ހައި ކޯޓު: ދައުލަތަށް ލިބެންޖެހޭ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައި ވަނިކޮށް އެ ފައިސާ އަނބުރާ ދައްކަން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
24 ނޮވެމްބަރ 2021 - 23:59
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 50،000 ޑޮލަރު (ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ) އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައި ވަނިކޮށް އެ ފައިސާ ދައުލަތަށް ދައްކަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް، އެމްއެޗްއެމްއައި ކިޔާ ކުންފުންޏަކަށް އދ. ފުށިދިއްގާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ތިން މިލިއަން ޑޮލަރުގެ ތެރެއިން 50،000 ޑޮލަރު އެމްއެމްޕީއާރްސީއަށް ދެއްކި ޗެކު 2014 ވަނަ އަހަރު ޖަމާކޮށްފައިވަނީ އެމްއެޗްއެމްއާރު ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި އޮތް އެކައުންޓަކަށެވެ. އެ ފައިސާ ހޯދަން އެމްއެޗްއެމްއާރާ ދެކޮޅަށް ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހަައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެމްއެމްޕީއާރުސީއަށް ފައިސާ ލިބިފައިވާ ކަމަށް ބުނެ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ސޮއިކޮށް ލިޔުން ދޫކޮށްފައި އޮތަސް، އެ ޗެކް ޖަމާވީ އެމްއެޗްއެމްއާރު ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ކަން ބޭންކް ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށެވެ. އަދި އެ ކުންފުންޏަކީ ޒިޔަތާ އާއިލީ ގޮތުން ގުޅުން އޮތް މީހެއްގެ ކުންފުންޏެއް ކަމަށް ބުނެފައިވާތީ ދައުލަތުން ބުނާ ބުނުމުގެ ތެދުކަން ހާމަވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެމްއެޗްއެމްއައި ކުންފުނިން ޗެކް ދޫކުރީ އެމްއެމްޕީއާރުސީއަށް ކަމަށް ވާއިރު، އެ ޗެކްގެ ފައިސާ އެމްއެޗްއެމްއާރު ކުންފުނީގެ އެކައުންޓަށް ޖަމާވެފައިވުމުން އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ.
އެހެންވެ، އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި ދައްކަން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ޖަލު ހުކުމްތައް އިއްވާފައިވެ އެވެ. އެކަމަކު އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ގޭ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުތިކްސް
29 November 2021
ކޮބަތަ ޔަމިން އެކައުންޓަށް ޖަމާވި 5 މިލިޔަން، އަވަސް ކުރެޭ ރައްޔިތުންގެ ފައިސާ ކައިގެން އެނަ އަރަމުގަ ގޭގަ
ޗެކު
26 November 2021
ޗެކު އެމްއެމްޕީއާރުސީއަށް ލިބޭގޮތަށް ހަދާފައިއޮށްވާ ތިބުނާކުންފުނީގެ އެކައުންޓަށް ޖަމާވުމަކީ އަންތަރީސްވާވަރު ކަމެއް. މިގައުމުގއ ބޭންކިންގެ ފެންވަރުދޯ. އައިސާފުޅަށް ލިބޭގޮތަށް ލިޔާ ޗެކު ދޮންމަނިކުގެ އެކައުންޓަށް!!
ޒިޔަތާ
26 November 2021
އެވެސް ހަމަ ޔާމީން ވިދާޅުވެގެން އާއިލާ މީހަކަށް ދިން ފައިސާބާ؟
ޢަރުތަ
26 November 2021
އެންމެން ގުޅިގެން ހިންގާފަހުރި ޖަރީމާ ހައްތަހާވެސް، ރައްޔިތުންގެ ތިޖޫރި ފޫދުއްވާލައިގެން ދައުލަތުގެ ބޭތުލްމާލު ދަވާލީ އެކަކު ދެމީހަކު އެކަންޏެއް ނޫން، އޭރުވެރިކަމުގަ ތިބި ވެރިންގެ ބައިގަނޑެއް ހިންގި ބޮޑު ޖަރީމާއެއްތީ، މިހާރު މިތިބަ މީހުންވެސް ހެދިއެއްޗެއް ބަލަންޖެހޭނެ ވެރިކަމުން ފޭބީމަ.
ބައި
25 November 2021
ބައިލާރިވެސް ނުދައްކާނެކަން ޔަގީން
ހިއްވަރަށް ސާބަސް
25 November 2021
ސާބަހޭ ފަނޑިޔާރުން. މި ޤައުމު ވަގުން މަކަރާޖަހައިގެން ކަޅާކޮށްލަން ދޫކޮށްނުލައްވާތި. ދައުލަތުން ވަގަށް ނަގާފައިވަ ހުރިހާ ފައިސާއެއް ވަގުުންގެ އަތުން އަތުލަންޖެހޭ.. އެމީހުންގެ މުދަލާ ގެދޮރު ވިއްކައިގެން ނަމަވެސް އެ ފައިސާ މިފައިސާ ހޯދަންޖެހޭ.
ހަސަނުގެ 2ވަނަކޮމެންޓާ
26 November 2021
އެންމެ ގިނަ ފައިސާ ނެގި މީހާއާއެކު ދައުލަތުން އެއްބަސްވުން ހަދާފަ އެއޮތީ. ދެން އޭނަ ނެގި ފައިސާއެއީ އަތުލަން ހިތުއަޅާފަވެސް އޮތް އެއްޗެއް ނޫން. ޔާމިނު މަގުމައްޗަށް ލާފަވެސް ޔާމީނު އަތުން އެއްޗެހި ހޯދަން އުޅެވޭނީ ދުވާލަކު ދައުވާއެއްކޮށްގެން.
ޙިނި
25 November 2021
ދަރިންނައް ރަންގަޅު ތަރުބިއްޔަތާ ނަސޭހަތް ދެވިގެން އާއިލީ ބަލިތަކުން ސަލާމަތް ކުރެވޭނީ.
ހަސަނު
25 November 2021
މީ ފެށުމެއް.. ދައުލަތުން ވަގަށް ނަގާފައިވަ ހުރިހާ ފައިސާއެއް އެމީހުން އަތުން އަތުލަންޖެހޭ.. އެމީހުންގެ މުދަލާ ގެދޮރު ވިއްކައިގެން ނަމަވެސް އެ ފައިސާ މިފައިސާ ހޯދަންޖެހޭ...
ބޮޑުވަޒީރު
25 November 2021
އެމީހަކަށް ކެވުނު ގޮތަކަށް ލިބޭ ވަގުތު ގައި ކާންވީ. ޜައްޔިތުން ވަނީ ވަގުންނަށް ގައުމުގެ ހުރިހާ ދޮރުތަކެއް ހުޅުވާލަދީފަ. ބައެއްގެ ހަލާކު އައުމުން އެބައެއްގެ އަމިއްލަ އަތުން އެބަޔަކު ހަލާކުވެގެން ދާނެ
ކޮރަލް
25 November 2021
ޑްރަގް އެތެރެ ކޮށް ވިއްކާ މީޙުންގެ އެކައުންޓް ފައިސާ އާ ހަރު މުދާ ސަރުކާރަށް ނަގާ ބަލާށެވެ. ނަގަން ބޭނުން ނަމަ ނެގޭނެ އެވެ. ގާނޫނު ބަދަލު ކޮށްގެން ވެސް ނަގަން ޖެހެ އެވެ.
ހާސަރުހާން
25 November 2021
ކެއީ މިލިައަނުން ހުކުން ކުރަނީ ހާހުން، މޭޒު ދަށުން ކުޅެނީ ލައްކައިން؟