ޚަބަރު / ޓޫރިޒަމް މިނިސްޓްރީ

ބޮޑުފިނޮޅު ސަރުކާރަށް ނަގަންޖެހޭ، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ: މިނިސްޓަރު

ޓްރެއިން ސްކޫލެއް ހެދުމަށް ޕްރެމިއާ އެކުއިޓީ ކުންފުންޏާ ހަވާލުކުރި ބޮޑުފިނޮޅުގެ ބައެއް.-- ފޮޓޯ: މިހާރު

ހޮޓެލް ޓްރެއިނިން ސްކޫލު އަޅަން މީގެ 13 އަހަރު ކުރިން ހަވާލުކުރި ލ. ބޮޑުފިނޮޅު ސަރުކާރަށް ނަގަންޖެހޭ ކަމަށާއި އެކަމުގެ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ޔޫއެންޑީޕީގެ އެހީގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން، އެ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށަކަށް ޓޫރިޒަމް މިނިސްޓްރީން ކުރި ދަތުރުގައި ގަމު ކައުންސިލާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއާ ބައްދަލުކުރައްވަ އެވެ.

އެ ބޭފުޅުން ވެސް ވަނީ އަތޮޅުގައި ކުރިއަށް ގެންދަން ފެށި ޓޫރިޒަމްގެ މަޝްރޫއުތައް ހުއްޓިފައި އޮތުމުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ.

އޭގެ ތެރެއިން އެއް މަޝްރޫއަކީ ޕްރެމިއާ އެކުއިޓީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި ބޮޑުފިނޮޅުގެ މަސައްކަތެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ދައުލަތުން އަބަދު ކުންފުނިތަކަށް ބަދަލުދޭން ޖެހޭ ޖެހުން ބަދަލުވާން ޖެހޭ ކަމަށާއި ދައުލަތަށް ގެއްލުންވާ ނަމަ އޭގެ ބަދަލު ވެސް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެއްވެސް ތަނެއް އަތުލާކަށް ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

"ދައުލަތަށް ގެއްލުން ލިބޭނެ. އޭގެ އަނެއްކޮޅު ވެސް އޮންނަންޖެހޭ. ނަމަވެސް އިތުރު އެހެން ގޮތެއް ނެތިއްޖިއްޔާ ބަދަލު ހޯދުމާ ހިސާބަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޕްރިމިއާ އިކުއިޓީއާ އެ މަޝްރޫއު ހަވާލުކުރީ 25 އަހަރުގެ މުއްދަތަކަށް، 4.6 ހެކްޓަރު ބިން ތަރައްގީ ކުރުމަށެވެ. އެކަމަކު، އަމަލީ މަސައްކަތް ފަށައި ވަކި ހިސާބަކުން އެކަން ހުއްޓައިލީ އެވެ. ގަމު ކައުންސިލުން ބުނިގޮތުގައި ބޮޑުފިނޮޅުގެ މަސައްކަތެއް ނުކުރާތާ މިހާރު 12 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ގަމު ކައުންސިލްގެ މެމްބަރުންނާ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އިއްޔެ މެންދުރު ފަހު ބައްދަލުކުރައްވަނީ..--ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

މިނިސްޓަރު ވިދާޅުވިގޮތުގައި، ބޮޑުފިނޮޅު ހަވާލުކުރި ކުންފުނިން ސަރުކާރަށް ތިން މިލިއަނެއްހާ ޑޮލަރު (ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ) ދައްކާފައިވެ އެވެ. އެ މަޝްރޫއުގައި ކޮޅެއް މެދެއް ނުޖެހިގެން އެ ކުންފުނިން ކޯޓަށް ދިއުމުން ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ސަރުކާރުން އެދުނެވެ. ނަމަވެސް އެކަން ގޯސްވީ، ދޭނަމޭ ބުނި ތަން އެހެން ބަޔަކަށް ދޭން ނިންމުމުންނެވެ.

އެކަމަކު މިހާރު އެކަމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[އަންނަ] ޑިސެމްބަރު ތެރޭގައި ނިމޭތޯ ބަލާނީ،" އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތަކަށް ވިޔަސް އެ ތަން ނަގަން ޖެހޭ ސަރުކާރަށް، ކޮންމެ ވެސް ގޮތަކުން. ނަގާފައި ދެން ކީއްތޯ ކުރަނީ؟ ޓްރެއިނިން ސްކޫލެއް ހަދަން އެބަޖެހޭ. އޭގައި ކައުންސިލްގެ ބެލުމުގެ ދަށުގައި ބާއްވައިގެން ވެސް ހަމަ އަޅުގަނޑުމެންނަށް ރަނގަޅު ވާނެ. އެއީ ވެސް ރަނގަޅު އެޕްރޯޗަކަށް ވާނެ."

ބޮޑުފިނޮޅުގެ ކަންތައްތައް ޓޫރިޒަމް މިނިސްޓްރީން ވެސް ދެ ބަޔަކާ ހިއްސާކޮށްފައިވެ އެވެ.

ގަމުގައި ބޭއްވި ބައްދަލުވުމުގައި މެމްބަރު ވިސާމް ވިދާޅުވީ، ކުރިން ހިނގާފައިވާ ކަންތައްތަކުން ޔޫއެންޑީޕީން ކުރިއަށް ގެންދާ ޓޫރިޒަމް ރީ-އިމޭޖިން އަށް މީހުންގެ އުއްމީދެއް ނެތް ކަމަށެވެ. އެހެންވެ، އެ ކަންބޮޑުވުންތަކަށް ބަލައި، ރަނގަޅަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިލް ކުލިންޓަން

28 November 2021

ދެން ތިތަން ދޫކުރަންވާނީ ދަނޑުވެރިކަމަށް. މިހާރު އެއުޅެނީ އަނެއްކާ ކޮވިޑުގެ އަނެއްރާޅު ބިންދާލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454