ޚަބަރު / ހުޅުމާލެ

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމާ ދެކޮޅަށް އަސްލަމް ތެދުވެއްޖެ

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ ދިނުމުގެ ގަަވައިދު ގެޒެޓް ކުރައްވާކަށް އަސްލަމް ބޭނުމެއް ނުވޭ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުވގައި ބައިވެރިވަވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ ހުޅުމާލޭގައި 10 ބުރިއަށް އިމާރާާތްކުރުމާ ދެކޮޅުކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ގަވައިދަށް ގެނެސްފައި އޮތް ބަދަލެއް ގެޒެޓް ކުރައްވަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެކޮޅު ހައްދަވައި، ރައްޔިތުންގެ މަޖިލީހަށް އެކަން އިއްޔެ އަންގަވައިފި އެވެ.

ގަވާއިދު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ހުޅުމާލޭގައި 10 ބުރީގެ އިމާރާތްތައް ހަދަން ހުއްދަ ލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ ގަވައިދު، ގެޒެެޓްކުރަން ރައީސް އޮފީހަށް ފޮނުވުމަށް ފަހު، މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވީ އެ ހުއްދަ ދީފި ނަމަ ބޮޑެތި މައްސަލަތައް ކުރިިމަތިވާނެތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލޭގައި ހަ ބުރިއަށް ވުރެ އުސްކޮށް އިމާރާތް ކުރަން ހުއްދަ ލިބޭ ގޮތަށް ގަވައިދު ގެޒެޓް ކުރައްވާނީ ގާނޫނީ ގޮތުން އެކަމާ ދެކޮޅަށް ކުރެެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވައި ކާމިޔާބު ނުވާ ހާލަތެއްގައި އެކަންޏެވެ.

"ކިތަންމެ ވަރަކަށް ޓެކްނިކަލް މީހުން އިދިކޮޅު ހެދި ކަމުގައި ވިޔަސް، ގާނޫނުގައި އޮންނަނީ އެ ކަމަކީ ވަކި މީހަަކަށް، ވަކި ގޮތަކަށް ކޮށްލެވިދާނެ ކަމެއް ކަމަށް ނޫނީ ވަކި ބަޔަަކަށް ވަކި ގޮތަކަށް ކުރެވިދާނެ ކަމެއް ކަމަށް ވެގެން އެ ބަޔަކު އެކަން ކޮށްފިއްޔާ ދެން އަަޅުގަނޑުމެންނަކަށް ނުއެއް ހުއްޓުވޭނެ. އެހެންވީމާ ކޮންޓެސްޓް ކުރާނަމޭ އެކަމަކު އަޅުގަނޑުމެން، ކޮންޓެސްޓް ކުރެވޭ ހިސާބަކަށް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ. ހުޅުމާލޭގައި ހަ ބުރިއަށް ވުރެ އުސްކޮށް އިމާރާތް ކުރަން މިހާރު ހުއްދަ ދީފައި ވަނީ ހާއްސަ ސަރަހައްދުތަކަކުން ކަމަށާއި އެކަން ކޮށްފައި ވަނީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ.

ހުއްދަ ދޭން ދެކޮޅު ހައްދަވާ ސަބަބުތައް:

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދިނުމަށާއި ވަކި ފްލޯއަކުން ފެށިގެން މަތީގެ ފްްލޯތަކުގެ ބެލްކަނި މަގުމައްޗަށް ނެރޭ ގޮތަށް ޑިޒައިން ކުރުން ފަދަ ބައެއް ކަންތައްތައް ހިމަނައިގެން 18 ވަނަ މަޖިލީހުން ގަވައިދަށް ގެނެސްފައިވާ ބަދަލުތަކާ ދެކޮޅު ހައްދަވާ ސަަބުތައް ކޮމިޓީގައި މިނިސްޓަރު އިއްޔެ، ތަފުސީލުކޮށް ވިދާޅުވެ ދެއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ހުޅުމާލެއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ އިންވެގެން އޮންނަ ތަނަކަށް ވާތީ، މަތިންދާބޯޓުތަކަށް ކުރިމަތިވާނެ ދައްޗެވެ. މުޅި ހުޅުމާލޭގައި އުސްކޮށް އިމާާރާތްކުރަން ހުއްދަ ދީފި ނަމަ، އެއާޕޯޓް ބޭނުން ނުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވާނެ ދަތިތައް ވެސް އޭގެ ސަބަބުން ގިނަ ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ދިހަ ބުރިއަށް އިމާރާތް ކުރަން އެންމެންނަށް ހުއްދަ ދިނީމާ، އެންމެން އިމާރާތް ކުރީމާ އެ ތާނގައި އޮތް ނަޖިސް ހޮޅިއަށް ނުތަކާނީ. ފެން ނުލިބޭނީ. ކަރަންޓް ކެނޑޭނީ. މަގުތައް ފުރޭނީ. އެ ހުރިހާާ ކަމެއް ވެސް ދިމާވާނެ،" އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރުމުގެ ގަވައިދަށް ގޮތްގޮތް ހަދަން، މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ބާރު ލިބެނީ އެ ކޮމިޓީން ގަބޫލުކުރާ ގޮތުގައި އާއްމު ގާނޫނުތަކުގެ ގަވައިދުންނެވެ. މިހާރު އަމަލުކުރާ ގާނޫނުއަސާސީގައިވާ ގޮތުން، އެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި އިރު، ގާނޫނަކުން ބާރު ނުލިބި ހުރިި ހުރިހާ ގަވާއިދެއް އާއްމު ގަވައިދުތަކުގެ ގާނޫނުގެ ތެރެއަށް ފެތޭނެ އެވެ.

އެ ގާނޫނުގައި ޖަދުވަލު ކޮށްފައިވާ ގަވައިދުތައް، ވަކި މުއްދަތެއްގެ ތެރޭގައި ގާނޫނުތަކުގައި ހިމަނަން ޖެހެ އެވެ. އެގޮތަށް ނުހިމަނައި ހުންނަ ގަވައިދުތައް، ގަވާއިދު ކޮމިޓީން މުރާޖައާކޮށް، ޖަދުވަލުގައި އަލުން ހިމަނަން ޖެހެ އެވެ. ހުޅުމާލޭގައި އިމާރާތް ކުރުމުގެ ގަވައިދަށް، ކޮމިޓީން ބަދަލުތަކެއް ގެނައީ 18 ވަނަ މަޖިލީހުގައި އެ މަރުހަލާ ކުރިއަށް ގެންދިޔަ އިރު އެވެ.

އިއްޔެގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ގަަވައިދަށް އެ ބަދަލުތައް ގެނައުމަކީ ކޮމިޓީ އަށް ކުރެވޭނެ ކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް، އެ ގާނޫނުގެ [އާއްމު ގަވާއިދުތަކުގެ ގާނޫނުގެ] ހަ ވަނަ މާއްދާގައި އެ އޮތީ މަޖިލީހުން ގަވާއިދު ހަދާ ވާހަކަ ކަމަކަށް. އެއީ މަޖިލީހުން ގަވައިދު ހަދާ ވާހަކަައެއް ނޫން،" އޭނާ ވިދާޅުވި އެވެެ.

އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި ދައުލަތުގެ ބާރުތައް ވަކިވެފައިވާ ގޮތާއި ގާނޫނުއަސާސީ އާއި އާއްމު ގަވައިދުތަކުގެ މުޅި ގާނޫނަށް ބެލުމުން، މަޖިލީހަށް އެ ގަވައިދު ނުހެދޭނެކަން އެނގެ އެވެ. ނަމަވެސް، އެ ގާނޫން ބާރު ދިނުމަށްޓަކައި ގަވައިދު މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އެއީ އެ ގާނޫނުގެ ޖަަދުވަލުގައި ގަވައިދު ހިމެނުމަށްޓަކަ އެވެ.

58 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 3%
icon angry icon angry 29%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހީމު

02 December 2021

ހުޅުމާލެއަކީ ވަކި ޕުލޭނެއްގެ ދަށުން ހަދާފައިވާ ތަނެއް. ތިތަން މާލެ ގޮތައް ކޮންޖެސްޓްކުރަން ނަހަދާ. ގެސްޓްހައުސް ހިންގާމީޙުން ވިޔަފާރިވެރިން ބޭނުންވާނެ 16 ބުރިޔަށް ނަގަން.

The name is already taken The name is available. Register?

ބަޑިތަކުރު

02 December 2021

މާލޭގެ ރަށްވެހިންނަށް ގެއިން ލިބުނު ތަން ދޫކޮށްލައިގެންކަމަށް ހަދާފައި ދީފައިހުރި ގޯތިތައް ހަބުރިއަށް ފައުންޑޭޝަން އަޅައިގެން މިހާރު ހުރީ ގިނަތަންތަން ހަދައި ނިންމާފައެވެ. ދެން 10 ބުރިއަށް ހުއްދަދޭއިރަށް މަޑުމަޑުން އެތަންތަން ހިއްލެމުންދާތަން ފެންނާނެއެވެ. ފުރަތަމަ ފޭސްގައި ބިންއޮތީ ވަރަށްބޮޑަށް އިސްރާފުކޮށްފައެވެ. އެހެންކަމުން ދެވަނަ ފޭސްގައި 10 ބުރިޔަށްވުރެ ތިރިކޮށް ޢިމާރާތް ނުކުރަންވީއެވެ.

The name is already taken The name is available. Register?

ގދ.ތިނަދޫ

02 December 2021

ކަލޭ ކީކޭ ހިތަށް އަރައިގެންތަ ތިނަދޫގަ ޔާމިން ސަރުކާރުން ހިއްކާފަ އޮތް ބިމުން ގޯތި ދޫނުކުރަން ތިއުޅެނީ. ފަރެސް މާތޮޑާގަ އެއާޕޯޓުއަޅާފަ އަމިއްލަ ގެސްޓްހައުސްތަށް އެތާގަ އެޅުނީމާ މީނައަށް އެނިމުނީ. ކަލެ ތިކުރާކަމަކުން ކަލޭ ނިސްބަތްވާ ޕާޓީ ފުޑިގެން ދާތަން ކަލޭ ބަލަން ހުންނާތި.

The name is already taken The name is available. Register?

އަލިފުޅު111

02 December 2021

އަސްލަމަކީ އިލްމީގޮތުން ދިވެހިރާއްޖޭގެ ތިފަދަ މިނިސްޓަރަކަށް އެނގެންޖެހޭ ވަރާގާތަށްވެސް އެއްޗެއް އެނގޭ މީހެއްނޫން. އަސްލަމްގެ ފިކުރުގޮސް ހުއްޓެނީ 1900 ގެ ވިސްނުމާ. ޒަމާނުގެ ތަހުޒީބާ ރައްތުންގެ ބޭނުން ފުއްދައިދެވޭފަދަ ޢިލްމީ މީހަކަށް ނޫނީ ތިފެންވަރުގެ ވަޒީފާއެއް ނުފުދޭ. އަސްލަމަށް އެއްވެސް ގެއެއްގަ ފާޚާނާއެއް ބަހައްޓާކަށްވެސް ނުފެންނާނެ. އަސްލަމްގެ ފިކުރަކީ އެންމެން އޫޖަހައިގެން ބޮޑުކަމު ދިއުން.

The name is already taken The name is available. Register?

ޫޖައި

02 December 2021

އަސްލަމްގެ ވިސްނުން ރަގަޅު. ރައްޔިތުން ގުބޯހައްދަންް ނޫޅެ ކަން އޮތްގޮތް، މުސްތަގްބަލުގައި ވާނެގޮތް ކިޔައިދިނުމާއި އެކަށް ދުރާލާ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއް. ކޮންމެ ކަމެއް ދައްކަން ކުރަންވެއްޖެއްޔާ ވަނީ ހިޔާ ފްލެޓަށް ވީހެން

The name is already taken The name is available. Register?

މެދުންމެދަށް

02 December 2021

އަސްލަމްގެ ވިސްނުން ރަގަޅު، ހުޅުމާލެއަކީ 3 ލައްކަ މީހުންނަށް އާބާދީއަކަށް ވާވަރަށް ކަންތައްތައް ޕްލޭންކޮށްގެން ޑިޒައިންކުރި ރަށެއް ރަށުގެ މަގުތަކާ ޕާކުތަކާ ފާހާނާއާ ފެނުގެ ނިޒާމަކީވެސް ތަނުގެ އާބާދީއަށް ބަލާ ޑިޒައިން ކޮށްފަހުރި ކަންކަން ހުޅުމާލެ ޑިޒައިންކުރީ އަމިއްލަ ގެތަށް 4 ބުރިއަށް ރިއަލް އެސްޓޭޓް އިމާރާތްތައް 10 ބުރިއަށް އެކި ސަރުކާރުތަކުން އިމާރާތުގެ އުސްމިނަށް މިހާރުވެސް ބަދަލު ގެނެސްފި، އިމާރާތްތައް އުސްކުރާވަރަކަށް އާބާދީ ބޮޑުވާނެ ދެރަކަ

The name is already taken The name is available. Register?

ހިޔާލެއް މިވެސް

02 December 2021

ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް ކ.ވިލިނގިއްޔާއި ކ.ހުޅުމާލޭގެ ފަޅުހިއްކުމުގެ މަޝްރޫއެއް ހިންގަންޖެހޭ. ބިމަށްއެދި ރަށުގެ ރައްޔިތުން އާދޭސްކުރާއިރު ދެތިން މެކޭނިކަކު ޖެޓުސްކީ ދުއްވަން ފަޅުތައް ބާއްވާފަ އޮންނާކަށްނުޖެހޭ، އެހެން އޮންނަނީ ސަބަބެއް އޮވެގެންކަމަށްވާނަމަ ރާއްޖޭގެ އެހެން ރަށްރަށުގެ ފަޅުތައް ހިއްކާ ހަލާކުކުރާކަށްނުޖެހޭ. ހާހެއްހާމީހުން އުޅޭ ރަށްރަށް އެއޮއް ހިއްކަނީ ފަރުމައްޗާ ހަމައަށް.

The name is already taken The name is available. Register?

މަނިކެ

01 December 2021

އަސްލަންޓެ ބުންޔަސް ތީ ހަމަ 100 ގެ ވާހަކައެއް. މިއަދު ދިހަ ބުރިއައް، މާދަން 15 ބުރިއައް. މާސްޓަރޕްލޭނެއްގެ ބޭނުމެއްނެތެްއްނު.

The name is already taken The name is available. Register?

ސޭކުބެ

01 December 2021

ކަންކަން ކުރަންދަންނަ ހެޔޮވިސްނޭމީހުން މަޖިލީހުގަނެތީމާ ދެން ވާނީ މިހެން. މާލެއަށް މިހާރު ދިމާވެފަ މިއޮތް މައްސަލައަކީވެސް އުސްކޮށް އިމާރާތްކުރަން ހުއްދަދިނުން. އޭގެ ސަބަބުން މިއަދު ނެތް މަގުމަތީގަ ހިގާލެވެންވެސް. ދުއްވާއެއްޗެއް ޕާކް ކޮއްލާނެ ތަންކޮޅެއްވެސް. ދެން އިސްޓިކާ ޖަހާތީ މިތިބެނީ ރުޅިގަދަވެފަ. އިލްމީ ގޮތުން މިކަންކަން ދެނެގަނެވޭ ފެންވަރުނެތް ކުދިންކޮޅެއް ތަންތަނަށް ހޮވުނީމާ ދެންބަލާނީ ފައިސާ ހޯދޭނެގޮތް އެކަނި.

The name is already taken The name is available. Register?

އޮރެންޖް

01 December 2021

ކަމެއް ކޮންޓްރޯލް ކުރައްވަންޏާ މާލޭގައި ގިނަވަމުންދާ ސައިކަލްކޮންޓްރޯލްކޮށް، ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމަކަށް ބަދަލުކޮށްދެއްވަބަލަ.

The name is already taken The name is available. Register?

ސޭކުބެ

01 December 2021

އަސްލަމް އެވިދާޅުވާ އެއްޗަކަށް ވަރަށް ބޮޑަށް ތާއީދުކުރަން. ދެން މިސަރަހައްދުގަ 10 ބުރިއަށް އުސް އިމާރާތް އެޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. ދުނިޔޭގެ ތަރައްގީވެފަވާ ގައުމުތަކުގަވެސް ރެސިޑެންޝަލް އޭރިއާތަކުގަ އުސް އިމާރާތްތައްކުރަން ހުއްދައެއްނުދޭ. އެއީ އޭގެ ސަބަބުން ދިމާވާ އިޖްތިމާއީ މައްސަލަތަކުގެ ސަބަބުން. އެއްތަނަކަށް އާބާދީ ޖަމާވެ ހައްލުނުކުރެވޭނެ މައްސަލަތައް ނުކުންނާނެތީ. އެއަރޕޯރޓް އާ، ފާޚާނަ ހޮޅިއެއްނޫން އަސްލު މައްސަލައަކީ

The name is already taken The name is available. Register?

ޕުލަންބަރު

01 December 2021

ބަލަ އަސްލަންޓޭ ! މާލޭގައި އެޅި ނަޖިސް ހޮޅިއެޅިތާ ސާޅީސް އަހަރުވެއްޖެ އަދިވެސް އެ ބޭނުންކުރަނީ، މުޅިމާލެހެން އެއޮތީ 10 ބުރިއަށް އުސްވެފައ. އައްޑު އަތޮޅު ގަމުގައި މީގެ އަށްޑިހަ އަހަރުކުރިން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެލި ނަރުދަމާ އަދިވެސް އެ ބޭނުންކުރަނީ، އާންމު ރައްޔިތުމީހާގެ ބުއްދި އަށް މަލާމާތްކުރުން ބަލައެއްނުގަނެވޭނެ.

The name is already taken The name is available. Register?

ގެލެންދިން

02 December 2021

މާލެއަށް ވެފައޮތްގޮތަށް ހުޅުމާލެއަށް ވުމަކީ އެއްވެސް މީހަކުބޭނުންވާނެކަމެއް ނޫން ހުޅުމާލެ އިމާރާތްތަށް 10 ބުރިއަށް ނަގަން ހުއްދަދިނުމަކީ ހުޅުމާލެ ތޮއްޖައްސަން ހުއްދަދިނުން

The name is already taken The name is available. Register?

ޕްލަމްބަރޫ

02 December 2021

މާލެ ތޮއްޖެހިގެން އެތައް ކަމެއް ގޯސްކޮށް ހިނގާތަން ނުފެންނަނީތަ؟ ސިޔާސީ މީހުންނާ ޖައްސާލުން އެއްކައިރިކޮށްފަ ހަގީގަތަށް ލޯބިކުރަންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454