ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

ބުޅާ ފެސިލިޓީ މަސްވެރިންގެ ޕާކުގައި ހަދަން 1.9 މިލިއަނުގެ ބަޖެޓެއް

މާލޭ މަގުމަތީގައި އުޅޭ ބުޅަލެއް: ސިޓީ ކައުންސިލްގެ ވިސްނުމަކީ ހަތަރު މަސް ތެރޭގައި 1،000 ބުޅާ ނުވިހާ ގޮތް ހެދުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.

ސިޓީ ކައުންސިލުން ނިންމީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަދާށެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބަޖެޓުން ވެޓް ޝެލްޓާ އެޅުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުން ނުވަތަ އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބުޅަލަށް ފަރުވާ ދޭން ވަގުތީ ގޮތުން ހަދަން މި ވަގުތަށް ނިންމާފައި ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް މަސްވެރިންގެ ޕާކުގައި ހުރި އިމާރާތް ކަމަށެވެ. އެ ތަނުގައި ފަރުވާ ދިނުމުގެ އިތުރުން ފަރުވާއަށް ފަހު ބަލަހައްޓަން ވެސް ބެހެއްޓުމަށް ޖާގަ އެބަ އޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500ރ. އެވެ.

މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ އެ އަގު ނަގަނީ ބުޅާ ނިއުޓާ ކުރުމަށް ފަހު ކުރަން ޖެހޭ ހަރަދުތަކަށް ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކައުންސިލްގެ ޖަލްސާއެއްގައި. .-- ފޮޓޯ: ސިޓީ ކައުންސިލް

"ފިޝަރީޒް މިނިސްޓްރީން ކުރިން ވިލިމާލޭގައި ނިއުޓާ ކުރިއިރު ނަގަނީ ބުޅަލަކަށް 300ރ. އެ މީހުން ނިއުޓާ ކުރުމަށް ފަހު އާފްޓާ ކެއާއެއް ނުކުރާނެ. ކައުންސިލުން ނިއުޓާކުރާ ބުޅާ ނިއުޓާ ކުރުމަށް ފަހު ހަތަރު ފަސް ދުވަސް ވަންދެން ކުރަން ޖެހޭ ކަންކަން ކުރާނެ، ކާން ދިނުން، ބޭސް ދިނުން، އެ ހުރިހާ ކަމެއް ކުރާނީ ކައުންސިލުން،" ސައިފް ވިދާޅުވި އެވެ.

ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރާނެ އެވެ.

ކައުންސިލުން ބުނީ ވަގުތީ ކްލިނިކްގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށެވެ. މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ.

ކައުންސިލުން ނިންމާފައި ވަނީ އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު ނުލިބުނު ނަމަވެސް މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދާއިމީ އިމާރާތް އަޅަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދަވަނަ ފިޔަވަހީގެ ކޮންމެވެސް ސަރަހައްދެއް ކަމަށެވެ.

68 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 57%
icon wow icon wow 3%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަބީޢީ

04 May 2023

ބުޅަލުގެ ތަބީޢީ ކަމެއް ހުއްޓުވަނީ ކީއްވެ؟

The name is already taken The name is available. Register?

ދީވާނާ

04 May 2023

ބުޅާތަށް ހައެއް ފަހެއްގެ ޕެންޝަން އިސްކީމުގަ ބައިވެރި ކުރެވޭނީ އައިޑީ ކާޑުވެސް ހެދީމަހެން ހީވަނީ. އޭރު ހަެއް ފަހެއްގެ ފައިސާ ބުޅަލަށް ލިބެންފެށީމާ ގިނަމީހުން ބުޅާ ގެންގުޅެންފަށާނެ

The name is already taken The name is available. Register?

އަށްކޮ

04 May 2023

މީވެސް މިދިވެހިރާއްޖެއިން ނެތިގޮސްދާނެތިން ހިމާޔަތް ކުރަންވީ އެއްޗެއް، އާލާވާވަރަކަށް ހިމާޔަތް ކުރަން ޗައިނާއާއި ޚަވާލުލުރާނީ. އިސާހިތަކު ބުރިޖު ލޯނަށް ލުޔަކަށް ބުޅާވުން ވަރަށް އެދެން.

The name is already taken The name is available. Register?

މޯބައި

04 May 2023

ބުޅާގެ އުދަގޫ ބޮޑުވީމަ ޒަމާނުއްސުރެ ދިވެހިން ކަންތައް ކުރަމުން އައި ގޮތަކީ ބުޅާ ތައް ގެންގޮސް ދުރު ފަޅުރަށަކަށް ދޫކޮށްލަނީއެއް. އޭރު ބުޅަލަށް ވެސް ގެއްލުމެއް ނުދީ އެފަޅުރަށުން މީދާ ވެސް ކޮންޓްރޯލް ކުރެވުނީއެވެ. ބޮޑު ހަރަދު ކޮށްފަ ފެސިލިޓީ ހަދައިގެން އެތަނަށް މުއައްޒިފުންނާ ޑޮކްޓަރުންލައިގެން ބުޅާ ގެންގުޅުމަށްވުރެ. ގެއަށް ގޮސް ޢިންސާނުންނަށް ފަރުވާދޭން ޑޮކްޓަރުންނާ ނަރުހުންގެ ހިދުމަތް ތައާރަފު ކުރުން މާ ރަނގަޅެވެ.

The name is already taken The name is available. Register?

500ރ

03 May 2023

500ރ އަށް ބޭސްގަނެ ތިމައްސަލަ ދާއިމަށް ހައްލުކޮށްލަންވީ ނޫންތޯ.

The name is already taken The name is available. Register?

މީދާ

04 May 2023

ޗައިނާ ކުންފުންޏަކަށް ވިއްކާވެސް ލެވިދާނެ. ޢެއީ މަސްފަލަ ބުޅާ ދެކެ ވަރަށް ލޯބިވާ ބައެއް.

The name is already taken The name is available. Register?

1000ރ

04 May 2023

ބޭސްކާންވެފަ ތިބީ ކަލޭމެން.

The name is already taken The name is available. Register?

ބުޅާފުރޭތަ

03 May 2023

ބުޅަލެކޭ ކިޔާފަ ފުރޭތައެއްގެ ފޮޓޮއެއްނު ތީނީ

The name is already taken The name is available. Register?

ކެޓްބުޅާ

04 May 2023

އޭމަވެސް ވަރަށް ހިތަށް އަރާއެއްޗެކޭތިއީ. ރާއްޖެއިން ފެންނަ ހުރިހާ ބުޅާތައް ވަރަށް ބިރުވެރިވެފަ ޕާޓޭ ހީވަނީ ޖިންނި އަވަލާފަހުންނަ އެެއްޗެއްހެން. ރާއްޖެއިން ބޭރުގަ ފެންނަ ބުޅާތައް ވަރަށް އިނަސަންޓް. މިއީކިހާބޮޑުމައްސަލައެއް.

The name is already taken The name is available. Register?

މަފާޒް ސަލީމް

03 May 2023

ބުޅަލަށްވެސް ރަނގަޅުވާނީ މިގޮތް. ސަބަބަކީ ބުޅާ ކާނެ އެއްޗެއްވެސް ގިނަފަހަރު ނުލިބޭ. ގިނަ މީހުން ބުޅާ ދޫކޮށްލަނީ މަގުމައްޗަށް. އެހެންކަމުން މިތަނުން ބުޅާ ބަލަހައްޓާނެ ހަމަ ޔަގީނުންވެސް. ޝުކުރިއްޔާ ކައުންސިލް

The name is already taken The name is available. Register?

ޖޯކް

03 May 2023

ކާކަށް ނުލިބޭ؟ ވެމްކޯ ކޮތަޅުތައް ފަޅައިގެން ގުޑާނުލޭވަރަށް ކައިގެން ބިއްޖެހިފަ ތިބެނީ.

The name is already taken The name is available. Register?

މުއާވިޔަތް މުހައްމަދު

03 May 2023

މިއީ މާލޭ ރައްޔިތުން މޭޔަރ ކައިރީ ކުރަން އެދުނު ކަމެއް. މިކަން ކުރާނެ ކަމުގެ ޔަގީން ކަންވެސް ދިން މޭޔަރ. މިހާރު މިއީ ފެށެނީ. ސާބަހޭ

The name is already taken The name is available. Register?

ޒިޔާއު

03 May 2023

މާލޭ މަގުތަކުގައި ގިނަވެފަ ތިބި ބުޅާތަކަށް ތިކަމުގެ ސަބަބުން އަޅާލެވި ކާން ލިބޭނެ. އަދި މަގުތައް ތާހިރު ވާނެ. އެހެންވީމަ ހުރިހާ ގޮތަކުން ވެސް ތިކަން ސަޅި

The name is already taken The name is available. Register?

އަހްމަދު މުބީން

03 May 2023

އެގިފަ އޮތް ގޮތުން ތިތަން ތަރައްގީ ކުރަނީ މުޅި އެތަން ބަދަލްކޮށްގެން ނޫން. އެތާ އަޅަނީ ވެޓް ބިލްޑިންގް އެއް. ހުރިހާ ކަމަކަށް 1.9 މިލިޔަން ދަނީ. އެހެންކަމުން ހުރިހާ ގޮތަކުން ބެލިޔަސް މިއީ ވަރަށް ރަނގަޅަށް ސިޓީ ކައުންސިލުން ކުރާ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454