އޭސީސީން މިިދިޔަ މާޗު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޑިސެމްބަރ 2021 - 22:02
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދޭން އެދުމަށް އެމްޑީޕީން ނިންމައިފި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހުގެ އިދާރާގައި އެދޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މަސައްކަތަކާ ގުޅޭ ކަމެއް ކަމަށް އާޒިމްގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ދައުރުން ބޭރުން އަންނަ ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވަނީ އޭސީސީގައި މި ވަގުތު ތިއްބެވި ހަތަރު މެމްބަރުން ވަކިކުރުމަށެވެ. ފަސް މެމްބަރުން ތިއްބަވާ އެ ކޮމިޝަނުން މިދިޔަ ހަފުތާގައި މެމްބަރަކު އިސްތިއުފާ ދެއްވާފައިވެ އެވެ.
އޭސީސީގެ މެމްބަރުންގެ މަސައްކަތުގެ އޮޑިޓަށް ފަހު އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފައި ވެ އެވެ.
MDP Parliamentary Group will be submitting a request to Majlis Secretariat to recall the Majlis for a sitting outside normal sessions, under clause 45 of Rules of Procedures of Majlis. @MDPSecretariat @mvpeoplesmajlis
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 14, 2021
އެ އޮޑިޓުގައި ވަނީ އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް ކޮމިޝަންގެ ބާރު ވެސް ބޭނުން ނުކުރާ ކަމަށް ބުނެފައިވެ އެވެ. ބައެއް މައްސަލަތައް ތިން އަހަރުވެފައިވާ އިރު އެ އަދަދު 300 އަށް އަރާ ކަމަށް އޮޑިޓުގައި ބުންޏެވެ.
އޭގެ ދިފާއުގައި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ މައްސަލަތައް އަވަސް ނުކުރެވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އިންވެސްޓިގޭޓަރުން މަދުވުން ހިމެނެ އެވެ. އެއާއެކު މިިދިޔަ އަހަރުގެ ބޮޑު ބައި ލޮކްޑައުންއާ ހެދި މީހުން ހާޒިރު ނުކުރެވި، ތަހުގީގު ހިންގަން އުނދަގޫވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތާ ބެހޭ ނޭޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހުކުރަން ހަމަ އެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޝިއުނާ ވިދާޅުވީ އާ ބަޔަކު އޭސީސީއަށް ގެނައި ކަމުގައި ވިޔަސް ނަތީޖާ ނެރެވޭނީ މިނިވަންކަން ދީގެން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުގެ މިނިވަންކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ލިބެންޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
މި ދައުރުގެ ޖަލްސާތައް ނިންމުމަށްފަހު މިދިޔަ ހަފުތާގައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. އާ ދައުރާއެކު މަޖިލިސް ހުޅުވާނީ އަންނަ ފެބްރުއަރީ އެކެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާން
15 December 2021
މިވެރިކަމުގެ ކޮރަޕްޝަން މައްސަލަތައް ހުށަހެޅޭލެއް ގިނަވާ ވަރަކަށް މެމްބަރުން ބޭރުކުރުން އަވަސްކުރެވިގެންދާނެ ކަމަށް ފެންނަނީ. ދެން މިއޮތް ދުވަސް ކޮޅު ކަންކަން ދާނެ ގޮތް އަންދާޒާކޮށްލުން އޮންނާނީ. އެމީހުންނަށް ކަމެއްނުވިކަމަށް ކިޔާފަ އެމީހުން ވަކިކޮށް އެހެން ބަޔަކު ނެގުމުގެ ދިގު ޕްރޮސެސްގެ ތެރޭގަ ހިނގާ ކަންކަމަށް ވާނީ ކިހިނެތްބާ؟
ޓިނު
15 December 2021
ވަކިކރަންވީއެއްނޫން ތިތަން އުވާލަންވީ ؟ އެއްލައްކަ ރުފިޔާ ހޯދަން ދެ ލައްކަރުފިޔާ މިހާރު ތިކުރަނީ ޚަރަދު ؟
1234
15 December 2021
ތިކޮމިޝަންތަކާއި، މުައްސަސާތަށް އުފައްދައިގެން ވާކަމެއްނެތް އެއްލުނު އެއްރުފިޔާވެސް ނުލިބި ތި ތަންތާތިބި މީހުންގެ މުސާރައަށް މިހާރު ގެއްލުނު ފައިސާއަށްވުރެ ގިނަ ފައިސާ ޚަރަދުވެދާނެ؟
އަލީ ވަ
15 December 2021
ދައުރުން ބޭރުން ކަލޭމެންއަޅެފަހެ މިޑުރަގުގެ ވަބާއިން މިގައުމު ސަލާމަތް ކުރަން މަސަތްކަތް ކޮށްދީބަލަ ކޯޓުތަކުގަ އެތިބޭކޮރަޕްޓް މީހުންނައްފެންނަހެން ގާނޫނުގަހުންނަ ލޯވަޅުތައްބައްދައިދީބަލަ މިގައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގަ 65 ދިނީ ކިލޭމެން އަޗާތަޅާކައްނޫނެއްނު ގައުމާދޭތެރޭވިސްނާލަބަލަ އެއްފަހަރުނަމަވެސް
ބަރުލަމާނު
15 December 2021
އަނިޔާވެރިކަން އިސްކުރުމުގެ ކުރިން ﷲ އަށް ބިރުވެތިވޭ، އިއްޔެ ތިޔަ ބޭފުޅުންނާ ވަކިވެ އެ ދިޔައީ ތިޔަބޭފުޅުންނާއި އެކު އުޅުއްވި މަދު އިޚްލާސްތެރި ޞާލިހު މެމްބަރުންގެ ތެރެއިން މެމްބަރެއް، ބައެއް މެންބަރުން އަޅުންތަކަކަށް ބަވާލާފަދައިން މުއްއްސަސާތަކުގެ މުވައްޒަފުންނަށް ބަވަމުން ދާއިރު ތިމާމެންގެ ނިމުންވެސް އަންނާނެކަން ޤަބޫލު ކުރަންވާނެ، ތަޙުޤީގީ އިދާރާތަކުގެ ކަންކަން ބަލަން ތިބެންވާނީ އެކަމުގެ ތަންދޮރު ފިލާފައި ތިބި މީހުން،
ޢިބޫ
15 December 2021
ޕީޖީ އާ އޭސީސީން ވެސް ހިފަހައްޓަނީ އަނގާން ކަމެއްކުރެވޭ ބައެއްނޫން.
ޅޮހީއާދަނު
15 December 2021
މިހާރު ތިވެގެން އުޅޭގޮތް ވަރަށް ސާފު. ހަގީގަތުގައި އޭސިސީއަށް އައްޔަން ކޮށްފައިތިބި މެމްބަރުންނަކީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ތާއީދުކުރާ ބައެއް. އަދި އެމީހުންގެ މައިގަނޑު އެއް ޓާސްކަކީީ ޔާމީނު އަދި ސަރުކާރުގައި އުޅުނު ޔާމީނުއަށް ވަފާތެރި އެންމެން ޖަލަށްލެވޭވަރުގެ ހެކިހޯދާ ދައުވާކުރަން ފޮނުވުން. އެކަމެއްނުވި ޔާމީނުވެސް ހައްޔަރުކޮށްފައި ބެހެއްޓޭގޮތެއްވެސް ނުހެދުނު. ދެން ޖެހޭނީ ވަކިކުރަންތާ.
ޚިޔާލު
15 December 2021
ސިއުނާގެ ވާހަކައިން އެގުނީ އެކޮމިސަނައް ބެނުންވާމިނިވަންކަންނެއްކަމަާ މަސއަލަތައްނިންމުމުގައި އިޚތިޔާރުނެއްކަމާ އެކޮމިސަނައް ސިޔާސީނުފޫޒުހިންގާމަސއަލަތައް ތަޙުގީގައް ސާބިތުވާގޮތާ އެއްގޮތައްކުރިއައްގެންދިއުމުގެމިނިވަންކަން ކޮމިސަނައްނެތްކަމެވެ.ސިއުނާމެންގެބޮލުގާ ތިވަރުގެބަދުނާމު އަޅުވާފަކަޑާލާފައެއްލާލާއިރު ސާފުކޮން ކަމުގެޙަގީގަތް ރައްޔިތުންނައްސާފުކޮއްދީ ހުތުރުނަމުން ބަރީޢަވެ އަބުރުދިފާޢުކުރުމަކީވަރައްބޭނުންތެރިކަމެކެވެ.އެހެންނޫނީ ތިވަކިވާންޖެހެނީހުތުރު ނަމަކާ ބަދުނާމެއް ބޮލުގައެޅިގެންނެވެ.
ވަރަށް ސަލާމް
15 December 2021
ސިޔާސީ ސިޔާސީ ވެއްޖެއްޔާ ދައުރުން ބޭރުން ޗާޓުން ބޭރުންވެސް ކަންކަން ކުރެވޭ، 65 މެންބަރުންގެ ފުލް މެޖޯރިޓީ ބޭނުން ކޮށްގެން އިހްލާސްތެރި ކަމާއިއެކު މިގައުމުގައި މަސްތުވާތަކެތީގެ ބޮޑުން ސައިޒް ކޮށްލެވޭނެ ގާނޫނެއް ނުހެދެންވީ ސަބަބަބެއް އެބައޮތްބާ؟ އެމް.ޑީ.ޕީ އަށް މަޖިލިސް ރައްޔިތުން ދިނީ ވަރަށް އުއްމީދާ އެކު. ކޮންމެ މުސްކުޅިއަކު މިއަދު ހިތާމަ ކުރޭ ދަރިން މަސްތުގަ ޖެހުމުން.
އާރީ
15 December 2021
ސިއުނާ މެން ދެންތިބޭ ދަށުންދަމާ ކުޅެށް އަދިވެސް