ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ޑިސެމްބަރ 2025 - 10:29
ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިންމާއަކަށް ވިޔަސް އެކަމަށް ހައްލެއް އަދިވެސް ގެނެސްދެވިފައި ނުވާތީ، އެ މައްސަލައަށް ސަރުކާރުން "އިންޓަވީންކޮށް" އެކަން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ، ވަރަށް ބޮޑަށް ބާވެފައި ހުރި އެ އިމާރާތްތަކުގެ ހާލަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފަ އެވެ. އަދި އެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްފައި ވަނިކޮށް، ޖޫރިމަނާގެ ފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން ސިޓީ ފޮނުވާ ކަމަށް ބުނެ ވެސް މީހަކު ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތަކުގެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދެއްވާފައިވާ ކަމަށެވެ.
އެއީ، ސިނަމާލެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓަށް ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އެވެ. އެ ޖޫރިމަނާ މާފުކޮށްދިނީ ނޮވެމްބަރު 2022 ގަ އެވެ.
އެ މައްސަލައާ ގުޅިގެން ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ޖޫރިމަނާ މާފުކޮށްދީފައި ވަނިކޮށް ސިޓީ ކައުންސިލުން އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކަން ހިނގާފައި އޮތް ގޮތެއް ބަލަން، ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އަރިހުގައި ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ ސިނަމާލެ އާއި މާލޭ ހިޔާގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސިޓީ ކައުންސިލަށް ނުވާ ކަމަށެވެ.
"އެތަނުގެ ހާލަތާއި އެތަނުގައި މި ހުރި ހުރިހާ ކަމެއް، ލިފްޓުގެ މައްސަލަ، ފާހާނަތަކުން ފެން ފޭބުން ވިޔަސް، މިވެސް ސީދާ ކައުންސިލުން ބަލަހައްޓަން ޖެހޭ ތަނެއް، މެއިންޓެނަންސަކީ ކައުންސިލްގެ ޒިންމާއެއް، އެކަން އެ އޮތީ ނުކުރެވި. އެތަނަށް ދައްކަން ހުރި ފައިސާގެ ކަންތައް ވެސް، މިއީ ހަމަ ސީރިއަސް އިޝޫސްތައް،" ރައީސް ވިދާޅުވި އެވެ.
"ކައުންސިލުން ކުރަން ޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. އެހެންވީމާ، ސަރުކާރުން މިކަމުގެ ތެރެއަށް ސްޓެޕްއިން ކޮށްގެން ވާނީ."
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވިދާޅުވީ ސިޓީ ކައުންސިލުގެ މައްޗަށް މި މައްސަލަ ދޫކޮށްލާފައި ބޭއްވުމަށް ވުރެ މިހާރު މައްސަލަ މާ ސީރިއަސް ވެއްޖެ ކަމަށެވެ. އެހެންވީމަ، ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވަނީ ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތައް ތަޅާލައި، އެ މީހުން ދިރިއުޅެން އެހެން ފްލެޓްތަކެއް އަޅަން ނިންމައިފަ އެވެ. އަދި އެ އިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމެއްގައި ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީއާ އެކު އޮގަސްޓް 17، 2023 ގައި ސޮއިކުރި އެވެ.
ސިޓީ ކައުންސިލުން އޭރު ހެދި އެއްބަސްވުމުގެ ދަށުން 1،500 ހައުސިން ޔުނިޓް އަޅަން ވަނީ ހަމަޖެހިފަ އެވެ. އެއީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް ހިމެނޭ 23،476 އަކަ މީޓަރުގެ ބިމެއްގަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ހޭންޑްބޯޅަ ކޯޓު އޮތުމުން 3،310 އަކަ މީޓަރު ވަނީ އުނިކޮށްފަ އެވެ. އެހެންވެ، ފްލެޓުގެ އަދަދު 1،360 އަށް ވަނީ މަދުކޮށްފަ އެވެ.
ސިޓީ ކައުންސިލުން މި އަހަރު ކުރީކޮޅުގައި ބުނެފައިވާ ގޮތުގައި ސިނަމާލެ އާއި މާލެ ހިޔާގެ ބާ އިމާރާތްތައް ތަޅާލާނީ މިހާރު އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެހުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 December 2025
ރާއްޖޭގެ 187 ރަށުގައި ފަސް ލައްކައަށް ވުރެން ގިނަ ދިވެހި ރައްޔިތުން ދިރިއުޅެމުންދާއިރު ކ.އަތޮޅު މާލެ ފިޔަވާ (ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީ ފަދަ އާބާދީ ބޮޑު ރަށްރަށުގެ ރައްޔިތުނަށްވެސް ނުދޭ ފުރުސަތުދީގެން) އެހެން އެއްވެސް ރަށަކަށް ނުދޭ ފުރުސަތެއް ހަމަ އެކަމި ތިރަށު މީހުނަށް ދީގެން "ރައްޔިތުންގެ ޙިޔާލަތް ކަންކަން ނިންމަނީ ކަމަށް ބުނެ" ތިއުޅެނީ ޒަމާނުއްސުރެން ދަމަހައްޓަމުން އަންނަ "އެއްރަށް ދައުލަތް ސިތާސަތު ފުޅާކުރަން" ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީ
17 December 2025
ބޯހިމެނުމުގެ ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 4 ބައިކުޅަ 3 ބައި މީހުނާއި ގާތްކުރާ އަދަދަކަށް ކ.އަތޮޅު މާލޭގައި މީހުން ދިރިއުޅޭ ކަމާއި، މިމީހުންގެ ތެރެއިން "ގިނަ މީހުނަކީ މަޖުބޫރީ ޙާލަތް މެދުވެރިވެ އަސާސީ ކަންކަން ބޭނުންވާތީ ތިރަށަށް ޙިޖުރަކޮށް ތިޔަ މުޤައްދަސް ރަށްކޮޅުގައި ކުލީ އަޅުންގެ ގޮތުގައި އުޅޭ މީހުންކަމާއި، އެމީހުނަކީ ކައިރި މުސްތަޤުބަލެއްގައިވެސް އަބުރާ އަމިއްލަ ވަޒަނަށް ދެވޭނެ ބައެއްނޫންކަން" މާލޭސަރުކާރަށް ރަނގަޅަށް އިގޭނެ.
ކޮސް
17 December 2025
މައްސަލަ ހުރި ތަންތަނަކީ ޑރ. މުއިއްޒު 3 އަހަރުވަންދެން މޭޔަރުކަމުގަ ހުންނެވިއިރު އަޅާނުލެއްވި ތަންތަން. މިހާރުގެ މޭޔަރު އާދަމް އާޒިމަށް ފުރަތަމަ ޖެހިވަޑައިގަތީ ގަޑުބަޑުވެފައިވާ ސިޓީކައުންސިލް ހަމައަކަށް އަޅުއްވަން.އެކަން ނިމުނުއިރު މިއޮތީ އިންތިޚާބު. އާދަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެކަން ކުރައްވާނެ. ދެން އަވަސްކުރަން އެއްމެ އައުލާކަން ބޮޑީ މުއިއްޒު އެކަން ކުރެއްވުން ހަމަ.
އޮނަރަބްލް އަފީފު ދީދީ
17 December 2025
ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތުދަށުން ތިރަށުމީހުނަށް ސޯލިޙް "ބަހާލި" 6،200 ގޯއްޗަކީ 11.3 މިލިއަން އަކަފޫޓްގެ ބިން. ހުޅުމާލޭ 25 ބުރީގެ 16 ޓަވަރު އަޅާފައިވަނީ 195،920 އަކަފޫޓު ބިމުގައި. އެހެންވީމާ "ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ހިލޭ ބަހާލި 11.3 މިލިއަން އަކަފޫޓު ބިމަކީ އޭގެ 57 ހިޔާ މަޝްރޫޢު ނުވަތަ 25 ބުރީގެ 926 ޓަވަރު ނޫންނަމަ 440،000 ފްލެޓް އިމާރާތް ކުރެވޭނެ ބިން ނޫންތޯ؟ އެހެންކަމުން މަތީގައި ދެންނެވިފަދަ ޤާނޫނެއްނެތި އަނެއްކާވެސް ބިން ބަހާލަނީތޯ؟
އޮނަރަބްލް އަފީފު ދީދީ
17 December 2025
މިގޮތަށް ޤަބީލާ ވަންތަ އުސޫލުން ބިމާއި ފުލެޓް ބަހާ ހުސްކޮށްނުލާ ގޯތިގެދޮރާއި ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް ވާރުތަ ވެގެން ލިބޭ ބިމާއި ގެދޮރުވެސް ހިމެނޭގޮތަށް ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފުރީކޮށް އޭނާ މިލްކުކުރާ ދެވަނަ ބިމާއިފުލެޓުން %50 އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާ "ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމްތަކަށް ދޮގު މައުލޫމާތުދިނުމާއި، އެފަދަކަމަކަށް އެހީތެރިވުމަކީވެސް ޖިނާޢީކުށެއްކަމަށް ޤާނޫނުގައި ކަޑައަޅާ ގެޒަޓް ކުރޭ.
ޓައްޕު
17 December 2025
މާލެސިޓީ ކައުންސިލް އުވާލާ
އިބްރާހީމް
17 December 2025
މިފަހަރުވެސް އިނީ 45 އަހަރުވުމުން ލިބޭ މާކްސް ދައްވާ ގޮތަށް. ކުރިން ނުލިބި ތިބި މީހުންނަށް އޮތް ފުރުސަތުވެސް ހަނިވާ ގޮތަށް އުސޫލު އެކުލަވާލާފައިވަނީ. ކޮންމެވެސް މީހަކު މިވާހަކަ ދައްކަބަލަ ބަދަލެއް ވޭތޯ.
މަންމަނު މިޔާ
17 December 2025
ސިޓީކައުންސިލަށް މިހާރު ބޭނުންވަނީ ނަމަށް ޕުރައިވެޓު ލިމިޓެޑު އިތުރު ކުރަން؟ ސަރުކާރުން ދެކޭ ގޮތުގައި އެއީ ސަރުކާރާއި ބެހޭ ތަނެއް ނޫން
އޮނަރަބްލް އަފީފު ދީދީ
17 December 2025
މިސަރުކާރުގެ ރަނގަޅުކަމާއި، ހިތްހެޔޮކަން އަދި "ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުނާއިމެދު އިންސާފަށް ކަންކުރާކަން ދެއްކުމަށް" ތިކަންކުރާނަމަ، ފުރަތަމަކަމަކަށް ރާއްޖޭގެ އެހެންއެއްވެސް ރަށެއްގެރައްޔިތުނަށް އަދި އަމުދުން ޤާނޫނީގޮތުން މާލޭ ރަށްވެހިންގެ ގޮތުގައިތިބި "މާލޭ ދަފުތަރުމީހުނާއި" އެމީހުންގެ މުޅިދިރިއުޅުން ތިރަށުގައިބިނާކޮށްގެން ތިރަށުގައި ވަޒީފާއަދާކުރާ ތިރަށުގައިދިރިއުޅޭ އެހެން ރަށްރަށުމީހުނަށް ތިފުރުސަތު ނުދިނުމަކީވެސް ބޭއިންސާފު ނޫންތޯ؟
މަޝްރޫއުތަކެއް
17 December 2025
އަހަރެންގެ ހަނދާން ބަލިނޫންނަމަ ސިޓީ ކައުންސިލުން ހިންގަން ރާވާފައިއޮތް 3-4 މަޝްރޫއެއް 6 މަސްދުވަހުން ނިންމާނެކަމަށް ބުނެ ބަޔަކު ހަވާލުވި. އެމަޝްރޫއުތަކައް ވިީގޮތެއް ބަލަންނުޖެހޭބާ؟
އޮނަރަބްލް އަފީފު ދީދީ
17 December 2025
ބިމާއި ފުލެޓްދިނުމަށް ޤާނޫނަކުން އުމުރުފުރާ ކަޑައެޅުން މުހިންމުކަމަށް ދެކެން. ޙާއްސަކޮށް ބިންދޫކުރަނީ އާއިލާއެއްގޮވައިގެން ދިރުއުޅުމެއްހޯދުމުގެ ބޭނުމުގައި ކަމަށްވާއިރު އުމުރުން 65 އަހަރުން މަތީ މީހުނަށް ފުލެޓް އަމުދުން ބިން މިލްކު ކުރެވޭގޮތަށް ދޫކުރުމުގެ ބޭނުމަކީ ކޮބާ؟! އެންމެފަހުން ބަހާލި ބިލިޔަން ޑޮލަރުގެ ބިންތަކުން 75 އަހަރުން މަތީމީހުނަށްވެސް ބިން ދީފައިއެބަހުރި. އެހެންކަމުން ބިން ލިބޭނީ 25 އަހަރާއި 65 އަހަރާއިދެމެދު މީހުނަށްކަމަށް ކަޑައަޅާ.