ފެމިލީ ކޯޓަށް އައްޔަންކުރި ޒައީމާ (ކ) އަދި މައީޝާ.
24 ނޮވެމްބަރ 2021 - 12:23
ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ބުނީ ފެމިލީ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާނު ކުރުމުން އެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ އިންޓަވިއުކޮށް އެންމެ ގާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ހޮވާފައި ވަނީ އއ. ފެރިދޫ، ނަޝީދީހިޔާ، ޒައީމާ ނަޝީދު އަބޫބަކުރު އަދި މ. ވިލުފުށީގެ މައީޝާ ޔޫސުފް ސަމީރު ކަމަށެވެ.
އެ ދެ ބޭފުޅުން އައްޔަން ކުރަން ކޮމިޓީން ދިން ލަފައާ އެއްގޮތަށް އެ ދެ ބޭފުޅުން އައްޔަން ކުރަން ޖޭއެސްސީން ނިންމައި، މި މަހުގެ 28 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ވަނީ ނިންމައިފަ އެވެ.
ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި މީގެ ނުވަ އަހަރު ކުރިން ފެށިގެން ފުރުއްވި ޒައީމާ ވަނީ ކުއްލިއްޔާއިން ޝަރީއާ އެންޑް ލޯ އިން ބެޗެލާޒް ޑިގްރީ ހާސިލްކުރައްވައި ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވައިފަ އެވެ.
ޔުނިވާސިޓީ އޮފް ލަންޑަން އިން ބެޗެލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މައީޝާ ވަނީ ޕީޖީ އޮފީހުގައި ތިން އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑްކަން ކުރައްވައި އަދި ފެމިލީ އެންޑް ޗައިލްޑް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ފެމިލީ ކޯޓަށް ދެ ގާޒީން ހޯދަން އިއުލާނު ކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ އިއުލާނާ ގުޅިގެން އެ ދެ މަގާމަށް 34 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ފެމިލީ ކޯޓުގެ ގާޒީންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 30،000ރ. ލިބޭ އިރު ލިވިން އެލަވަންސަށް 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،375ރ. ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާބަރަލި22
24 November 2021
މަގާމަށް ކުރިމަތިލި ފެމިލީ ކޯޓުގެ އެއްވެސް މުވައްޒަފަކަށް ނުދިނީމަ ދެރަ، ތަޖުރިބާ މުހިންމު
އިބުރާ
24 November 2021
ފެމިލީ ކޯޓަށް އައްޔަނު ކުރީމަ ހަމަ ހިތަށް އަރަނީ ދީނީ ނަޒަރަކުން ބަލާލާއިރު "އަންހެން" ގާޒީ އަކަށް ކައިވެނި އަގުދު ކުރެވި ދާނެތޯ؟ ދެބޭފުޅުންނަށް ވެސް މަރުޙަބާ!!
ބަސްމަދު
24 November 2021
ތީ މަށަށްވެސް އުފެދޭ ސުވާލަކީ. އަންހެން ގާޒީ އަކަށް ކައިވެނި ނުކޮށްދެވެންޔާ ރަގަޅު ކައިވެންޏެއް ނުކޮށް ކިތަށްމީހުން ގޯސްހަދާނެބާއޭ. ދީނީ ނަޒަރަކުން މިކަމަށް އާޓިކަލްއެއް ޖަހާލުން މުހިއްމު
ރިބުއާ
24 November 2021
އޭ، އަސްލު ފެމެލީ ކޯޓުގެ މައްސޫލިޔަތަކީ ކައިވެނި އެކަންޔެއް ނޫން، އެތަނުން ބަލާ އެންމެ ގިނަމައްސަލަ އަކަށް ވާނީ ވާރިޡުން ސާބިތުކުރުމާއި، ތަރިކަ މައްސަލަތަކާއި، މިކަހަލަ ކަންކަން
މަބުރާ
24 November 2021
ކައިވެނި ކޮށްދޭނީ ހުއްދަ ލިބިފަ ތިބި މީހުން. ކައިވެނި ކޮށްދޭ ކޮންމެ މީހަކީ ގަޒީ އެއް ނޫން. އެ މީހުންނަށް ކިޔާނީ މައުޒޫނުން
ފަތުވާ
24 November 2021
ތިކަމަށް ޖެހޭނީ ފަތުވާ ކޮމިޓީން ފަތުވާއެއް ނެރެން
އައިޝާ ރަޝީދު
24 November 2021
އަންހެން ޤާޟީން ކައިވެނިކޮށްދޭ ގޮތަކަށް ނޫން އުސޫލު އޮންނާނީ
ނަވްބެ
26 November 2021
ކުރިއަސް އެވާނީ ބާތިލު އެއްޗަކަށް. އިލްމުވެރިންގެ ބޮޑު ޖަމާޢަތުގެ ދެކިލެއްވުމަށް. އޭގެތެރެއިން ދިވެހިރާއްޖެ ބަލާ އިމާމް ޝާފިޢީ رحمه الله ގެ ނިންމެވުމަކީވެސް އެއީ......ޤަބޫލު ކުރާބަޔަކު ކުރޭ ނުކުރާ ބަޔަކު ނުކޮށް ތިބޭ.....
ށަވިޔަނި
24 November 2021
ރަނގަޅަށް ޢަދުލުވެރި ޙުކުމް ކުރާނެކަމުގެ އުންމީދުކުރަން. މަރުހަބާ.
ކިޔު
24 November 2021
ދެ ބޭފުޅުންނަށް މަރުހަބާ!
ހަސަނު
24 November 2021
ފަރަށް ފުރިހަމަ.. ވަރަށް ރަނގަޅު..
ހުސެން
25 November 2021
ކޯއްްޗެއް ފުރިހަމައީ؟