ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެ އަވަށުގެ ރައްޔިތުންނާ އެކު.-- ފައިލް ފޮޓޯ: ނަހުލާ / ފޭސްބުކް
06 ޑިސެމްބަރ 2021 - 13:31
ވިލިމާލޭގައި ހުންނަ ސިނަމާލެ 4 އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން، ފްލެޓް އަމިއްލަ ކުރުމަށް ރަޖިސްޓަރީ ނުކުރެވި ތިބި މީހުންނަށް އެ ފުރުސަތު މިއަދު އަލުން ހުޅުވާލައިިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ސިނަމާލެ 4 އިން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފުލެޓް އަމިއްލަ ކުރުމަށް ރަޖިސްޓަރީ ކުރަން ބޭނުންވާ މީހުން، ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް ހުރި ނަމަ، އެ ހަލާސްކުރުމަށް ފަހު، އެކަމަށް އެދި މިއަދުން ފެށިގެން ސިޓީ ފޮނުވޭނެ ކަމަށެވެ.
ފްލެޓް އަމިއްލަ ކުރުމަށް އެދޭ ސިޓީ ފޮނުވަން ދެ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި މަހުގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ އެއްކޮށް ދެއްކެން ނެތް ނަމަ، ކައުންސިލްއާ މަޝްވަރާ ކޮށްގެން އިތުރު ގޮތްތަކެއް ހޯދުމުގެ ފުރުސަތު ވެސް ކައުންސިލުން ވަނީ ދީފަ އެވެ.
ސިނަމާލެ 4 ގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ފްލެޓް އަމިއްލަ ކުރުމަށް ރަޖިސްޓަރީ ނުކުރެވި ތިބި މީހުންގެ މައްސަލަ، އެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ ދެ ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ހުށަހެޅުމުން ވެސް، އެކަމަށް އެއްބާރުލުން ނުލިބިގެން އޭނާ ވަނީ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ކައުންސިލުން އެ ފުރުސަތު މި ހުޅުވައިލީ އޭގެ ދޮޅު މަސް ފަހުންނެވެ.
އެ ފްލެޓުތައް އަމިއްލަ ކުރުމުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 30، 2004 ގެ ކުރިން ސޮއިކޮށް ނިންމުމަށް، އެ އަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު، އޭރުގެ މާލެ މުނިސިޕަލްޓީ އޮފީހުން އާއްމުކޮށް އެންގި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިނުކުރެވުނު 31 ވަރަކަށް އާއިލާ އެބަ ތިއްބެވެ.
އެހެންވެ، ނަހުލާ ހުށަހެޅުއްވީ ކުލި ދައްކަމުންދާ މީހުންނަށް އަލުން އިއުލާނުކޮށް، އިތުރު ފުރުސަތެއް ދީ ފައިސާ ހަލާސްކުރުމަށް ފަހު ފްލެޓް އަމިއްލަ ކުރެވޭނެ ގޮތް ހަދައިދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
87643
06 December 2021
ވަރަށް ލަދުހަޔާތް ނެއްމީހުން ކުލިނުދައްކާ ފްލެޓްތަކުގަ އުޅޫނީ
ކީސާ ފަތި.
06 December 2021
ތިއީ ދައުލަތުގެ މުދާ. ތިތަންތަނަށް ކުލިނުދައްކާ އަގުހަމަނުކޮށް ތިތަންތަން އެމީސްމީހުންގެ ނަމަށް ރަޖިސްޓްރީކޮށްދީގެން ނުވާނެ. ފަހުން ތިކަން ކުރި ބައެއްގެ މައްޗަށް ދައުވާ އުފުލޭނެ.
ބޮޓު
06 December 2021
އެ ފްލެޓްތަކުގަ އުޅެނީ ކުލި ނުދައްކާ..