މާލޭގެ ގެއެއްގެ ފުރާޅު މަތީގައި ބުޅަލެއް.-- ފައިލް ފޮޓޯ: މިހާރު
29 ނޮވެމްބަރ 2021 - 12:52
ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ހަދަން އެޗްޑީސީގެ އެއްބާރުލުން ނުލިބުމުން އަމިއްލަ ހަރަދުގައި އެ ފެސިލިޓީ ހިންގާނެ ބަޔަކު ހޯދަން އިއުލާންކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފަރުކޮޅުފުށީގައި ބުޅަލަށް ހާއްސަ ފެސިލިޓީއެއް ހަދަން ކުރީގެ ސިޓީ ކައުންސިލްއާ އެކު އެޗްޑީސީން މަޝްވަރާކޮށްފައި ވިޔަސް، އާ ކައުންސިލް އައިފަހުން އެ މަސައްކަތަށް އެއްވެސް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
"މި ކައުންސިލު އައިފަހުން އެޗްޑީސީގެ ވާހަކަ ބަދަލުވެ، ކެޓް ފެސިލިޓާ ފަރުކޮޅުފުށީގައި އަދި ހުޅުމާލޭގެ އެއްވެސް ތާކު ހެދޭނެ މަގެއް އަދި ފަހި ނުކޮށްދޭ. އެކިއެކި އެކްސިއުޒެސްތައް ދައްކަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މި މަސައްކަތްކޮށްދޭނެ އަމިއްލަ ފަރާތެއް ހޯދަން މަޖުބޫރިވީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އާންމުނަށް ގިނަ އުނދަގޫތަކާ ކުރިމަތިވެ، ވަރަށް އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައަކަށް ވާތީ އެވެ.
މި ފެސިލިޓީ ހަދަން ޝައުގުވެރިވާ ފަރާތްތަކަށް، މި ހަފުތާގައި ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުމަތީގައި ބުޅާ އިތުރުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އާންމުން ވަނީ ކުރިން ކައުންސިލްގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިކް21
29 November 2021
ފަރުކޮޅުފުށި މާލެ ސިޓީކައުންސިލަށް ދިނީ ކާކު؟؟ އެއީ ވަކި ހާއްސަ ޕުލޭނެއްގެ ދަށުން ތަރައްޤީކުރަން ކުރީގެ ހައުސިންގ މިނިސްޓަރު ކަމުގަ ހުރި މުއީޒު ކިޔާ ބޭފުޅަކު އެޗްޑީސީއަށް ރަޖިސްޓްރީކޮށްދީފަ އޮތް ތަނެއް.. ތޮފި ބަދަލުވީމަ ހެދޭ ނުހެދޭއެއް ނޭނގި އަސަޑުވެފަބާ
އައި ޑިޔާ
29 November 2021
ފަރުކޮޅު ފުށި ކަހަލަ ރީތި ތަނެއް ބުޅަލަށް ދެނީ ކީއްކުރަން؟ އެހެން ރަށެއް ހަމަޖައްސަން ފެންނަނީ. އެންމެ މީދާ ގިނަ ރަށުގަ ބުޅާ ފެސިލިޓީ ހަދަންވީ. އަދި އެހެން ރަށްރަށުން ހިފާ މީދާތައް އެ ރަށަށް ގެންދާނީ. ބުޅަލަށް ކާންދޭން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ.
ކަށިހަންޑި
29 November 2021
އެއްތަން ކުރިވަރަކަށް ގިނަވާނީ އަވަހަށް
ބޮއްކުރާ
29 November 2021
ބުޅަލުގެ އުނދަގޫ ވަރަށް ބޮޑުވެއްޖެ. ދައުލަތުން ބުޅަލަށް ހިމާޔަތްދީ ބުޅަލަށް ވަކި ސިޓީއެއް ހެދުންތަ ރަނގޅީ؟ ނުވަތަ ބުޅާ މެރުންތަ ރަނގަޅީ؟
ޙުސެންފު
29 November 2021
ވިއްކާލަންވީ. ތިވެސް ކާނެބަޔަކު އުޅޭނެ
ލިޓިލް ޕިޖަން
29 November 2021
ކޮންއިރަކުތޯ މާލޭގަ އުޅޭ ކޮތަރަށް ފެސިލިޓީއެއް ހަދަނީ. މަގުމަތީ ސައިކަލު ބެހެއްޓޭކަށް ނޯވޭ. ހިންގާފަ ވެސް އުޅެން އެހާ އުނދަގޫ ކޮތަރު ގުޔާހެދި..
ޕަރސަން
29 November 2021
ބުޅާ މަގުމައްޗަށް ގިނަވީ ހަމަ މީހުން ކަންތައްކުރި ގޮތުން، ނިއުޓަރ ނުކޮށް ގެންގުޅިފައި ފޫހިވާއިރަށް ބޭރަށް ދޫކޮށްލަނީ. ހާދަ ހާލެއްގައޭ ގިނަ ބުޅާ އުޅެނީ، ފެނުނީމަ ދެރަވޭ، އިތުރު ބުޅަލެއް ގެންގުޅޭނެ ޖާގަ ގޭގަ އޮންނަނަމަތާ ގެންނާނީ. ރަނގަޅު ފެންވަރުގެ ފެސިލިޓީއެއް ހެދުން މާ ބޮޑަށްވެސް ލަސްވެއްޖެ. ދިވެހިންނަށް ހީވާކަހަލަ އަހަރުން އެކަނިއޭ ދުނިޔެމަތީ އުޅެންވަނީ، މިކަހަލަ ހާލުގައިޖެހިފައިތިބޭ ޖަނަވާރަކަށް އެހީވެގެންވެސް އެތައް ދަރުމައަކާ ސަވާބުލިބޭނެ.
ޕަރސަން ޕަރސަން1
29 November 2021
މީދާ ތައްވެސް ގެންގޮސްގެން ގެންގުޅެގަ. ތިބުނާ ހާލެއްގަ އުޅޭ އެއްޗެއް އެވެސް
ކުރަފި
29 November 2021
ބުޅޭ ކެފޭ އަކާ ޕާކެއް ހަދަން ފެނޭ. ބުޅާ ގެންގުޅޭ ކުދިން އެތަނަށް ބުޅާ ގެންގޮސް ކާންދީ ކަސްރަތު ކުރުވާފައި އެކުދިން އެތަނުން ސަައިބޮވޭ ގޮތް ހަމަޖައްސާ. އޯކޭ އެއް ނުން. ނޫނީ ހުރިހާ ބުޅާތަށް ޗައިނާ އަށް އެކްސްޕޯޓް ކޮށްލަމާ.
ޑޮކްޓާރ. ބަނާނާ
29 November 2021
ކޮބާތޯމިގައުމުގައި މަގުމަތިވެފަ ތިއްބެވި ބަންގާޅަ ބޭފުޅުންގެ ފެސިލިޓީ. ބުޅާ ފެސިލިޓި ހެދީމާ އަދި ނުނިމޭނެނޫންތޯ.... މިހާރު ކޮވިޑްގެ ވިލާ ގަޑެއް އަނެއްކާވެސް ބޯމަތި ވާއިރު ބަންގާޅަ ބޭފުޅުން އެބަޖެހޭ ކޮންމެވެސް ފެސިލިޓިއެއް ހަމަަޖައްސަވަން!
އޮނަރަބްލް އަފީފު ދީދީ
29 November 2021
ބުޅަލަށް އޮތް ޤަދަރާއި އިޙްތިރާމް ވެސް މަޖުބޫރީ ޙާލަތް މެދުވެރިކޮށް "ކުލީ އަޅުންގެ ގޮތުގައި" ތިޔަރަށަށް ހިޖުރަ ކުރުވާފައިތިބި ރާއްޖެތެރޭ މީހުނަށް ނެތީތޯ؟! ދައުލަތުގެ ޙަޒާނާއިން ޙަރަދުކޮށްގެން ކ.އަތޮޅު މާލޭގައި އަޅާ ފްލެޓް ތަކުންވެސް ދަފުތަރުގައި އޮންނަ މީހާއާއި މާލޭ މީހާ ތަފާތު ކުރަނީ އޭނާ އަކީ "ދެވަނަނދަރަޖައިގެ" ރާއްޖެތެރޭ މީހަކަށް ވުމުންތޯ؟! މިފަދަ ރޭސިސްޓް ސިޔާސަތު ދޫކޮށްލާނީ ކޮން ދުވަހަކުންތޯ.
ޢައިމިނަ
29 November 2021
ޥިލިމާލޭގަ އުޅޭ ހުރިހާ ބުޅަލެއް ފެސިލިޓީއަށް ގެންދާނެ ދުވަހެއްގެ އިންތިޒާރުގަ މިހުންނަނީ
އަދިދާނެ
29 November 2021
ވިލިމާލެއަށް ބްރިޖް އެޅުނީމަ ހުރިހާ ބުޅާތައް ހިނގާފަ ގޮއްސާނެ ހުޅުމާލެއަށް.