މުނިފޫހިފިލުވުން / ބޮލީވުޑް

"ކޭބީސީ" އަކީ އަހަންނަށް ބޮޑު ފިލާވަޅެއް: އަމީތާބް

06 ޑިސެމްބަރ 2021 - 06:11

މީގެ 21 އަހަރު ކުރިން ފެށިގެން ހޯސްޓް ކުރަމުން އަންނަ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) އަކީ ބޮޑު ފިލާވަޅެއް ކަމަށާއި އޭގައި ބައިވެރިވާން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ދެކޭ ކަމަށް ޝޯގެ ހޯސްޓް މަޝްހޫރު ފިލްމީ ތަރިން އަމީތާބް ބައްޗަން ބުނެފި އެވެ.

ޝޯގެ 1،000 ވަނަ އެޕިސޯޑް މިދިޔަ ހުކުރު ދުވަހުގެ ރޭ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަނާއި ކާފަދަރި ނަވިއާ ނަވޭލީ ނަންދާގެ އިތުރުން އަންހެން ޖަޔާ ބައްޗަންއާ އެކު އަމީތާބް ހޯސްޓްކޮށް ދިން އެޕިސޯޑަކީ އޭނާ ވަރަށް ޖަޒުބާތީ ބެސް ކޮށްލި އެޕިސޯޑެކެވެ. ޝްވޭތާ އާއި ނަވިއާ ޝޯގެ ސެޓުން އަމީތާބާ އެކު ޝޯގައި ބައިވެރިވި އިރު، ޖަޔާ ޝޯގައި ބައިވެރިވީ ނިއު ދިއްލީގައި ހުރެގެން ވާޗުއަލްކޮށެވެ. އޭނާ މި ދުވަސްކޮޅު އަންނަނީ ވެރިރަށުގައި ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ކުރަމުންނެވެ.

އެއްހާސް ވަނަ އެޕިސޯޑާ އެކު އިހުސާސްތަކަކީ ކޮބައިތޯ ބައްޕަ އަމީތާބް ގާތުން ޝްވޭތާ އެހުމުން އަމީތާބް ވަނީ "ކޭބީސީ" އާ މުހިއްމު ވާހަކަތަކެއް ކިޔައި ދީފަ އެވެ. އިންޑިއާގެ ސުޕަސްޓާރު ބުނި ގޮތުގައި އޭނާ ޓީވީ ޝޯއެއް ހޯސްޓްކުރަން އުޅުމުން ވަރަށް ގިނަ ބަޔަކު އެކަން ނުކުރަން އިންޒާރު ދިނެވެ.

"ވަރަށް ގިނަ ބަޔަކު އިންޒާރު ދިން ބޮޑު ސްކްރީނުން ޓީވީ ސްކްރީނަށް ގޮސްފި ނަމަ އަހަރެންގެ އިމޭޖް ވެސް ހަރާބުވެދާނޭ ތިކަން ނުކުރާށޭ. އެކަމަކު އެފަދަ ގޮތަކަށް ބުނަން ޖެހޭ [ސީދާ] ސަބަބެއް އަހަންނަކަށް ނޭނގޭ،" އަމީތާބް ބުންޏެވެ. "މިހާރު އަހަރެން މިހާރު ހުށަހަޅާތާ ވެސް 21 އަހަރުވީ."

އަމީތާބް ބުނި ގޮތުގައި "ކޭބީސީ" ހޯސްޓްކުރަން އޭނާ އަށް ހުށަހެޅި ދުވަސްވަރަކީ މާ ގިނަ ފިލްމުތަކެއް ވެސް ކުޅެން ލިބެމުން އައި ދުވަސްވަރެއް ނޫނެވެ. އެހެންވެ ޝޯ ހޯސްޓްކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ފެށުމަކީ ދެރަވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުންޏެވެ.

"މީގެ އެންމެ ރަނގަޅު ކަމަކީ ހަގީގަތުގައި މި ޝޯ އަކީ އަހަންނަށް ބޮޑު ފިލާވަޅަކަށްވުން. ޝޯގެ ކޮންމެ ބައިވެެރިއެއްގެ ފަރާތުން ވެސް އާ ކަންތައްތަކެއް ދަސްވުމުގެ ފުރުސަތު ލިބޭ." އާންމު މައުލޫމާތު މުއްސަނދިކުރަން ބޭނުންވާ މީހުން ވަރަށް ބޮޑު ޝައުގުވެރިކަމެއްދޭ ޝޯއާ ބެހޭ ގޮތުން އަމީތާބް ބުންޏެވެ.

އޭނާ މިހާރު ހޯސްޓް ކުރަމުން އަންނަނީ "ކޭބީސީ" ގެ 13 ވަނަ ސީޒަނެވެ. މި ޝޯގެ ސީޒަން 3 ފިޔަވައި އެހެން ހުރިހާ ސީޒަނެއްގެ ހޯސްޓަކީ އަމީތާބެވެ. ސީޒަން 3 އަކީ ޝާހްރުކް ޚާނާ އެކު ސްޓާ ޕްލަސް އިން ގެނެސްދިން ސީޒަނެކެވެ. "ކޭބީސީ" ބެލުންތެރިންނަށް ގެނެސްދޭން ފެށީ 2000 ވަނަ އަހަރު އެވެ.

އަމީތާބްގެ 1،000 ވަނަ އެޕިސޯޑާ އެކު ސޮނީން ވަނީ 21 އަހަރުގެ ހަނދާންތައް ވެސް އާކޮށްދީފަ އެވެ. އެކަމާ ގުޅިގެން އަމީތާބް ޖަޒުބާތުން ފޯކޮށްލައި ލޮލުން ކަރުނަ ވެސް ހިލުނެވެ.

"މި ޝޯ އާ ހޯސްޓްކުރަން ފެށި ފަހުން އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ވަރަށް ބޮޑު. މިހާރު ވަރަށް ގިނަ ބަޔަކު މިކަމަށް ހިތްވަރުދޭ. ހަގީގަތަށް ބުނަންޏާ އަހަރެން ދުނިޔެ ބަދަލުކޮށްލި ޝޯއެއް ކޭބީސީ އަކީ." އިންޑިއާގެ އެންމެ ވަރުގަދަ އެއް ފިލްމީ ޝަހުސިއްޔަތު ބުންޏެވެ.

މި ޝޯ އަށް އަމީތާބާ އެކކު ބޮޑު ފުރިހަމަކަމެއް ގެނެސްދީފައިވެ އެވެ. އެގޮތުން އޭނަގެ ހިންދީ ބަސްކޮށާރާއި ޝަހުސިއްޔަތުގެ ވަރުގަދަ ކަމާއި ދޫފަރިތަކަމާއި ޝޯގައި ބައިވެރިވާ މީހުންނާ ބާއްވާ ގާތްކަމާއި ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލަކީ ވެސް "ކޭބީސީ" ގެ ބެލުންތެރިން ވަރަށް ބޮޑަށް ފާހަގަކުރާ ކަންކަމެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454