މާލޭގައި ގެންގުޅޭ ބުޅާތަކެއް: މަގުމަތީގައި އުޅޭ ބުޅާތަކަށް އަޅާލާން ޖެހޭ ކަމަށް ސިޓީ ކައުންސިލުން ގަބޫލުކުރޭ -- ފައިލް ފޮޓޯ: މިހާރު
08 ޖޫން 2021 - 14:32
މާލޭގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ހާއްސަ ފެސިލިޓީއެއް، ނުވަތަ ބުޅާތައް ބަލަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި ނިންމި ކަންތައްތައް ރައްޔިތުންނާ ހިއްސާކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ ފެސިލިޓީ ހަދާނީ ކޮންތަނެއްގައި ކަމެއް އަދި ނުނިންމަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މަގުމައްޗަށް ދޫކޮށްލާފައިވާ ބުޅާތަކަށް އަޅާލަންޖެހޭނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އަމަލީގޮތުން މަސައްކަތް ފަށާފައިވާ ކަމަށާއި ކުރީގެ ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކުގެ އަލީގައި އެޗްޑީސީއާ އެކު މަޝްވަރާކޮށްގެން ފެސިލިޓީއެއް ގާއިމްކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބުޅާތަކާ މެދު އިންސާނިއްޔަތު ކަމާއެކީ ކަންތައްތައް ކުރެވޭނެ ގޮތް ހޯދައި ކަމާބެހޭ މާހިރުންގެ ލަފަޔާ އެކު މާދަމާ [މިއަދު] އެ މަސައްކަތްތައް ފަށަން ނިންމައިފިން،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުމަތީގައި ބުޅާ އިތުރުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އާންމުން ވަނީ ކުރިން ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެލްޕް
10 June 2021
ބުޅާ ޕާކެއް ހަދަންވީނޫންތޯ
ކާާސީ
10 June 2021
އިންސާނުން ނައް ހިމާޔަތް ލިބެނީކޮންދުވަހަކުން ބާ؟
އަހުމަދުއަލޯ
10 June 2021
ބުޅަލުގެ ކަންތަށް މިހާރު މާ މައްޗަށް ގޮސްފި. ކުރިން އަހަރެެން ހަދާގޮތަކީ ރަށުގަ ބުޅާ ގިނަވީމަ ހުރިހާއެއްޗެއް ހިފާ ގޯނިގޯޏަށް އަޅައިގެން ގޮތް ކައިރީގަ ހުންނަ ފަޅުރަށްތަކަށް ދޫކޮށްލަނީ. ފެސިލިޓީ ހަދާ އެތަންތަނަށް ބުޅާ ލަނީއަކީ ނޫން.
ނޯ ޕޮއިންޓް
09 June 2021
ކޮތަރު ފެސިލިޓީ ހަދާނީ ކޮން އިރަކުންބާ! އަދި ހަމަ އެއާ އެކު މީދާ ފެސިލިޓީވެސް.
ޞޖޖބޖބ
09 June 2021
ހަހަހަހަ. ތިބުޅާތަކަށްވެސް މާލެއިން ހިލޭގެދޮރު. އެކަމަކު މާލެމީހުން ރާއްޖެތެރޭ މީހުންނަށް ގޮވަނީ ރަށަށް ދާށޭ މިތަނުގަދިރިނޫޅެ. ރާއްޖެތެރޭ މީހުންރަށަށް ދިޔައީމަ މާލޭ ބޭޅުންގެ ގެދޮރު ކުލިކުޑަވާތީވެސް އެވަރު.
ފފޖޖކލ
10 June 2021
ތިބޭފުޅާ ރަށަށް ނުދާނެއްޏާ ރަށުގަ ހުރި ގެ މާލެ މީހަކަށް ދޭން ކެރޭނެތަ؟ ނުކެރޭނެދޯ؟ އެވެސް ބޭނުން މިވެސް ބޭނުން ހުރިހާ އެއްޗެއްވެސް ބޭނުންވާ ހާލަތުގަ އެންމެންވެސް ތިބެނީ.
ރާއްޖެ
09 June 2021
ގިނަވެފަ ހުރި ބުޅާ ތަކުން މެޑިކަލް ސްކޫލް ކުދިންނަށް ފައިދާ ކުރާނެ ބޭނުން ކޮއްފި ނަމަ.
ރައްޔިތު ދޭސީ އަހަންމަދު
09 June 2021
މާލޭގެ ރައްޔިތަކައް ބޯހިޔާވަހިކަން ހޯދަން ދޭނެ ބިންކޮޅެއްނެއް އެކަމަކު ވަލުޖަނަވާރު ގެންގުޅޭނެ ބިިންލިބޭ ވޯޓް ހޯދަން މިއަންނަނީ ރައްޔިތުން ކައިރިޔައް އެއްކަލަ ޖަނަވާރުތައްކައިރިޔަކައް ނުދޭ މީގެން ދޭހަވަނީ މިމާލޭގެ ރައްޔިތުންނައް ވުރެވެސް އަގުބޮޑޭ ސަރުކާރުތަކުގެކުރި މަތީގަ މާލޭގެ ރައްޔިތުން ބޭނުުންވާނީ ވެރިން ހޮވން ވޯޓްހޯދަންވީމަ މިހީވަނީ މާލޭގެ ރައްޔިތުން ދުނިޔެއައް ފޮނުއްވާފައި މިތިބީ ވެރިންނައް ވޯޓްލާން ހެން
އަހްމަދުހު
08 June 2021
އައްޔިތުންނަށް ބޯހިޔާވަހިކަން ދީ ނިމުނީތޯ؟ ބުޅާ ނޫޅޭ ތި ނުލިބިގެންނެއް
ރަނާ
08 June 2021
ދަރިމަައިނުވާ ބޭހެއްދިނުން ރަގަޅުވާނެކަމަށްފެނޭ
ށަވިޔަނި
08 June 2021
މަށަށް ފެންނަނީ ބުޅާ މަސްކާ ބަޔަކު ތިބިތަނަކަށް އެކްސްޕޯޓުކުރެވޭނެ ގޮތް ހަމަޖައްސަން. އޭރުން އިތުރު ޚަރަދެއްވެސް ކުރަން ނުޖެހޭނެ.
ފަލަކީ އިލްމުވެރިޔާ
10 June 2021
ޗައިނާއަށް ބުޅާތައް ހަދިޔާ ކުރަން ފެނޭ. އެވެރިން ތި ތެލުލައިގެން ކައިފާނެ