މިއަދުގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ-- ފޮޓޯ/މަޖިލިސް
23 ނޮވެމްބަރ 2021 - 11:27
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާރު އެ ފެންނަ މައްސަލަތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގޯސް ނިންމުމެއްގެ ނަތީޖާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހިޔާ ފްލެޓްތައް ކުށުގެ ހާއްޔަކަށްވެ އެ ތަން ސަރުކާރަށް ނުބެލެހެއްޓޭ ކަމަށް ވިދާޅުވެ، ދެވަނަ ފިޔަވައްސާ ދޭތެރޭ ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ.
އަސްލަމް ވިދާޅުވީ، 25 ބުރީގެ އިމާރާތްތަކެއްގައި އައްޑޫގެ އާބާދީ އަށްް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން ޔާމީންގެ ސަރުކާރުން ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.
"ވެއަތުވެ ދިޔަ ސަރުކާރުގެ އެ ނިންމުން އަޅުގަނޑުމެންނާ ހަމައަށް އައި އިރު އޮތީ މަސްކަތް ފަށާފައި، މަސައްކަތް ނުހުއްޓޭ ހިސާބަށް ގޮސްފައި. ވިސްނިން ތަޅާލަން ވެސް. އަޅުގަނޑު އަމިއްލަ އަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް. އޭރު ވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ހިޔާ ފްލެޓުތަކުގައި ހުރި މައްސަލަތައް ދައްކަން ފެށުމުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، އެ ތަންތަން ހުރި ގޮތަކަށް ހަވާލުކުރަން އެދުނެވެ.
"ކޮތަރު ކޮށްޓަކަސް ހެވޭ ތިތަން ދޭށޭ ބުނި. މިހާރު އެހެރީ އެތަން ދީފައި. ދިނީމަ ދިމާވާ މައްސަލަ ތި ދައްކަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުޑަކުޑަ ތަންކޮޅަކަށް އެހާ ގިނަ މީހުން ޖަމާކުރުމުން ފްލެޓުތަކުގައި ޑްރަގުގެ މައްސަލަތަކާއި އެހެން މައްސަލަތައް ވެސް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ކުރެވެން އޮތް ހަމައެކަނި ކަމަކީ އެތަންތަން ބެލެހެއްޓުން ކަމަށާއި މި ސަރުކާރުން ވެސް އަދި ކުރިއަށް އޮތް ސަރުކާރުތަކުން ވެސް އެކަން ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިނި
17 September 2022
ފްލެޓްގަނޑެއް ނޭޅޭތީ ގޯތި ދޭން އުޅެނީ
ކުދުބެއްޔާ
24 November 2021
ކުރީ ސަރުކާރުގެ ގޯސްނިންމުންތައް ރަގަޅުކުރަށް ވައުދުވެގެންއައިސް ދެން ތިގޮތަށް ބަސްމަގުހުރުމުން ކަމެއްނުކުރެވުނުކަން މާބޮޑަށްވެސް އެގިއްޖެއެވެ. ދެންވެސް ކުރީސަރުކާރުގެ ގޯސްތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގާ ރަގަޅުކަމެއް ކޮށްފަ ދައްކާބަލާށެވެ.
އަސްހަދު
24 November 2021
ހަސަދަވެރިކަން ނޫންކަމެއް މިސަރުކާރުގެ މިނިސްޓަރެއްގެ ފަރާތުންވެސް ނުފެނޭ. ޖޭބޮކިތައް ފަޅައިގެންދާނެ ދުވަހެއްގެ އިންތިޒާރުގަ މިތިބީ.
އަހްމަދުހު
24 November 2021
ކަލޭމެން ތިތަން ތަޅާ ނުލާ ހިލޭ ދީބަލަ.
އެނދިމަރިޔަނބު
24 November 2021
އަސްލަމޫ، ތިޔައީ އިންސާނިއްޔަތުކަން ތިބި ބައެއް ނަމަ، މި ގައުމުގަ ތިބި އެންމެ ނިކަމެތިންނަށް ލިބުނު ބޯހިޔާވަހި ކަން، 4 ވެރިކަމަށް ފަހު އެވެސް، ވަކި މީހަކު ކޮއްފަ ހުރި ކަމެއްވީތީ ފެއިލް ކޮއްލަން ނޫޅެ، ގޯހެއް ހުރިނަމަ ރަނަގަޅުކޮށް އެކަމުން މަންފާއެއްވާ ގޮތަކަށް އަމަލު ކުރީސް، ތި ޖަހާ ސަކަރާތުން އަހަންނަށް ހަމަ ގޯސްވަނީ އެމްޑީޕީ.
ޖަނާ
23 November 2021
ތަނުގެ ސައިޒު ކުޑަވުމާ ނޫނީ މީހުން ގިނަވުމާ ޑްރަގްބޯ މީހުން ކޮންޓްރޯލް ނުވުމާ އޮތީ ކޮން ގުޅުމެއް. އައްޑޫ ހަ ރަށުގަ އުޅޭހާ މީހުން މާލޭގަ ތޮއްޖައްސައިގެން ގެންގުޅޭތާ އެތައް ޒަމާނެއް. އެހެނޭކޭ ކިޔާފަ ބޯމީހުން ހައްޔަރު ނުކޮހެއް ނުތިބޭ. މާލެ ލުއިކުރުން އަދި ރަށަކުން މި ވެރިކަމުގަ ގޯއްޗެއް ނުދޭ. ތަނަވަސް ފްލެޓޭ ކިޔާ ތިބުނާ ފްލެޓެއްގެ ބިންގާ ގަޑުވެސް ނޭޅޭ. ބޯ ހަލާކު
ގަފޫރުބެއްޔާ
23 November 2021
ޙަޤީޤަތް އެނގޭނެ ތިޔަ ތަނުގައި މީހުން ދިރިއުޅެން ފެށީމާ. އަދި ނޭނގެ ކުރީ ސަރުކާރެއްކަމެއް މި ސަރުކާރެއްކަމެއް. އަދި އިވެނީ ހަމަ އެހެންވާނެ، މިހެންވާނެ ކިޔާ އަޑު
ސަސި
23 November 2021
އަސްލަމް ކޮއިފުޅާ 14000 ފުލެޓް އަޅާފަ 6000 ރުފިޔާގެ ކުއްޔަކަށް ފިނިޝިންނާ އެއްކޮށް ދީބަލަ. އޭރުން މީހަކު ނޫޅެނެ ހިޔާ ފުލޭޓުވެގެނެއް. އެއްމެ ފުލެޓެއް ނޭޅުނުތާ ހުރި ފުލެޓުތަކަށް ދާން ތިބި މީހުންނަށް ޖޯކުމި ޖަހަނީ
އަހްމަދް
23 November 2021
މިނިސްޓަރުގެ ބަސްމަގު ހުންނަގޮތުން ސަރުކާރުގެ / ރައީސްގެ ޕޮޕިއުލަރަޓީ ދަށްވަނީ... ބައެއްފަހަރު ހީވޭ މިނިސްޓަރަކީ އިދިކޮޅުން ސްޕޮންސަރ ކޮއްގެން ބައިކޮޅަށް ކުޅޭ ބޭފުޅެކޭވެސް.
ޢަސްލު
23 November 2021
ޢަސްލަމް ނޫނީ ރައީސްމީހާ އަޅެ މި ކޮމެންޓް ސެކްޝަން ބަލާލަބަލަ. ޜައްޔިތުންގެ ވިސްނުން ހުރިގޮތް އެނގޭނެ. %99 ކޮމެންޓުގައި އަސްލަމް އާދެކޮޅު. ޢެއްްޗެއް ވިސްނިިގެން އިސްތިއުފާދޭންވެއްޖެއެެެއްނު.