ފިނޭންސް މިނިސްޓަރު އަމީރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ހުށަހަޅުއްވަނީ.-- ފޮޓޯ: މަޖިލިސް
09 ނޮވެމްބަރ 2020 - 13:20
ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުން 98 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެންމެ އިސްކަންދީފައިވާ ސިއްހީ ދާއިރާ އަށް ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގައި، ކޮވިޑް-19 އާ ދެކޮޅަށް އާއްމު ސިއްހީ ދާއިރާ އިން މިހާރު ވެސް ކުރާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައި ވެ އެވެ.
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިއިރު، އިންޑިއާގެ އެހީގައި ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލް އަޅަން އޮތީ މާ ކުރިން ނިންމައިފަ އެވެ. ނަމަވެސް އެ ހޮސްޕިޓަލް ލ. ގަމަށް ބަދަލުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގައި އެދިފަ އެވެ.
އަމީރު ވިދާޅުވީ ސިއްހީ ދާއިރާއިން އަލަށް ފަށަން ކަނޑައަޅާފައިވާ މުހިއްމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރު ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަޝްރޫއު ކަމަށެވެ. މި މަޝްރޫއު ވެގެންދާނީ ކެންސަރާއި ގައިންގަޔަށް ނާރާ ބަލިތަކުން މީހުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 ޕަސެންޓަށް ދަށްކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލްވުމަށް މުހިއްމު މަޝްރޫއަކަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑަށް ވެކްސިނެއް ފެނިއްޖެނަމަ އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބަޖެޓުން ޖާގަ ދެވިފައިވާނެ ކަމަށެވެ.
އޯގާތެރި ސަރުކާރުގެ އެއް އަސާސަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށާއި އެގޮތުން އެ ދާއިރާއިން ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް ކަމަކީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ސިއްހީ ހިދުމަތް ތަރައްގީކުރުން ކަމަށް ވިދާޅުވި އެވެ. ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓަލްތައް ތަރައްގީކުރުމަށް މި އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫއުތައް އަންނަ އަހަރު ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ވެސް މި ސަރުކާރުން ސިއްހީ ދާއިރާއަށް ކުރަމުން އަންނަ ބޮޑެތި އިންވެސްޓްމަންޓުތަކުގެ ސަބަބުން މި ލޮކްޑައުންގެ ތެރޭގައި ވެސް ރައްޔިތުންނަށް އޭގެ ފައިދާ އިންތިހާއަށް ލިބެމުންދާ ތަން ފެނިފައިވާ ކަމަށެވެ.
"..2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓުތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަަށް ވެގެންދާނެ. މީގެ އިތުރުން އަތޮޅުތެރޭގައި ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތް ފުޅާކުރުމާއި ފަސޭހައިން ލެބޯޓްރީގެ ހިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޮބައިލް ލެބްގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި މިދިޔަ އަހަރު އަހަރު މެންޓަލް ހެލްތު ސެންޓަރެއް މާލޭގައި ހުޅުވުމަށްފަހު އަންނަ އަހަރުގެ ބަޖެޓުން ވަނީ ހެލްތު ސެންޓަރުގެ ޔުނިޓުތައް އަތޮޅުތެރޭގައި ގާއިމްކުރަން ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޕްލާ
10 November 2020
މަގެ ދުއާއަކީ ކެންސަރުފަދަ ބޮޑެތި ބަލިތަކުން އެންމެހާ ރައްޔިތުން ރައްކާތެރި ކުރުން. އޭރުން ތިޔަ ހޮސްޕިޓަލް ކޮންމެތާކު އެޅިޔަސް އޯކޭ ވާނެ
ދޮންމަނިކެ
10 November 2020
އައްދަރޯ.... ހުސް ޖަމަލު ފޮޑި... ކޮވިޑު ތެރޭވެސް ދެ ބިލިއަން ކައި ހުސްކުރި
ޝޮކްތެރަޕީ
10 November 2020
ހޮސްޕިޓަލެއްގެ ނަމުގަ އިންޑިޔާ ސިފައިން ނިދާނެ ތަންތަން ހަދާދީ. ލޯނު ނުދެއްކިއްޖިޔާ އެތަން ވާނީ އިންޑިޔާ ސިފައިން ނިދާ ތަނަކައް
ނަފާ
10 November 2020
ކޮންފަދަ މޮޔަބައެއް އެއްމެންވެސް ދިރި މިއުޅެނީ މާލޭގައި މިތަނުން ހިދުމަތް ލިބޭގޮތައް އޮއްވާ ލ. މިކަން ދިޔަގޮތް ބަލަން އެބަޖެހޭ
ޟިނާނ
10 November 2020
މީ ސަޅިކަމެ އް..މާލެ އަށް ބާރުތަށް ޖަމާކިރާކަށް ނުޖެހޭ..
ބަދުރު
10 November 2020
ފީފީއެމްގެ ވިސްނުން
ހުސެން
09 November 2020
ލ.ގަމަށް ތިޔަކަހަލަ ކިތަންމެ ކަންކަމެއް އަދި އަންނާނެއެވެ ގެންނާނަމެވެ ބިންއޮތީ މިތާންގައެވެ
އޮނަރަބްލް އަފީފު ދީދީ
09 November 2020
ކެންސަރު ހޮސްޕިޓަލްގެ އިތުރުން ދިވެހިރާއްޖޭގެ ވެރިރަށަކީ ލ.އަތޮޅު ގުޅިފައިވާ ރަށްތައް ކަމުގައިވެސް ހަދާންޖެހޭ. # މިހާރު އޮތް މަޖިލީހުން މިކަމަށް މަގުފަހިވާގޮތަށް ޤާނޫނުއަސާސީ އިސްލާޙްކޮށް 2023 ގައި ވެރިރަށް ބަދަލުކުރާން ކުރާންޖެހޭ ތައްޔާރޫތައް ކުރާންޖެހޭ. # ވޭތުވެދިޔަ 60 ހަކަށް އަހަރު ހަމައެއް ލަމައެއްނެތި މުޅި ދައުލަތުގެ ޙަޒާނާ ކ.އަތޮޅު މާލެ ކިޔާ ރަށްގަނޑަކަށް ތަޅާބުރުއްސާލި ކަމުގެ ހިތި ނަތީޖާއެއްގެ ގޮތުން މުޅިޤައުމުގައި ޑްރަޤްފެތުރި ޒުވާންޖީލު ހަލާކުވެގެންހިގައްޖެ.
ނަޝީދު.
09 November 2020
ހުރިހާ ކަމެެއް ލ އަށް ދިޔުމާ މިހާރުގެ އިކޮނޮމިކް މިނިސްޓަރު ކުރިން ލ ގެ މެންބަރެއްގެ ގޮތުގަ ހުރުމާ އެއްވެސް ގުޅުމެއް ވޭތޯ؟
ހޭލާ
09 November 2020
ހުޅުމާލޭގައި ތި ހޮސްޕިޓަލް އަޅާ ގޮތަށް ނިންމާފައި އޮތްވާ ކުއްލިއަކަށް އިންޑިޔާ މީހުން އެދިގެން ލ.ގަމަށް ބަދަލު ކުރަންވީ ކީއްވެތޯ. އަދި ހަމަ ތިކަމާ ވިއްދާފަ ރެސިޑެންސީ ވިސާ ލިބޭ ގޮތަށް ހެދީ ކީއްވެތޯ. ލ.ގަމުގެ ހުރި ހުރިހާ ހުސް ބިމެއް އިންޑިޔާ މީހުންނަށް މިލްކު ކުރެވޭ ގޮތަށް ހަދަންތޯ. ދިވެހި ރައްޔިތުންނޭ ހޭލާ!
1828
09 November 2020
މާލެ، ވިލިމާލެ، ހުޅުމާލެ އަދި ގުޅީފަޅު އެކަނި ތޯ ތަރަށްގީކުރަންވީ؟ ގުދުރަތީ ގޮތުން ބިން ބޮޑު ލ.ގަން ފަޅުކޮށްފައި، އެރަށު މީހުންވެސް ގެންގޮސް އަޅަންވީ މާލެ ސަރަހައްދަށް ތޯ؟ ރާއްޖެތެރެއަށް ތަރައްގީ ގެނެސްގެން ހަމަ ނުވޭތޯ؟
ނިދާ އަދިވެސް ނިދާ
10 November 2020
ކަލޭ ހޭލާނެ ކަމެއް ނެތް. ކަލޭމެންގެ ހޭވެރިކަން ނެތިފަ އޮތިއްޔާ ރަނގަޅީ. ބަލަ މިވީހާ ދުވަހުވެސް މާލެ ތޮއްޖައްސާ މާލެ ނޫންތާކަށް ގަލޯހާޖާ ވެސް ކޮށްނުލެވޭ ވަރު ވީމައޭ މާލޭގަ މާލޭ ރައްޔިތުންވެސް ރެފިއުޖީންނަށް ވެގެން އުޅެން މިޖެހެނީ. އަދިވެސް މާލެ ދޯ ކަލޭމެނަށް ފެންނަނީ. މާލެ ދެން މިއޮތްވަރަށް ބާއްވާފަ ދެން އޮތް 10 އަހަރު ރާއްޖޭގެ ކޮންމވެސް އެހެން ދެ ދިމާލެއް ތަރައްގީކުރަން އުޅެބަލަ
އޮނަރަބްލް އަފީފު ދީދީ
09 November 2020
ލ. އަތޮޅަކީ ކެންސަރަށް ފަރުވާދިނުމުގެ ޙާއްސަ ހޮސްޕިޓަލް ހުންނަ ސަރަޙައްދަށް ވެގެންދާއިރު ކ.އަތޮޅު މާލެ އެއީ ކަށީގެ ބަލިތަކަށް ޙާއްސަ ހޮސްޕިޓަލް ހުންނާނެ ސަރަހައްދު ކަމުގައި ނިންމަވާ އިކްއިޓޯރިއަލް ހޮސްޕިޓަލަކީ ހިތުގެ ބަލިތަކުގެ ހޮސްޕިޓަލްގެ ގޮތަށް 3 ރީޖަނުގައި ސްޕެޝަލައިޒް ތިން ހޮސްޕިޓަލް ބެހެއްޓުމަކީ ޙަޤީގަތުގައިވެސް ލިބޭނެ ބޮޑު ކުރިއެރުމެއް. # މާލޭ މީހ ވިސްނައިގެން ނުވާނެ ދައުލަތުގެ ހުރިހާ ވަސީލަތެއް ހުންނާންވާނީ ތިމަންނާމެންގެ ރަށުގައި ކަމަށް.
ޑރ. ރާމީ ޙަސަން
09 November 2020
އެންމެ އިންސާފުވެރި ގޮތަކީ ޖީ.އައި.އެސް ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުން ކުރުން. އޭރުން މާލެ އަށް ނާޖާއިޒު ފާއިދާ އެއް ހޯދައެއް ނުދެވޭނެ. މާލެ އަށް ނާޖާއިޒު ފާއިދާ ހޯދުމަކީ މިހާރު އަޅުގަނޑުމެން ހަނދާން ނައްޓާލަން ވެއްޖެ ކަމެއް. ރީޖަނަލް ޑިވެލޮޕްމެންޓް އަކީ ރާއްޖޭގެ ހުރިހާ ދާއިރާ ތަކެއްގައި ވެސް ޙިދުމަތްތައް ލިބެންހުރުން. ކޭކު ނުވަތަ ބޯކިބާ އެއްވަރަކަށް ފެޅުމަކީ އިންސާފުވެރިގޮތް ކަމަށްދެކެން.
211111
09 November 2020
ފިޔުޗާ މެގަ ސިޓީ ލ.ގަން ހޯ ޕް ފޯ....ލ. ލާމް