މާލެ: މިތަނުގައި ބިން ފުރިފައި އޮތަސް ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުންގެ ހިޔާލާއެކު ހައްލުތަކެއް ނެރެފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި. -- ފޮޓޯ/ މިހާރު
29 ނޮވެމްބަރ 2021 - 13:04
ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް އެކުލަވާލީ ބިން ފުރި، ތޮއްޖެހުން ބޮޑު މާލޭގެ ހާސްކަން ކުޑަކޮށް، މައްސަލަތަކަށް ޖުމްލަ ހައްލެއް ހޯދައިދީ އާއްމުންނަށް ފަސޭހަ ހިދުމަތާއި ހިތްފަސޭހަކަން ލިބޭ ގޮތަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ އާބާދީ 250،000 އަށް މަތިވެފައިވާ އިރު މި އާބާދީ ބިމުގެ ނިސްބަތުން ބަހާލުމުން ހެކްޓަރަކަށް 1،640 މީހުން އެބަ ތިއްބެވެ. އެކަމަކު ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި ވަނީ ހެކްޓަރަކަށް އެކަށީގެންވާ އަދަދަކީ 100 މީހުން ކަމަށެވެ. މިއީ، މާލެ ތޮއްޖެހިފައި އޮތް މިންވަރުގެ އަންދާޒާ އެކެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު "މިހާރު" އަށް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހިޔާލާ އެކު ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ވަނީ ރައްޔިތުންނަށް ނޭވާލާނެ ޖާގަ ލިބޭ ގޮތަށް ކަަމަށެވެ. އާމްދަނީ ހޯދާނެ ވަސީލަތްތަކާއި ވަޒީފާތަކާއި ހިދުމަތްތައް ހޯދުމުގައި ލުއި ފަސޭހަކަން ހޯދައިދޭން ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލީ މާލޭ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކުގަ އެވެ. ފުރަތަމަ ފަހަރަށް ޕްލޭނެއް އެކުލަވާލައި މިދިޔަ އޮގަސްޓް މަހުން ފެށިގެން އާއްމުންނަށް ހުޅުވާލުމުން މިހާތަނަށް 1،100 އަށް ވުރެން ގިނަ ހިޔާލު ހުށަހަޅާފައިވާ ކަަމަށް ވިދާޅުވި އެވެ
އޭގެތެރޭގައި ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތަކާއި އާއްމު ފަރުދުން ހިމެނެ އެވެ.
މާލޭ ސިޓީ ކައުންސިލުން ނިންމާފައި އޮތީ އެ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ވެސް ހިޔާލު ހުށަހެޅުމުގެ ފަހު ފުރުސަތު ރައްޔިތުންނަށް ދިނުމަށެވެ. މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ސިޓީ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
"ފުރަތަމަ ފަހަރަށް މާލޭ ރައްޔިތުންގެ ބައިވެރިވުމާ އެކު ލޭންޑް ޔޫސް ޕްލޭނެއް މި އެކުލަވާލީ. މިއީ ވަރަށް ތާރީހީ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މި ޕްލޭން ފައިނަލްކޮށް ވަރަށް އަވަހަށް ސަރުކާރަށް ހުށަހަޅާނެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި، ރައްޔިތުން ބޭނުންވާ އަމާން، ހިތްފަސޭހަ ތަނަކަށް މާލެ ބަދަލުކޮށްލަން ލޭންޑް ޔޫސް ޕްލޭންގައި ގިނަ ބަދަލުތަކެއް ހިމަނާފައިވާނެ އެވެ. ބޮޑު ބަދަލެއް ގެންނަ އެއް ސަރަހައްދަކީ މާލޭ ޕޯޓެވެ.
އެ ސަރަހައްދު ބަދަލުކޮށްލާނީ އެންޓަޓައިންމެންްޓް ހަބަކަށެވެ. އެއާއެކު ޔޮޓް މެރީނާއަކާ އެކު ކްރޫޒް ޓާމިނަލެއް އޮންނާނެ އެވެ.
ޒަމާންވީ އަތޮޅު ފިހާރަ ބަރި ބަދަލުކޮށްލަން ޕްލޭންގައި އޮތީ ބުޓީކް ޝޮޕްތަކަކަށެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓަށް ހިޔާލު ހޯދުމުގެ ފަހު ފުރުސަތު ވަނީ ހުޅުވާލާފައި. -- ފޮޓޯ/ މިހާރު
މާލޭގެ ހުޅަނގު އުތުރު ސަރަހައްދުން ބައެއްގެ އިންތިޒާމްތައް ބަދަލުކޮށްލައި ރަސްފަންނު ސަރަހައްދުގައި ފަތާ ސަރަހައްދެއް ހަދައި ޕްލާޒާއެއް އެޅުން ހިމެނެ އެވެ. މަސްމާރުކޭޓާއި ތަރުކާރީ މާރުކޭޓް ބަދަލުކުރަނީ އެއް ސަރަހައްދަކަށެވެ. މަސްވެރިންގެ ޕާކު ފެހިކޮށްލައި މަހުގެ އެކި ބާވަތްތައް ވިއްކޭނެ ގޮތް ހަމަޖައްސާނެ އެވެ.
ކޮންމެ އަވަށެއްގައި ކޮމިއުނިޓީ ސެންޓަރެއް އަޅާނެ އެވެ. އެއީ އަންހެނުންގެ އުފެއްދުންތައް ވިއްކުމާއި ޖަމިއްޔާތަކުގެ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމެވެ. މިތަންތަން ކިޔަވާ ކުދިންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.
އާޓިފިޝަލްބީޗަކީ ސިޓީ ކައުންސިލުން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި އިތުރު ކުޅިވަރުތައް ކުޅެވޭނެ އެވެ. ދަރުބާރުގޭގެ އިރުން އޮތް ސަރަހައްދު ހާއްސަކުރަނީ ސްޓްރީޓް ފުޑް މާކެޓަކަށެވެ. އުސްފަސްގަނޑުގައި ޖިމަކާ އެކު ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.
ސިނާމާލެ ފްލެޓްތައް ރީޑިވެލޮޕްކޮށް، ހުސް ބިންތައް ގިނަކުރަން ޕްލޭންގައި ހިމަނާފައިވެ އެވެ.
ލޭންޑް ޔޫސް ޕްލޭންގައި ޕަބްލިކް ޓްރާންސްޕޯޓެއް ގާއިމްކުރުމާއި ޕާކިންގެ މައްސަލަތަކުގެ ހައްލު ވެސް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީރާޖާ
30 November 2021
މިއީ ވަކި ސަރުކާރެއްތަ؟ ޗައިނާއިން ލޯނުނަގައިގެންތޯ ތިކަންކަން ކުރަނީ؟ ނޫނީ މަޖިލީހަށް ވަކި ބަޖެޓެއް ފޮނުވައިގެން؟
ވިސްނާލާމޭޔަރ
29 November 2021
މާލޭގައި އުޅޭ މީހުން ރުއްސުން ހުއްޓާލަންވެއްޖެ. މާލެއަކީ މިހާރު އުޅެން ހެޔޮވާވަރު ތަނެއް ނޫން. ރާއްޖޭގެ އެހެން ސަރަހައްދެއް ސީރިއަސްކޮށް ތަރައްގީކުރަން ވިސްނަންވީ. މާލެއަށް ތަކާނީ ވަކި ވަރަކަށް. އެ ހަގީގަތް ގަބޫލުކުރަންޖެހޭ. އިމާރާތާ ވެހިކަލުން މާލެ ފުރިއްޖެ. މާލޭގެ ފެސިލިޓީޒް ރަގަޅުކުރި ވަރަކަށް މާލެ އަންނަ މީހުން ގިނަވާނެ. އިޚްލާސްތެރިކަމެއް ހުރިނަމަ އެހެން ސަރަހައްދެއް މާލެ މިހާރު އޮތް ވަރަށް ތަރައްގީކުރަން އެންމެންވެސް ބާރުއަޅަންވީ.
ނައިން
29 November 2021
ކޮމިއުނިޓީ ސެންޓަރު އެޅުން ފިޔަވައި ތިޔަ ޕްލޭންގައި ނެތް މާލޭގެ ތޮއްޖެއްސުން ކުޑަވާނެ ހަމަ އެއްވެސް ގޮތެއް. މާލެއިން މީހުން މަދުކުރެވޭނެ ގޮތުގެ އެއްވެސް ޕްލޭނެއް ތިކަމުގަ ނެތް. ތީގަ ބޮޑަށް ތިއޮތީ މާލެ ހިތްފަސޭހަކޮށްގެން އަދިވެސް އިތުރަށް މީހުންތައް މާލެއަށް ޖަމާވާން ފުރުސަތު ހޯދަދިނުން. އެއްބަޔަކު ސިޓީ ލައިފްގަ އުޅެލާ ހިތުން އެބަ އުޅޭ މާލޭގަ ރަށަށް ނުގޮސް ކޮންމެވެސް ބަހަނާއެއް ދައްކާފަ. ތި ޕްލޭނުން މާލެ އިތުރަށް އެޓްރެކްޓިވް ތިޔަ ކުރެވެނީ.
ހާސަރު
29 November 2021
ޢަތޮޅު ފިހާރަތައް އެއީ މާލޭގައި ހުއްޓަސް ސިޓީކައުންސިލްގެ ތަނެއްނޫން. ޢެއީ އަތޮޅުތަކުގެ ތަންތަން.
ހަގީގޭ
29 November 2021
މާލޭގެ ރައްޔިތުންނަށް ގޯތިނުދީ ވޯޓަށް ފަހިކުރަން ރާއްޖެތެރެއިން މީހުންގެނެސް ގޯތިތައްދީ، ބޮޑުންގެ ގޯތިތައް އުސްކޮށް އެތަންތަނަށްވެސް މީހުންގެނެސްވެއްދިއިރު މިކަން މިގޮތަށް ޖެހޭނެކަމުގެވާހަކަ ދެކެވުނު އެކަމަކު އެއަޑު ވަތްކަންފަތްތަކުންދިޔައީ ނިކުމެގެން. މިހާރު ތިކަމެއްނުވާނެ. ބޯންއުޅުނުބޮޑި ތިތިބީ ބޮވިފަ. ދެން އޭއްޗެކޭ މީއްޗެކޭ ކިޔަކިޔައި ތިއްބަވާ.
ބުހުތާނު ދޮގު.
29 November 2021
މާލޭ މީހުންގެ ރައްގަނޑަށް ދިމާވީ މާލޭ މީހުން ބޭނުންވިގޮތް. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ދިރިއުޅެން ބޭނުންވާ އެއްވެސް ކަމެއް ކޮށްނުދީޙަޒާނާ މާލެއަށް ތަޅާ ހުސްކުރިއިރު ހިތަކަށް ނާރާ ދޯ އެހެން ރައްރަށުގެ މީހުން ކޮންމެވެސް ގޮތެއް ހަދައިގެން ތިތަންތަނުން ފުލެޓް ހޯދާނެކަން ؟ ތިތިބީ ރަނގަޅަށް ބޮޑި ބޮއިފަ.
ސަލީމު އިދުރީސް
29 November 2021
ޑަބްލިއުއެޗްއޯ އިން ހެކްޓަރަކަށް އެކަށީގެންވާ އަދަދަކީ ސަތޭކަމައް ކަނޑައަޅާފަ ވިއަސް މުއީޒުމެއް ސަރުކާރުގަ މާލެ ލިޓިލް ޓޯކިއޯއައް ބަދަލު ކުރަނީކަމައް އަޑުގަދަވި ދުވަސްވަރު ރައީސް ޔާމީނު މާލޭގަ އިމާރާތައް 25 ބުރިއައް ނެގަނހުއްދަ ދިނުމުގެ ވިސްނުން ހުރީ މާލެ ތޮއްޖެހިފަ އޮތްމައް ގަބޫލު ނުކޫމޭބުނިއޭ ނޫންތޯ! އެހެންވީމަ މުއީޒުގެ ވިސްނުތިހުރީ އެމްޑީފީގެ ސިއާސަތުތަކާ އެއްގޮތައް ކަމައްވާތި ވަރައް ބޮޑައް މަރުހަބާ ކިއަން!
ކޮރަލް
29 November 2021
ގަވާއިދާ ހިލާފް ބިދޭސީން ގެ މަސައްލަ ހައްލު ކުރުމުން ތޮއް ޖެހުމަށް ކުޑަ ލުޔެއް ލިބޭނެ އެވެ.
އަސް
29 November 2021
7 އަހަރު ސިޓީ ކައުންސިލް ޕެރެލައިސް ކޮށްލާފަ ހުރިހާ ކަމެއް މުއިއްޒުގެ ދަށަށް ގެސްގޮސްގެން ނުވި ކަމެއް ދެނެއް ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
29 November 2021
މާލޭގެ ބޮޑުންގެ ބަރު ދައުލަތުގެ ޙަޒާނާގެމައްޗަށް އޮތުމުން ތިރަށުގެ މަގުމަތީގައި މާބުލްވެސް ޖަހާ ލެވިދާނެ. # އެކަމަކު އަކަކިލޯމީޓަރު ހަމަނުވާ މުޑުދާރު ސްލަމްއެއްފަދަ ކުޑަކުޑަ ރަށްގަނޑެއްގައި 3 ލައްކައެއްހާ އިންސިން އުޅެންވެއްޖެނަމަ ދިމާވާކަންކަން ތިހެން ހަދާ ޕްލޭނަކުން ނުހުއްޓުވޭނެ. # ބުއްދިވެރިގޮތަކީ "އެއްރަށްދައުލަތް ސިޔާސަތުދޫކޮށް" އަދުލުވެރިކަމާއިއެކު ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ރާއްޖޭގެ ސަރަޙައްދުތަކުގެ މެދުގައި ބަހަން ފުރުސަތުދިނުން.
މަމީދާ
29 November 2021
މާލޭ މީހެއްގެ ހައިސިއްޔަތުން ބުނަން އޮތް އެއްޗަކީ މާލެއަށް މިކަހަލަ ތަސައްވަރެއް އަދި ޕްލޭނެއް އެކުލަވާލެއްވީތީ އުފާކުރާކަން.ދެން ބުނަން އޮތް އެއްޗަކީ މިކަމެއް އިބޫސޯލިހާ އެމްޑީޕީ ސަރުކާރަކު ނުވާނެކަން.މި ސަރުކާރަކީ ތަރައްގީ ގެންނަށް އެނގޭބަޔެއްނޫން.ކުރީސަރުކާރުގެ ޕްރޮޖެކްޓްތަށް ނިންމުމަށް ފަހު އެއްވެސް ހިޔާލެއްނެތް ބައެއް މި އުޅެނީ.ކުރަން އެނގޭކަމަކީ ކުރީސަރުކާރު ގޯސްކުރުމާ، މޮޅަށް ކެމްޕޭނުކުރުމާ، ޑިމޮކްރަސީގެ ފަލްސަފާ ވާހަކަދެއްކުން.