ރާއްޖެ އަށް ހާއްސަ ކޮށްގެން ފްރާންސްގެ ކުންފުންޏަކުން ތައްޔާރު ކޮށްފައިވާ "ކޮކެށި" ސެންޓު ފުޅި ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަރިޔަމް އުނޫޝާ (ކިޑީ). -- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
05 ޖޫން 2016 - 18:34
ރާއްޖެ އަށް ހާއްސަކޮށްގެން ފްރާންސްގެ ކުންފުންޏަކުން "ކޮކެށި"ގެ ނަމުގައި ލިމިޓަޑް އެޑިޝަން ސެންޓެއް ތައާރަފް ކޮށްފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޑިއުޓީ ފްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސެންޓު ތައާރަފް ކޮށްދީފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަަމް އުނޫޝާ (ކިޑީ) އެވެ.
"ކޮކެށި" ސެންޓު ފުޅި ފަރުމާ ކޮށްފައިވަނީ ދިވެހި ސަގާފީ ހެދުމުގައި ތިިބި އަންހެނުން ރަމްޒު ކޮށްދޭ ގޮތަށެވެ. މި ބްރޭންޑުގެ ތިން ވައްތަރެއްގެ ފުޅި ހުންނަ އިރު ކޮންމެ ފުޅިއެއް ވެސް ފަރުމާ ކޮށްފައި ވަނީ ތަފާތު ކޮށެވެ. އަދި މި ފުޅި އަކީ ސެންޓު ހުސްވުމުން ސުވެނިއާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފުޅިތަކެކެވެ.
ރާއްޖެ އަށް ހާއްސަ ކޮށްގެން ފްރާންސްގެ ކުންފުންޏަކުން ތައްޔާރު ކޮށްފައިވާ "ކޮކެށި" ސެންޓު ފުޅި: މި ސެންޓު ލިބެން ހުންނާނީ ހަމައެކަނި ޑިއުޓީ ފްރީ ފިހާރަތަކުގައި. -- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
މި ތިން ސެންޓުގައި ވެސް ހުންނަނީ ތަފާތު ތިން ވަހެކެވެ. އެގޮތުން، ފިނިފެންމާ، ހުވަނދުމާ އަދި އެމްބާގެ ވަސް ހިމެނެ އެވެ.
މިއަދުން ފެށިގެން މި ސެންޓު އާންމުންނަށް ވެސް ގަންނަން ލިބޭނެ އެވެ. އެކަމަކު، މި ސެންޓު ވިއްކާނީ ހަމައެކަނި ރާއްޖޭގައި، ޑިއުޓީ ފްރީ ފިހާރަތަކުން ނެވެ. އައިއެންއައިއޭގައި ހުންނަ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ މުދާ، ރާއްޖޭގެ އެހެން ފިހާރަތަކަށް ވުރެ ހެޔޮ އަގުގައި ލިބޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވަނީ ހާއްސަ ޕްރޮމޯޝަނެއް ފައްޓަވައި ދެއްވާފަ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެމްއޭސީއެލްގެ ފިހާރަތަކުން ލިބެން ހުންނަ ބައެއް މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި އެމްއޭސީއެލްގެ ތިން އައުޓްލެޓް ކަމަށްވާ ޑިއުޓީ ފްރީ ފިހާރަތަކާއި އެރައިވަލް ފިހާރަ އަދި ސީއައިޕީ ލައުންޖް ފިހާރަ އިން ގަންނަ ކޮންމެ އެއްޗަކަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ އެ ކުންފުންޏަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. އަދި މިއީ ޑިއުޓީ ފްރީ ފިހާރަތަކުގައި މިހާ ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ފުރަތަމަ ޕްރޮމޯޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީދާ
27 October 2016
ނަމުން މަ ހީކުރީ ވިހައެއް ކަމަށް އަދި ތިޔަ ސެންޓެއްގެ އަސަރު ކުރާ ހިސާބަކަށް ނުދެވޭ
ޒަބީބު
08 June 2016
ކޮކެށި ތިއީ ދިވެހިންނަށް ޚާއްޞަ އެއްޗެކޭބުނީ ކޮންބައެއްތަ؟ ތިއީ ޖަޕާނަށް ޚައްޞައެއްޗަކަށްނުން ވާނީ ނަން ދީފައިތިވަނީ ޖަޕާނު ކުޅޭބުދަށް ނުވަތަ ހިންދީ ލަވައެއްގައި ކިޔާ ގުޅިޔާ ޖަޕާން ގެނަމުންނެވެ. އިނގިރޭސި ބަހުން ނަމަ ޖަޕަނީސް ޑޯލް އެވެ.
ޖެން
07 June 2016
ތި ސެންޓު ފުޅި އަށް ވުރެ އުނޫޝާ މާރީތި
މެންޓަލިސްޓް
06 June 2016
ތިޔަސެންޓް ދިވެހިވަނީ ކިހިނެތްތޯ ؟ ފުޅިދިވެހިވެފައިތީނީ ، އެކަމު އެތެރޭގައި ހުރި ސެންޓް ދިވެހިވަނީ ކިހިނެތްތޯ
މުނީރު
06 June 2016
ދިވެހި ހެދުމެއްލައިގެން ސަގާފަތް ދައްކަން މަސައްކަތް ކުރި އިރު ރަގަޅުވީސް ބޮލުގެ އިސްތަށިގަޑުވެސް އެހނުމާ ގުޅުވައިގެން ސަގާފީ ކުރިނަމަ.....
އަހަރެން
06 June 2016
ތަންކޮޅެއް ދުލަށް ފަސޭހަ ނަމެއް ކީނަމަ
ޒަންޖަބީލު
05 June 2016
ދިވެހިރާއްޖެއަށް ޚާއްސަ ސެންޓު ދިވެހިން ގަންނަން ބޭނުންނަމަ ފުރަތަމަ ޓިކެޓެއް ނަގައިގެން ރާއްޖެއިން ބޭރަށް ދާން ދިޔައިމަ މީގެ ޑިޔުޓީ ފްރީ ފިހާރައަކަށް މި ވަދެވެނީ... ސަޅި ދޯ
ނުކި
06 June 2016
ކެކެކެކެކެކެކެކެކެ
މުހައްމަދު
05 June 2016
ޑިޒައިން ކަމަކު ނުދޭ. ކޮންމެހެން ދެލޯލާފަ މޫނެއް އެހާ ފާޅުގޮތަކަށް ހަދާކަށް ނުޖެހޭ. ބަލާބަލަ އެހެން ސެންޓްފުޅިތައް. ކުޅޭކުޅޭ އެއްޗަކާ ވައްތަރީ
ގޮހޮޑާ
05 June 2016
ރަންގަޅު ޕްރޮޑަކްޓެއް!