މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ. --ފޮޓޯ:ރޮއިޓާސް
06 ޑިސެމްބަރ 2021 - 12:15
ނޭޕީޑޯ (ޑިސެމްބަރު 6) - އަސްކަރީ ބަޣާވާތަކުން ވެރިކަން ވައްޓާލި މިއަންމާ ސަރުކާރުގެ އިސް ލީޑަރު އަން ސަން ސޫކީ ހަތަރު އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
އެކަމަނާ ކުށްވެރިވެފައި ވަނީ ސަރުކާރާ ދެކޮޅު އަމަލުތައް ހިންގުމާއި ކޮވިޑުގެ ގަވާއިދުތަކާ ޚިލާފުވުމެވެ. މިއީ ސޫކީގެ މައްޗަށް އުފުލާފައިވާ 11 ދައުވާގެ ތެރޭން އެއް ދައުވާގެ ހުކުމެވެ. ބާކީ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. އެ ހުރިހާ ދައުވާއަކަށް ވެސް ސޫކީ އިންކާރު ކުރައްވަ އެވެ.
މިއަންމާގެ މަދަނީ ސަރުކާރު، ސިފައިން ނުކުމެ މިދިޔަ ފެބްރުއަރީ މަހު ވައްޓާލި ފަހުން ސޫކީ، 76، ހުންނެވީ ގޭ ބަންދުގަ އެވެ. ސިފައިންގެ ބަޣާވާތަށް ފަހު ކުރީގެ ސަރުކާރުގެ އިސް ވެރިން ވެސް ތިބީ ބަންދުގަ އެވެ. ސޫކީ ޖަލަށް ގެންދާނެ އިރެއް އަދި ނޭނގެ އެވެ.
ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީގެ ބައިވެރިޔާ އަދި ކުރީގެ ރައީސް ވިން މިންޓް ވެސް ވަނީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
މިއަންމާގެ މަދަނީ ސަރުކާރުގެ ސްޓޭޓް ކައުންސެލާ ސޫކީ (ވ) އަދި އެ ސަރުކާރުގެ ރައީސް ވިން މިންޓް މެއި 26، 2021 ގައި ކޯޓުގައި. --ފޮޓޯ:އޭއެފްޕީ
ސޫކީގެ މައްޗަށް ސާބިތުވި އެއް ހުކުމަކީ މިދިޔަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައި ސަޕޯޓަރުންގެ ގްރޫޕަކަށް އެކަމަނާގެ އަތުގެ އިޝާރާތުން ސަލާމް ކުރުމެވެ. އޭރު އެކަމަނާ ހުންނެވީ މާސްކް އަދި ފޭސް ޝީލްޑް ވެސް އަޅުއްވައިގެންނެވެ. އެކަމަކު އަސްކަރީ ސަރުކާރުން ނިންމީ ސޫކީ ގޮވިޑުގެ ގަވާއިދާ ޚިލާފުވި ކަމަށެވެ. އަނެއް ކުށަކީ އަސްކަރީ ބަޣާވާތާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައި ބަޔާނެއް ނެރުއްވުމެވެ.
ކޯޓުގައި ސޫކީގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތުގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ. އެކަމަނާގެ ވަކީލުންނަށް ވެސް ވަނީ މައުލޫމާތު ހާމަކުރުން މަނާކޮށްފަ އެވެ.
ސިފައިން ނުކުމެ ބަޣާވާތްކޮށް ވެރިކަން ވައްޓާލީ މިދިޔަ އަހަރުގެ އާއްމު އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ އިންތިޚާބު ވަނީ ބޮޑު ތަފާތަކުން ސޫކީގެ އެންއެލްޑީން ކާމިޔާބު ކޮށްފަ އެވެ.
ބަޣާވާތާ ދެކޮޅަށް ނުކުތް އާއްމު ރައްޔިތުންނާ ދެކޮޅަށް ސިފައިން ވަނީ ވަރަށް އަނިޔާވެރިވެފަ އެވެ. ފެބްރުއަރީގެ ފަހުން މިހާތަނަށް ވަނީ 10،600 މީހުން ހައްޔަރުކޮށްފަ އެވެ. މޮނިޓާރިން ގްރޫޕެއް ކަމަށްވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް އިން ބުނި ގޮތުގައި ބަޣާވާތަށް ފަހު ހިންގި ހަމަނުޖެހުންތަކުގައި ވަނީ 1،303 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައިމް ލައިން
06 December 2021
ހޭ އަރާފަ ހުންނާނީ
ކުދުބެއްޔާ
06 December 2021
މިހެން އުޅޭ ކޮންމެ މީހެއްވެސް ކުއްވެރިވެ ބަންދެއްވެއްޖެއްޔާ ވަރަށް ފޯރި ހުންނާނެ، ދެން އެމެރިކާއާއި، ދިވެހިންގެ ތެރޭގައި އުޅޭ މީނާގެ ރައްޓެހިކަލޭގެ ވެގެން ފޯރިދީގެން ރައްޔިތުން ނުކުންނަންވީ ހަޅޭލަވޭ، ތަންތަނުގަ އަލިފާންޖަހަން... މިވެރިންގެ ވެރިކަމުގަ ކިތައް މީހުން މަރައި، ކިތައް މީހުން ޖަލަށްލާފައިވާކަމެއް ހަނދާނެއްނުވާނެ.... ތިމާމީހާ ކުއްކުރީމަ އަދަބެއް ލިބިގެންނުވޭ...ތިކަހަލަ ބަންދުން ސަލާމަތްވުމުގެ ތަޖުރިބާކާރުން މޯޑިވްސްގަ އުޅޭނެ
ސަަަސި
06 December 2021
އަސްތާ ޑިމޮކުރަސީ ޖަލަށްލާން ވީއްޔަ ތި ހުކުމް ކުރީ، ހަސަން ކުރުސީގެ ބަޔާން އެނގުނީމަ ދެން ރަގަޅުވާނީ
އަސަރު69
06 December 2021
ކަމަނާގެ ވެރިކަމުގާ މުސްލިމުންނަށް ހަދާލިގޮތް އަދިވެސް ހަނދާނުގާ އެބަހުރި. ކަމަނާގެ ސިފައިންނާ ފުލުހުންލައްވާ މުސްލިމުން ކޮށާ ކުދިކޮށް އެމީހުންގެ ގެތަކުގާ ރޯކޮށް މުސްލިމުން ދިރިތިއްބާ އަންދާ އަޅިޔަށްހަދާ މީހަކު އަނިޔާވެރި ވާނީ އެވަރަށް އަދިވެސް އެކަންކަމާ ބިރުން ގައުމުދޫކޮށްދިޔަ އެތައްލައްކަ މުސްލިމުން އެތިބީ ރެފިއުޖީންގެ ގޮތުގާ. ކަމަނާގެ ނުރައްކާތެރިކަމާ ކަމަނާގެ ބިރުވެތިވުން ކުޑަވުމާ އަނިޔާވެރިކަމަކީ ކަމަނާއަށް ޖަލުގެ ކުޑަގޮޅި ކަށަވަރުވުން.
ފަސްދޮޅަސްނުވައެއް
06 December 2021
ބަންގާޅުން މިއަންމާއަށް ވަގަށް ވަދެ ތިބެ އެތާނގަ ޓެރަރިޒަމްގެ އަމަލުތައް ހިންގީމަވެސް އެމީހުން އަތްއުރާލާއިގެން ތިބެންވީތަ؟ ރާއްޖޭގަވެސް ވަގަށް އުޅޭ ބަންގާޅުން ދިވެހި ސިފައިންނާ ކުރިމަތިލާ ތަންތަން ގޮއްވަން ފަށައިފިއްޔާ ދިވެހިން ތިބޭނެތަ ބަލަހައްޓައިގެން؟
ހަހަހހަހ
06 December 2021
ސޫޗީ...ނޮޓް ސޫކީ... :)
ރަދީފްއޮފިޝިއަލް
06 December 2021
ހެހެހެހެހެހެ.ޑިމޮކްރަސީގެ މާމައަށް ރާކަނި މަސް ކެވުނުތަ؟؟ ތިމާގެ ފަސްގަނޑުގަ ބޮޑު ގަތުލުއާންމެއް ހިންގިއިރު ފެނުނުކަމަށް ވެސް ނުވި.އިވުނުކަމަށް ނުވި.
އަފްރާސިޔާބު
06 December 2021
އެކަމަނާ އެއީ ޑިމޮކްރަސީގެ މަންމަ. އެކަމަނާ މީހުން މުސްލިމުން މަރާލަން އޯކޭ ވީވެސް ޑިމޮކްރަސީގެ ބައްޕަ އެމެރިކާއާއި މާމަ އިނގިރޭސީންނާއި ކާފަ އިންޑިއާ އިން މުސްލިމުން މަރާތީ އެމީހުންނާ ތަބައިވުމުގެ ގޮތުން. އެ އަނިޔާވެރިޔާގެ މައްޗަށް އެއަށްވުރެ ބޮޑު އަނިޔާވެރި ބަޔަކު ފޮނުއްވައިގެން އެތިބީ މައިރިކޮށްފައި. ދެން ޖަލުގެ ކުޑަގޮޅީގައި އުމުރު ހުސްކޮށްލަން ޖެހޭނީ.