ރަހީނުކޮށް އަނިޔާކުރި ސިފައިންގެ ފަަހީމްގެ ހާލު ބެއްލެވުމަށް އެމްއެންޑީއެފްގެ އިސްބޭފުޅުން ހޮސްޕިޓަލުގައި.-- ފޮޓޯ: އެމްއެންޑީއެފް
07 ޑިސެމްބަރ 2021 - 22:54
މާލޭގައި ސިފައިންގެ މީހަކު ރަހީނުކުރި މީހުން އޭނާ ގޮވައިގެން އޭޓީއެމްތަކަށް ގޮސް ފައިސާ ފޭރެން އުޅުނުކަން ހާމަވެއްޖެ އެވެ.
އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި ހަސަން ފަހީމް ރަހީނުކޮށް، އަނިޔާ ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ، މ. ފްރީޒް މުހައްމަދު ޖައިލަމް ފިރާގު، 29 އާއި ހދ. ނޭކުރެންދޫ ވިނަރެސް އާދަމް ވިޝާން 18، އަދި ގއ. ކަނޑުހުޅުދޫ، ފެހިގެ، އާދަމް ސަނީން އެވެ.
އެ މީހުންގެ ބަންދު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ޖައިލަމްގެ ބަންދަށް ފަސް ދުވަސް، އަދި ވިޝާން އާއި ސަނީންއަށް ހަތް ދުވަސް ޖަހައިފަ އެވެ. އެ ތިން މީހުން ވެސް ބަންދު ކުރީ މުޖުތަމައުގެ ސަލާމަތައް ނުރަކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަ އެވެ.
ޖައިލަމްގެ ބަންދު އަމުރުގައިވާ ގޮތުން، ފައިސާ ނެގުމަށް ސިފައިންގެ މީހާ ގޮވައިގެން ގިނަ އޭޓީއެމްތަކަކަށް ދިޔަ އެވެ. މިކަން އޭނާގެ ބަހުންނާއި އެ މައްސަލައިގެ ފުލުހުންގެ އައިއޯގެ ބަހުން އެނގޭ ކަމަށް އަމުރުގައިވެ އެވެ.
މި މީހުންގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން، ޖެހުން، ބްލެކްމެއިލް ކުރުން، ފޭރުން އަދި ބިރުދެއްކުމުގެ ތުހުމަތު ކުރެ އެވެ. އޭގެ އިތުރުން ޖައިލަމްގެ މައްޗަށް އޮރިޔާންކާޑު އުފެއްދުމުގެ ތުހުމަތާއި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް ކުރެ އެވެ.
ސިފައިންގެ މީހާގެ އާއިލާއިން އެންމެ ފުރަތަމަ ބުނެފައި ވަނީ އޭނާ ރަހީނުކުރުމަށްފަހު ފައިސާ އަތުލަން މަސައްކަތް ކުރި ކަމަށެވެ. އަދި ނުދިނުމުން އޭނާއަށް އަނިޔާކޮށްފައި އައިޖީއެމްއެޗް ކައިރިއަށް އެއްލާލީ ކަމަށެވެ.
އެހެންނަމަވެސް، ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެ ހާދިސާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގައި ޖެހުނު މައްސަލަކާ ހެދި ހިނގި ކަމެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މީގެ ކުރިން ފުލުހުން ވަނީ ވިލިމާލޭގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޅިނދު
08 December 2021
މީ އެމްއެންޑީއެފް އިޝޫއެއްނޫން، ފައިސާ/ލޯން އާއި ގުޅުން ހުރި މައްސަލައެއްހެން ހީވަނީ، އަނބުރާ ދައްކަން ޖެހޭ ދުވަހަށް ނުދެއްކުމުން، ކޮންމެވެސް މީހަކު ލައްވާ ބިރުގަންނަވައިގެން، ނުވަތަ ބިރުވެރި ބައެއްގެ ނަންގަނެގެން، ބޭނުންކޮށްގެން ބިރުދައްކައި ލާރި ހޯދަން މަސައްކަތް ކުރުން، އެގޮތުން ނުލިބިއްޖެ ނަމަ ދެން ވައްޓާލާނީ ގެޔަށް ކަންނޭންގެ، ވަދެ ބެޑްރޫމްގައި އޮށޯވެލައިގެން އޮންނާނީ ކަންނޭނގެ ލާރި ދެންދެން.
ދެޕިއުޓީ
08 December 2021
ދުވަސްކޮޅަކުން ކައުންސިލުން ސޮއިކޮށްފައި ދިވެހި ބޭންކުވެސް ބަޔަކަށް ދީފާނެތާ! ތަންދޮރު އޮޅުންނުފިލިޔަސް މިއީ ތަންކޮޅެއް ބޮޑުވަރު.
ހެއ3ނސްމ
08 December 2021
ފަހީމް އާއިހެދި ސިފައިންނެރެންޖެހުނު ސައްހަ ނޫން ބަޔާނުގެ ސަބަބުން ނާއި ސިފައިންގެ ކާރާމަތާށާއި ގަދަރަށް ހުތުރު ލުބުމުންވެސް ފަހީމް ބަންދުކޮށް ޑިމޯޓްކުރާކަށް ސިފައިންގެ ބޯޑްތަކުން ނުކެރިގެން އުޅޭނީ ކީއްވެބާ؟
ސަންސިންސުން
08 December 2021
ތިޒާތަށް ހިނގާފަ ހުންނަ ގިނަ މައްސަލަތަކުގައި ކަންތައް ވެފައި އޮންނަ ގޮތަކީ އަންހެނެއްގެ އިޝާރާތަށް ހެއްލިގެން ފިރިހެންމީހާ ދަނީ. ކޮޓަރިޔަކަށް ވަންނަނީ. ދެން ޕާޓޭންތަކެއް ނުކުމެ ތަޅާލާފަ ލާރިކޮޅު އަތުލަނީ. މީ ދުރާލާ ރާވައިގެން ހިންގާ ކަންކަން. ދެންވާގޮތަކީ މައްސަލަ ޖައްސާކަށް ނުކެރޭ. ރަނގަޅަށް ކިޔައިދޭކަށް ނުކެރޭ. ތިމާ މިއޮންނަނީ ރަނގަޅަށް މަޅީގަ ޖެހިފަ.
ސަލްފާ
08 December 2021
ކޮންމެ ކަމެއްގައި ފުލުހުން ދޮގުހަދަނީ..އެކަމު އިމްރާންބުނީ ފުލުހުނަށް މިހާރު ރައްޔިތުން އިތުބާރުކުރެއޭ..މިވަރުނަ ކިހިނެއް އިތުބާރު ކުރާނީ..ކޮންމެ ކަމެއް އެމީހުން ބޭނުންގޮތަކަށް އަނބުރާލަނީ..
އުދުހޭ
08 December 2021
ޓެރެރިޒަމް ސެންޓަރުން މިމައްސަލަ ނުބަލަންޏާ ދެން އެސެންޓަރުން ބަލާނެ އެއްޗަކަށް އޮންނާނީ ސިޔާސީ މީހުންގެ ކަންކަންދޯ
ޕްރައިވެޓް
08 December 2021
ފަހީމް އާއި ރައްޓެހި ނޫކަށިފުރައިގެ ޒުވާން ފިރިހެން ކުދިން އުޅޭނެ. އެއީ މައްސަލައެއްނޫން. ސައިކަލުގަ އޭނާ ގޮވައިގެން އޭޓީއެމް އަށް ދިއުމަކީ ވެސް މައްސަލައެއް ނޫން.. ޖިންސީ އެދުންވެރިކަން އިތުރު ކުރުމަށް ބައިވެރިޔާ ލައްވާ އަނިޔާ ކުރުވުމަކީ މިހާރު އާކަމެއް ނޫން. އެކަމަކު ބައިބެރިޔާއަށް އަންގައިގެން ވިޔސް ނާންގާ ވިޔަސް ބައިވެރިޔާގެ އޮރިޔާން ކާޑު ތައްޔާރުކުރުމަކީ ގޯހެއް. ދުނިޔޭގެ ލަދަށް، ތިމަންނާއަށް އަނިޔާކޮއްފަ އެއްލާލީއޭ ބުނުމަކީވެސް ގޯހެއް
ބައިސެންޓް
08 December 2021
ޒާތީ ދިރިއުޅުމާ ގުޅުންހުރި ކަމެކޭ ކިޔާފަ، ވީގޮތް ސީދަލަށް ކިޔައިދޭން ނުކެރިގެން ފުލުހުން އުޅެނީ. މިހުރިހާ ދުވަހު ފުލުހުންނާއި ނޫސްވެރިންގެ ފަރާތުން ޖަވާބު ނުލިބުނު އެތައް ސުވާލަކަށް މިކޮމެންޓުން ޖަވާބު ލިބިއްޖެ. މިހާރު ކަންހިނގާފަ އޮވެދާނެ ގޮތް ތަސައްވަރު ކޮށްލަން އެނގިއްޖެ. އަދިވެސް އެމްއެންޑީއެފް ޖެނެރަލުން ތިބޭނެ މިއީ ގައުމީ ދިފާއީ ބާރަށް ދިން އުދުވާނީ ހަމަލާއެކޭ ކިޔާފަ ބަޔާން ނެރެން. ދޮގު މައުލޫމާތު ފެތުރުނީތީ މާފަށް އެދުމެއް ނޯންނާނެ.
ޞަވޭ
08 December 2021
މިހާރު މިކިޔަނީ ކީކޭ..؟
އުއްތަމަ އުސްތާޛް
08 December 2021
ޒާތީ ކަމެކޭ ބުނެފައެއޮތީ އެހެން ނޫން ގޮތަކަށް ނުބުނެވޭނެއަތީ. ގެސްޓުހައުސް އަކަށް ގެންގޮސް އޮރިޔާން ކާޑު އުފައްދާ ބުލެކްމެއިލްކުރިކަންވެސް އެއޮތީ ނޫންތަ ދަޢުވާ ގައި. ނުބުނެ ހުރީ ވާހަކަތައް ދެނެގަނެބަލަ
ކޮރަލް
08 December 2021
ސީސީޓީވީ ކެމެރާ ގިނަ ކޮށް ބަލާނަމަ ކިތަންމެ ކަމެއް ހުއްޓު ވޭނެ އެވެ. މިހާރު މަގުމަތީ ބައެއް ބޮޑެތި ކެމެރާ ހުރީ ސިޔާސީ ބައެއް މީހުންގެ ދޮރޯށި ފެންނަ ގޮތަށެވެ. ކިނބިގަސް ދޮށުގެ ގުދަން ބަލަން ބޮޑު ކެމެރާ ސަރުކާރުން ހިަރުކޮށްފަ ހުރުމުގެ ބޭނުމެއް ނެތެވެ.
ރާޝިދާ
08 December 2021
ވެރިކަން ވައްޓާލަން ބެއްޔާ ކަޅުދަބަސް ވައްދާތަން ބަލަން ޖެހޭ. ނުރައްކާ މީހެއް ބެއްޔާ އެއީ