އަރަބިއްޔާގެ ދަރިވަރުން ސްކޫލުގައި ކިޔަވަނީ: އެ ސްކޫލުގައި ގިނަ މާއްދާތައް މިހާރު ކިޔަވައިދެމުން ދަނި ބިދޭސީ ޓީޗަރުން، މިނިސްޓަރު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އަރަބި ކިޔަވައިދޭނެ، ދިވެހި ޓީޗަރުން ތަމްރީން ކުރުން ކަމަށް.--- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
16 ޖެނުއަރީ 2024 - 07:10
އަރަބިއްޔާ ސްކޫލްގެ ކުދިންނަށް ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދިނުމަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމަ އެކަނި ސްކޫލް، އަރަބިއްޔާގެ ޕްރައިމަރީ ގްރޭޑުތަކުގައި ބައެއް މާއްދާތައް ކިޔަވައިދެނީ ބިދޭސީ ޓީޗަރުންނެވެ. ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުންގެ ތެރޭގައި ދިވެހި ޓީޗަރުންނަށް ވުރެ ވެސް ގިނައީ ބިދޭސީ ޓީޗަރުންނެވެ.
"ޕީއެސްއެމް" އަށް ރޭ ދެއްވި އިންޓްވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އަރަބިއްޔާގައި މިހާރު ހިނގާ ނިޒާމު ބަދަލު ކުރައްވާނެ ކަމަށެވެ.
ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ އެހީތަކާއި ރާއްޖެއާ ގުޅިފައިވާ އެކިއެކި ޖަމިއްޔާ އަދި ގައުމުތައް މެދުވެރިކޮށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުން އެ ފަރާތްތަކާ ގުޅިގެން ތަމްރީނު ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެނގިލައްވާނެ އަޅުގަނޑުމެން މިހާރު ވަރަށް ގިނަ ސްކޫލްތަކުގައި އިނގިރޭސި ބަހުން އެކަމަކު ދިވެހިން [ޓީޗަރުން] ކިޔަވައި ދެނީ. ހަމަ އެގޮތަށް އަރަބި ބަހުން ކެމިސްޓްރީ އާއި ފިޒިކްސް އާއި އެކިއެކި ސައިންސް މާއްދާތަކުގެ އިތުރަށް ބިޒްނަސް މާއްދާތައް، އަރަބި ބަހުން ކިޔަވައިދޭނެ ދިވެހިން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަޅުގަނޑުމެންނާ ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މިނިސްޓަރު އުންމީދު ކުރައްވަނީ އަރަބި ބަހުން އެކިއެކި މާއްދާތައް ކިޔަވައިދޭނެ މީހުން 3-4 އަހަރުގެ އެކަށީގެންވާ އަދަދަކަށް ތަމްރީނު ކުރެވޭނެ ކަމަށެވެ.
"އޭރުން ވަރަށް ބޮޑު ފުރިހަމަ ކަމެއް އަރަބިއްޔާ ހިންގުމުގައި ވެސް އަދި ރާއްޖޭގައި އަރަބި ތައުލީމު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ފަހިވެގެން ދާނެ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލް ޒަމާނީކޮށް،، ފުޅާދާއިރާއެއްގައި އަރަބި ތައުލީމު ދޭ މަރުކަޒަކަށް އެ ތަން ހަދައި، ތަނަވަސް ޖާގައެއްގައި އާ އިމާރާތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެ ވަޑައިގެންނެވި ވައުދެކެވެ.
"ރައީސްގެ މެނިފެސްޓޯގައި އަރަބިއްޔާ ހާއްސަކޮށް ފާހަގަ ކުރައްވައި އެ ވިދާޅުވީ ވެސް އަރަބިއްޔާ އަށް ދިމާވެފައިވާ ގޮންޖެހުންތައް، ހާއްސަކޮށް އަރަބިއްޔާއަކީ ހަމަ އެކަނި އަރަބި މީޑިއަމަށް ރާއްޖޭގައި ކިޔަވައިދޭ ސްކޫލަށް ވެފައި އެތަނަށް ހާއްސަ އަހަންމިޔަތު ކަމެއް ދެއްވަން ރައީސް ބޭނުންފުޅުވެލެއްވީމައި،" މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުން ނިންމާފައި ވަނީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށީގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރީ ސަރުކާރުން ހަމަޖެއްސި ބާ ޖަމާލުއްދީންގެ ބިން.-- ފޮޓޯ: މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކޮންސެޕްޓްތައް ތައްޔާރު ކުރުމުގެ މަސައްކަތެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭ އަރަބިއްޔާގެ ބިންގާ އެޅިގެން ދިއުން. އަޅުގަނޑުން މިހާރު މި މަސައްކަތް ކުރާ ސްޕީޑަށް ބަލާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެޗީވް ކުރެވޭނެ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ކުރީގެ ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ.
ސެލެކްޓިވް ބިޑިންއަކުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ސްކޫލު އަޅަން ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، ކޮންޓްރެކްޓްގެ މުއްދަތު ހަމަވިއިރު ވެސް އެ ބިމުގައި ހުރި ބާ އިމާރާތްތައް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެ ސަރުކާރަކަށް ނުކުރެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުލަމާނީ
17 January 2024
سبحان الله ތިޔަ ޒާތުގެ ވާހަކަ ހިކިފަސް ތަންތާގަ ދައްކަން ހެޔޮވެސް ނުވާނެއެއްނު. ތިޔަކަން ތިހެން ވެއްޖެޔާ އަރަބިއްޔާ ބެލެނިވެރިން ހީވާނީ އެހެންފަދަކަމެއްހެން.
ކަރުލަމާނީ
17 January 2024
އަރަބިއްޔާ ބެލެނިވެރިން ކަލެއަށް ސަލާމްބުނި.
ޢަލިބޭ
16 January 2024
މިސްކޫލްގައި ކިޔަވާ ކުދިންގެ ގައުމިއްޔަތަށް ވާނީ ކިހިނެއްބާ؟ މީޑިއާ އިން ވުޒާރާ ހިންގާ ވަޒީރެއް. މިނިސްޓްރީ މީހުންނަށް ވެސް މި އިގެނީ މީޑިއާއިން.
ލައިމް
16 January 2024
ލައިމް އަށް އެކަމުންވެސް އެއްޗެއް ނުވިސްނުނީތީ ދެރަވެއްޖެ. އެއްވެސް ބަޔަކަށް މަތަ ނުވިކުއްޖާ ގެންގޮސް ޢަރަބިއްޔާއައްލީމާ ކޮންމެ މީހަކަށްވެސް މަތަވާ ކުއްޖެއްގެ ގޮތުގާ އެކުއްޖާ ނިކުތީމާ ފެނިގެން އެދަނީ އެތަނުން ދެވޭ ތަޢުލީމާ ތަރުބިއްޔަތުގެ ހަރުދަނާކަން ނޫންބާ؟
ރިއަލް ލައިމް
16 January 2024
މަށެއް ނުބުނަން ދޯ އެއީ ސަކަރާތްތަނެކޭ؟ އެރަނަށް އެކަހަލަ ކުދިން ގެންދާވަހަކަ ދޯ ބުނީ؟
އޮނަރަބަލް އަފީފް ދީދީ
17 January 2024
އަރަބިއްޔާ އިން ކިޔަވާ ނިމި އޯލެވެލް ހެދި މީހުން މިއަދު ހަކުރު ބޮމުން މަގުފޭރި ވައްކަން ކުރަންވެސް އެބަ އުޅޭ
ކަމްކަމް
16 January 2024
ކޮބާ ތިޔަ ސްކޫލްގަ ކުދިންތަކަކާ ބެހިގެން ޕޮލިހަށް ރިޕޯޓުކުރި ޓީޗަރު؟ އޭނާގެ މައްސަލަ އޮތީ ކިހާ ހިސާބެއްގަ؟
މެޒޯ
16 January 2024
އަރަބިއްޔާ ގެ ނަން ބަދަލުކުރަންފެނޭ. ތި ތަނަށް މަކްތަބުލް މަހަލްދީބް
ކޮލަމާހުއްޓާ
16 January 2024
ތިޔަ ސްކޫލުގެ ދުވަސް ތި ދިޔައީ..
މަހާރަދުން
16 January 2024
ތި ދެން އަރަބި ތައުލީމު ގެ ވެސް ދުވަސް ދިޔައީ!!!ދިވެހި ގިނަ ޓީޗަރުން ފޯނު ބާއްވާފަ ކިޔައިވައިދޭތަން ފޯނާ ހެދި ކިޔަވައިދޭނީ ހަމަ އިތުރު ގަޑީގަ ފައިސާ ހޯދަން އެގަޑިގަ!!!ރަނގަޅު ޓީޗަރުންވެސް ތިބޭ ..ނަމަވެސް ގިނަމީހުންގެ ހާލަކީ އެއީ...ކިޔަވައިދިނުމުގެ ފަންވަރު ބަލާލީމަ ފެންނާނެ...އަދި އެމް އެންޔޫ އަކީ ރާއްޖޭގަ ހުރި އެންމެ ބޮޑު ހަލާކު...ދުހަކުވެސް އެތާކުން ސައިންސު ން ފައުންޑޭސަން ހަދައިގެން ކުއްޖަކު ފާހެއްނުވޭ!!!
ސާބަހޭ ޑރ
16 January 2024
ދިވެހިއްޔާ ކިޔާ ސްކޫލެއް ހުޅުވަން އެބަޖެހޭ ގައުމިއްޔަތު ދިރުވަން!
ކޮލިޓީ
16 January 2024
4 އަހަރު ޓީޗިން ޑިގްރީ ހަދަން ނަގާ ހަމައެކަނި ބަޔަކީ ދިވެހިން. އެހެން ބަޔަކު ދަންނަ ކަމެއްނޫން ތިޔައީ. ވަޒީފާ ލިބޭ ހަމައެކަނި ޝަރުތަކީ ދިވެހިބަހުން ވާހަކަދައްކަން އެގުމޭ ބުނުމުން ދެންތިބޭނީ ހުސް ދިވެހިން.
ކާފަބޭ
16 January 2024
އެހެންމީހުން ދަންނަނީ 4 އަހަރު. 3 އަހަރެންނޫން. ދިވެހިން ދަންނަ އެއްޗެއް ތިނަކީ.
ޢަހު
16 January 2024
ޑިގްރީގަ ހަތަރު އަހަރު އިދޭތަ؟ފުރަތަމަ އެޑްވާންސު އެއް އަހަރު ހަދައިފިއްޔާ ދެން އޮންނަ ތިން އަހަރު ޑިގްރީ ހެދޭނެ ނުނީ އއްއަހަރުގެ ޑިޕްލޮމާއެއް ހަދައިފިއްޔާވެސް ޑިގްރީގަ ހަމަ ތިން އަހަރު ނަގާނެ
ހަނީ ފަނީ
16 January 2024
ސްލޯ ނިއުސް ޑޭ؟