން ދުރުކޮށްފައި ހުރި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އަލުން މަގާމަށް އައްޔަން ކުރުމަކީ، އޭނާ ދެކޮޅު ހައްދަވާ ކަމެއް ނޫން ކަމަށް ވެސް ޖެނެރަލް ބުރުހާން ވިދާޅުވި އެވެ.

ސޫދާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން

އަސްކަރީ ވެރިކަމާ ދެކޮޅަށް، "މިލިޔަން" ނަމުގައި އާންމު ރައްޔިތުން ފަށާފައިވާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިއަދުގެ މުޒާހަރާ އަށް ތައްޔާރުވަމުން ދަނިކޮށް، ސިފައިން ވަނީ ވެރިރަށް ޚުރުތޫމްގެ އެންމެ ބޮޑު ހަތަރު ބްރިޖް ބަންދުކޮށްފަ އެވެ. "މިލިޔަން" މުޒާހަރާ އަކީ، އަސްކަރީ ވެރިކަމާ ދެކޮޅަށް މަގުތަކަށް އެއް މިލިއަން މީހުން ނެރުމަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކާއި އާންމުން ގުޅިގެން އިންތިޒާމުކުރާ ސިލްސިލާ މުޒާހަރާތަކެކެވެ.

އެޕްރީކލް 11، 2019 ގައި ސޫދާންގެ އޭރުގެ ރައީސް އުމަރުލް ބަޝީރު މަގާމުން ދުރުކުރީ، ޑިސެމްބަރު 19، 2018 އިން ފެށިގެން އެ ގައުމުގެ އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ކުރަން ފެށި މުޒާހަރާތަކުގައި ސިފައިންގެ އެހީތެރިކަމަށް އެދި އަޑުއުފުލަން ފެށުމާއެކު، ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގަ އެވެ.

އޭގެ ފަހުން އެ ގައުމުގައި ވެރިކަން ކުރަމުން އައީ، ކުރީ ސަރުކާރު ވައްޓާލުމުގައި އިސްކޮށް އުޅުނު ފަރާތްތަކާއި ސިފައިން ހިމެނޭ ގޮތުން އެކުލަވައިލި، ވެރިކަން ކުރާ ސިޔާދަތީ މަޖިލީހުންނެވެ. ސަރުކާރު ހިންގަމުން އައީ، އެ މަޖިލީހުގެ ފަރާތުން އެކުލަވައިލި މަދަނީ އިންތިގާލީ ސަރުކާރަކުންނެވެ.

ނަމަވެސް މިދިޔަ އޮކްޓޫބަރު 25 ވަނަ ދުވަހު، ސިފައިންގެ ވެރިޔާ ޖެނެރަލް ބުރުހާން ވަނީ، ވެރިކަންކުރާ ސިޔާދަތީ މަޖިލީހާއި، މަދަނީ އިންތިގާލީ ސަރުކާރު އުވާލައި، ވެރިކަމުގެ ހުރިހާ ބާރުތަކެއް ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު، ޖެނެރަލް ބުރުހާން ވަނީ، ވެރިކަންކުރާ ސިޔާދަތީ މަޖިލީހަށް 11 މެމްބަރަކު އައްޔަން ކުރައްވައިފަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

22 November 2021

އިންސާނިއްޔަތަށް އެންމެ ހެޔޮ ނަބިއްޔާ ގެ ދުޢާއަކީ އެކަލޭގެފާނަށް ތަބަޢުވީހާ ބަޔަކަށް ދުނިޔެވީ ބާއްޖަވެރި ދުވަސްތަކެއް އަބަދުވެސް މިންވަރު ކޮށްދެއްވާ އާޚިރަތުގެ ބާއްޖަވެރިން ކަމުގަ ލެއްވުމެވެ.

The name is already taken The name is available. Register?

ބަނބޫ

17 November 2021

ޝުކުރިއްޔާ ރައީސް ޔާމިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454