މަޖިލީހުގެ ރައީސް ނަޝީދު: އެމަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާގެ ބަޔާނެއް ވަނީ ދެއްވާފައި --- ފޮޓޯ/މިހާރު
19 ނޮވެމްބަރ 2021 - 11:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އެމަނިކުފާނު ބަޔާން ދެއްވައިފި އެވެ.
ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އަނިޔާތަކެއް ލިބިވަޑައިގެންފައިވެ އެވެ. އެ މައްސަލާގެ ތަހުގީގަށް ނަޝީދުގެ ބަޔާނެއް ހޯދަން ފުލުހުން ކުރިން ވެސް އޮތީ އެދިފަ އެވެ. އެހެން ނަމަވެސް ހަމަލާއަށްފަހު އެމަނިކުފާނުގެ ފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމުން ބަޔާނެއް މިހާތަނަށް އޮތީ ނުދެއްވި އެވެ.
ނަޝީދުގެ ފަރާތްޕުޅުން ފުލުހުންގެ ތަހުގީގަށް ބަޔާން ދިނީ މިއަދު އެވެ.
ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ބަޔާނެއް އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ވެސް ހޯދަން ފުލުހުން ކުރިން މަސައްކަތްކުރި އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ނުވަ މީހަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދާއި ބޮން ހެދުމުގައި ހަރަކާތްތެރިވި މީހުންނާއި ބޮން ހަރުކުރި ސައިކަލު ގެނެސް ބެހެއްޓުމުގައި ބައިވެރިވި މީހުންނާއި އެ މީހުން ފިލުވުމުގައި އެހީތެރިވި މީހުން ވެސް ހިމެނެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުރޮދި ސީދީ
20 November 2021
މިހާދުވަސްފަހުން އޮންނާނީ އަސްލުގެއްލިފަ. ވީގޮތް ތިބަޔާނުގަ އޮންނާނީ އެކޮޅުކޮޅުން، ބޮލަށް އަނިޔާވެފަ ހުރިމީހެއްގެ ބަޔާން މިހާދުވަސްފަހުން ނަގާއިރު.
ބޮޑުމީހާ
19 November 2021
މަސްތުވާ ތަކެތި ހޯދާފައި އެެއީ މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗޭ ބުނާ ނަމަ ނަޝީދަށް ދޭން އުޅުނުކަމަށް ޝައްކު ކުރެވޭ ހަމަލާއެއް. ދެއްތޯ.
ޖަމީލުބެ
19 November 2021
ޓެރަރިސްޓު ހަމަލާއެއްގެ ތަހުގީގަށް ހުރަސްއެޅުމުގެ ކަންތައް ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!
ށަވިޔަނި
19 November 2021
ނަޝީދަށް ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް. ހަމަލާ ގެ ފަހަތުގައި ވަރަށް ގިނަމީހުން ތިބިކަމަށް ގަބޫލުކުރެވޭ. ހިތާމައަކީ އެމީހުން ހައްޔަރުކުރެވޭނެ ނިޒާމެއް ގާއިމުވެފައިނެތުން. ޓެރަރިސްޓުން މިދުވަސްވަރު އުޅެނީ ތަފާތު ތާކިހާތައް އަޅައިގެން.
ޖސގސ
19 November 2021
އަދި އަވަސް
ސީޒަން ޖެކުހަން
19 November 2021
މިހާދުވަސްވަންދެން ބަޔާންނުދީ ކީއްތަކުރީ؟ މަހީކުރީ ޔޫކޭއަށް ބަޔާންނަގާ ފުލުހުންގެޓީމެއް ދިޔަކަމަށް.
ޢަޙުމަދު
19 November 2021
ޢެމީހެއްގެ ބަޔާން ނެގޭނީ އެމީހަކު ދިނީމަ. ޕޮލިހުން ކިތަންމެ ވަރަކަށް ބަޔާން ހޯދަން އުޅުނަސް އެކަމެއް ނުވާނެ. ޖަރުމަނުވިލާތް އިނގިރޭސިވިލާތް އިޓަލީވިލާތް ރޫސީވިލިލަތަށް ޕޮލިހުން ދިޔަޔަސް އެކަމެހް ނުވާނެ. ޛަރުމަނުވީލާތުން ފަރުވާހޯދަން ދިޔަމީހާ ދުވަސްކޮޅަކަށްފަހު ދެންހުރީ އިނގިރޭސިވިލާތުގަ. ޢެތާހުރެވެސް އެބާޔާނެއް ދޭންއުޅުނަމަ އޮންނާނީ ދެވިފަ.