އަކުރަމް މާޒިޔާ އަށް ސޮއި ކިރުމަށް ފަހު އެކްލަބުގެ ޖޯޒީ ހިފަހައްޓާލައިގެން: މިއީ އޭނާ މާޒިޔާ އަށް ކުޅޭ ދެވަނަ ފަހަރު --- ފޮޓޯ: މާޒިޔާ
21 ނޮވެމްބަރ 2021 - 17:59
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) މާޒިޔާ އަށް ސޮއިކޮށްފި އެވެ.
މިއީ މާޒިޔާ އަށް އަކްރަމް ކުޅޭ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2011 ގައި މާޒިޔާ އަށް ކުޅެފަ އެވެ. މިދިޔަ ސީޒަންގައި އަކޫ ކުޅުނީ އޭނާގެ ބޯއީހުޑް ކްލަބު ވެލެންސިއާ އަށެވެ. ވެލެންސިއާއާ އެކު މިދިޔަ ސީޒަނަށް ނުކުތުމުގެ ކުރިން އަކުރަމް ބުނެފައި ވަނީ އަލުން ވެލެންސިއާ އަށް ބަދަލުވީ ގިނަ އަހަރުތަކެއް އެ ކްލަބުގައި ހޭދަ ކުރުމަށް ކަމަށެވެ.
ބެލެވޭގޮތުގައި މާޒިޔާ އިން އަކުރަމް ލައްވައި އަލުން ސޮއިކުރުވީ، އެޓީމުގެ ޑިފެންސުގައި ލީޑާޝިޕް ރަނގަޅު ކުޅުންތެރިޔެއް ހުރުން މުހިންމުވާތީ އެވެ.
އެކަމަކު މިފަހަކަށް އައިސް އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ލަންކާގައި ނިމިގެން ދިޔަ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން ދިވެހި ޓިމު ބަލިވީ އޭނާ އަށް ހެދުނު ގޯހަކުން ކަމަށް އަކުރަމް ބުންޏެވެ.
ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ މެޗުގެ ފަހު ވަގުތު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
"އެއީ އަޅުގަނޑަށް ހެދުނު ގޯހަކުން. އެކަމުގެ ޒިންމާ އަޅުގަނޑު ނަގަން،" ބަންގްލަދޭޝް އަށް ލިބުނު ޕެނަލްޓީ އާ ބެހޭގޮތުން އަކްރަމް ބުނެފައިވެ އެވެ.
އޭނާ ބުނި ލަންކާއާ ދެކޮޅަށް ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ދިވެހި ޓީމު ބަލިވީ އޭނާ ވެސް ހިމެނޭ ގޮތަށް ކުޅުންތެރިންނަށް ފަރުވާ ކުޑަ ކޮށްލެވުމުގެ ސަބަބުން ކަމަށެވެ.
އެކަމަކު ސާފް ޗެމްޕިއަންޝިޕް 2018 ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި އަކްރަމް މުހިންމު ދައުރެއް އަދާ ކުރި އެވެ. ރާއްޖެ ފައިނަލަށް ގެންގޮސްދޭން ސެމީގައި ނޭޕާލްގެ ގޯލް ހުޅުވީ ފްރީ ކިކަކުން އޭނާ ޖެހި ލަނޑަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
22 November 2021
ނިއުރޭޑިޔަންޓްގެ ހަބަރެއް ނެތްތަ?
އެސްފީނާ
21 November 2021
އަދިވެސް ހަމަ މިމީހުން ... ދިވެހި ފުޓޫބޯޅަ ކުރިނާރަނީ މިހެންވެގެން ... 2030 ގަވެސް ގައުމީ ޓީމުގަ ތިބޭނީ އަކުރަމުމެން އުމޭރުމރން
އިބުރާ
22 November 2021
ލީގުތަކުގައި ކުޅޭ "ކީ ޕްލޭޔަރުން" ޒަމާންތަކަކަށް ކުޅިވަރުގައި ދެމިތިބޭނެ އެމީހުން ރިޕްލޭސްކުރާނެ ކުޅުންތެރިން އަންނަންދެން. އަހަރެމެން "މެސީ" ގެ ވާހަކަ އަޑު އަހާތާ ކިހައި ދުވަހެއް ވެއްޖެ. އަދިވެސް ހަމަ އެއުޅެނީތާ. މެސީ އާއި އަކޫގެ ކުޅުން އެއްވަރު ވާހަކައެއްނޫން މިބުނަނީ. މިބުނަނީ އެބަޔަކު ކުޅޭ ލީގެއްގައި އެކުޅުންތެރިންގެ ބަދަލުގައި ކުޅޭނެ ބަޔަކު އުފެދެންދެން އެބަޔަކު ކުރީ ސަފުގައި ހިފަހައްޓާލެވޭނެޔޭ. އަކޫއަށް މަރުހަބާ!
އަލިފުޅު3
22 November 2021
އަޑުބަރޭ މެން... ކުޑަމޫސަ އާއި ދޮންބިލެތާ އަންދަރޭ އާއި އިބްރާހިމް ނޫރައްދީން، ސައްޔިދު އަލީ ފަދަ ކުލުންތެރިންވެސް ފެނިދާނެ!!!