ހެލްތު މިނިސްޓަރު ނަސީމް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ
22 ނޮވެމްބަރ 2021 - 21:22
ރާއްޖޭގެ ފަސް ސަރަހައްދުގެ ޓާޝަރީ ހޮސްޕިޓަލް، ވަކި ބަލިތަކަށް ހާއްސަކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނަސީމް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ތިން ތަނެއް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހިދުމަތް ދެމުން އަންނައިރު ބާކީ ހުރި ދެ ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެ ފަސް ހޮސްޕިޓަލުގެ ތެރެއިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ވެސް ވަރަށް ގިނަ، ބޮޑެތި އޮޕަރޭޝަންތައް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓާޝަރީ ފެންވަރަށް ބަދަލުކުރަން ދެން ނިންމާފައިވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުއްމީދަކީ ޓާޝަރީ ހޮސްޕިޓަލްތައް، ކޮންމެ ވެސް މުހިއްމު އެއް ފަރުވާއަކަށް ހާއްސަ ކުރުމެވެ.
"އަޅުގަނޑުގެ އުއްމީދަކީ ޓާޝަރީ ހޮސްޕިޓަލްތަކުން، ކޮންމެ ހޮސްޕިޓަލެއް ވެސް އެއް ކަމަކަށް ސްޕެޝަލައިޒްވުން. އޭރުން ނޫންތޯ ދާންވީ ދިމާ އެނގޭނީ ރާއްޖެއިން ބޭރަށް ނުގޮސް،" އޭނާ ވިދާޅުވި އެވެ.
"އެ މަޝްވަރާތައް ކުރަމުން މި އަންނަނީ،"
ޓާޝަރީ ހޮސްޕިޓަލްތައް ވަކި ބަލިތަކަކަށް ހާއްސަކުރަން ނިންމިއިރު، މި ސަރުކާރުން ވަނީ އިންޑިއާގެ އެހީގައި ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
"ހުރިހާ އެއްޗެއް މުޅިން އައްޔަންވެފައި ހުރީކީ ނޫން. ޓާޝަރީ ހޮސްޕިޓަލްތައް ވެސް މަޑުމަޑުން އިމްޕްރޫވްވަމުން ނޫންތޯ ގެންދަން ޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނެ އައްޑޫ ހޮސްޕިޓަލު ކޯއްޗަކަށްތޯ ސްޕެޝަލައިޒް ވާންޖެހޭނީ. ހާއްސަކަމެއް އިންނަން ޖެހޭނެ ނޫންތޯ،" ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލުތަކުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
23 November 2021
އިންޑީއާ ޓުރެވިންޑުރަމުން ފަސޭހަކަމާއެކު ރަނގަޅު އަގުގައި ލިބޭ ފެންވަރުގެ ފަރުވާ ތީގެން ރަށަކަށް ގޮސްގެން ނުލިބޭނެ. ކުލީ ކޮޓަރި ގަނޑެއްވެސް މިހާރު ވެސް އެހާ އަގުބޮޑޫ. ދެން މީހުން ތިޔަތަން ތަނަށް ދާނެބާ
ހީހީހީ
23 November 2021
ބަރާބަރު! އެއިރުން އެރަށްރަށުގައާއި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ބޮޑެތި ގޮވަތިގެދޮރުހުރި ބޮޑުންނަށް ކެނޑިނޭޅި ފައިދާލިބޭގޮތްވާނީ. ހަމަގައިމުވެސް ތިތަންތަނަށްދާމީހުނަށް ތިބެވޭފަދަ ތަންތަނެއް ދައުލަތަކުން ނުހަދާނެ. ބޭސްފަރުވާއަށްދާބަޔަކުޖެހޭނީ ކުއްޔަށްދޭތަންތަނުގަތިބެން. ވިސްނުންފުޅަށް ހަމަސާބަސް!
ޢަމްރު
23 November 2021
ވަރަށް ރަނގަޅު ކަމެއް.
އަބްޑޫޅް
23 November 2021
އިންޑިޔާގެ އެހީ ގަބޫލުކޮށްފިއްޔާ ކޮންމެވެސް ދުވަހަކުން އިންޑިޔާ މީހުން ރާއްޖެ ފަތަހަ ކުރަން އުޅޭނެ.
އޮނަރަބްލް އަފީފު ދީދީ
23 November 2021
އިންޑިޔާއިން ލ.އަތޮޅުގައި އަޅާން ބޭނުންވި ކެންސަރު ހޮސްޕިޓަލް ކ.އަތޮޅު މާލެއަށް ބަދަލު ކުރުމުގެ މަސައްކަތް މާލޭމީހުން (ސަރުކާރު ބޮޑުން) ތިއޮތީ ރަސްމީކޮށް ފައްޓާފައި. # ދެން ފެންނާނީ ކެންސަރު ހޮސްޕިޓަލުގެ ގޮތުގައި ކަޑައެޅީ ހުޅުމާލެ ހޮސްޕިޓަލް ކަމަށް މިމީހުން ކަނޑައަޅާތަން. ވަރަށް އަޑި ނުބައި ރޭވުން ރާވާބައެއް.
ރަންނަ
23 November 2021
ދަރިފުޅާ އެއީ ހުޅުމާލޭގަ އަޅަން ނިންމާފަ އޮތް ތަނެއް. މިސަރުކާރުން އެތަން ލާމަށް ބަދަލުކުރީ.
ކަޑަދޯ
22 November 2021
ދިވެހި ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ ރާއްޖެތެރޭ ހޮސްޕިޓަލް އެގޭތަ؟ ބ އަތޮޅު ހޮސްޕިޓަލް. އަތޮޅު ފުރެންދެން ރިސޯޓްތައް އޮތް އިރު ފައިސާ ހުރި މަހުޖަނުން އެޑްމިޓްވެލަން ނަލަ ޕްރައިވެޓް ރޫމްގަޑެއްވެސް ނެތް އެތާ. ލާރި ވެއްދޭނެ އިތުރު ގޮތް މިހުރީ. ރިސޯޓުތަކުން ކޮޓަރި ހަދާދެން އުޅުނީމަވެސް ހުއްޓުވީ. އަމިއްލަ އަށް ނުވާތާ އެހެން މީހަކު ހެދިޔަވެސް ނުދޭ.
ގޫޫލް ރީޖަނަލް ސަރުދާރު
22 November 2021
ހޮސިޓަލްތަކުގެ ކުރިއަށް ގޫގުލް ރީޖަނަލް ހޮޕިޓަލް ކިޔަންވީ. އޭރުން އެއްވެސް އޮޅުމެއް ނޯންނާނެނުން. ކޮންމެހެން މޮޅެތި ޑޮކްޓަރުން ނުލިބިގެން އުޅޭކަށް ނުޖެހޭނެ.
މުލިއާގެ
22 November 2021
ހާދަ ސަޅިތަނެއްގައޭ ނަސީމް މި އިންނަވަނީ. މުލިއާގެތަ. އެކަމަކު ވަރަށް ރީތި. ނަސީމްބެވީމަ މުލިއާގެވެސް އޯކޭ
ރަދީފުލް ކުމާރު
22 November 2021
ހުސް ފޮނި. މިއުޅެނީ ކުޑަކުޑަ ބައްޔެއްވެސް ޑޮކްޓަރަށް ދައްކައިގެން ރަނގަޅުނުވެގެން. ދެން ދޭނެ ބަސްތާއެއްހާ ބޭސް ކާން ނުވަތަ ބޯން.
ހެހެހެ
22 November 2021
ގިނަ ހޮސްޕިޓަލުތަކުގައި ޑޮކްޓަރަކަށް އިންނަނީ ގޫގުލް.