މަރާލި ސްރީ ލަންކާގެ ޕްރިޔަންތާ އަށް ފެކްޓަރީގެ މުވައްޒަފުން އެންމެ ފަހުގެ އިހްތިރާމް އަދާކުރަނީ. --ފޮޓޯ:އޭއެފްޕީ
04 ޑިސެމްބަރ 2021 - 21:12
އިސްލާމްއާބާދު (ޑިސެމްބަރު 4) - އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ސިޔާލްކޯޓުގައި ސްރީ ލަންކާގެ ރައްޔިތަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފި އެވެ.
ވެރިރަށް އިސްލާމްއާބާދުގެ އިރުދެކުނުން 200 ކިލޯމީޓަރު (125 މޭލު) ދުރުގައި ޕަންޖާބުގެ މެދުތެރޭގެ ސިއަލްކޯޓުގައި މި އަނިޔާވެރި އަމަލު ހިންގާފައި ވަނީ ހުކުރު ދުވަހު އެވެ.
އެ ސަރަހައްދުގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޒުލްފިގާރު އަލީ ވިދާޅުވީ މައްސަލަ އުފެދުނީ ރާޖްކޯ އިންޑަސްޓްރީ ފެކްޓަރީގެ ޖެނެރަލް މެނޭޖަރު އޮޕަރޭޝަންސްގެ މަގާމުގައި ހުރި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޕްރިޔަންތާ ދިޔަވަދަނާ އިސްލާމީ ޕާޓީއެއް ކަމަށްވާ ތަހްރީކީ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ)ގެ ދީނީ ޕޯސްޓަރެއް ވީދާލުމަށް ފަހު ކުނިވަށިގަނޑަށްލި ޚަބަރު ފެކްޓަރީ ތެރޭގައި ފެތުރުމާ ގުޅިގެންނެވެ. އެ ޚަބަރާ އެކު ކައިރި ހިސާބުތަކުން ވެސް ފެކްޓަރީގެ ބޭރަށް މީހުން ޖަމާވާން ފެށި އެވެ. ގިނަ މީހުންނަކީ ޓީއެލްޕީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނެވެ.
ފެކްޓަރީ މެނޭޖަރު އަދި ސްރީ ލަންކާގެ ޕްރިޔަންތާ މަރާލި ތަނަށް ފުލުހުން ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ
ޕަންޖާބު ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ހަސަން ޚަވަރު ވިދާޅުވީ ހައްދުފަހަނައެޅި ހަރުކަށި ވިސްނުމުގެ 800-900 މީހުން ވަނީ މެނޭޖަރު ފެކްޓަރީން ނެރެ އަނިޔާކޮށްފައި ކަމަށެވެ. އޭގެ ތެރޭން ބައެއް މީހުން ތިބީ ދަނޑިބުރިތައް ވެސް ހިފައިގެންނެވެ. ޕްރިޔަންތާ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަނީ އަންދާލައިފަ އެވެ. އޭނާ މަރާލަން ހަމަލާ ދިން ބައެއް މީހުން އެއީ ކޮން ބައެއްކަން ސިއްރުކުރަން ވެސް މަސައްކަތެއް ނުކުރެ އެވެ. ޕްރިޔަންތާގެ ހަށިގަނޑުގައި ރޯކޮށްލާފައިވާ އިރު ސެލްފީ ވެސް ދިޔައީ ނަގަމުންނެވެ.
ޚަވަރު ވިދާޅުވީ ޕްރިޔަންތާގެ ޕޯސްޓް-މޯޓަލް ހަދާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު އިސްލާމްއާބާދުގައި ހުންނަ ސްރީ ލަންކާ އެމްބަސީއާ ހަވާލު ކުރާނެ ކަމަށެވެ.
ޕްރިޔަންތާ މަރާލުމާ ގުޅިގެން 120 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ސިފަކުރައްވާފައި ވަނީ "ގައުމަށް ވެސް ލަދުވެތި ދުވަހެއްގެ" ގޮތުގަ އެވެ.
ޕާކިސްތާނުގެ ގާތްގަނޑަކަށް ހުރިހާ ސިޔާސީ އަދި ދީނީ ޕާޓީތަކަކުން ވެސް ދަނީ ޕްރިޔަންތާ މަރާލި ހާދިސާ ކުށްވެރި ކުރަމުންނެވެ.
Shocking to see the brutal and fatal attack on Priyantha Diyawadana by extremist mobs in #Pakistan. My heart goes out to his wife and family. #SriLanka and her people are confident that PM @ImranKhanPTI will keep to his commitment to bring all those involved to justice.
— Mahinda Rajapaksa (@PresRajapaksa) December 4, 2021
ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ. އަދި އަނިޔާވެރި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައްތ
06 December 2021
ޖާހިލިއްޔަ ޒަމާނެއްނޫނޭ ޖާހިލުން ގިނަ ޒަމާނެކޭ
ޔަހުޔާ.
05 December 2021
ނަމުން މުސްލިމުން. ބަހުން ސުންނީން. ހަގީގީ ޖާހިލުން. މުސްލިމުންގެ ނަމުގައި ދުނިޔޭގަ އުޅޭ ޔަހޫދީން. މުޝްރިކުންނަށްވުރެ މި މީހުން މާ ނުބައި.
ވަހުތާން
05 December 2021
މިކަހަލަ މީހުންގެ ސަބަބުން ދީނުގެ ބުރުސޫރަ ހުތުރުވޭ
ޖަލީލީ
05 December 2021
ތީ ސިޔާސީ ކަމެއްހެން ވަރަށްހީވޭ. އެއީ ވަކި ޕާޓީއެއްގެ ސިޔާސީ ޕޯސްޓަރެއް އިރާލައިގެން ސަޕޯޓަރުން ރުޅިއައިސްގެން ކުރިކަމެއް ވީމަ.
ށަވިޔަނި
05 December 2021
އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ގިނައެބަވޭ. މުސްލިމުންގެ ތެރޭ ދީނާމެދު ޝައްކުކޮށް ދީނަށް ބަސްބުނެ މުރުތައްދުވާމީހުން ގިނައެބަވޭ. ރާއްޖޭއިންވެސް ކުރިން ނުފެންނަ ކަންތައް އެބަފެނޭ. މިއީ ރޭވުމެއްގެ ދަށުން ހިނގާކަންތައް. އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވުމަކީ މީގެ ފެށުން.
މަޖީދު
04 December 2021
މަރަން ޖެހުނަސް މަރާލަން ވާނީ ސަރުކާރުގެ ކޯޓަކުންކުރާ ހުކުމުން. ބަޔަކު ނުކުމެ މީހަކު މަރައިފިނަމަ އެއީ ވަރަށް ބޮޑު ފިތުނައެއް. އެބަޔަކަށް ސަރުކާރުން އަދަބު ދޭންޖެހޭނެ.
އަފްރާސިޔާބު
05 December 2021
އަސްލުގައި މީހާރު މިއޮތީ ޖާހިލިއްޔަ ޒަމާނުގައި ދުނިޔެ އޮތް ޙާލަތަށް ދުނިޔެ ވެއްޓިފައި. ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވިއިރު ފޮތުގެ އަހުލުވެރިން ދުނިޔޭގައި އުޅޭ. ދިޔައީ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރަމުން ރަށްރަށް ސުންނާފަތިކޮށް ކުޑަކުދިންނާއި އަންހެނުންމަރަމުން އަނެއްބަޔަކު އަޅުވެތި ކުރަމުން. އަރަބީން ތިބީވެސް ފާރިސީންގެ ހިމާޔަތުގައި. އަނިޔާވެރި އަމަލު ހިންގުމުގައި. ކަނޑީގެ ބާރު އަނެކުންގެ މައްޗަށް ދައްކައި މަގުފޭރި މީހުން އަޅުވެތިކުރުމުގައ