ހަތިމަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން ޒިޔާދު --
20 ނޮވެމްބަރ 2021 - 11:29
އިބްރާހިމީ މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް އިތުރުކޮށްފި އެވެ.
ދެ މިސްކިތެއްގެ އިތުރުން ރައީސް އޮފީހުގެ ކުރިމައްޗަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ހުއްޓާ އިބްރާހިމް މިސްކިތުގެ ތެރޭގައި ހަތިމަކަށް ކުޅު ޖެހުމުން ހަސަން ޒިޔާދު، 40، ހައްޔަރުކުރީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފަ އެވެ.
އެ މުއްދަތު ހަމަވާތީ މިދިޔަ ބުރާސްފަތި ދުވަހު ބަންދުގެ މުއްދަތު އިތުރު ކުރަން އޭނާ ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ދީފަ އެވެ.
އޭނާގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުރި އިރު، ބަންދުގައި ބެހެއްޓީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އިސްގާޒީ އަހުމަދު ޝަކީލްއަށް ފެނިވަޑައިގަތުމުންނެވެ.
ހަތިމަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރުކޮށް ކޯޓަށް ގެންދިޔަ ދުވަހު އޭނާ ވަނީ އެކަން ކުރި ކަމަށް އެއްބަސް ވެސް ވެފަ އެވެ.
އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ފުލުހުން ބުނެފައި ވިޔަސް ފަހުން ޓެސްޓްތައް ހެދުމަށް ފަހު އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭނާ މިސްކިތަށް ކުޑަކަމު ދިޔަ މައްސަލައިގައި މިހާރު ވަނީ ދައުވާ ކުރަން ފޮނުވައިފަ އެވެ. އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާހި ޢަލީ
21 November 2021
މަ ހިތައްއަރަނީ އަޅެ ކިޔެއްވެބާވައޭ އެފަދަ ގޮތެއް ނެތް މީހުންގެވެސް ނަން ހާމަ ކޮށްލަން ނުކެރެނީ.......... ހަމަ އިންސާފަށް ކަންކަން ގެންދަން ވެގެންބާވައޭ.......
މުޢީޒޭ
20 November 2021
ތިކަލޭގެ ގެނޭ އަހަރެމެން އެންމެން ކުޅުތަޅަން.
މުޟައްމަދު
20 November 2021
ދިވެހިދަރިއެއް އެފަދަކަމެއްކުރީ ކީއްވެބާ؟
ރައްޔިތުކަން
21 November 2021
ދިވެހި ރައްޔިތުކަން ނިގުޅައިގަނެވޭނެ ކަހަލަ މުޑުދާރު އަމަލެއް.