އަރަބިއްޔާ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި.--
24 ނޮވެމްބަރ 2021 - 10:29
އަރަބިއްޔާ ސްކޫލު އިމާރާތުގެ ތަނބުތަކުގައި ރެނދުލައިފައި ހުއްޓަސް ދަރިވަރުންނަށް އަދި ނުރައްކަލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރު ހުޅުވި އަރަބިއްޔާ ސްކޫލު އިމާރާތުގައި ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކަމަށެވެ.
އެކަން ފާހަގަވުމާއެކު އިންޖިނިއަރުންގެ ޓީމަކާއި ޕްލޭނިން މިިނިސްޓްރީ ގުޅިގެން އަރަބިއްޔާ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަންއެއް ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ރިޕޯޓު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އިންސްޕެކްޝަން ރިޕޯޓުގައި މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ވިޝުއަލް އިންސްޕެކްޝަނަކުން އިމާރާތުގައި ހުރި ގެއްލުންތައް އަންދާޒާކުރަން ނޭނގޭ ކަމަށެވެ. އެހެންވެ އެތަނުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުުކޮށް އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި އަދިއެއް ދަރިވަރުންނަކަށް ގެއްލުމެއް ނެތް. އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މޮނީޓާ ކުރަމުން މިދަނީ. ކިރިޔާ ވެސް ދަރިވަރުންނަށް ނުރައްކާ ވާކަން އަޅުގަނޑުމެންނަށް އެނގޭ ހާލަތުގައި އަޅުގަނޑުމެން އެތަނުން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުން މިހާރަށް ވެސް އަރަބިއްޔާ ސްކޫލަށް ބޭނުންވާ މަރާމާތު އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓަށް ފަހު ކަމަށެވެ. އެ އެސަސްމަންޓް ނިމުމަށް ދެ މަހެއްވަރު ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
"...މިހާރު ޕްލޭން ކޮށްފައި އޮތީ މި އަންނަ ސްކޫލު ބަންދަށް އެ މަރާމާތުތައް ކުރެވޭނެ ސްޕީޑުގައި ސްޓްރަކްޗަރަލް އެސެސްމަންޓު ހެދުން. ސްޓްރަކްޗަރަލް އެސެސްމަންޓުގެ ބައެއް ކަންކަން ރާއްޖެއިން ބޭރަށް ފޮނުވައިގެން ވެސް ބަލަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ސެޕްޓެމްބަރު 19، 2013 ގައި ހުޅުވައި، ކިޔަވައިދޭން ފެށިތާ އަށް އަހަރުގެ ތެރޭގައި، އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުލައި ވަރަށް ބޮޑަށް ހުރީ ހަލާކުވެފަ އެވެ. އެހެންވެ ދަރިވަރުންގެ ސަލާމަތްތެރިކަމާ މެދު ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލަޕަ
24 November 2021
މިއޮތީވާ ބަޔެއް ވެރިކަމަށް ލެވިފަ. އަސްލަމް ކައިރީ ބުނެބަލަ ހިޔާފްލެޓް ބާއްވައިފަ މިތަން ތަޅާށޭ
ށަލީ
24 November 2021
ފޮޓޯއިން ތިޔަފެންނަނީ ވިޝުއަލް އެސަސްމަންޓް މަށަށް. މަގޭދަރި ސްކޫލް ބަދަލުކުރާނަން. މިސަރުކާރުން ބޭނުން ވަނީވެސް އެހެން ހަދަން.
ވޮޗްޑޯގް
24 November 2021
މިނިސްޓަރަށް ނިދޭކަންވެސް ރަނގަޅު.. ޖިނާއީ ދައުވާއެއް ކުރަން ނުޖެހިއްޖެއްޔާ ރަނގަޅު އިހުމާލު ވީ ބަޔެއްގެ މައްޗަށް
ރަޔާން
24 November 2021
އާނ އަދި ބައެއްގެ ބޮލަށް ތިޔަ ތަން ނުވެއްޓޭތާ. އެހެންވީމަ ދޯ ނުރައްކަލެއް ނެތީ؟
ހަސަނު
24 November 2021
އަޅުގަނޑަށް ހީވަނީ އެ އިމާރާތުގެ ސްޓްރަކްޗާގަ ގޯހެއް ނެތްކަން ޔަގީން ކުރެވެންދެން އެ އިމާރާތަށް ކުދިން ވައްދައިގެން ނުވާނެހެން..
އާދަނާ
24 November 2021
އަރަބި ތަޢުލީމު އުނގެނޭ ކުދިން ވީމަ ނުކަރަންނެތީއެވެ. މޮޑަން ޑިމޮކުރަސީ ތަޢުލީމު އުނގެނޭ ކުދިންނަމަ ނުރައްކާ އޮތީސް ކަން ކަށަވަރު. އެވަރަށް ރެދުއަޅާފައި ހުރި އިމާރާތުގެ ތެރޭގައި ދަރިވަރުން އުޅުން ނުރައްކާ ނޫންކަމަށް ބުނާނީ މޮޔައެއް!
ސަސި
24 November 2021
އެކަން ވެސް އެ ހަމަ ޖެހުނީނު، ގައްޑާ މިނިސްޓަރުން ކޮޅެއް މި އުޅެނީ
ޑިސްއޮނަރަބަލް ޑީޑީ
24 November 2021
އައިޝަތު އަލީއަކީ މަޖުލީހުގެ ޕުރިންސިޕަލްސާހަބުގެ އޭސްޓާ ލިބިލެއްވި ކަމަނާއެއް. އެހެންވީމާ ރެނދުއަޅާ ބޮލަށްވެއްޓުނަސް ނޯންނާނެތާ މައްސަލައެއް.
މަގުމަތި
24 November 2021
ދިވެހި ރާއްޖޭގައި ކިޔަވައިގެން ތިބިމީހުން މަދުކަމުން ސަރވޭކުރަންވެސް މިޖެހެނީ ބޭރަށް ތަމބުފޮނުވަން
އެކަމު
24 November 2021
މާލެ ފުރިފަ ހުސް ބިޔަ އިމާރާތްތަކުން. އެކަމު އެއްޗެއް އެނގޭ މީހެއް ނެތްކަމަށް އެވަނީ.
ފަސަސދ
24 November 2021
ރަގަޅު ވާހަކައެއް. މާދަމާ ބޮލަށް ވެއްޓުނަސް ޒިއްމާ ނަގާނެ މީހަކު ނުހުންނާނެ. ތިޔަ އިމާރާތް އެޅި ކުންފުނި ވެސް މިހާރަކު ވުޖޫދުގަނެތް