މެމްބަރު ރިޔާޒް ރަޝީދު: މެރީޑިއަމަކީ އޭނާގެ ކުންފުންޏެއް- ފޮޓޯ: މަޖިލިސް
05 ޖޫން 2016 - 19:21
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ކްރެޑިޓަށް ނެގި ކަމަށް ބުނާ ތެލަށް 19 މިލިއަން ރުފިޔާ ހޯދަން އެސްޓީއޯއިން ކުރާ ދައުވާގެ ޝަރީއަތަށް އެސްޓީއޯގެ މުވައްޒަފުންތަކެއް ހާޒިރުކޮށް، ހެކިބަސް ނަގައިފި އެވެ.
މެރީޑިއަމްގެ މައްޗަށް އެސްޓީއޯއިން ދައުވާކުރަނީ 2010ގެ ފަހުކޮޅު މެރީޑިއަމުން ފަހުން ފައިސާ ދޭ ގޮތަށް ނެގި ކަމަށް ބުނާ ތެލަށް 19 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެ އެ ފައިސާ ހޯދުމަށެވެ. އެކަމަކު މެރީޑިއަމުން ބުނަމުންދަނީ އެއީ ދޭންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.
އެ މައްސަލާގައި އެސްޓީއޯގައި ފަސް މުވައްޒަފަކާއި އެ ތެޔޮ ދޫކުރި ކަމަށް ބުނާ ދުވަސްވަރު އެސްޓީއޯގައި މަސައްކަތް ކުރި މީހެއްގެ ހެކިބަސް ސިވިލް ކޯޓުން ވަނީ ނަަގައިފަ އެވެ. ހެކިބަސް ނަގާފައި ވަނީ އެސްޓީއޯއިން ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި މަސައްކަތް ކުރާ ހަތަރު މީހެއްގެ އާއި އޭރު ފުނަދޫގައި އެސްޓީއޯގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހާ އާއި އެސްޓީއޯ ހެޑް އޮފީހުުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އެވެ.
ފުނަދޫގައި މަސައްކަތްކުރާ ހަތަރު މީހުން ވެސް ބުނެފައިވަނީ އެ ދުވަސްވަރު އެކި ފަހަރުމަތިން މެރީޑިއަމަށް ތެޔޮ ދޫކޮށްފައިވާ ކަމަށާއި ދޫކުރި އަދަދެއް ބުނަން ނޭނގޭ ކަމަށެވެ. އޭރު ކޮންމެ ދުވަހަކު ހެން މެރީޑިއަމްގެ އެކި އުޅަނދުތައް ތެޔޮ ބަރުކުރަން ފުނަދޫއަށް އަންނަ ކަމަށާއި އޮންނަ އުސޫލުގެ މަތިން ތެޔޮ ދޫކޮށްފައިވާނެ ކަމަށް އެ މީހުން ބުންޏެވެ.
ފުނަދޫގައި އެންމެ އިސްވެރިއަކަށް މަސައްކަތް ކުރި މީހާ ވެސް ބުނެފައި ވަނީ އެކި ފަހަރުމަތިން މެރީޑިއަމަށް ތެޔޮ ދޫކޮށްފައިވާނެ ކަމަށާއި މެރީޑިއަމްގެ އުޅަނދުތައް ކޮންމެ ދުވަހަކު ހެން އޭރު ތެޔޮ ބަރުކުރަން އަންނަ ކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު ނުރަސްމީ ގަޑީގައި ތެޔޮ ބަރުކުރަން ވެގެން މެރީޑިއަމްގެ ވެރިޔާ ރިޔާޒް ވެސް އޭނާއަށް ގުޅާ ކަމަށް އެ މީހާ ޝަރީއަތުގައި ބުންޏެވެ.
ނަމަވެސް މެރީޑިއަމަށް ފޮނުވި އެއްވެސް ބިލަކާ މެދު ދެކޮޅު ހަދައި، އެއީ އެ ކުންފުނިން ހޯދި ތެލެއް ނޫން ކަމަށް އެއްވެސް އިރަކު ފޮނުވާފައިނުވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.
ހަ ވަނައަށް ހެކިބަސް ނަގާފައިވަނީ އެސްޓީއޯ ހެޑް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާއަކީ އެ ފައިސާ މެރީޑިއަމުން ނުދެއްކުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ލިޔުންތަކުގެ ކޮޕީ ނެގުމުގައި އުޅުނު މީހާ އެވެ. އޭނާ ބުނެފައިވަނީ މެރީޑިއަމުން ނެގި ޑެލިވަރީ ނޯޓާއި ޕާޗޭސް އޯޑަރުތައް ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގެ މުހިންމު ބައެއް ލިޔުންތަކެއް އެސްޓީއޯއިން ކުރިން ވަނީ ގެއްލިފަ އެވެ. އެންމެ ފުރަތަމަ އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އެ މައްސަލަ ހިނގަމުން ދަނިކޮށް 2012 ގައި އެސްޓީއޯއިން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ. އަލުން އެ މައްސަލަ ހުށަހެޅީ ކުރިން މައްސަލަ އަނބުރާ ގެންދިޔައީ އިދާރީ އޮޅުމަކުން ކަމަށް ބުނެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާްްްަާއާދަން އާޒިމަށް
08 June 2016
ޢިނގޭނެ
ޖޭ
06 June 2016
ސޫމޯޓޯ އެއް ނެރެ ގެން ތި ޝަރަިއަތް ނުހުއްޓުވާނެ ބާއެވެ
މެންޓަލިސްޓް
06 June 2016
އެސްޓީއޯގެ ލިއެކިއުންތަކެށް ރިޔާޒް ރަޝީދުހޯދައި އެނައްތާލައިފައި ވާޙަބަރު ތަކެށްވެސް ޝޯޝަލްމީޑިޔާގައި ފެތުރުނު ، ތެދަކަށް ވެދާނެބާ ؟؟
ތާ1
06 June 2016
ބަލަ މެރިޑިއަމްއަކައް އެސްޓީއޯއަކުން އެއްވެސް ތެލެއްނުނަގައެއްނު.
މާލެކަލޯ
06 June 2016
ރިޔާޒު ރަސީދު ނުކުރައްވާނެ ދިވެއްސަކަށް ދިވެޖި ކުންފުންޏަކަށް ގެއލުންވާނެ ކަމެއް، އެޔައްވުރެ މާއިހުލާސްތެރި ބޭފުޅެއް މީ، ތީހަމަ އޅުގަނޑުމެންގެ މާލޭ ރިޔާޒްގެ އަގުވައްޓާލަން އެސްޓީއޯގަ ތިބި ވަކިބަޔަކު ރާވައިގެން ކުރާކަމެއް، ރިޔާޒުއަކީ އަނގައިން ބާރަށް ބަހެއްވެސް ވިދާޅުވާބޭފުޅެއްނޫންކަން އެންމެހާ ދިވެހީ ހެކިވާނެ، މީހަކަށް ދެރަބަހެއްވެސް ވިދާޅެއްނުވާނެ، އަނެއްކާ ރާއްޖެތެޜޭ މީހުންނާ މާލޭ މީހުންގެ ތަފާތު ކުޑަކުރުމަށް އެންމެބޮޑަށް ގަދައަޅާ ވަކާލާތްކުރައްވާ އެއްބޭފުޅަކީ ހުރިހާދިވެހީންވެސް ގަބޫލުކުރައްވާގޮތުގަ ރިޔާޒް، އަނެއްކާ ތަންދޮރު ނުދަންނަ ބޭފުޅެއްނޫން ނުލާހިކު މޮޅަށް ކިޔަވާވިދާޅުވެ ހުނަނެވި ބޭފުޅެއް... ތީހަމަ އަޅުގަނޑުމެންގެ ރިޔާޒްގެ އަގުވައްޓާލަންވެގެން އަނެއްކާ ނޫސްތަކަށް ގެނެސްގެންއުޅޭ ހަބަރެއް... އަޅާނުލައްވާތި މާލޭ ރިޔާޒް.
ވާނުވާއެނގޭތަ
05 June 2016
މިހާރު މި އިނގުނީ ވާނުވާ ނޭނގޭ ޙާލުގައިވެސް އަދި ތިމާގެ ވިސްނުމާ ޢިލަމާ މަޢުލޫމާތާ ނުބައްދަލު ދުނިޔެގެ ފެންވަރުގެ ޮޑެތި ކަންކަމުގައިވެސް ކޮމިކަލް ވާހަކަ ދައްކަމުންވެސް ސަރުކާރަށް ވަފާތެރިކަން ދައްކަން މި މަސައްކަތް ކުރާ ސަބަބު. ހިއްވަރު ކޮށްލާ. އެއކަލަ ފުންނާބު އުސް ވަކީލާ ސަރުކާރަށް ލަފާ ދޭނެ ތިއި ވުޖޫދަށް ނާންނަތެލެއްގެ ވާހަކަ ކަމާ އެހެންވީމާ މައްސަލަ "ވޮއިޑް އެބް އިނީޞިއޯ" އޭ
ފަލަކު
05 June 2016
ތިޔަވާނީ މެރީޑިއަމުން އެސްޓީޢޯ އަށް ކޮންމެ ދުވަހަކު ތެޔޮ ގެންދިޔައީކަމަށް. ރިޔާޒު ނުޖެހޭނެ ރައްޔިތުންގެ ފައިސާ އަކު. އެސްޓީއޯ ދައުވާކުރީ އޮޅުމަކުން. ރިޔާޒަށް އެސްޓީއޯ އިން 19 މިލިއަން ރުފިޔާ ދީފައި ނިންމާލާ. ތެޔޮ ކުންފުނީގެ ވެރިޔާ ހަމަ ހެވިފައި.